Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ ކައުންސިލަރުންނަށް ވުރެ ބޮޑު، ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ހުށަހަޅައިފި

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނަށްވުރެ ކައުންސިލަރުންގެ މުސާރަ ކުޑަވުމަކީ އިންތިޚާބީ މަގާމުތަކުގެ ބާރުވެރިކަން ކުޑަވެ، މަސައްކަތް ތަންފީޒުކުރުމަށް ދަތިވާ ކަމެއް ކަމަށް މެންބަރު މުހައްމަދު އިބްރާހިމް ފާހަގަކުރެއްވި. އެހެންކަމުން، ތައުލީމީ ގާބިލު މީހުން ރަށްރަށުގައި މަޑުކުރުވުމަށާއި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ކައުންސިލަރުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެނައުމަށް މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް އޭނާ ވަނީ ހުށަހަޅުއްވާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 22 މެއި 2026 | ހުކުރު 13:45
މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ): ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން މެންބަރު ވަނީ ހުށަހަޅުއްވާފަ

މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ): ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން މެންބަރު ވަނީ ހުށަހަޅުއްވާފަ | ރައްޔިތުންގެ މަޖިލިސް

އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ ކައުންސިލަރުންނަށް ވުރެ ބޮޑުކަން ފާހަގަކުރައްވާ، ކައުންސިލްތަކުގެ މުސާރަ އަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މި މަހު ގެ 11 ވަނަ ދުވަހު ކުޑޫ ހުށަހެޅުއްވި ސިޓީއެއްގައި ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އެންމެ ބޮޑު ޒިންމާއެއް އަދާކުރާ ބަޔަކީ ލޯކަލް ކައުންސިލްތަކުގައި ހިމެނޭ ކައުންސިލަރުން ކަމަށް ވީއިރު އެ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ކައުންސިލަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އިތުރުވެ އެ ފަރާތްތަކުން މަސައްކަތްތަކުގައި ހޭދަކުރަންޖެހޭ ވަގުތު މި ގިނަވެފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

ކައުންސިލަރުންގެ މުސާރައިގެ އަދަދުތައް މިހާރު ހުރި ގޮތަށް ބެލުމުން ބައެއް މުހިއްމު ކަންކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ވެސް ކުޑޫ ވިދާޅުވި އެވެ. 

އެގޮތުން ކައުންސިލް ރައީސްގެ މުސާރަ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަށްވުރެ ކުޑަ ކަން ފާހަގަވެފައިވާ ކަމަށާ ކައުންސިލް ނައިބު ރައީސްގެ މުސާރަ ކައުންސިލް އެގްޒެކެޓިވެއްގެ މުސާރަ އަށް ވުރެ ކުޑަ ކަމަށް ކުޑޫ ވިދާޅުވި އެވެ. އަދި ކައުންސިލް މެންބަރުންގެ މުސާރަ ކައުންސިލްގެ ބައެއް މުވައްޒަފުންގެ މުސާރައާއި އިނާޔަތަކަށް ވުރެ ކުޑަ ކަން ފާހަގަކުރައްވާފައިވެ އެވެ. 

ކުޑޫ ވިދާޅުވީ ކައުންސިލްތައް ހިންގުމަށާ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުކޮށްފައި ތިބޭ ބައެއްގެ މުސާރަ، ކައުންސިލް އިދާރާގެ އާންމު މުވައްޒަފުންގެ މުސާރައަށް ވުރެ ކުޑަކޮށް އޮތުމަކީ ކައުންސިލަރުންނަކީ އިދާރީ މުވައްޒަފުންނަށްވުރެ ދަށް ފަންތީގެ ބައެއްކަމަށް ދެކޭނެ ސަބަބެއް ކަމަށެވެ. އަދި މިހެންވުމުގެ ސަބަބުން އިންތިޚާބީ އޮފިޝަލުންގެ ބާރުވެރިކަމަށް އުނިކަން އައިސް އިދާރީ މުވައްޒަފުން މެދުވެރިކޮށް ކަންކަން ތަންފީޒުކުރުމަށް ދަތިތަކާ ކުރިމަތިވާ ކަމެއް ކަން ފާހަގަ ކުރެވޭ ކަމަށެވެ. 

އެހެންކަމުން ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމަށް ހުށަހަޅުއްވާ ގޮތް ކުޑޫ ހާމަ ކުރައްވާފައިވެ އެވެ. 

އެއީ: 

  1. ކައުންސިލްގެ ރައީސަށް: 45،000 ރުފިޔާ
  2. ކައުންސިލްގެ ނައިބުރައީސަށް: 35،000 ރުފިޔާ
  3. ކައުންސިލް މެންބަރަކަށް: 25،000 ރުފިޔާ

ކުޑޫ ވިދާޅުވީ ލާމަރުކަޒީ ހަރުދަނާ ކޮށް ހިންގުމަށާ ތައުލީމީ އަދި ގާބިލު މީހުން ރަށްތައް ދޫކޮށް މާލެ ސަރަހައްދަށް ބަދަލުވިޔަ ނުދީ ރަށްރަށުގެ ހިންގުމުގެ މަގާމުތަކުގައި ދެމެހެއްޓުމަށް މި ކަމަކީ މުހިއްމު ކަމެއް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ކަމާބެހޭ ކޮމިޓީ އިން ބެލުމަށް މެންބަރު އެދިފައި ވެ އެވެ. 

މުޙައްމަދު އިބްރާހީމް (ކުޑޫ)އަބްދުއްރަހީމް އަބްދުﷲލާމަރުކަޒުކުރުންލޯކަލް ކައުންސިލްތައްރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

20 މެއި 2026

ދައުރު ދަންމާލައިގެން ކުރަން ޖެހޭ "މުހިއްމު މަސައްކަތަކީ" ނާޒިމް ވަކިކުރުން

20 މެއި 2026
ދައުރު ދަންމާލައިގެން ކުރަން ޖެހޭ "މުހިއްމު މަސައްކަތަކީ" ނާޒިމް ވަކިކުރުން
19 މެއި 2026

ޚަރަދު ކުޑަކުރުމުގެ ބަހަނާއަށްފަހު އަނެއްކާވެސް އަތޮޅު އޮފީސް

19 މެއި 2026
ޚަރަދު ކުޑަކުރުމުގެ ބަހަނާއަށްފަހު އަނެއްކާވެސް އަތޮޅު އޮފީސް
18 މެއި 2026

މުހިއްމު މަސައްކަތް ހުރި ކަމަށް ބުނެ މަޖިލީހުގެ ދައުރު ދަންމާލުމަށް ފަހު ތާވަލު ކުރި ފުރަތަމަ ޖަލްސާ ވެސް ކެންސަލް

18 މެއި 2026
މުހިއްމު މަސައްކަތް ހުރި ކަމަށް ބުނެ މަޖިލީހުގެ ދައުރު ދަންމާލުމަށް ފަހު ތާވަލު ކުރި ފުރަތަމަ ޖަލްސާ ވެސް ކެންސަލް
18 މެއި 2026

އަތޮޅު އޮފީސްތައް އުފައްދައި ގަސްތުގައި ގާނޫނާ ޚިލާފުވެއްޖެ! އެ މީހުން ގެ މައްޗަށް ދައުވާކުރަންޖެހޭ: ސުއޫދު

18 މެއި 2026
އަތޮޅު އޮފީސްތައް އުފައްދައި ގަސްތުގައި ގާނޫނާ ޚިލާފުވެއްޖެ! އެ މީހުން ގެ މައްޗަށް ދައުވާކުރަންޖެހޭ: ސުއޫދު
17 މެއި 2026

ރައީސް މައުމޫނުގެ ވެރިކަމުގައި އޮތްގޮތަށް އަތޮޅު އޮފީސްތައް ރައީސް މުއިއްޒު އުފައްވައިފި

17 މެއި 2026
ރައީސް މައުމޫނުގެ ވެރިކަމުގައި އޮތްގޮތަށް އަތޮޅު އޮފީސްތައް ރައީސް މުއިއްޒު އުފައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު