Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކ. މާފުށި

މާފުށީގައި ހިއްކާފައިވާ ސަރަހައްދު ވީހާ ވެސް އަވަހަށް ތަރައްގީ ކުރަން ޖެހޭ: ކުރީގެ ރައީސް ނަޝީދު

މާފުށީގެ ފަތުރުވެރިކަން ފުޅާވަމުންދާއިރު، އެރަށުން އަލަށް ހިއްކި ސަރަހައްދު ތަރައްގީކުރުމަށް މިހާރުގެ ސަރުކާރުން އެއްބާރުލުން ދިނުމަށް ކުރީގެ ރައީސް ނަޝީދު ވަނީ ގޮވާލައްވާފައި. މީގެ އިތުރުން އެރަށަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލަ ހައްލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމަށް އިސްކަންދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 30 މެއި 2026 | ހޮނިހިރު 07:29
މާލެ އަތޮޅު މާފުށީގައި ހިއްކާފައިވާ ސަރަހައްދު. ފައިލް ފޮޓޯ.

މާލެ އަތޮޅު މާފުށީގައި ހިއްކާފައިވާ ސަރަހައްދު. ފައިލް ފޮޓޯ. | އެމްޓީސީސީ

މާލެ އަތޮޅު މާފުށީގައި ހިއްކާފައިވާ ސަރަހައްދު ވީހާ ވެސް އަވަހަށް ތަރައްގީ ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ބޮޑު ބަދަލު ކެންޕޭނަށް އެމަނިކުފާނު ކ. ގުރައިދޫ އަދި މާފުއްޓަށް ކުރެއްވި ދަތުރުފުޅަށްފަހު އާއްމު ކުރެއްވި ވީޑީއޯއެއްގައި ވިދާޅުވީ ފަތުރުވެރިކަމުގެ ނަފާ ރައްޔިތުންނަށް ވަރަށް ބޮޑަށް ލިބެމުންދާ ކަމަށާއި، ގުރައިދޫ އާއި މާފުށި ވެސް މިސިނާއަތުގައި ވަރަށް ވަރުގަދަ ކަމަށެވެ. 

Advertisement - newsAdvertisement

މާފުއްޓަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ އެރަށަކީ އެހެން ރަށްތަކަށް އޮތް ލާމަސީލު ރަށެއް ކަމަށާއި، ވަރަށް ބޮޑަށް ފަތުރުވެރިކަން ކުރިއަރާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިހާރު އެރަށުގައި ހިއްކާފައިވާ ސަރަހައްދު ތަރައްގީ ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށާއި، ވަރަށް އަވަހަށް އެމަސައްކަތް ކުރަން ޖެހޭ ކަމަށެވެ. 

އެހެންކަމުން މިސަރުކާރުން ވެސް އެމަސައްކަތަށް އެއްބާރުލުން ދިނުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ. 

މީގެ އިތުރުން ނަޝީދު ވިދާޅުވީ މާފުށީގައި ނަރުދަމާ ނިޒާމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވާ ކަމަށާއި، މިމައްސަލައަށް ވެސް އަވަސް ހަލެއް ބޭނުންވާ ކަމަށެވެ. 

މިތަނުގައި މިއޮތް ނަރުދަމާ ނިޒާމުގައި ވެސް ބައިވަރު މައްސަލަ އެބަހުރި. ވެކިއުމް ސިސްޓަމެއް އޮތީ. މި ވެކިއުމް ސިސްޓަމްގެ ނަރުދަމާގެ މައްސަލަތައް ވަރަށް ގިނަ ރަށްރަށުން ފެނޭ. ޚާއްސަކޮށް މިމައްސަލަތައް ކުރިމަތިވަނީ ޕަންޕުތައް މެއިންޓެއިން ނުކުރެވި، މަރާމާތު ނުކުރެވޭތީ. އަޅުގަނޑުމެންގެ އަމާޒަކީ މިކަންކަން ރަނގަޅު ކުރެވޭނެ ގޮތްތަކެއް ކައުންސިލުން ވެސް މެދުވެރިވެގެން ކުރުން. އިރާދަކުރެއްވިއްޔާ އެމްޑީޕީގެ ސަރުކާރުގައި އެމްޑީޕީގެ މިކަންކަމަށް ހުރި ބާރުތައް އަޅަމުން ގެންދާނަން. 
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ ރާއްޖެއަށް ދެން އަންނާނީ އެމްޑީޕީގެ ވެރިކަމެއް ކަމަށާއި، އެވެރިކަމުގައި ރައްޔިތުންނާ ސީދާ ގުޅިފައިވާ މިފަދަ މައްސަލަތައް ހައްލު ކުރުމަށް ޚާއްޞަ އިސްކަމެއް ދޭނެ ކަމަށެވެ. 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މާފުށިން 25 ހެކްޓަރުގެ ބިމެއް ވަނީ ހިއްކާފަ އެވެ. މި ބިމަކީ މާފުއްޓާ ވަކިން، ބްރިޖަކުން ގުޅާލެވޭގޮތަށް ހިއްކާފައިވާ ބިމެކެވެ. އެހެން ކަމުން އެ ބިން ތަރައްގީކުރާ އިރު ރަށަކުން ލިބެންޖެހޭ ހުރިހާ ޚިދުމަތަކާއި ވަސީލަތެއް ލިބޭނެހެން ތަރައްގީކުރުމުގެ ކުރާނެ މީގެ ކުރިން އެރަށުގެ ކައުންސިލުން ބުނެފައިވެ އެވެ. އަދި އެ ބިމުގެ 45 ޕަސަންޓުގެ ބިން ބޭނުންކުރާނީ ބަންޑާރަ ގޯތި ދޫކުރުމަށް ކަމަށް ވެސް ކައުންސިލުން ބުނެފައިވެ އެވެ.

މުހައްމަދު ނަޝީދުކ.ގުރައިދޫއިބްރާހިމް މުހައްމަދު ސޯލިހުބޮޑު ބަދަލު ކެންޕޭންއެމްޑީޕީކ. މާފުށި

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީއާ އަލުން ގުޅުނީ ޕާޓީގެ ކަންކަން އިސްލާހު ކުރަން: ކުރީގެ ރައީސް ނަޝީދު

އެމްޑީޕީއާ އަލުން ގުޅުނީ ޕާޓީގެ ކަންކަން އިސްލާހު ކުރަން: ކުރީގެ ރައީސް ނަޝީދު

30 މެއި 2026
އެމްޑީޕީ ޗެއާޕަރސަން އިންތިޚާބު: ދާއިމީ ވޯޓަރސް ލިސްޓު އާންމު ކޮށްފި

އެމްޑީޕީ ޗެއާޕަރސަން އިންތިޚާބު: ދާއިމީ ވޯޓަރސް ލިސްޓު އާންމު ކޮށްފި

29 މެއި 2026
މީކާއިލްގެ "މައިފުނަ" ރަށުން މީކާއިލްގެ މެސެޖެއް: އިންތިޚާބެއް ނެތަސް އައްޑޫގައި އެމްޑީޕީގެ ހަރަކާތްތައް ހިނގާނެ ގޮތް ހޯދާނަން

މީކާއިލްގެ "މައިފުނަ" ރަށުން މީކާއިލްގެ މެސެޖެއް: އިންތިޚާބެއް ނެތަސް އައްޑޫގައި އެމްޑީޕީގެ ހަރަކާތްތައް ހިނގާނެ ގޮތް ހޯދާނަން

29 މެއި 2026
ރީނދޫ ލަޝްކަރު އަލުން އަނބުރާ ރުކުރުވާލާ ޖޯޝާ ފޯރި ގެނެވޭނީ އަޅުގަނޑަށް: ނަޝީދު

ރީނދޫ ލަޝްކަރު އަލުން އަނބުރާ ރުކުރުވާލާ ޖޯޝާ ފޯރި ގެނެވޭނީ އަޅުގަނޑަށް: ނަޝީދު

29 މެއި 2026
މިސަރުކާރުން ވަނީ ދަރަނީގެ ދަންތޫރައެއްގައި ޖެހިފައި، ރާއްޖެއަށް ބޮޑު ބަދަލު ގެންނަން ޖެހޭ: ކުރީގެ ރައީސް، ރައީސް ނަޝީދު

މިސަރުކާރުން ވަނީ ދަރަނީގެ ދަންތޫރައެއްގައި ޖެހިފައި، ރާއްޖެއަށް ބޮޑު ބަދަލު ގެންނަން ޖެހޭ: ކުރީގެ ރައީސް، ރައީސް ނަޝީދު

29 މެއި 2026

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު