Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވޭވަށު ގޮނޑީގެ މައްސަލަ

ވޭވަށު ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް

26 މެއި 2026 | އަންގާރަ 12:06

މ. ވޭވަށު ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނު ތިން ވޯޓެއް ބާތިލުކުރުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ އެމްޑީޕީގެ ފަރާތުންނާއި އަހްސަންގެ ފަރާތުން.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 26 މެއި 2026 | އަންގާރަ 12:06
 މ. ވޭވަށު ވޯޓު އަލުން ގުނުމުގެ ތެރެއިން

މ. ވޭވަށު ވޯޓު އަލުން ގުނުމުގެ ތެރެއިން | ޕީއެސްއެމް

މ. ވޭވަށު ކައުންސިލް މެންބަރެއްގެ ގޮނޑި އެމްޑީޕީ މެންބަރަށް ކާމިޔާބުވެފައި ވަނިކޮށް ހައި ކޯޓުގެ ހުކުމަކާ އެކު އެކަން ބާތިލުކުރުމުން ޕީއެންސީގެ ކެންޑިޑޭޓަށް އެ ގޮނޑި ލިބުނު މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

މިދިޔަ ކައުންސިލް  އިންތިޚާބުގައި ވޭވަށު ކައުންސިލްގެ އާއްމު ދެ މެންބަރުގެ އިންތިހާބު، ކާމިޔާބު ކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމްއެވެ. އެއީ ދެ ވޯޓުގެ ތަފާތުންނެވެ. ހައިކޯޓަށް ހުށަހެޅި މައްސަލަ އަކީ މައްސަލައަކީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޭވަށުގައި ބެހެއްޓުނު ފޮށީގެ ނަތީޖާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައެކެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުގެ ފަރާތުންނެވެ. އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓެވެ.

މި މައްސަލައިގައި ހިލާފު އުފެދިފައިވަނީ ބާތިލު ވޯޓު ކަނޑައެޅުމުގައެވެ. އީސީން އަލުން ވޯޓު ގުނި އިރު މާލަމުގައި އެ ވޯޓުތައް ސައްޙަކަމަށް ކަނޑައަޅާފައިވެ ެވެ. އެގޮތަށް ކަނޑައެޅީ ވޯޓު ކަރުދާސް ޕްރިންޓު ކުރުމުގައި ދެލި ފޭދިފައިވާ ކަރުދާސްކަމަށްވާތީ އީސީން ވަނީ އެ ކަރުދާސްތައް ސައްޙަކަމަށް ބަލައިގެންފައެވެ. އެއީ 3 ކަރުދާހެކެވެ. އީސީން އެގޮތަށް ނިންމީ ވޯޓު ލުމަށް ބޭއްވިފައި އޮތީ ނޫކުލައިގެ ގަލަމަކަށްވެފައި، އެ ތިކިތައް ހުރީ ކަޅުކުލައިންކަމަށް ވުމާއި، އެ ތިކިތައް ގަލަމެއްގެ ތުނޑަށްވުރެ ކުޑަވުމުގެ ސަބަބުންނެވެ.

އަހްސަންއަށް 121 ވޯޓު ލިބިފައިވާއިރު، މައްސަލަ ހައިކޯޓަށް ހުށަހެޅި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހަށް ލިބުނީ 119 ވޯޓެވެ. އެކަމަކު ހައިކޯޓުގެ ހުކުމާއެކު، އެ ނިންމުން ބަދަލުވެ ގޮނޑި ލިބުނީ ޕީއެންސީއަށެވެ.

ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ޝަނީޒު ވިދާޅުވީ، ވޯޓު ކަރުދާހެއްގައި ފާހަގައެއް ނުވަތަ ނިޝާނެއް އޮވެގެން ނުވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، ވަކި ނިޝާނެއް ހުރުމަކީ ވޯޓުގެ ސިއްރުކަންވެސް ގެއްލޭނެ ކަމެއް ކަމަށެވެ.

ހައިކޯޓުން މި މައްސަލަ ނިންމާފައި ވާއިރު  ފަނޑިޔާރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވެފަ އެވެ.  ފަނޑިޔާރުން ވަނީ އިންތިހާބުގައި މައްސަލަ ޖެހުނު ތިން ވޯޓެއް ބާތިލު ކުރަން ނިންމާފަ އވެެ. އެ ތިން ވޯޓަކީ، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވާ ތިން ވޯޓެވެ. އެ ތިން ވޯޓު ބާތިލު ކުރުމުން، އެމްޑީޕީ ކެންޑީޑޭޓަށް ލިބުނު 121 ވޯޓު 118 ވޯޓަށް މަދުވި އެވެ. އެހެންކަމުން، 119 ވޯޓާއެކު އިންތިހާބު ކާމިޔާބު ވީ ޕީއެންސީ ކެނޑިޑޭޓަށެވެ.

އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ، އެމްޑީޕީގެ އިތުރުން  އަހްސަންގެ ފަރާތުންނެވެ.

ލ. ވޭވަށުއެމްޑީޕީޕީއެންސީހައި ކޯޓުސުޕްރީމް ކޯޓުއަހްސަން ނައީމް

އިތުރަށް ކިޔާލަން

26 މެއި 2026

އެމްޑީޕީ ހިންގަން ބޭނުންވަނީ ރަނގަޅު ޕައިލެޓެއް، ފްލައިޓް ހެދި އިންޖިނިއަރެއް ނޫން: ދީދީ

26 މެއި 2026
އެމްޑީޕީ ހިންގަން ބޭނުންވަނީ ރަނގަޅު ޕައިލެޓެއް، ފްލައިޓް ހެދި އިންޖިނިއަރެއް ނޫން: ދީދީ
26 މެއި 2026

ރައީސް މުއިއްޒު އަކީ ގިނިކަންޏާ ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް، ދިމާވެގެން އުޅޭ މައްސަލަ އަކީ އެއީ: މައުރޫފް

26 މެއި 2026
ރައީސް މުއިއްޒު އަކީ ގިނިކަންޏާ ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް، ދިމާވެގެން އުޅޭ މައްސަލަ އަކީ އެއީ: މައުރޫފް
25 މެއި 2026

ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ ނާޒިމް އާ ބައްދަލުކުރައްވާކަށް ނޫން، އާއިލާ އެކު ޗުއްޓީ ހޭދަކުރުމަށް: ތަރުޖަމާނު

25 މެއި 2026
 ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ ނާޒިމް އާ ބައްދަލުކުރައްވާކަށް ނޫން، އާއިލާ އެކު ޗުއްޓީ ހޭދަކުރުމަށް: ތަރުޖަމާނު
25 މެއި 2026

ކުޅުދުއްފުށީގެ ދެ ކައުންސިލަރުންގެ ތާއީދު މީކާއިލް އަށް: "މިއީ ޕާޓީ ތަރުތީބުކުރަން ޒުވާނުން ކުރިއަށް ނެރެންވީ ވަގުތު."

25 މެއި 2026
ކުޅުދުއްފުށީގެ ދެ ކައުންސިލަރުންގެ ތާއީދު މީކާއިލް އަށް: "މިއީ ޕާޓީ ތަރުތީބުކުރަން ޒުވާނުން ކުރިއަށް ނެރެންވީ ވަގުތު."
25 މެއި 2026

ތިއްބެވީ ރައީސް މުއިއްޒު އާއެކު ގަދަކޮށް، ފެނިގެންދަނީ ދުވަހެއް ދުވަހަކަށް ސަރުކާރު ބަލިކަށިވެގެންދާ މަންޒަރު

25 މެއި 2026
ތިއްބެވީ ރައީސް މުއިއްޒު އާއެކު ގަދަކޮށް، ފެނިގެންދަނީ ދުވަހެއް ދުވަހަކަށް ސަރުކާރު ބަލިކަށިވެގެންދާ މަންޒަރު
25 މެއި 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ލެވެނީ 4121 މީހުންނަށް

25 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ލެވެނީ 4121 މީހުންނަށް
25 މެއި 2026

ކޮރަޕްޝަންގެ މައްސަލަ ބެލުމަށް އޭސީސީ ފެއިލްވެއްޖެ: ޝަމީމްގެ ހުށަހެޅުމަކީ އޭސީސީ އުވާލައި، އެންމެ ކޮމިޝަނަރެއް ބެހެއްޓުން.

25 މެއި 2026
ކޮރަޕްޝަންގެ މައްސަލަ ބެލުމަށް އޭސީސީ ފެއިލްވެއްޖެ: ޝަމީމްގެ ހުށަހެޅުމަކީ އޭސީސީ އުވާލައި، އެންމެ ކޮމިޝަނަރެއް ބެހެއްޓުން.
25 މެއި 2026

ފިތުނަ ފަސާދަ އުފައްދައިގެން ބައިބައި ނު ކުރެވޭނެ، މިތިބީ ރައީސް މުއިއްޒުއާއެކު ސާބިތުވެ: އަބްދުއްރަހީމް

25 މެއި 2026
ފިތުނަ ފަސާދަ އުފައްދައިގެން ބައިބައި ނު ކުރެވޭނެ، މިތިބީ ރައީސް މުއިއްޒުއާއެކު ސާބިތުވެ: އަބްދުއްރަހީމް
25 މެއި 2026

އެމްޑީޕީ ޗެއާޕަރސަން އިންތިޚާބު: ވޯޓަރސް ލިސްޓަށް ގެނައި ބަދަލުތަކަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

25 މެއި 2026
އެމްޑީޕީ ޗެއާޕަރސަން އިންތިޚާބު: ވޯޓަރސް ލިސްޓަށް ގެނައި ބަދަލުތަކަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
25 މެއި 2026

އެމްޑީޕީގެ އެތެރޭގައި މަސްލަޙަތު ގޯސްވެ، ބަދަލު ހިފުމުގެ ރޫހުގައި މަސައްކަތް ކޮށްގެން 2028 ގެ އިންތިޚާބު ކާމިޔާބު ނުވާނެ: މޫސާ

25 މެއި 2026
އެމްޑީޕީގެ އެތެރޭގައި މަސްލަޙަތު ގޯސްވެ، ބަދަލު ހިފުމުގެ ރޫހުގައި މަސައްކަތް ކޮށްގެން 2028 ގެ އިންތިޚާބު ކާމިޔާބު ނުވާނެ: މޫސާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް