Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނާޒިމް ވަކިކުރުން

މަޖިލީހުން ކަންކުރަމުންދަނީ އެކިފަހަރު އެކި ގޮތަށް، ޝަމީމް ވަކިކުރަން ވޯޓަށް އެހީ އިސްތިއުފާދީފައި ވަނިކޮށް: މައުރޫފް

31 މެއި 2026 | އާދީއްތަ 04:51

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އިސްތިއުފާ ދެއްވުމުން އެ މައްސަލަ ކުރިއަށް ނުގެންދަން ނިންމިއިރު، ކުރީގެ ޕީޖީ ޝަމީމް އިސްތިއުފާ ދެއްވާފައި ވަނިކޮށް އޭނާ ވަކިކުރަން ވޯޓަށް އެހި މައްސަލައިގައި އެމްޑީޕީން މަޖިލީހަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފި. މި ދެ މައްސަލައިގައި މަޖިލީހުން އަމަލުކުރި ގޮތް ތަފާތުވުމާ ގުޅިގެން، މަޖިލީހުން ނިންމުންތައް ނިންމުމުގައި ހަމަހަމަކަން ނުގެންގުޅޭ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 މެއި 2026 | އާދީއްތަ 04:51
އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް

އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް | ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުން ނިންމުންތައް ނިންމުމުގައި އެކި ފަހަރު އެކި ގޮތަށް އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ.

 މައުރޫފް މިފަދައިން ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަކިކުރުމުގެ މައްސަލައާއި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވަކިކުރުމުގެ މައްސަލައިގައި މަޖިލީހުން އަމަލުކުރި ގޮތް ތަފާތުވުމާ ގުޅިގެންނެވެ.

Advertisement - newsAdvertisement

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލައިގެ ޖަލްސާ ފެށެން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް، އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ނާޒިމް އިސްތިއުފާ ދެއްވުމާ ގުޅިގެން މަޖިލީހުން ނިންމީ އެ މައްސަލައިގައި އިތުރަށް ވޯޓަށް ނޭހުމަށެވެ. އެހެންކަމުން އެ ހިސާބުން އެ މައްސަލަ ވަނީ މަޖިލީހުން ނިންމާލާފައެވެ.

ނަމަވެސް މީގެ ކުރިން ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ވަކިކުރުމުގެ މައްސަލައިގައި މަޖިލީހުން އަމަލުކޮށްފައިވަނީ މުޅިން ތަފާތު ގޮތަކަށްކަން މައުރޫފް ފާހަގަކުރެއްވިއެވެ. ޝަމީމް މަގާމުން ވަކިކުރުމުގެ ޖަލްސާ ބޭއްވުމުގެ ކުރިން އޭނާ މަގާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށްވެސް، މަޖިލީހުން ވަނީ އެ މައްސަލައިގައި ވޯޓަށް އަހައި އޭނާ މަގާމުން ވަކިކުރުމަށް ފާސްކޮށްފައެވެ.

މި ދެ މައްސަލައިގައި މަޖިލީހުން އަމަލުކުރި ގޮތް ތަފާތުވުމާ ގުޅިގެން މައުރޫފް ވަނީ ބޮޑު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޝަމީމް ވަކިކުރުމުގެ ޖަލްސާ ކުރިއަށްދިޔައިރު، އޭނާ އިސްތިއުފާ ދެއްވާފައިވާ ކަމަށް ވިދާޅުވެ އެކަން މަޖިލީހުގެ ރިޔާސަތުގެ ސަމާލުކަމަށް ގެނައުމަށް އެމްޑީޕީ އަށް ނިސްބަތްވާ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ ވަނީ ނިޒާމީ ނުކުތާއެއްވެސް ނަންގަވާފައެވެ. ޣަފޫރު ވިދާޅުވީ މީޑިއާ ތަކުގައި އިސްތިއުފާ ދެއްވި ވާހަކަ އެބައޮތް ކަމަށާއި، އެކަން ސާފު ނުކޮށް ޖަލްސާ ކުރިއަށް ގެންދިއުމަކީ ނިޒާމީ މައްސަލައެއް ކަމަށެވެ. އެހެން ނަމަވެސް ރިޔާސަތުގައި އޭރު އިންނެވި މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވިދާޅުވީ އެއީ ނިޒާމީ މައްސަލައެއް ނޫންކަމަށެވެ.  އަދި ވޯޓަށް އަހައި ޝަމީމް އޭރު ވަނީ މަޤާމުން ވަކިކޮށްފައެވެ.

ޝަމީމް މަގާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށް "މަގާމު ގައި ނެތް މީހަކު" މަގާމުން ވަކި ކުރުމުގެ ކަންކަން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިޔަ ގޮތާ މެދު ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ.

މަޖިލީހުގެ ތެރޭގައި މިފަދަ ތަފާތުކުރުންތައް ގެންގުޅޭތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މަޖިލީހުގެ ރިޔާސަތަށާއި މެޖޯރިޓީ އޮތް ޕާޓީއަށް އަމާޒުވެފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީސްއެމްޑީޕީއަހްމަދު މައުރޫފްއަހްމަދު ނާޒިމްހުސެން ޝަމީމްއަބްދުލްޣަފޫރު މޫސާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

31 މެއި 2026

އާދިއްތަ ދުވަހުގެ މެންދުރަށް ތަވާލު ކުރި ޖަލްސާ ކެންސަލް ކޮށްފި

31 މެއި 2026
އާދިއްތަ ދުވަހުގެ މެންދުރަށް ތަވާލު ކުރި ޖަލްސާ ކެންސަލް ކޮށްފި
31 މެއި 2026

މުއިއްޒާއި މުއިއްޒުގެ ބޮޑު ތުހުމަތު. މިފަހަރު ނާޒިމަށް ވާނީ ކިހިނެއް؟

31 މެއި 2026
މުއިއްޒާއި މުއިއްޒުގެ ބޮޑު ތުހުމަތު. މިފަހަރު ނާޒިމަށް ވާނީ ކިހިނެއް؟
31 މެއި 2026

ރައްޔިތުންގެ ތަނަވަސްކަން އިތުރު ކުރުމަށް ގެންނަން ޖެހޭ ސިޔާސަތުތައް ގެނެސް، އެ މަސައްކަތް ހަމައެކަނި ކުރެވޭނީ އަޅުގަނޑަށް: ކުރީގެ ރައީސް ނަޝީދު

31 މެއި 2026
ރައްޔިތުންގެ ތަނަވަސްކަން އިތުރު ކުރުމަށް ގެންނަން ޖެހޭ ސިޔާސަތުތައް ގެނެސް، އެ މަސައްކަތް ހަމައެކަނި ކުރެވޭނީ އަޅުގަނޑަށް: ކުރީގެ ރައީސް ނަޝީދު
31 މެއި 2026

މިއަދު މެންދުރު މަޖިލީީހުގެ އިތުރު ޖަލްސާ އެއް ބާއްވަނީ

31 މެއި 2026
މިއަދު މެންދުރު މަޖިލީީހުގެ އިތުރު ޖަލްސާ އެއް ބާއްވަނީ
30 މެއި 2026

ވެމްކޯގެ ޖެނެރަލް މެނޭޖަރ އައިމިނަތު ފަޒްލާ ޕީއެންސީގެ ސެނެޓާއި، ޕާޓީ އިން ވެސް ވަކިވެވަޑައިގަންނަވައިފި

30 މެއި 2026
ވެމްކޯގެ ޖެނެރަލް މެނޭޖަރ އައިމިނަތު ފަޒްލާ ޕީއެންސީގެ ސެނެޓާއި، ޕާޓީ އިން ވެސް ވަކިވެވަޑައިގަންނަވައިފި
30 މެއި 2026

ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލުމަށް ފަހު މާލެ ވަޑައިގެންފި

30 މެއި 2026
ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލުމަށް ފަހު މާލެ ވަޑައިގެންފި
30 މެއި 2026

ޗެއަރޕަރސަންގެ އިންތިޚާބުން ނުހޮވިއްޖެ ނަމަ ވަކި ބަޔަކު ބާކީ ކުރާނެ ކަމަށް ބުނާތީ މީކާއިލް ކަންބޮޑުވުން ފާޅުކުރައްވައިފި

30 މެއި 2026
ޗެއަރޕަރސަންގެ އިންތިޚާބުން ނުހޮވިއްޖެ ނަމަ ވަކި ބަޔަކު ބާކީ ކުރާނެ ކަމަށް ބުނާތީ މީކާއިލް ކަންބޮޑުވުން ފާޅުކުރައްވައިފި
30 މެއި 2026

ނާޒިމް ވަކިކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް އަނެއްކާވެސް ޕީއެންސީ މެމްބަރުންނަށް ފައިސާ ބަހާފައިވާކަމުގެ އަޑުތަކެއް!

30 މެއި 2026
ނާޒިމް ވަކިކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް އަނެއްކާވެސް ޕީއެންސީ މެމްބަރުންނަށް ފައިސާ ބަހާފައިވާކަމުގެ އަޑުތަކެއް!
30 މެއި 2026

ރާއްޖޭގައި މިއަދު މި އޮތް ސަރުކާރު މި ދަނީ ހުންގާނު ނެތް އޮޑިއެއް ދާހެން، ރައްޔިތުން ދަނީ ނިކަމެތިވަމުން: ފަލާހު

30 މެއި 2026
ރާއްޖޭގައި މިއަދު މި އޮތް ސަރުކާރު މި ދަނީ ހުންގާނު ނެތް އޮޑިއެއް ދާހެން، ރައްޔިތުން ދަނީ ނިކަމެތިވަމުން: ފަލާހު
30 މެއި 2026

މާފުށީގައި ހިއްކާފައިވާ ސަރަހައްދު ވީހާ ވެސް އަވަހަށް ތަރައްގީ ކުރަން ޖެހޭ: ކުރީގެ ރައީސް ނަޝީދު

30 މެއި 2026
މާފުށީގައި ހިއްކާފައިވާ ސަރަހައްދު ވީހާ ވެސް އަވަހަށް ތަރައްގީ ކުރަން ޖެހޭ: ކުރީގެ ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް