Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ

އެމްޑީޕީއާ އަލުން ގުޅުނީ ޕާޓީގެ ކަންކަން އިސްލާހު ކުރަން: ކުރީގެ ރައީސް ނަޝީދު

30 މެއި 2026 | ހޮނިހިރު 06:05

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް، ރައީސް ނަޝީދު ފ. ފީއަލީގައި ވިދާޅުވީ، ޕާޓީއާ އަލުން ގުޅިވަޑައިގަތީ އެތެރޭގެ ކަންކަން އިސްލާހުކޮށް ރާއްޖެއަށް ބޮޑު ބަދަލެއް ގެނެވުމަށް ކަމަށް. ޕާޓީގެ ކުރީ ސަފުގައި ތިބެންވާނީ ހީވާގިކަމާއެކު މަސައްކަތްކުރާ މީހުންކަން ފާހަގަކުރައްވައި، ކާމިޔާބު ހޯދޭނީ ގަދައަޅާ މަސައްކަތް ކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވި. އަދި ޗެއަރޕާސަން ހޮވުމުގައި ޕާޓީގެ ހުރިހާ މެންބަރުން ބައިވެރިވެ ވޯޓުލުމަކީ މުހިންމު ކަމެއް ކަމަށްވެސް ނަޝީދު ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 30 މެއި 2026 | ހޮނިހިރު 06:05
ބޮޑު ބަދަލު ގެންޕޭނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފ.ފީއައްޔަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައި.

ބޮޑު ބަދަލު ގެންޕޭނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފ.ފީއައްޔަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައި. | އެމްޑީޕީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އަލުން ގުޅިވަޑައިގެންނެވީ ޕާޓީގެ ކަންކަން އިސްލާހު ކުރައްވަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ނަޝީދު ވާދަކުރައްވާއިރު، އެމަނިކުފާނު ގެންދަވަނީ ބޮޑު ބަދަލު ކެންޕޭން މުޅި ރާއްޖޭގައި ހިންގަވަމުންނެވެ.

Advertisement - newsAdvertisement

އެގޮތުން ފ. ފީއަލީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ، ރާއްޖެއަށް ބޮޑު ބަދަލެއް ގެންނާނީ އެމްޑީޕީން ކަމަށާއި، ޕާޓީގެ ތެރެއިން އެމަސައްކަތް ކުރުމަށް ބޭނުންވާ ކަމަށެވެ. 

އެމްޑީޕީގެ އިސްލީޑަރުންނަކީ ކޮބައިކަން ނޭނގޭކަން ބުނެ އާއްމު މީހަކު ކުރި ސުވާލަކާ ގުޅިގެން ނަޝީދު ވިދާޅުވީ، ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި، ޕާޓީއާ އަލުން ގުޅިވަޑައިގަތީ ވެސް އެކަންކަން އިސްލާހު ކުރައްވަން ބޭނުންފުޅުވާތީ ކަމަށެވެ. 

މީގެ އިތުރުން ނަޝީދު ވިދާޅުވީ، ޕާޓީގެ ކުރީ ސަފުގައި ތިބެންޖެހޭނީ އަދި ތިބުން މުހިންމު ވާނީ މަސައްކަތް ކުރާ މީހުން ކަމަށެވެ. މިފަހުން އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުގައި ޕާޓީގެ ކަންކަން ލިބެން ޖެހޭނީ މަސައްކަތްކުރާ މަސައްކަތުގައި ބައިވެރިވާ މީހުންނަށް ކަމަށް ވިދާޅުވުމުން ވާދަވެރިންނަށް އެކަން ކަމުނުދިޔަ ކަމަށާއި، އެކަން ބަލައި ގަނެފައިނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ނަމަވެސް އެއީ ކަން ހިނގަންޖެހޭ އުސޫލު ކަމަށާއި، ކާމިޔާބު ލިބޭނީ ގަދައަޅާ މަސައްކަތް ކުރުމުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީ އަށް ޗެއަރޕާސަނެއް ވެސް އިންތިޚާބު ކުރަންވާނީ ޕާޓީގެ އެންމެންގެ ވޯޓާއެކު ކަމަށާއި، އެންމެން ވެސް ވޯޓުލާން ޖެހޭ ކަމަށެވެ. 

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީމުހައްމަދު ނަޝީދުފީއަލިބޮޑު ބަދަލު ކެންޕޭން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

29 މެއި 2026

އެމްޑީޕީ ޗެއާޕަރސަން އިންތިޚާބު: ދާއިމީ ވޯޓަރސް ލިސްޓު އާންމު ކޮށްފި

29 މެއި 2026
އެމްޑީޕީ ޗެއާޕަރސަން އިންތިޚާބު: ދާއިމީ ވޯޓަރސް ލިސްޓު އާންމު ކޮށްފި
29 މެއި 2026

މީކާއިލްގެ "މައިފުނަ" ރަށުން މީކާއިލްގެ މެސެޖެއް: އިންތިޚާބެއް ނެތަސް އައްޑޫގައި އެމްޑީޕީގެ ހަރަކާތްތައް ހިނގާނެ ގޮތް ހޯދާނަން

29 މެއި 2026
މީކާއިލްގެ "މައިފުނަ" ރަށުން މީކާއިލްގެ މެސެޖެއް: އިންތިޚާބެއް ނެތަސް އައްޑޫގައި އެމްޑީޕީގެ ހަރަކާތްތައް ހިނގާނެ ގޮތް ހޯދާނަން
29 މެއި 2026

ރީނދޫ ލަޝްކަރު އަލުން އަނބުރާ ރުކުރުވާލާ ޖޯޝާ ފޯރި ގެނެވޭނީ އަޅުގަނޑަށް: ނަޝީދު

29 މެއި 2026
ރީނދޫ ލަޝްކަރު އަލުން އަނބުރާ ރުކުރުވާލާ ޖޯޝާ ފޯރި ގެނެވޭނީ އަޅުގަނޑަށް: ނަޝީދު
29 މެއި 2026

މިސަރުކާރުން ވަނީ ދަރަނީގެ ދަންތޫރައެއްގައި ޖެހިފައި، ރާއްޖެއަށް ބޮޑު ބަދަލު ގެންނަން ޖެހޭ: ކުރީގެ ރައީސް، ރައީސް ނަޝީދު

29 މެއި 2026
މިސަރުކާރުން ވަނީ ދަރަނީގެ ދަންތޫރައެއްގައި ޖެހިފައި، ރާއްޖެއަށް ބޮޑު ބަދަލު ގެންނަން ޖެހޭ: ކުރީގެ ރައީސް، ރައީސް ނަޝީދު
28 މެއި 2026

އެމްޑީޕީން އެންމެ މެންބަރެއް ވެސް ވަކިވާން ނޭދެން: ކުރީގެ ރައީސް ނަޝީދު

28 މެއި 2026
އެމްޑީޕީން އެންމެ މެންބަރެއް ވެސް ވަކިވާން ނޭދެން: ކުރީގެ ރައީސް ނަޝީދު
26 މެއި 2026

އެތެރޭގެ އިންތިޚާބުގައި ވަކި ކޮޅެއް ނަގައިގެން މެމްބަރުން ބާކީނުވާނެކަމުގެ ޔަޤީންކަން ދެން: މީކާއީލް

26 މެއި 2026
އެތެރޭގެ އިންތިޚާބުގައި ވަކި ކޮޅެއް ނަގައިގެން މެމްބަރުން ބާކީނުވާނެކަމުގެ ޔަޤީންކަން ދެން: މީކާއީލް
26 މެއި 2026

އެމްޑީޕީ ހިންގަން ބޭނުންވަނީ ރަނގަޅު ޕައިލެޓެއް، ފްލައިޓް ހެދި އިންޖިނިއަރެއް ނޫން: ދީދީ

26 މެއި 2026
އެމްޑީޕީ ހިންގަން ބޭނުންވަނީ ރަނގަޅު ޕައިލެޓެއް، ފްލައިޓް ހެދި އިންޖިނިއަރެއް ނޫން: ދީދީ
25 މެއި 2026

އެމްޑީޕީ ޗެއާޕަރސަން އިންތިޚާބު: ވޯޓަރސް ލިސްޓަށް ގެނައި ބަދަލުތަކަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

25 މެއި 2026
އެމްޑީޕީ ޗެއާޕަރސަން އިންތިޚާބު: ވޯޓަރސް ލިސްޓަށް ގެނައި ބަދަލުތަކަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
25 މެއި 2026

އެމްޑީޕީގެ ޒުވާނުން ބޭނުން ވަނީ އާ ލީޑަރޝިޕެއް: ދީދީ

25 މެއި 2026
އެމްޑީޕީގެ ޒުވާނުން ބޭނުން ވަނީ އާ ލީޑަރޝިޕެއް: ދީދީ
24 މެއި 2026

އެމްޑީޕީގެ އާންމު މެންބަރުން އެއްވެސް މީހެއްގެ ކިބައިން މައާފަށް އެދޭކަށް ނުޖެހޭ: މީކާއީލް

24 މެއި 2026
އެމްޑީޕީގެ އާންމު މެންބަރުން އެއްވެސް މީހެއްގެ ކިބައިން މައާފަށް އެދޭކަށް ނުޖެހޭ: މީކާއީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް