Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ޗެއަރޕސަން

އެމްޑީޕީ ހިންގަން ބޭނުންވަނީ ރަނގަޅު ޕައިލެޓެއް، ފްލައިޓް ހެދި އިންޖިނިއަރެއް ނޫން: ދީދީ

އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބުގައި ވާދަކުރައްވާ މީކާއިލް ނަސީމަށް ތާއީދު ހޯދުމަށް ކުރާ ދަތުރުތަކުން އާންމު މެންބަރުންގެ ބޮޑު ތަރުހީބެއް އޭނާއަށް އޮތްކަން ހާމަވާކަމަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވި. ޕާޓީގެ ލީޑަރޝިޕަށް އާ މޫނުތަކެއް ގެންނަންޖެހޭކަން ފާހަގަކުރައްވައި، ދީދީ ވިދާޅުވީ މިވަގުތު އެމްޑީޕީއަށް ބޭނުންވަނީ ޕާޓީ ކުރިއަށް ގެންދާނެ ހުނަރުވެރި "ޕައިލެޓެއް" ކަމަށާއި އެއީ މީކާއިލް ކަމަށް.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 26 މެއި 2026 | އަންގާރަ 08:30
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ދީދީ ރާއްޖެޓީވީ އަށް ދެއްވި އިންޓަރވިއުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ދީދީ ރާއްޖެޓީވީ އަށް ދެއްވި އިންޓަރވިއުގެ ތެރެއިން | ރާއްޖެ އެމްވީ

އެމްޑީޕީ ހިންގަން ބޭނުންވަނީ ރަނގަޅު ޕައިލެޓެއް ކަމށާއި، ފްލައިޓް ހެދި އިންޖިނިއަރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބުގައި ވާދަކުރައްވާ މަޖިލީހުގެ މެމްބަރު މީކާއިލް ނަސީމް އަށް ތާއީދު ހޯދުމަށް އަތޮޅު ތެރެއަށް ކުރަމުންދާ ދަތުރުގެ ތެރެއިން ރާއްޖެ އެމްވީ އަށް ދެއްވި ބަސްތީގަތުމެއްގަ އެވެ. އެމްޑީޕީގެ ޗެއަރޕަރސަންކަމުގެ އިންތިޚާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެން ދަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މީކާއިލް ނަސީމް އާއި ދެމެދު އެވެ.

އޭގެ ތެރެއިން މީކާއިލް އަކީ ޕާޓީ ކުރިއަށް ގެންދިއުމަށް ބޮޑަށް މަސައްކަތް ކުރެވޭނެ ބޭފުޅާކަމަށް ދީދީ ވަނީ ވިދާޅުވެފަ އެވެ. ދީދީ ވަނީ ރައީސް ނަޝީދަކީ ބޯޓުގެ އިންޖިނިއަރަށް ވެދާނެ ކަމަށް ސިފަކުރައްވާ ވާހަކަދައްކަވާފަ އެވެ. ނަމަވެސް މި ވަގުތު އެމްޑީޕީ އަށް ބޭނުން ވަނީ ބައިވެރިން ގޮވައިގެން ދުއްވާނެ ރަނގަޅު ޕައިލެޓެއް ކަމަށާއި އެ މީހަކީ މީކާއިލް ކަމަށް ދީދީ ވިދާޅުވި އެވެ. މިއީ އާ މީހުންނަށް ލީޑަރޝިޕުން ފުރުސަތު ދޭންވީ ވަގުތު ކަމަށް ދީދީ ވަނީ ވިދާޅުވެފަ އެވެ.

"ފްލައިޓް އުފެއްދި މީހާ ނޫނި އޭގަ އިންޖިނިއަރިންގައި އުޅުުނު މީހާ ގޮަވައިގެން  އެ މީހާ ކޮކްޕިޓަށް ލުމަށް ވުރެ ވިސްނަންވީ ރަނގަޅު ޕައިލެޓެއް ހޯދަން." ދީދީ ވިދާޅުވި އެވެ.

އިތުރަށް ދީދީ ވިދާޅުވީ އަތޮޅު ތެރެއަށް ކުރާ ދަތުރުތަކުން އާއްމު މެމްބަރުންގެ ތާއީދު އޮތީ މީކާއިލް އަށްކަން ވަރަށް ސާފުކޮށް ފެންނަ ކަމަށެވެ. ނަމަވެސް އެ ނޫން މަންޒަރެއް އާއްމުންނަށް ދެއްކުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ދީދީ ވަނީ ވިދާޅުވެފަ އެވެ. ޕާޓީގެ ކުރިމަގު ބައްޓަންކުރުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒަމާނީ ބަދަލުތަކަކަށް އެ ފަރާތްތަކުން އެދޭކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީއަޙްމަދު ދީދީމީކާއިލް ނަސީމްމުހައްމަދު ނަޝީދުނ. މަނަދޫ

އިތުރަށް ކިޔާލަން

26 މެއި 2026

ރައީސް މުއިއްޒު އަކީ ގިނިކަންޏާ ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް، ދިމާވެގެން އުޅޭ މައްސަލަ އަކީ އެއީ: މައުރޫފް

26 މެއި 2026
ރައީސް މުއިއްޒު އަކީ ގިނިކަންޏާ ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް، ދިމާވެގެން އުޅޭ މައްސަލަ އަކީ އެއީ: މައުރޫފް
25 މެއި 2026

ކުޅުދުއްފުށީގެ ދެ ކައުންސިލަރުންގެ ތާއީދު މީކާއިލް އަށް: "މިއީ ޕާޓީ ތަރުތީބުކުރަން ޒުވާނުން ކުރިއަށް ނެރެންވީ ވަގުތު."

25 މެއި 2026
ކުޅުދުއްފުށީގެ ދެ ކައުންސިލަރުންގެ ތާއީދު މީކާއިލް އަށް: "މިއީ ޕާޓީ ތަރުތީބުކުރަން ޒުވާނުން ކުރިއަށް ނެރެންވީ ވަގުތު."
25 މެއި 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ލެވެނީ 4121 މީހުންނަށް

25 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ލެވެނީ 4121 މީހުންނަށް
25 މެއި 2026

އެމްޑީޕީ ޗެއާޕަރސަން އިންތިޚާބު: ވޯޓަރސް ލިސްޓަށް ގެނައި ބަދަލުތަކަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

25 މެއި 2026
އެމްޑީޕީ ޗެއާޕަރސަން އިންތިޚާބު: ވޯޓަރސް ލިސްޓަށް ގެނައި ބަދަލުތަކަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
25 މެއި 2026

އެމްޑީޕީގެ އެތެރޭގައި މަސްލަޙަތު ގޯސްވެ، ބަދަލު ހިފުމުގެ ރޫހުގައި މަސައްކަތް ކޮށްގެން 2028 ގެ އިންތިޚާބު ކާމިޔާބު ނުވާނެ: މޫސާ

25 މެއި 2026
އެމްޑީޕީގެ އެތެރޭގައި މަސްލަޙަތު ގޯސްވެ، ބަދަލު ހިފުމުގެ ރޫހުގައި މަސައްކަތް ކޮށްގެން 2028 ގެ އިންތިޚާބު ކާމިޔާބު ނުވާނެ: މޫސާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު