Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

އެމްޑީޕީން އެންމެ މެންބަރެއް ވެސް ވަކިވާން ނޭދެން: ކުރީގެ ރައީސް ނަޝީދު

އެމްޑީޕީގެ މެންބަރުންގެ އަދަދު މިއަހަރު ނިމުމުގެ ކުރިން އެއްލައްކައަށް އިތުރުކުރުމަކީ އަމާޒެއް ކަމަށާއި، އެއްވެސް މެންބަރަކު ޕާޓީން ވަކިވާން ނޭދޭ ކަމަށް ނަޝީދު ވިދާޅުވި. އދ. މާމިގިލީގައި ހުންނަވައި ދެއްވި މެސެޖެއްގައި އެމަނިކުފާނު ވިދާޅުވީ، ޕާޓީގެ މެންބަރުން އިތުރުކޮށް ލަޝްކަރު ވަރުގަދަކުރުމާއެކު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނެ ކަމުގެ އުންމީދު ބޮޑު ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 28 މެއި 2026 | ބުރާސްފަތި 07:56
އެމްޑީޕީ ޖަލްސާ އެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ.

އެމްޑީޕީ ޖަލްސާ އެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ. | އެމްޑީޕީ

އެމްޑީޕީން އެންމެ މެންބަރެއް ވެސް ވަކިވާން ނޭދޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ނަޝީދު ވާދަކުރައްވާއިރު، އެމަނިކުފާނު ގެންދަވަނީ ބޮޑު ބަދަލު ކެންޕޭން މުޅި ރާއްޖޭގައި ހިންގަވަމުންނެވެ. 

ބުދަ ދުވަހު  އދ. މާމިގިލީގައި ހުންނަވައި، އެކްސްގައި ހިއްސާކުރެއްވި ވީޑީއޯއެއްގައި އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން އެންމެ މެންބަރަކު ވެސ ވަކިވާން ނޭދޭ ކަމަށާއި، ވީހާ ވެސް ގިނަ މީހުން ޕާޓީއާ ގުޅުމަށް އެދޭ ކަމަށެވެ. އަދި މަސައްކަތް ކުރަމުން މިދަނީ މިއަހަރު ނިމުމުގެ ކުރިން އެމްޑީޕީއަށް އެއްލައްކަ މެންބަރުން ހަމަ ކުރުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން އެންމެ މެންބަރެއް ވަކި ވުމަކީ ވެސް އަޅުގަނޑު އެދޭނެ ގޮތެއް ނޫން. އަޅުގަނޑު އެދެނީ ވީހާ ވެސް ގިނަ ބޭފުޅުން އެމްޑީޕީއާ ގުޅުމަށް. އަޅުގަނޑުގެ އަމާޒަކީ އުންމީދަކީ އެއްލައްކައަށް ވުރެ ގިނަ މެންބަރުން އެމްޑީޕީގައި ބޭއްތިއްބުން. އިރާދަކުރެއްވިއްޔާ މި އިންތިޚާބުގެ ތެރޭގައާއި، އޭގެފަހުން ވެސް އަޅުގަނޑުމެންގެ މެންބަރޝިޕް މާ ބޮޑަށް އިތުރުވެގެންދާނެ. އެއްލައްކައަށްވުރެ މައްޗަށް އަޅުގަނޑުމެންގެ މެންބަރ ޝިޕް ދާނެ. އެއްވެސް ބޭފުޅެއް އެއްވެސް ސަބަބަކާ އެމްޑީޕީ ދޫކޮށްލާކަށް އަޅުގަނޑު ކުޑަކޮށް ވެސް ނޭދޭނަން.
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށާއި، އެ އުންމީދު ވަރަށް ބޮޑު ކަަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރީނދޫ ލަޝްކަރުގައި އެއްލައްކަ މެމްބަރުން ހަމަވެ، އިތުރަށް ވަރުގަދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މުހައްމަދު ނަޝީދުއެމްޑީޕީމާމިގިލި

އިތުރަށް ކިޔާލަން

27 މެއި 2026

އަތޮޅު ތެރޭގައި އެމްޑީޕީގެ ޙަރަކާތްތައް ވަޅުޖެހިގެންދާން ފުރުސަތެއް ނުދޭނަން: މީކާއީލް

27 މެއި 2026
އަތޮޅު ތެރޭގައި އެމްޑީޕީގެ ޙަރަކާތްތައް ވަޅުޖެހިގެންދާން ފުރުސަތެއް ނުދޭނަން: މީކާއީލް
26 މެއި 2026

އެތެރޭގެ އިންތިޚާބުގައި ވަކި ކޮޅެއް ނަގައިގެން މެމްބަރުން ބާކީނުވާނެކަމުގެ ޔަޤީންކަން ދެން: މީކާއީލް

26 މެއި 2026
އެތެރޭގެ އިންތިޚާބުގައި ވަކި ކޮޅެއް ނަގައިގެން މެމްބަރުން ބާކީނުވާނެކަމުގެ ޔަޤީންކަން ދެން: މީކާއީލް
26 މެއި 2026

ވޭވަށު ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް

26 މެއި 2026
ވޭވަށު ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް
26 މެއި 2026

އެމްޑީޕީ ހިންގަން ބޭނުންވަނީ ރަނގަޅު ޕައިލެޓެއް، ފްލައިޓް ހެދި އިންޖިނިއަރެއް ނޫން: ދީދީ

26 މެއި 2026
އެމްޑީޕީ ހިންގަން ބޭނުންވަނީ ރަނގަޅު ޕައިލެޓެއް، ފްލައިޓް ހެދި އިންޖިނިއަރެއް ނޫން: ދީދީ
26 މެއި 2026

ރައީސް މުއިއްޒު އަކީ ގިނިކަންޏާ ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް، ދިމާވެގެން އުޅޭ މައްސަލަ އަކީ އެއީ: މައުރޫފް

26 މެއި 2026
ރައީސް މުއިއްޒު އަކީ ގިނިކަންޏާ ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް، ދިމާވެގެން އުޅޭ މައްސަލަ އަކީ އެއީ: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު