Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އައްޑޫ ޕާޓީ ހަރަކާތް

މީކާއިލްގެ "މައިފުނަ" ރަށުން މީކާއިލްގެ މެސެޖެއް: އިންތިޚާބެއް ނެތަސް އައްޑޫގައި އެމްޑީޕީގެ ހަރަކާތްތައް ހިނގާނެ ގޮތް ހޯދާނަން

އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމަށް ވާދަކުރައްވާ މީކާއީލް އަޙުމަދު ނަސީމް އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި، އިންތިޚާބުތަކާ ދިމާކޮށް ނޫނީ ޕާޓީގެ ހަރަކާތްތައް ނުހިނގާ އޮތުމުގެ ކަންބޮޑުވުންތައް އާންމު މެންބަރުން ވަނީ ހިއްސާކޮށްފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 29 މެއި 2026 | ހުކުރު 15:44
ހުޅުދޫގައި ކުރިއަށް ދިޔަ އެމްޑީޕީގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން

ހުޅުދޫގައި ކުރިއަށް ދިޔަ އެމްޑީޕީގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން | އެމްޑީޕީ

އިންތިޚާބަކާއި ދިމާކޮށް ނޫން ގޮތަކަށް އައްޑޫގެ ހަރަކާތްތައް ހުއްޓުމަކީ އައްޑޫގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށް އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕަރސަންކަމަށް ވާދަ ކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއިލްގެ "މައިފުނަ" ރަށް ނުވަތަ މީކާއިލްގެ މަންމަގެ ރަށް ސ. ހުޅުދޫގައި ހުންނަވައި މީކާއިލްގެ ޚާއްޞަ މެސެޖެއް އޭނާ ވަނީ އައްޑޫބަހުން ހިއްސާކުރައްވާފަ އެވެ. އޭނާ އެ މެސެޖް ހިއްސާކުރެއްވީ މިހާރު އައްޑޫ އަށް ކުރައްވަމުންގެންދަވާ ދަތުރުގެ ތެރެއިން ހުޅުދޫގައި ކުރިއަށް ދިޔަ ދޮރުން ދޮރަށް ހަރަކާތަށް ފަހު ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު މީދޫގައި ކުރިއަށް ދިޔަ ދޮރުން ދޮރަށް ހަރަކާތާއި ހުކުރު ދުވަހު ހުޅުދޫގައި ކުރިއަށް ދިޔަ ދޮރުން ދޮރަށް ހަރަކާތުން އިންތިޚާބަކާއި ދިމާކޮށް ނޫން ގޮތަކަށް ޕާޓީ ނުހިނގާ އޮތުމަކީ އައްޑޫގެ ބޮޑު ކަންބޮޑުވުމެއްކަން އެނގެން އޮތުމުން އެކަން ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މީކާއިލް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތަނުގައި އައްޑޫގެ އިތުރު ރަށްރަށުގެ ދޮރުން ދޮރަށް ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަތޮޅުތެރޭގައި އެމްޑީޕީގެ ޙަރަކާތްތައް ވަޅުޖެހިގެން ދިއުމަށް ފުރުސަތު ނުދެއްވާނެކަމަށް މީކާއިލް ވަނީ މީގެ ކުރިން ވައުދުވެވަޑައިގަންނަވާފަ އެވެ. ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީކާއީލް ވިދާޅުވީ، އަތޮޅު ތެރޭގައި އެމްޑީޕީގެ ޙަރަކާތްތައް މަޑުޖެހިފައިވާ ކަމުގެ ޝަކުވާ އާންމު މެމްބަރުން ކުރަމުންދާ ކަމަށާއި، އެކަން ޙައްލުކުރަން ޖެހޭ ކަމަށެވެ. އިންތިޚާބެއް ނެތަސް އައްޑޫގައި އެމްޑީޕީގެ ހަރަކާތްތައް ހިނގާނެ ގޮތް ހޯދާދެއްވާނެ މީކާއިލް ވަނީ ވިދާޅުވެފަ އެވެ.

އަތޮޅު ތެރޭގެ ރަށްރަށުގައި ހުރި އެމްޑީޕީގެ ޖަގަހަތައް ހިންގުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން މީކާއީލް ވިދާޅުވީ، ބައެއް ރަށްރަށުގައި ޕާޓީގެ ހިންގުން ހުއްޓިފައިވަނީ އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން ޖަގަހަތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕާޓީގެ ހިންގުމާއި ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހޭ ކަމަށާއި، އެ ބަދަލުތައް ގެންނާނީ ޕާޓީގެ އާންމު މެމްބަރުންގެ ލަފަޔާއި މަޝްވަރާއާ އެކުގައި ކަމަށްވެސް މީކާއީލް ފާހަގަކުރެއްވިއެވެ. ޕާޓީގެ މުސްތަގުބަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، އެމްޑީޕީގެ މެމްބަރޝިޕްގައި ޒުވާނުންގެ އަދަދު އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

އެކަމަށްޓަކައި ޕާޓީގެ ހިންގުމުގެ ތެރެއިން ޒުވާން މޫނުތައް ފެންނަން ޖެހޭ ކަމަށް މީކާއިލް ދަނީ ވަކާލާތުކުރައްވަމުންނެވެ. ސިޔާސީ ގޮތުން ކުރިމަގު ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށާއި، ޕާޓީގެ ހިންގުން ހަރުދަނާކޮށް މެމްބަރުންގެ އިތުބާރު ހޯދުމަކީ އެންމެ އިސް އަމާޒު ކަމުގައި މީކާއީލް ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޑީޕީގެ އާންމު މެމްބަރުންނާއި ކައުންސިލު މެމްބަރުންނަށްވެސް ޕާޓީގެ ކަންކަމުގައި ބަސް ކިޔޭނެ ފަދަ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށް މީކާއީލް ވިދާޅުވިއެވެ. މީކާއީލް އިތުރަށް ވިދާޅުވީ، އޭނާގެ ޗެއަރޕަރސަންކަމެއްގައި ޕާޓީގެ އިސް ސަފުން ފުރުސަތު ހޯދަން ބޭނުންވާ ކޮންމެ މެމްބަރަކަށްވެސް އެ މަގު ފަހިވެފައި އޮންނާނެ ކަމަށެވެ.

މީކާއިލް ނަސީމްއެމްޑީޕީއައްޑޫސ. ހުޅުދޫމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރީނދޫ ލަޝްކަރު އަލުން އަނބުރާ ރުކުރުވާލާ ޖޯޝާ ފޯރި ގެނެވޭނީ އަޅުގަނޑަށް: ނަޝީދު

ރީނދޫ ލަޝްކަރު އަލުން އަނބުރާ ރުކުރުވާލާ ޖޯޝާ ފޯރި ގެނެވޭނީ އަޅުގަނޑަށް: ނަޝީދު

29 މެއި 2026
މިސަރުކާރުން ވަނީ ދަރަނީގެ ދަންތޫރައެއްގައި ޖެހިފައި، ރާއްޖެއަށް ބޮޑު ބަދަލު ގެންނަން ޖެހޭ: ކުރީގެ ރައީސް، ރައީސް ނަޝީދު

މިސަރުކާރުން ވަނީ ދަރަނީގެ ދަންތޫރައެއްގައި ޖެހިފައި، ރާއްޖެއަށް ބޮޑު ބަދަލު ގެންނަން ޖެހޭ: ކުރީގެ ރައީސް، ރައީސް ނަޝީދު

29 މެއި 2026
އެމްޑީޕީން އެންމެ މެންބަރެއް ވެސް ވަކިވާން ނޭދެން: ކުރީގެ ރައީސް ނަޝީދު

އެމްޑީޕީން އެންމެ މެންބަރެއް ވެސް ވަކިވާން ނޭދެން: ކުރީގެ ރައީސް ނަޝީދު

28 މެއި 2026
އަތޮޅު ތެރޭގައި އެމްޑީޕީގެ ޙަރަކާތްތައް ވަޅުޖެހިގެންދާން ފުރުސަތެއް ނުދޭނަން: މީކާއީލް

އަތޮޅު ތެރޭގައި އެމްޑީޕީގެ ޙަރަކާތްތައް ވަޅުޖެހިގެންދާން ފުރުސަތެއް ނުދޭނަން: މީކާއީލް

27 މެއި 2026
އެތެރޭގެ އިންތިޚާބުގައި ވަކި ކޮޅެއް ނަގައިގެން މެމްބަރުން ބާކީނުވާނެކަމުގެ ޔަޤީންކަން ދެން: މީކާއީލް

އެތެރޭގެ އިންތިޚާބުގައި ވަކި ކޮޅެއް ނަގައިގެން މެމްބަރުން ބާކީނުވާނެކަމުގެ ޔަޤީންކަން ދެން: މީކާއީލް

26 މެއި 2026

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު