Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ އިންތިޚާބު

އެތެރޭގެ އިންތިޚާބުގައި ވަކި ކޮޅެއް ނަގައިގެން މެމްބަރުން ބާކީނުވާނެކަމުގެ ޔަޤީންކަން ދެން: މީކާއީލް

އެމްޑީޕީގެ އަތޮޅުތެރޭގެ ހަރަކާތްތައް ވަޅުޖެހިފައިވާތީ، ޕާޓީގެ ހިންގުން ހަރުދަނާކޮށް މެމްބަރުންގެ ބައިވެރިވުން އިތުރުކުރުމަށް "އިތުބާރު" ކެމްޕޭނުން ވަނީ ގޮވާލާފައި. މިގޮތުން ރަށްރަށުގެ ޖަގަހަތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީ، ޒުވާނުންނަށް ސިޔާސީ އިސް ސަފުން ފުރުސަތުތައް ފަހިކޮށްދޭނެ ކަމުގެ ޔަގީންކަން އެ ޓީމުން ދޭ. އަދި ޕާޓީ ބައިބައިވިޔަނުދީ، އާންމު މެމްބަރުންގެ މަޝްވަރާއާއެކު އިތުބާރު ހުރި ނިޒާމެއް ގާއިމުކުރުމަކީ އެންމެ އިސް އަމާޒުކަމުގައި އެ ފަރާތުން ފާހަގަކުރޭ. .

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 މެއި 2026 | އަންގާރަ 12:09
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް. | ރާއްޖެ އެމްވީ

އެތެރޭގެ އިންތިޚާބުގައި ވަކި ކޮޅެއް ނަގައިގެން މެމްބަރުން ބާކީނުވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ޕާޓީގެ ޗެއަރޕަރސަންކަމަށް ވާދަކުރައްވާ މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. 

އިތުބާރު ކެމްޕޭނު ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވަކި ފަރާތެއްގައި ތިބޭ މެމްބަރުން އިންތިޚާބަށްފަހު ތިބެންޖެހޭނީ ފަހަތު ސަފުގައި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން މީކާއީލް ވިދާޅުވީ، ކޮންމެ ކޮޅެއްގައި ތިބި ނަމަވެސް ޕާޓީން ހަމަހަމަ ފުރުސަތުތައް ދޭން ޖެހޭނެ ކަމަށާއި، ވަކި ކޮޅެއް ނަގައިގެން އެމްޑީޕީގެ މެމްބަރުން ބާކީވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. 

އެހެންކަމުން އޭނާގެ ޗެއަރޕަރސަންކަމެއްގައި ޕާޓީގެ އިސް ސަފުން ފުރުސަތު ހޯދަން ބޭނުންވާ ކޮންމެ މެމްބަރަކަށްވެސް އެ މަގު ފަހިވެފައި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ އަތޮޅު ތެރޭގައި އެމްޑީޕީގެ ޙަރަކާތްތައް މަޑުޖެހިފައިވާ ކަމުގެ ޝަކުވާ އާންމު މެމްބަރުން ކުރަމުންދާ ކަމަށެވެ. އެކި ސަބަބުތަކާ ހުރެ އަތޮޅު ތެރޭގެ ޙަރަކާތްތައް ވަޅުޖެހިފައިވާކަން ފާހަގަކުރައްވައި މީކާއީލް ވިދާޅުވީ، ޕާޓީ ބައިބައިވެގެންދާކަށް އާންމު މެމްބަރުން އެއްގޮތަކަށްވެސް ނޭދޭ ކަމަށެވެ.

އެހެންކަމުން ޕާޓީ ބައިބައިވެގެން ދިއުމަށް އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

މީގެ އިތުރުން، އެމްޑީޕީގެ އާންމު މެމްބަރުންނާއި ކައުންސިލު މެމްބަރުންނަށްވެސް ޕާޓީގެ ކަންކަމުގައި ބަސް ކިޔޭނެ ފަދަ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށް މީކާއީލް ވިދާޅުވިއެވެ.

އަތޮޅު ތެރޭގެ ރަށްރަށުގައި ހުރި އެމްޑީޕީގެ ޖަގަހަތައް ހިންގުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން މީކާއީލް ވިދާޅުވީ، ބައެއް ރަށްރަށުގައި ޕާޓީގެ ހިންގުން ހުއްޓިފައިވަނީ އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން ޖަގަހަތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕާޓީގެ ހިންގުމާއި ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހޭ ކަމަށާއި، އެ ބަދަލުތައް ގެންނާނީ ޕާޓީގެ އާންމު މެމްބަރުންގެ ލަފަޔާއި މަޝްވަރާއާ އެކުގައި ކަމަށްވެސް މީކާއީލް ފާހަގަކުރެއްވިއެވެ.

ޕާޓީގެ މުސްތަގުބަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، އެމްޑީޕީގެ މެމްބަރޝިޕްގައި ޒުވާނުންގެ އަދަދު އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

އެކަމަށްޓަކައި ޕާޓީގެ ހިންގުމުގެ ތެރެއިން ޒުވާން މޫނުތައް ފެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ސިޔާސީ ގޮތުން ކުރިމަގު ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށާއި، ޕާޓީގެ ހިންގުން ހަރުދަނާކޮށް މެމްބަރުންގެ އިތުބާރު ހޯދުމަކީ އެންމެ އިސް އަމާޒު ކަމުގައި މީކާއީލް ވިދާޅުވިއެވެ.

އެމްޑީޕީމުހައްމަދު ނަޝީދުމީކާއިލް ނަސީމްއިތުބާރު ކެމްޕެއިން

އިތުރަށް ކިޔާލަން

26 މެއި 2026

ވޭވަށު ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް

26 މެއި 2026
ވޭވަށު ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް
26 މެއި 2026

އެމްޑީޕީ ހިންގަން ބޭނުންވަނީ ރަނގަޅު ޕައިލެޓެއް، ފްލައިޓް ހެދި އިންޖިނިއަރެއް ނޫން: ދީދީ

26 މެއި 2026
އެމްޑީޕީ ހިންގަން ބޭނުންވަނީ ރަނގަޅު ޕައިލެޓެއް، ފްލައިޓް ހެދި އިންޖިނިއަރެއް ނޫން: ދީދީ
26 މެއި 2026

ރައީސް މުއިއްޒު އަކީ ގިނިކަންޏާ ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް، ދިމާވެގެން އުޅޭ މައްސަލަ އަކީ އެއީ: މައުރޫފް

26 މެއި 2026
ރައީސް މުއިއްޒު އަކީ ގިނިކަންޏާ ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް، ދިމާވެގެން އުޅޭ މައްސަލަ އަކީ އެއީ: މައުރޫފް
25 މެއި 2026

ކުޅުދުއްފުށީގެ ދެ ކައުންސިލަރުންގެ ތާއީދު މީކާއިލް އަށް: "މިއީ ޕާޓީ ތަރުތީބުކުރަން ޒުވާނުން ކުރިއަށް ނެރެންވީ ވަގުތު."

25 މެއި 2026
ކުޅުދުއްފުށީގެ ދެ ކައުންސިލަރުންގެ ތާއީދު މީކާއިލް އަށް: "މިއީ ޕާޓީ ތަރުތީބުކުރަން ޒުވާނުން ކުރިއަށް ނެރެންވީ ވަގުތު."
25 މެއި 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ލެވެނީ 4121 މީހުންނަށް

25 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ލެވެނީ 4121 މީހުންނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު