Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނާޒިމް ވަކިކުރުން

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމާ ގުޅޭ ޖަލްސާ އާދިއްތަ ދުވަހަށް ތާވަލްކޮށްފި

28 މެއި 2026 | ބުރާސްފަތި 13:35

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީއެންސީގެ 73 މެންބަރުންގެ ސޮޔާއެކު ހުށަހެޅީ، އަމިއްލައަށް އިސްތިއުފާ ދެއްވުމަށް އެންގުމުން އެކަމަށް އިންކާރު ކުރެއްވުމާ ގުޅިގެން. މި މައްސަލައިގައި ޖަވާބުދާރީވުމަށް ނާޒިމަށް 14 ދުވަހުގެ ނޯޓިސް ދީފައިވާއިރު، އޭނާ ވަކިކުރުމަށް ފާސްކުރަން ބޭނުންވަނީ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުން. ނާޒިމް ގެންދަވަނީ ސިއްރިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަސައްކަތް ކުރައްވަމުން ކަމަށް ޕީއެންސީގެ ބައެއް މެންބަރުން ތުހުމަތު ކުރޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 28 މެއި 2026 | ބުރާސްފަތި 13:35
މަޖިލީހުގެ ނައިބު ރައީސް ނާޒިމާއި ރައީސް މުއިއްޒު

މަޖިލީހުގެ ނައިބު ރައީސް ނާޒިމާއި ރައީސް މުއިއްޒު | ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާ އަންނަ އާދިއްތަ ދުވަހަށް ތާވަލުކޮށްފި އެވެ.

"ރާއްޖެއެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ނާޒިމްގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ ގަރާރާ މެދު ގޮތެއް ނިންމުމަށް އާދިއްތަ ދުވަހު ޖަލްސާ އޮންނާނެކަން މަޖިލީހުގެ އިދާރާއިން މިހާރު ވަނީ މެންބަރުންނަށް އަންގާފަ އެވެ.

Advertisement - newsAdvertisement

ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން މި މަހުގެ 13 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ނާޒިމަށް އިތުބާރު ނެތް ކަމަށް ނިންމައި، އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މި މަހުގެ 14 ވަނަ ދުވަހު އެވެ. ޕީއެންސީގެ 73 މެންބަރުންގެ ސޮޔާއެކު ހުށަހެޅި މި މައްސަލައިގައި، މަޖިލީހުގެ ގަވާއިދާ އެއްގޮތަށް 14 ދުވަހުގެ ނޯޓިސް ނާޒިމަށް ވަނީ ދީފަ އެވެ. 

މަޖިލީހުގެ ގަވާއިދު ބުނާގޮތުން، ނޯޓިސްގެ މުއްދަތު ހަމަވުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެއްގައި އެ މައްސަލައަކާ މެދު ގޮތެއް ނިންމުމަށް ޖަލްސާއެއް ބާއްވަން ޖެހެ އެވެ. ނާޒިމަށް ދިން ނޯޓިސްގެ މުއްދަތު މި މަހުގެ 29 ވާ ހުކުރު ދުވަހަށް ހަމަވާއިރު، އޭގެ ފަހުން ދެން އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހަކީ އަންނަ އާދިއްތަ ދުވަ ހެވެ. މި މައްސަލައިގައި ގޮތެއް ނިންމުމަށްޓަކައި، މި މަހުގެ 14 ގައި ޗުއްޓީއަށް ދާން އޮތް މަޖިލީހުގެ މި ދައުރު ވަނީ މި މަހުގެ ނިޔަލަށް ދިގުދަންމާލާފަ އެވެ.

މަޖިލީހުގެ އިދާރާ އިން މެންބަރުންނަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، އާދިއްތަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި އޮންނާނީ ގަވާއިދުގައިވާ ގޮތުގެ މަތިން ނާޒިމް ވަކިކުރުމުގެ މައްސަލަ އެވެ. މަޖިލީހުގެ ރައީސް ރިޔާސަތު ބަލަހައްޓަވަން ޖެހޭ މި ޖަލްސާގައި ނާޒިމް މަގާމުން ވަކިވާނީ، ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުން އެ ގަރާރު ފާސްވުމުންނެވެ. މި ވަގުތު ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނާޒިމް ނުހިމެނޭހެން 72 މެންބަރުން އެބަތިއްބެވި އެވެ. ޖަލްސާ އޮންނާތީ އެ ދުވަހު މާލޭގައި ތިބުމަށް ޕީއެންސީގެ މެންބަރުންނަށް މިހާރު ވަނީ އަންގާފަ އެވެ.

ޕީއެންސީގެ އިސް މެންބަރަކު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ނާޒިމް ވަކިކުރަން ހުށަހެޅީ އަމިއްލައަށް އިސްތިއުފާ ދެއްވުމަށް އެންގުމުން އެކަމަށް އިންކާރު ކުރެއްވުމާ ގުޅިގެންނެވެ. ޕީއެންސީގެ ބައެއް މެންބަރުން ތުހުމަތު ކުރާ ގޮތުގައި، ނާޒިމް ގެންދަވަނީ ޕާޓީގެ 23 މެންބަރަކާއެކު ޕާޓީ ބަދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ސިއްރިއްޔާތުގައި މަސައްކަތް ކުރައްވަމުންނެވެ.

އަހްމަދު ނާޒިމްދިއްގަރު ދާއިރާޕީއެންސީ20 ވަނަ ރައްޔިތުންގެ މަޖިލީސްޕީއެންސީ ޕާލިމެންޓްރީ ގްރޫޕް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

27 މެއި 2026

ސަރުކާރުން މި އީދަށް ނެރުނު "ދޮގު" މާލިތައް

27 މެއި 2026
ސަރުކާރުން މި އީދަށް ނެރުނު "ދޮގު" މާލިތައް
26 މެއި 2026

ވޭވަށު ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް

26 މެއި 2026
ވޭވަށު ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް
26 މެއި 2026

ރައީސް މުއިއްޒު އަކީ ގިނިކަންޏާ ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް، ދިމާވެގެން އުޅޭ މައްސަލަ އަކީ އެއީ: މައުރޫފް

26 މެއި 2026
ރައީސް މުއިއްޒު އަކީ ގިނިކަންޏާ ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް، ދިމާވެގެން އުޅޭ މައްސަލަ އަކީ އެއީ: މައުރޫފް
25 މެއި 2026

ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ ނާޒިމް އާ ބައްދަލުކުރައްވާކަށް ނޫން، އާއިލާ އެކު ޗުއްޓީ ހޭދަކުރުމަށް: ތަރުޖަމާނު

25 މެއި 2026
 ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ ނާޒިމް އާ ބައްދަލުކުރައްވާކަށް ނޫން، އާއިލާ އެކު ޗުއްޓީ ހޭދަކުރުމަށް: ތަރުޖަމާނު
25 މެއި 2026

ތިއްބެވީ ރައީސް މުއިއްޒު އާއެކު ގަދަކޮށް، ފެނިގެންދަނީ ދުވަހެއް ދުވަހަކަށް ސަރުކާރު ބަލިކަށިވެގެންދާ މަންޒަރު

25 މެއި 2026
ތިއްބެވީ ރައީސް މުއިއްޒު އާއެކު ގަދަކޮށް، ފެނިގެންދަނީ ދުވަހެއް ދުވަހަކަށް ސަރުކާރު ބަލިކަށިވެގެންދާ މަންޒަރު
25 މެއި 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ލެވެނީ 4121 މީހުންނަށް

25 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ލެވެނީ 4121 މީހުންނަށް
25 މެއި 2026

ކޮރަޕްޝަންގެ މައްސަލަ ބެލުމަށް އޭސީސީ ފެއިލްވެއްޖެ: ޝަމީމްގެ ހުށަހެޅުމަކީ އޭސީސީ އުވާލައި، އެންމެ ކޮމިޝަނަރެއް ބެހެއްޓުން.

25 މެއި 2026
ކޮރަޕްޝަންގެ މައްސަލަ ބެލުމަށް އޭސީސީ ފެއިލްވެއްޖެ: ޝަމީމްގެ ހުށަހެޅުމަކީ އޭސީސީ އުވާލައި، އެންމެ ކޮމިޝަނަރެއް ބެހެއްޓުން.
25 މެއި 2026

ފިތުނަ ފަސާދަ އުފައްދައިގެން ބައިބައި ނު ކުރެވޭނެ، މިތިބީ ރައީސް މުއިއްޒުއާއެކު ސާބިތުވެ: އަބްދުއްރަހީމް

25 މެއި 2026
ފިތުނަ ފަސާދަ އުފައްދައިގެން ބައިބައި ނު ކުރެވޭނެ، މިތިބީ ރައީސް މުއިއްޒުއާއެކު ސާބިތުވެ: އަބްދުއްރަހީމް
24 މެއި 2026

ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ފުރުސަތު ނުދެއްވާނެކަމަށް އަބްދުއްރަޙީމް ވިދާޅުވުމުން ނަޝީދުގެ ރައްދެއް، އަދަދު ހަމަވުމުން ޖެހޭނީ ވޯޓަށް އަހަން

24 މެއި 2026
ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ފުރުސަތު ނުދެއްވާނެކަމަށް އަބްދުއްރަޙީމް ވިދާޅުވުމުން ނަޝީދުގެ ރައްދެއް، އަދަދު ހަމަވުމުން ޖެހޭނީ ވޯޓަށް އަހަން
21 މެއި 2026

ރައީސް މުއިއްޒު އަކީ ބޭވަފާތެރި އެއް، ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނާނެ ކަމެއް ނޫން: ނަޝީދު

21 މެއި 2026
ރައީސް މުއިއްޒު އަކީ ބޭވަފާތެރި އެއް، ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނާނެ ކަމެއް ނޫން: ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް