Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ހިންގުން

އަތޮޅު ތެރޭގައި އެމްޑީޕީގެ ޙަރަކާތްތައް ވަޅުޖެހިގެންދާން ފުރުސަތެއް ނުދޭނަން: މީކާއީލް

އަތޮޅުތެރޭގައި އެމްޑީޕީގެ ހަރަކާތްތައް މަޑުޖެހިފައިވާތީ، ޖަގަހަތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދީ ޕާޓީގެ ހިންގުން ހަރުދަނާކުރައްވާނެ ކަމަށް މީކާއީލް ވިދާޅުވި. މީގެ އިތުރުން ޕާޓީގެ މެމްބަރޝިޕްގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، އާންމު މެމްބަރުންނަށް ބަސްކިޔޭނެ ނިޒާމެއް ގާއިމުކުރުމަކީ އޭނާގެ މުހިންމު އަމާޒެއް. އެހެންކަމުން ޕާޓީގެ އިސް ސަފުން ޒުވާނުންނަށް ފުރުސަތު ފަހިކޮށްދީ، މެމްބަރުންގެ އިތުބާރު އަލުން ހޯއްދަވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 މެއި 2026 | ބުދަ 04:59
ހޮނިހިރު ދުވަހު ހއ.ކެލާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވާހަކަ ދައްކަވަނީ

ހޮނިހިރު ދުވަހު ހއ.ކެލާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވާހަކަ ދައްކަވަނީ | އެމްޑީޕީ

އަތޮޅުތެރޭގައި އެމްޑީޕީގެ ޙަރަކާތްތައް ވަޅުޖެހިގެން ދިއުމަށް ފުރުސަތު ނުދެއްވާނެކަމަށް ޕާޓީގެ ޗެއަރޕަރސަންކަމަށް ވާދަ ކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އިތުބާރު ކެމްޕޭނު ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މީކާއީލް ވިދާޅުވީ، އަތޮޅު ތެރޭގައި އެމްޑީޕީގެ ޙަރަކާތްތައް މަޑުޖެހިފައިވާ ކަމުގެ ޝަކުވާ އާންމު މެމްބަރުން ކުރަމުންދާ ކަމަށާއި، އެކަން ޙައްލުކުރަން ޖެހޭ ކަމަށެވެ.

އަތޮޅު ތެރޭގެ ރަށްރަށުގައި ހުރި އެމްޑީޕީގެ ޖަގަހަތައް ހިންގުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން މީކާއީލް ވިދާޅުވީ، ބައެއް ރަށްރަށުގައި ޕާޓީގެ ހިންގުން ހުއްޓިފައިވަނީ އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން ޖަގަހަތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕާޓީގެ ހިންގުމާއި ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހޭ ކަމަށާއި، އެ ބަދަލުތައް ގެންނާނީ ޕާޓީގެ އާންމު މެމްބަރުންގެ ލަފަޔާއި މަޝްވަރާއާ އެކުގައި ކަމަށްވެސް މީކާއީލް ފާހަގަކުރެއްވިއެވެ.

ޕާޓީގެ މުސްތަގުބަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، އެމްޑީޕީގެ މެމްބަރޝިޕްގައި ޒުވާނުންގެ އަދަދު އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

އެކަމަށްޓަކައި ޕާޓީގެ ހިންގުމުގެ ތެރެއިން ޒުވާން މޫނުތައް ފެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ސިޔާސީ ގޮތުން ކުރިމަގު ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށާއި، ޕާޓީގެ ހިންގުން ހަރުދަނާކޮށް މެމްބަރުންގެ އިތުބާރު ހޯދުމަކީ އެންމެ އިސް އަމާޒު ކަމުގައި މީކާއީލް ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޑީޕީގެ އާންމު މެމްބަރުންނާއި ކައުންސިލު މެމްބަރުންނަށްވެސް ޕާޓީގެ ކަންކަމުގައި ބަސް ކިޔޭނެ ފަދަ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށް މީކާއީލް ވިދާޅުވިއެވެ.

މީކާއީލް އިތުރަށް ވިދާޅުވީ، އޭނާގެ ޗެއަރޕަރސަންކަމެއްގައި ޕާޓީގެ އިސް ސަފުން ފުރުސަތު ހޯދަން ބޭނުންވާ ކޮންމެ މެމްބަރަކަށްވެސް އެ މަގު ފަހިވެފައި އޮންނާނެ ކަމަށެވެ.

މީކާއިލް ނަސީމްގަލޮޅު ދެކުނުއެމްޑީޕީ

އިތުރަށް ކިޔާލަން

26 މެއި 2026

އެތެރޭގެ އިންތިޚާބުގައި ވަކި ކޮޅެއް ނަގައިގެން މެމްބަރުން ބާކީނުވާނެކަމުގެ ޔަޤީންކަން ދެން: މީކާއީލް

26 މެއި 2026
އެތެރޭގެ އިންތިޚާބުގައި ވަކި ކޮޅެއް ނަގައިގެން މެމްބަރުން ބާކީނުވާނެކަމުގެ ޔަޤީންކަން ދެން: މީކާއީލް
26 މެއި 2026

ވޭވަށު ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް

26 މެއި 2026
ވޭވަށު ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް
26 މެއި 2026

އެމްޑީޕީ ހިންގަން ބޭނުންވަނީ ރަނގަޅު ޕައިލެޓެއް، ފްލައިޓް ހެދި އިންޖިނިއަރެއް ނޫން: ދީދީ

26 މެއި 2026
އެމްޑީޕީ ހިންގަން ބޭނުންވަނީ ރަނގަޅު ޕައިލެޓެއް، ފްލައިޓް ހެދި އިންޖިނިއަރެއް ނޫން: ދީދީ
26 މެއި 2026

ރައީސް މުއިއްޒު އަކީ ގިނިކަންޏާ ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް، ދިމާވެގެން އުޅޭ މައްސަލަ އަކީ އެއީ: މައުރޫފް

26 މެއި 2026
ރައީސް މުއިއްޒު އަކީ ގިނިކަންޏާ ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް، ދިމާވެގެން އުޅޭ މައްސަލަ އަކީ އެއީ: މައުރޫފް
25 މެއި 2026

ކުޅުދުއްފުށީގެ ދެ ކައުންސިލަރުންގެ ތާއީދު މީކާއިލް އަށް: "މިއީ ޕާޓީ ތަރުތީބުކުރަން ޒުވާނުން ކުރިއަށް ނެރެންވީ ވަގުތު."

25 މެއި 2026
ކުޅުދުއްފުށީގެ ދެ ކައުންސިލަރުންގެ ތާއީދު މީކާއިލް އަށް: "މިއީ ޕާޓީ ތަރުތީބުކުރަން ޒުވާނުން ކުރިއަށް ނެރެންވީ ވަގުތު."
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު