Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިތުބާރު ކެމްޕެއިން

ޗެއަރޕަރސަންގެ އިންތިޚާބުން ނުހޮވިއްޖެ ނަމަ ވަކި ބަޔަކު ބާކީ ކުރާނެ ކަމަށް ބުނާތީ މީކާއިލް ކަންބޮޑުވުން ފާޅުކުރައްވައިފި

30 މެއި 2026 | ހޮނިހިރު 19:02

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގައި ވަކި ފަރާތަކަށް ތާއީދުކުރުމުން ބާކީކޮށް ފަހަތު ސަފަށް ލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޗެއަރޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް ނަސީމް ވިދާޅުވެ. މީކާއިލް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ގެއްލުނީ ޕާޓީގެ އާންމު މަސްލަހަތަށްވުރެ އަމިއްލަ މަންފާ އިސްކުރި ބަޔަކު ޕާޓީން ވަކިވެ ކުރި މަސައްކަތުން ކަމަށް.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 30 މެއި 2026 | ހޮނިހިރު 19:02
"އިތުބާރު" ކެމްޕޭން ލޯންޗް ކުރުމުގެ ހަފްލާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވާހަކަ ދައްކަވަނީ

"އިތުބާރު" ކެމްޕޭން ލޯންޗް ކުރުމުގެ ހަފްލާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވާހަކަ ދައްކަވަނީ | ޝިފާޒް(ސޮއްޓި)

ޗެއަރޕަރސަންގެ އިންތިޚާބުން ނުހޮވިއްޖެ ނަމަ ވަކި ބަޔަކު ބާކީ ކުރާނެ ކަމަށް ބުނާތީ އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް ނަސީމް އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މީކާއިލް އެފަދައިން ވިދާޅުވީ އިތުބާރު ކެމްޕެއިންގެ ސައްލާގައި ވާހަކަދައްކަވަމުންނެވެ. 

Advertisement - newsAdvertisement

މީކާއިލް ވަނީ މީކާއިލް އަށް ތާއީދު ކުރާ ފަރާތްތައް ތިބެން ވާނީ ފަހަތު ސީޓުގައި ކަމަށް ދޭހަވާ މޭރުމަކުން އެމްޑީޕީގެ ގައުމީ މަޖިލީހުގައި އޭނާ އާއި ވާދަވެރި ފަރާތްތަކުން  ދައްކާފައިވާ ވާހަކަތަކާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ޕާޓީގެ އެތެރޭގެ އިންތިޚާބެއްގައި ވަކި ފަޅިއެއްގައި ތިބޭ މީހުން ބާކީކޮށް ފަހަތު ސަފަށް ލުމަކީ ޤަބޫލުކުރައްވާ ކަމެއް ނޫން ކަމަށް މީކާއިލް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މީކާއިލް ވަނީ އެ މަނިކުފާނާއި އެކު ނުކުމެ ތިއްބެވީ ޕާޓީ މަގުމަތިކޮށްލުމުން ޕާޓީ ހިފަހައްޓަން މަސައްކަތް ކުރި ބޭފުޅުން ކަމަށާއި އެ ބޭފުޅުން ބާކީ ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. މީކާއިލް ވަނީ އޭނާގެ ޗެއަރޕަރސަންކަމެއްގައި އެފަދަ ގޮތަކަށް އެއްވެސް ބަޔަކު ބާކީ ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މީކާއިލް އިތުރަށް ވިދާޅުވީ އެމްޑީޕީ އަށް 2023ގެ އިންތިޚާބު ގެއްލުނީ އަމިއްލަ މަންފާ އަށް ބަޔަކު ޕާޓީގެ އާއްމު މަސްލަހަތާއި މެދު ނުވިސްނުމުގެ ސަބަބުން ކަމަށެވެ. އެގޮތުން އޭރު ޕްރައިމަރީ އިން ވީ ބަލި ޤަބޫލު ނުކުރެވިގެން ބަޔަކު، ޕާޓީ އިން ވަކިވެ، ސީދާ އެމްޑީޕީ އަށް އިންތިޚާބު ގެއްލުވާލުމަށް މަސައްކަތް ކުރި ކަމަށް މީކައިލް ވަނީ ވިދާޅުވެފަ އެވެ. އޭރު އެ މީހުން މަަސައްކަތް ކުރީ ޕާޓީ އަށް އިންތިޚާބު ގެއްލުވާލުމަށް ކަމަށް މީކާއިލް ވިދާޅުވި އެވެ.

"އެމްޑީޕީ އަށް 2023ގެ ރިޔާސީ އިންތިޚާބު ގެއްލުނީ އަޅުގަނޑުމެންގެ ތެރޭގައި ތިބި ބަޔަކު އެމްޑީޕީގެ ޕްރައިމަރީ އިން ބަލިވުމުން ބަލި ޤަބޫލު ނުކުރެވިގެން އަޅުގަނޑުމެންގެ ތެރެއިން ވަކިވެ ވަކި ޕާޓީ އެއް ހަދައި ރިޔާސީ ކެނޑިޑޭޓެއް ފީލްޑް ކުރި ހިސާބުން އަޅުގަނޑުމެންނަށް އިންތިޚާބު ގެއްލުނީ. އެކަން ކުރީ ސީދާ އެމްޑީޕީ އަށް އިންތިޚާބު ގެއްލުވާލުމަށް. އެ ބޭފުޅުން ދެ ވަނަ ބުރުގައި އެމްޑީޕީ އަށް ތާއީދު ކުރި ނަމަ ނުވަތަ، ވަކިކޮޅަކަށް ނުޖެހި ތިބި ނަމަ ވެސް އިންތިޚާބު އެމްޑީޕީ އަށް ނުގެއްލުނީސް."މީކާއިލް ވިދާޅުވި އެވެ.

ހަމައެހެންމެ އެމްޑީޕީގެ އިންތިޚާބީ މަޤާމުތަކުގައި ތިބި މީހުންނަށް މީކާއިލް ވަނީ ބިރު ނުގަނެ ހަށިފޮޅާލާފައި ނުކުމެ އެ މީހަކު ބޭނުންވާ ކެނޑިޑޭޓަކަށް އެ މީހަކު ތާއީދުކޮށްގެން ނުކުތުމަށް ގޮވާލައްވާފަ އެވެ. 

މީކާއިލް ނަސީމްއެމްޑީޕީއިތުބާރު ކެމްޕެއިން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

30 މެއި 2026

މާފުށީގައި ހިއްކާފައިވާ ސަރަހައްދު ވީހާ ވެސް އަވަހަށް ތަރައްގީ ކުރަން ޖެހޭ: ކުރީގެ ރައީސް ނަޝީދު

30 މެއި 2026
މާފުށީގައި ހިއްކާފައިވާ ސަރަހައްދު ވީހާ ވެސް އަވަހަށް ތަރައްގީ ކުރަން ޖެހޭ: ކުރީގެ ރައީސް ނަޝީދު
29 މެއި 2026

އެމްޑީޕީ ޗެއާޕަރސަން އިންތިޚާބު: ދާއިމީ ވޯޓަރސް ލިސްޓު އާންމު ކޮށްފި

29 މެއި 2026
އެމްޑީޕީ ޗެއާޕަރސަން އިންތިޚާބު: ދާއިމީ ވޯޓަރސް ލިސްޓު އާންމު ކޮށްފި
29 މެއި 2026

މީކާއިލްގެ "މައިފުނަ" ރަށުން މީކާއިލްގެ މެސެޖެއް: އިންތިޚާބެއް ނެތަސް އައްޑޫގައި އެމްޑީޕީގެ ހަރަކާތްތައް ހިނގާނެ ގޮތް ހޯދާނަން

29 މެއި 2026
މީކާއިލްގެ "މައިފުނަ" ރަށުން މީކާއިލްގެ މެސެޖެއް: އިންތިޚާބެއް ނެތަސް އައްޑޫގައި އެމްޑީޕީގެ ހަރަކާތްތައް ހިނގާނެ ގޮތް ހޯދާނަން
29 މެއި 2026

ރީނދޫ ލަޝްކަރު އަލުން އަނބުރާ ރުކުރުވާލާ ޖޯޝާ ފޯރި ގެނެވޭނީ އަޅުގަނޑަށް: ނަޝީދު

29 މެއި 2026
ރީނދޫ ލަޝްކަރު އަލުން އަނބުރާ ރުކުރުވާލާ ޖޯޝާ ފޯރި ގެނެވޭނީ އަޅުގަނޑަށް: ނަޝީދު
29 މެއި 2026

މިސަރުކާރުން ވަނީ ދަރަނީގެ ދަންތޫރައެއްގައި ޖެހިފައި، ރާއްޖެއަށް ބޮޑު ބަދަލު ގެންނަން ޖެހޭ: ކުރީގެ ރައީސް، ރައީސް ނަޝީދު

29 މެއި 2026
މިސަރުކާރުން ވަނީ ދަރަނީގެ ދަންތޫރައެއްގައި ޖެހިފައި، ރާއްޖެއަށް ބޮޑު ބަދަލު ގެންނަން ޖެހޭ: ކުރީގެ ރައީސް، ރައީސް ނަޝީދު
28 މެއި 2026

އެމްޑީޕީން އެންމެ މެންބަރެއް ވެސް ވަކިވާން ނޭދެން: ކުރީގެ ރައީސް ނަޝީދު

28 މެއި 2026
އެމްޑީޕީން އެންމެ މެންބަރެއް ވެސް ވަކިވާން ނޭދެން: ކުރީގެ ރައީސް ނަޝީދު
27 މެއި 2026

އަތޮޅު ތެރޭގައި އެމްޑީޕީގެ ޙަރަކާތްތައް ވަޅުޖެހިގެންދާން ފުރުސަތެއް ނުދޭނަން: މީކާއީލް

27 މެއި 2026
އަތޮޅު ތެރޭގައި އެމްޑީޕީގެ ޙަރަކާތްތައް ވަޅުޖެހިގެންދާން ފުރުސަތެއް ނުދޭނަން: މީކާއީލް
26 މެއި 2026

އެތެރޭގެ އިންތިޚާބުގައި ވަކި ކޮޅެއް ނަގައިގެން މެމްބަރުން ބާކީނުވާނެކަމުގެ ޔަޤީންކަން ދެން: މީކާއީލް

26 މެއި 2026
އެތެރޭގެ އިންތިޚާބުގައި ވަކި ކޮޅެއް ނަގައިގެން މެމްބަރުން ބާކީނުވާނެކަމުގެ ޔަޤީންކަން ދެން: މީކާއީލް
26 މެއި 2026

ވޭވަށު ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް

26 މެއި 2026
ވޭވަށު ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް
26 މެއި 2026

އެމްޑީޕީ ހިންގަން ބޭނުންވަނީ ރަނގަޅު ޕައިލެޓެއް، ފްލައިޓް ހެދި އިންޖިނިއަރެއް ނޫން: ދީދީ

26 މެއި 2026
އެމްޑީޕީ ހިންގަން ބޭނުންވަނީ ރަނގަޅު ޕައިލެޓެއް، ފްލައިޓް ހެދި އިންޖިނިއަރެއް ނޫން: ދީދީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް