Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

އެމްޑީޕީ ޗެއާޕަރސަން އިންތިޚާބު: ދާއިމީ ވޯޓަރސް ލިސްޓު އާންމު ކޮށްފި

އަންނަ ޖޫން މަހު ބާއްވާ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށާއި، އިންތިޚާބާ ގުޅޭ ޝަކުވާތައް ބަލާނެ ކޮމްޕްލަޔަންސް ކޮމިޓީ އެކުލަވާލައި އެ ޕާޓީން ވަނީ އިއުލާންކޮށްފަ. މި އިންތިޚާބުގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށްޓަކައި ވޯޓާސް ލިސްޓުން އުނިވާ މެންބަރުންގެ ތަފްސީލު ހާމަކުރާނެ ކަމަށް އެމްޑީޕީން ބުނޭ. ކުރީގެ ރައީސް ނަޝީދާއި މެންބަރު މީކާއީލް ވާދަކުރައްވާ މި އިންތިޚާބުގެ އޮފިޝަލަކަށް ވުމުގެ ފުރުސަތު ކެމްޕޭނުގައި އަމަލީގޮތުން ބައިވެރިނުވާ މެންބަރުންނަށް މި މަހުގެ 30 އާ ހަމައަށް ވަނީ ހުޅުވާލާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 29 މެއި 2026 | ހުކުރު 18:09
އަންނަަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އިންތިޚާބުގެ ދާއިމީ ވޯޓާރސް ލިސްޓް އެ ޕާޓީން ވަނީ އާންމު ކޮށްފަ

އަންނަަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އިންތިޚާބުގެ ދާއިމީ ވޯޓާރސް ލިސްޓް އެ ޕާޓީން ވަނީ އާންމު ކޮށްފަ | ރާއްޖެ އެމްވީ

އަންނަަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އިންތިޚާބުގެ ދާއިމީ ވޯޓާރސް ލިސްޓް އެ ޕާޓީން އާންމުކޮށްފި އެވެ.

އެ ޕާޓީ އިން ބުނީ އާންމުކުރި ދާއިމީ ލިސްޓުގައި ހިމެނޭ މެމްބަރުންގެ ތެރެއިން ހުކުރު ދުވަހުން ފެށިގެން އިންތިޚާބު ބާއްވާ ދުވަހާ ހަމައަށް ޕާޓީން ވަކިވާ މެންބަރުންގެ ނަންތައް ލިސްޓުން އުނިކުރެވެމުންދާނެ ކަމަށެވެ. އަދި މިގޮތަށް ލިސްޓުން އުނިކުރާ ފަރާތްތަކުގެ ތަފްސީލް ފަހުން އިއުލާން ކުރާނެ ކަމަށްވެސް އެ ޕާޓީ އިން ވަނީ ބުނެފަ އެވެ. 

އިންތިޚާބުގެ ދާއިމީ ލިސްޓު އާންމުކޮށްފައިވަނީ ކޮންމެ މެންބަރަކުވެސް ވޯޓުލުމަށް ރަޖިސްޓްރީ ކުރެވިފައިވާ ރަށުގެ ތަފްސީލާ އެކުގަ އެވެ. މިއީ އިންތިޚާބުގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޕާޓީން ފާހަގަކުރެ އެވެ.

މި އިންތިޚާބު ގައި މަސައްކަތް ކުރާނެ އޮފިޝަލުން ހޯދަން ވެސް ވަނީ އިއުލާން ކޮށްފަ އެވެ. އެމްޑީޕީ އިން ބުނީ 12 ޖޫން 2026 ވާ ހުކުރު ދުވަހު ބޭވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ޗެއަރޕާސަން އިންތިޚާބުގެ މާލޭގައި ވޯޓުފޮށިތައް ބަހައްޓާ މަރުކަޒުތަކުގައި އޮފިޝަލުންގެ ގޮތުގައި ވޮލަންޓިއަރކޮށް، އިލެކްޝަން ކޮމިޓީއަށް މި މަސައްކަތް ކޮށްދިނުމަށްއެދޭ ޕަޓީގެ މެންބަރުން ގޫގުލް ފޯމް ލިންކް މެދުވެރިކޮށް 30 މެއި 2026 ގެ 14:00 ގެކުރިން ހުށަހެޅުމަށެވެ. 

މި މެންބަރުން ވާންވާނީ ކެންޕޭންގަ އަމަލީގޮތުން ނޫޅޭ މެންބަރުން ކަމަށާއި، މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭ މަރުކަޒުތައް ކަނޑައަޅާނީ އިންތިޚާބާއި ބެހޭ ކޮމިޓީން ކަމަށް ވަނީ ބުނެފަ އެވެ. 

12 ޖޫން 2026 ވާ ހުކުރު ދުވަހު ބޭވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ޗެއަރޕާސަން އިންތިޚާބުގެ ކޮމްޕްލެއިންސް ކޮމިޓީ އިންތިޚާބާއިބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިންތިޚާބާއި ބެހޭ ކޮމިޓީ އިން ވަނީ  އިންތިހާބުގެ ކޮމްޕްލަޔަންސް ކޮމިޓީ އެކުލަވާލައި އިއުލާންވެސް ކޮށްފަ އެވެ. 

މި މަގާމަށް ވާދަކުރައްވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ. 

އެމްޑީޕީމުހައްމަދު ނަޝީދުމީކާއިލް ނަސީމްމާލެ

އިތުރަށް ކިޔާލަން

29 މެއި 2026

މީކާއިލްގެ "މައިފުނަ" ރަށުން މީކާއިލްގެ މެސެޖެއް: އިންތިޚާބެއް ނެތަސް އައްޑޫގައި އެމްޑީޕީގެ ހަރަކާތްތައް ހިނގާނެ ގޮތް ހޯދާނަން

29 މެއި 2026
މީކާއިލްގެ "މައިފުނަ" ރަށުން މީކާއިލްގެ މެސެޖެއް: އިންތިޚާބެއް ނެތަސް އައްޑޫގައި އެމްޑީޕީގެ ހަރަކާތްތައް ހިނގާނެ ގޮތް ހޯދާނަން
29 މެއި 2026

ރީނދޫ ލަޝްކަރު އަލުން އަނބުރާ ރުކުރުވާލާ ޖޯޝާ ފޯރި ގެނެވޭނީ އަޅުގަނޑަށް: ނަޝީދު

29 މެއި 2026
ރީނދޫ ލަޝްކަރު އަލުން އަނބުރާ ރުކުރުވާލާ ޖޯޝާ ފޯރި ގެނެވޭނީ އަޅުގަނޑަށް: ނަޝީދު
29 މެއި 2026

ފުވައްމުލަކު "ޑްރަގު ކެފޭއެއް" ބަންދުކުރަން ކޯޓުން އަމުރުކޮށްފި

29 މެއި 2026
ފުވައްމުލަކު "ޑްރަގު ކެފޭއެއް" ބަންދުކުރަން ކޯޓުން އަމުރުކޮށްފި
29 މެއި 2026

މިސަރުކާރުން ވަނީ ދަރަނީގެ ދަންތޫރައެއްގައި ޖެހިފައި، ރާއްޖެއަށް ބޮޑު ބަދަލު ގެންނަން ޖެހޭ: ކުރީގެ ރައީސް، ރައީސް ނަޝީދު

29 މެއި 2026
މިސަރުކާރުން ވަނީ ދަރަނީގެ ދަންތޫރައެއްގައި ޖެހިފައި، ރާއްޖެއަށް ބޮޑު ބަދަލު ގެންނަން ޖެހޭ: ކުރީގެ ރައީސް، ރައީސް ނަޝީދު
28 މެއި 2026

އެމްޑީޕީން އެންމެ މެންބަރެއް ވެސް ވަކިވާން ނޭދެން: ކުރީގެ ރައީސް ނަޝީދު

28 މެއި 2026
އެމްޑީޕީން އެންމެ މެންބަރެއް ވެސް ވަކިވާން ނޭދެން: ކުރީގެ ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު