Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދައުލަތުގެ ދަރަނި

މިސަރުކާރުން ވަނީ ދަރަނީގެ ދަންތޫރައެއްގައި ޖެހިފައި، ރާއްޖެއަށް ބޮޑު ބަދަލު ގެންނަން ޖެހޭ: ކުރީގެ ރައީސް، ރައީސް ނަޝީދު

29 މެއި 2026 | ހުކުރު 08:33

ދައުލަތުގެ ދަރަނި އިންތިހާއަށް އުފުލި، ދަރަނި ދެއްކުމަށް އިތުރު ލޯނުތައް ނަގަމުންދާތީ ރާއްޖެ އިގްތިސާދީ ކަނޑަކަށް ވެއްޓިދާނެ ކަމުގެ ބިރު އޮތް ކަމަށް ނަޝީދު ވިދާޅުވި. މާމިގިލީގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ދަރަނި އަދާނުކުރެވިއްޖެނަމަ އަވަށްޓެރި ސްރީލަންކާއަށް ދިމާވި ފަދަ ނިކަމެތި ހާލަތެއް ރާއްޖެއަށް ކުރިމަތިވެދާނެ ކަމަށް. އެހެންކަމުން މި ނުރައްކާތެރި މިސްރާބު ބަދަލުކުރުމަށްޓަކައި މުޅި ރާއްޖެއަށް ބޮޑު އިސްލާހީ ބަދަލެއް ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 29 މެއި 2026 | ހުކުރު 08:33
ބޮޑުބަދަލު ކެމްޕެއިން ޖަލްސާއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވަނީ

ބޮޑުބަދަލު ކެމްޕެއިން ޖަލްސާއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަރަނި ދެއްކުމަށް އިތުރު ދަރަނިތަކެއް ނަގާ ދަރަނީގެ ދަންތޫރައެއްގައި ޖެހިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ނަޝީދު ވާދަކުރައްވާއިރު، އެމަނިކުފާނު ގެންދަވަނީ ބޮޑު ބަދަލު ކެންޕޭން މުޅި ރާއްޖޭގައި ހިންގަވަމުންނެވެ. އަދި އދ. މާމިގިލީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ދަރަނީގެ ހާލަތާ ގުޅިގެން އެމަނިކުފާނު ކަންބޮޑުވުންފާޅު ކުރައްވާފައިވެ އެވެ.

ނަޝީދު ވިދާޅުވީ ދައުލަތުގެ ދަރަނި އިންތިހާއަށް އުފުލިފައިވާ ކަމަށާއި، މިކަމުގެ ނިކަމެތިކަމާއި ހުރިހާ ދެރައެއް ލިބޭނީ ރާއްޖޭގެ ރައްޔިތުންނަށް ކަމަށެވެ. މިސަރުކާރުން ދަރަނި ދެއްކުމަށް އިތުރު ދަރަނިތަކެއް ނަގާ  ދަރަނީގެ ދަންތޫރައެއްގެ މިސްރާބުގައި ޖެހިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ދަރަނީގެ ދަންތޫރައެއްގައިޖެހި ދަރަނި އަދާނުކުރެވި ތިބެވިއްޖެނަމަ ރާއްޖެ ޑީފޯލްޓަކަށްގޮސްދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. 

އެގޮތުން އަވަށްޓެރި ސްރީލަންކާ ޑީފޯލްޓަކަށް ގޮސް ކަންވީގޮތް ދިވެހިންނަށްވެސް އިނގޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެހާލަތު ރައްޔިތުން ހަނދާން ނެތާހާ ދުވަސް ނުވާ ކަމަށެވެ. 

ރާއްޖޭގެ ހާލަތަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ މިހާލަތު ބަދަލު ކުރުމަށް މުޅި ރާއްޖެއަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީ އަކީ އަބަދުވެސް ބަދަލު ގެންނަ ޕާޓީއެއް ކަމަށާއި، ރައްޔިތުންނަށް ފައިދާވާ ގޮތަށް މަންފާވާ ގޮތަށް މަސައްކަތް ކުރާ ޕާޓީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އެމްޑީޕީއދ. މާމިގިލީބޮޑު ބަދަލު ކެންޕޭންކުރީގެ ރައީސް މުހައްމަދު ނަޝީދުދައުލަތުގެ ދަރަނި

އިތުރަށް ކިޔާލަން

28 މެއި 2026

އެމްޑީޕީން އެންމެ މެންބަރެއް ވެސް ވަކިވާން ނޭދެން: ކުރީގެ ރައީސް ނަޝީދު

28 މެއި 2026
އެމްޑީޕީން އެންމެ މެންބަރެއް ވެސް ވަކިވާން ނޭދެން: ކުރީގެ ރައީސް ނަޝީދު
27 މެއި 2026

އަތޮޅު ތެރޭގައި އެމްޑީޕީގެ ޙަރަކާތްތައް ވަޅުޖެހިގެންދާން ފުރުސަތެއް ނުދޭނަން: މީކާއީލް

27 މެއި 2026
އަތޮޅު ތެރޭގައި އެމްޑީޕީގެ ޙަރަކާތްތައް ވަޅުޖެހިގެންދާން ފުރުސަތެއް ނުދޭނަން: މީކާއީލް
26 މެއި 2026

އެތެރޭގެ އިންތިޚާބުގައި ވަކި ކޮޅެއް ނަގައިގެން މެމްބަރުން ބާކީނުވާނެކަމުގެ ޔަޤީންކަން ދެން: މީކާއީލް

26 މެއި 2026
އެތެރޭގެ އިންތިޚާބުގައި ވަކި ކޮޅެއް ނަގައިގެން މެމްބަރުން ބާކީނުވާނެކަމުގެ ޔަޤީންކަން ދެން: މީކާއީލް
26 މެއި 2026

ވޭވަށު ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް

26 މެއި 2026
ވޭވަށު ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް
26 މެއި 2026

އެމްޑީޕީ ހިންގަން ބޭނުންވަނީ ރަނގަޅު ޕައިލެޓެއް، ފްލައިޓް ހެދި އިންޖިނިއަރެއް ނޫން: ދީދީ

26 މެއި 2026
އެމްޑީޕީ ހިންގަން ބޭނުންވަނީ ރަނގަޅު ޕައިލެޓެއް، ފްލައިޓް ހެދި އިންޖިނިއަރެއް ނޫން: ދީދީ
26 މެއި 2026

ރައީސް މުއިއްޒު އަކީ ގިނިކަންޏާ ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް، ދިމާވެގެން އުޅޭ މައްސަލަ އަކީ އެއީ: މައުރޫފް

26 މެއި 2026
ރައީސް މުއިއްޒު އަކީ ގިނިކަންޏާ ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް، ދިމާވެގެން އުޅޭ މައްސަލަ އަކީ އެއީ: މައުރޫފް
25 މެއި 2026

ކުޅުދުއްފުށީގެ ދެ ކައުންސިލަރުންގެ ތާއީދު މީކާއިލް އަށް: "މިއީ ޕާޓީ ތަރުތީބުކުރަން ޒުވާނުން ކުރިއަށް ނެރެންވީ ވަގުތު."

25 މެއި 2026
ކުޅުދުއްފުށީގެ ދެ ކައުންސިލަރުންގެ ތާއީދު މީކާއިލް އަށް: "މިއީ ޕާޓީ ތަރުތީބުކުރަން ޒުވާނުން ކުރިއަށް ނެރެންވީ ވަގުތު."
25 މެއި 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ލެވެނީ 4121 މީހުންނަށް

25 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ލެވެނީ 4121 މީހުންނަށް
25 މެއި 2026

އެމްޑީޕީ ޗެއާޕަރސަން އިންތިޚާބު: ވޯޓަރސް ލިސްޓަށް ގެނައި ބަދަލުތަކަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

25 މެއި 2026
އެމްޑީޕީ ޗެއާޕަރސަން އިންތިޚާބު: ވޯޓަރސް ލިސްޓަށް ގެނައި ބަދަލުތަކަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
25 މެއި 2026

އެމްޑީޕީގެ އެތެރޭގައި މަސްލަޙަތު ގޯސްވެ، ބަދަލު ހިފުމުގެ ރޫހުގައި މަސައްކަތް ކޮށްގެން 2028 ގެ އިންތިޚާބު ކާމިޔާބު ނުވާނެ: މޫސާ

25 މެއި 2026
އެމްޑީޕީގެ އެތެރޭގައި މަސްލަޙަތު ގޯސްވެ، ބަދަލު ހިފުމުގެ ރޫހުގައި މަސައްކަތް ކޮށްގެން 2028 ގެ އިންތިޚާބު ކާމިޔާބު ނުވާނެ: މޫސާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް