Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ ތަނަވަސްކަން އިތުރު ކުރުމަށް ގެންނަން ޖެހޭ ސިޔާސަތުތައް ގެނެސް، އެ މަސައްކަތް ހަމައެކަނި ކުރެވޭނީ އަޅުގަނޑަށް: ކުރީގެ ރައީސް ނަޝީދު

31 މެއި 2026 | އާދީއްތަ 06:19

އއ. އުކުޅަހުގައި ބޭއްވި ބައްދަލުވުމެއްގައި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ އާމްދަނީ ދެގުނަ ކުރުމުގެ ގާބިލްކަން ހުރީ ހަމައެކަނި އެމަނިކުފާނުގެ ކިބައިގައި ކަމަށާއި އެމްޑީޕީގެ ސިޔާސަތުތަކާއެކު އެކަން ތަންފީޒު ކުރައްވާނެ ކަމަށް. ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަންވާނީ ރައްޔިތުންގެ މަޝްވަރާއާއެކު މާލީ އަދި އިޖުތިމާއީ ފައިދާއަށް ބަލައިގެންކަން ފާހަގަކުރައްވައި، ޕާޓީ ހިންގުމުގެ ވައްޓަފާޅި ބަދަލުކުރަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި. އެހެންކަމުން، ގައުމަށް ބޮޑު ބަދަލެއް ގެނައުމަށްޓަކައި އެމަނިކުފާނަށް ފުރުސަތު ދިނުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 31 މެއި 2026 | އާދީއްތަ 06:19
ބޮޑު ބަދަލު ކެންޕޭނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އއ.އުކުޅަހަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައި.

ބޮޑު ބަދަލު ކެންޕޭނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އއ.އުކުޅަހަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައި. | އެމްޑީޕީ

ރާއްޖޭގެ ރައްޔިތުންގެ ތަނަވަސްކަން އިތުރު ކުރުމަށް ގެންނަން ޖެހޭ ސިޔާސަތުތައް ގެނެސް ތަންފީޒު ކުރުމުގެ މަސައްކަތް ކުރެވޭނީ ހަމައެކަނި އެމަނިކުފާނަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބޮޑު ބަދަލު ކެންޕޭނަށް އއ. އުކުޅަހަށް ވަޑައިގަންނަވައި، އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ނަޝީދު ވަނީ އއ. އަތޮޅުގެ ރަށްތަކުގައި ގެސްޓްހައުސް ވިޔަފާރިފުޅާ ވަމުންދާތީ އެކަމަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. 

Advertisement - newsAdvertisement

ނަޝީދު ވިދާޅުވީ، އުކުޅަހުގައި އެއްލައްކަ ރުފިޔާ މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 30 މީހުން އުޅޭ ކަމަށާއި، މަސައްކަތް ކުރިއަރާއިރު، ލިބޭ އާމްދަނީ އިތުރުވާން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި ކުރިއަށް އޮތް 7 އަހަރުގެ ތެރޭގައި މި އާމްދަނީ ދެގުނަ ކޮށްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް ރައްޔިތުންގެ މި ތަނަވަސްކަން އިތުރު ކުރެވޭނީ އެ ސިޔާސަތުތައް ގެނެސް، އެކަން ތަންފީޒު ކޮށްގެން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތް ކުރަން ދަންނަ އޮތީ އެންމެ މުއައްސަސާއެއް ކަމަށާއި، އެއީ އެމްޑީޕީ ކަމަށެވެ. އަދި އެމަސައްކަތް ކުރުމުގެ ގާބިލްކަން ހުރީ ހަމައެކަނި އެމަނިކުފާނުގެ ކަމަށާއި، ރައްޔިތުން އެފުރުސަތު ދިނުމަށް ނަޝީދު އެދިވަޑައިގެންނެވި އެވެ. 

އަޅުގަނޑު ހިތުން ކިބުރުވެރިކަމާއެކު ބުނާ ވާހަކައެއްގެ ގޮތުގައި ތިބޭފުޅުން ބަލައެއް ނުގަންނާނެ. އެހެންނަމަވެސް ދަންނަވަން ބޭނުން އަޅުގަނޑަށް މިކަންވާ އޮތީ. މި އެމްޑީޕީއާއެކު ނުކުމެ މި ދިވެހިރާއްޖެ ބަދަލުކުރަން އެ މަސައްކަތް އެއީ އަޅުގަނޑު ކުރާ ހިތްވާ މަސައްކަތެއް. ތިބޭފުޅުންނާއެކު އެމަސައްކަތް ކުރާން ހުރި މީހަކީ އަޅުގަނޑު. އެހެންވެ އަޅުގަނޑު މިތަނަށް އައިސް މިހުރީ. އެއީ ކޮންމެހެން ޕާޓްޓައިމް ވަޒީފާއެއްގެ ވާހަކަ އެއް އެކަހަލަ އެއްވެސް ވާހަކައެއް ނޫން. އަޅުގަނޑަށް ތިބޭފުޅުން ދީފައި ހުރި ގާބިލްކަން އަޅުގަނޑަށް ތިބޭފުޅުން ދީފައި ހުރި ތަޖުރިބާ ތިބޭފުޅުންނަށް ނުދޭ އެހެން މީހަކަށް. އެއީ ބައިކޮށްފައި ދިން އެއްޗެއް ނޫން. އެއީ ޖުމްލަކޮށް އަޅުގަނޑަށް ދިން އެއްޗެއް. އެހެންވީމަ މައްޗަށް ތެދުވެ މިރާއްޖޭގައި ރައީސްކަން ކުރަން ވެސް ފުރުސަތު ލިބުނީ. އެމައްޗަށް ތެދުވެ އަޅުގަނޑަށް މިރާއްޖޭގެ ރައްޔިތުން މަޖިލީހުގެ ރައީސްކަން ވެސް ކުރަން ފުރުސަތު ލިބުނީ. 
ކުރީގެ ރައީސް މުހައްމަދު ނަޝީދު 

ރާއްޖޭގެ ތަރައްގީއަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ މިހާރު އެމްޑީޕީ ހިންގަން ޖެހޭނީ ތަފާތު ގޮތަކަށް ކަމަށާއި، ކުރީގައި ހިންގަމުން އައިގޮތް އެކުއެކީގައި ބަދަލު ކުރަން ޖެހޭ ކަމަށެވެ. ރާއްޖޭގެ ރައްޔިތުންގެ ތަނަވަސްކަން ހޯދައިދިނުމަށްޓަކައި ޕާޓީން ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށާއި، އެމްޑީޕީން ޕްރޮޖެކްޓް ޑިޕާޓްމަންޓެއް ވެސް އެކުލަވާލަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ނަޝީދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރަށްރަށުގައި ހިންގާނީ ކޮންކަހަލަ ޕްރޮޖެކްޓެއް ކަމާމެދު ރައްޔިތުންނާ މަޝްވަރާ ކޮށްގެން ކުރިއަށް ގެންދަން ޖެހޭ ކަމަށާއި، އެ ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމުން މާލީ ގޮތުންނާއި، އިޖްތިމާއީ ގޮތުން ލިބޭ ފައިދާ އާއި ގެއްލުމަށް ބަލަންޖެހޭ ކަމަށެވެ. އަދި ހުރިހާ ގޮތަކުން ދެކޮޅު ޖެހޭ ގޮތަށް ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިކަން ކުރެވޭނީ އެމްޑީޕީން އެމަނިކުފާއެކު ނުކުތުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ. 

އއ. އުކުޅަސްއެމްޑީޕީބޮޑު ބަދަލު ކެންޕޭންގެސްޓްހައުސް ވިޔަފާރިކުރީގެ ރައީސް މުހައްމަދު ނަޝީދު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

31 މެއި 2026

މަޖިލީހުން ކަންކުރަމުންދަނީ އެކިފަހަރު އެކި ގޮތަށް، ޝަމީމް ވަކިކުރަން ވޯޓަށް އެހީ އިސްތިއުފާދީފައި ވަނިކޮށް: މައުރޫފް

31 މެއި 2026
މަޖިލީހުން ކަންކުރަމުންދަނީ އެކިފަހަރު އެކި ގޮތަށް، ޝަމީމް ވަކިކުރަން ވޯޓަށް އެހީ އިސްތިއުފާދީފައި ވަނިކޮށް: މައުރޫފް
30 މެއި 2026

ވެމްކޯގެ ޖެނެރަލް މެނޭޖަރ އައިމިނަތު ފަޒްލާ ޕީއެންސީގެ ސެނެޓާއި، ޕާޓީ އިން ވެސް ވަކިވެވަޑައިގަންނަވައިފި

30 މެއި 2026
ވެމްކޯގެ ޖެނެރަލް މެނޭޖަރ އައިމިނަތު ފަޒްލާ ޕީއެންސީގެ ސެނެޓާއި، ޕާޓީ އިން ވެސް ވަކިވެވަޑައިގަންނަވައިފި
30 މެއި 2026

ޗެއަރޕަރސަންގެ އިންތިޚާބުން ނުހޮވިއްޖެ ނަމަ ވަކި ބަޔަކު ބާކީ ކުރާނެ ކަމަށް ބުނާތީ މީކާއިލް ކަންބޮޑުވުން ފާޅުކުރައްވައިފި

30 މެއި 2026
ޗެއަރޕަރސަންގެ އިންތިޚާބުން ނުހޮވިއްޖެ ނަމަ ވަކި ބަޔަކު ބާކީ ކުރާނެ ކަމަށް ބުނާތީ މީކާއިލް ކަންބޮޑުވުން ފާޅުކުރައްވައިފި
30 މެއި 2026

މާފުށީގައި ހިއްކާފައިވާ ސަރަހައްދު ވީހާ ވެސް އަވަހަށް ތަރައްގީ ކުރަން ޖެހޭ: ކުރީގެ ރައީސް ނަޝީދު

30 މެއި 2026
މާފުށީގައި ހިއްކާފައިވާ ސަރަހައްދު ވީހާ ވެސް އަވަހަށް ތަރައްގީ ކުރަން ޖެހޭ: ކުރީގެ ރައީސް ނަޝީދު
30 މެއި 2026

އެމްޑީޕީއާ އަލުން ގުޅުނީ ޕާޓީގެ ކަންކަން އިސްލާހު ކުރަން: ކުރީގެ ރައީސް ނަޝީދު

30 މެއި 2026
އެމްޑީޕީއާ އަލުން ގުޅުނީ ޕާޓީގެ ކަންކަން އިސްލާހު ކުރަން: ކުރީގެ ރައީސް ނަޝީދު
29 މެއި 2026

އެމްޑީޕީ ޗެއާޕަރސަން އިންތިޚާބު: ދާއިމީ ވޯޓަރސް ލިސްޓު އާންމު ކޮށްފި

29 މެއި 2026
އެމްޑީޕީ ޗެއާޕަރސަން އިންތިޚާބު: ދާއިމީ ވޯޓަރސް ލިސްޓު އާންމު ކޮށްފި
29 މެއި 2026

މީކާއިލްގެ "މައިފުނަ" ރަށުން މީކާއިލްގެ މެސެޖެއް: އިންތިޚާބެއް ނެތަސް އައްޑޫގައި އެމްޑީޕީގެ ހަރަކާތްތައް ހިނގާނެ ގޮތް ހޯދާނަން

29 މެއި 2026
މީކާއިލްގެ "މައިފުނަ" ރަށުން މީކާއިލްގެ މެސެޖެއް: އިންތިޚާބެއް ނެތަސް އައްޑޫގައި އެމްޑީޕީގެ ހަރަކާތްތައް ހިނގާނެ ގޮތް ހޯދާނަން
29 މެއި 2026

ރީނދޫ ލަޝްކަރު އަލުން އަނބުރާ ރުކުރުވާލާ ޖޯޝާ ފޯރި ގެނެވޭނީ އަޅުގަނޑަށް: ނަޝީދު

29 މެއި 2026
ރީނދޫ ލަޝްކަރު އަލުން އަނބުރާ ރުކުރުވާލާ ޖޯޝާ ފޯރި ގެނެވޭނީ އަޅުގަނޑަށް: ނަޝީދު
29 މެއި 2026

މިސަރުކާރުން ވަނީ ދަރަނީގެ ދަންތޫރައެއްގައި ޖެހިފައި، ރާއްޖެއަށް ބޮޑު ބަދަލު ގެންނަން ޖެހޭ: ކުރީގެ ރައީސް، ރައީސް ނަޝީދު

29 މެއި 2026
މިސަރުކާރުން ވަނީ ދަރަނީގެ ދަންތޫރައެއްގައި ޖެހިފައި، ރާއްޖެއަށް ބޮޑު ބަދަލު ގެންނަން ޖެހޭ: ކުރީގެ ރައީސް، ރައީސް ނަޝީދު
28 މެއި 2026

އެމްޑީޕީން އެންމެ މެންބަރެއް ވެސް ވަކިވާން ނޭދެން: ކުރީގެ ރައީސް ނަޝީދު

28 މެއި 2026
އެމްޑީޕީން އެންމެ މެންބަރެއް ވެސް ވަކިވާން ނޭދެން: ކުރީގެ ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް