Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އަލުން ހަނގުރާމަ ފެށުމުގެ ޤާބިލުކަން ހުރި ކަމަށް ބުނެ، އެމެރިކާ އިން އިންޒާރު ދީފި

30 މެއި 2026 | ހޮނިހިރު 08:13

އޭއެފްޕީ ނިއުސް އެޖެންސީ އަށް މައުލޫމާތު ދިން އެމެރިކާގެ މަސްދަރު ތަކުން ބުނި ގޮތުގައި، އެއްބަސްވުން އޮތީ ރައީސް ޓްރަމްޕްގެ ސޮއިގެ އިންތިޒާރުގައި. ނަމަވެސް ހުކުރު ދުވަހު ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމްގައި ދެ ގަޑިއިރަށް ކުރިއަށް ދިޔަ ބައްދަލުވުމަށް ފަހު ވެސް ޓްރަމްޕް ވަކި ގޮތެއް ނިންމަވާފައި ނުވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 މެއި 2026 | ހޮނިހިރު 08:13
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އީރާން އާއެކު ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ކުރަމުންދާ މަސައްކަތް ތަކުގައި އަދިވެސް ކޮޅެއް ފެންނަން ނެތްއިރު، އަލުން ހަނގުރާމަ އަކަށް ދިޔުމުގެ ފުރިހަމަ ގާބިލުކަން އެމެރިކާ އަށް ލިބިގެންވާ ކަމުގެ އިންޒާރު އެމެރިކާ ސަރުކާރުން ހޮނިހިރު ދުވަހު ދީފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ކޮންމެ ސުލްހައިގެ އެއްބަސްވުމެއްގައި ވެސް އޭނާ ކަނޑަ އަޅުއްވާފައިވާ ރެޑް ލައިން ތަކަށް އީރާން އިން އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ. މީގެ ތެރޭގައި އީރާން އަށް ދުވަހަކު ވެސް ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ނުދިނުން ހިމެނެ އެވެ.

މި މަޝްވަރާތަކާ ގުޅޭ ގޮތުން ވައިޓް ހައުސް އިން މީގެ ކުރިން އިޝާރާތް ކޮށްފައި ވަނީ ފުރަތަމަ މަރުހަލާގެ އެއްބަސްވުމަކާ ހަމައަށް ދިޔުމަށް ޓްރަމްޕް ހުންނެވީ ވަރަށް ގާތުގައި ކަމަށެވެ. ނަމަވެސް މެދު އިރުމަތީގެ ހަމަ ނުޖެހުންތައް ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ދެކެވޭ ވާހަކަތައް އީރާން އިން ވަނީ ދޮގު ކޮށްފައި އެވެ. މި ހަމަނުޖެހުން ތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ވަނީ ބޮޑެތި ލޮޅުން ތަކެއް އަރާފައި އެވެ.

އޭއެފްޕީ ނިއުސް އެޖެންސީ އަށް މައުލޫމާތު ދިން އެމެރިކާގެ މަސްދަރު ތަކުން ބުނި ގޮތުގައި، އެއްބަސްވުން އޮތީ ރައީސް ޓްރަމްޕްގެ ސޮއިގެ އިންތިޒާރުގައި އެވެ. ނަމަވެސް ހުކުރު ދުވަހު ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމްގައި ދެ ގަޑިއިރަށް ކުރިއަށް ދިޔަ ބައްދަލުވުމަށް ފަހު ވެސް ޓްރަމްޕް ވަކި ގޮތެއް ނިންމަވާފައި ނުވެ އެވެ.

މި ދަނޑިވަޅުގައި ސިންގަޕޫރުގައި ބޭއްވި އޭޝިއާގެ ދިފާއީ ސަމިޓެއްގައި ބައިވެރިވެ ވަޑައިގަންނަވަމުން ޕެންޓަގަންގެ ވެރިޔާ ޕީޓް ހެގްސެތު ހޮނިހިރު ދުވަހު ވިދާޅުވީ، އެމެރިކާ އިން ބޭނުންވެއްޖެ ނަމަ އަލުން ހަނގުރާމަ ފެށުމުގެ ގާބިލުކަން އެބަ އޮތް ކަމަށެވެ. ހެގްސެތު ވިދާޅުވީ އެމެރިކާގެ ހަތިޔާރުގެ ގުދަންތައް އެކަމަށް ފުރިހަމަ އަށް ތައްޔާރު ވެފައިވާ ކަމަށާއި، ދުނިޔޭގެ އެކި ސަރަހައްދު ތަކުގައި އެމެރިކާގެ އަސްކަރީ ބާރުތައް ބެލެންސް ކޮށްފައިވާ ގޮތުން ކޮންމެ ވަގުތަކު ވެސް ހަމަލާ ދެވިދާނެ ކަމަށެވެ.

މި ވާހަކަތަކަށް ބާރުދެމުން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އެކްސްގައި ބުނެފައި ވަނީ އެމެރިކާގެ ސިފައިން މުޅި ސަރަހައްދުގައި ފާރަވެރިކަމާ އެކު ތިބި ކަމަށެވެ. ޕާކިސްތާން އިން މެދުވެރިއެއްގެ ދައުރު އަދާ ކޮށްގެން ކުރިއަށް ގެންދާ މި މަޝްވަރާ ތަކަށް ބުރޫ އެރީ، މި ހަފުތާގައި އީރާންގެ ދެކުނު ބަނދަރެއް ކަމަށްވާ ބަންދަރު އައްބާސް އަށް އެމެރިކާ އިން ދިން ހަމަލާތަކާއި، އޭގެ ރައްދުގައި އީރާން އިން ދިން ހަމަލާތަކާ ގުޅިގެންނެވެ.

މި ހަމަނުޖެހުން ތަކުގެ ތެރެއިން ވެސް ލުބުނާންގެ ހަނގުރާމަ ހުއްޓާލުމަށް ކުރާ މަޝްވަރާތައް ދަނީ ކުރިއަށެވެ. އީރާން އިން ބާރު އަޅަމުން ދަނީ ކޮންމެ ސުލްހައިގެ އެއްބަސްވުމެއްގައި ވެސް ލުބުނާންގެ މައްސަލަ ހިމެނުމަށެވެ. ހަމަ އެވަގުތު އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިޒްރޭލް ސިފައިން ލުބުނާންގެ އެތެރެއަށް އިތުރަށް ވަދެފައިވާކަން އިއުލާން ކުރައްވާފައި އެވެ.

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، އީރާން އިން ދުވަހަކު ވެސް ނިއުކްލިއަރ ހަތިޔާރު ނުއުފެއްދުމުގެ އިތުރުން، ބަންދު ކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަކީ އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަންތަކެވެ. ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވީ، ޓްރަމްޕް އެއްބަސްވުމެއްގައި ސޮއި ކުރައްވާނީ އެއީ އެމެރިކާ އަށް އެންމެ ފައިދާ ހުރި އަދި އޭނާގެ ޝަރުތުތައް ފުރިހަމަވާ އެއްބަސްވުމަކަށް ވާނަމަ އެކަނި ކަމަށެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްޕީޓް ހެގްސެތު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

30 މެއި 2026

ޖިލް ބައިޑަން އަކީ ވަރަށް ނުބައި އަންހެނެއް: ޓްރަމްޕް

30 މެއި 2026
ޖިލް ބައިޑަން އަކީ ވަރަށް ނުބައި އަންހެނެއް: ޓްރަމްޕް
30 މެއި 2026

އެމެރިކާ އިން އުސޫލު ތަކުގައި ނުހިފާއްޓާ ކަމަށް ބުނެ، އީރާންގެ ފާޑު ކިޔުން

30 މެއި 2026
އެމެރިކާ އިން އުސޫލު ތަކުގައި ނުހިފާއްޓާ ކަމަށް ބުނެ، އީރާންގެ ފާޑު ކިޔުން
28 މެއި 2026

މެދު އިރުމަތި އޮތީ ހަނގުރާމަ އާއި ސުލްޙައާ ދެމެދު ނުރައްކާތެރި ފައްތަރެއްގައި: ކަލާސް

28 މެއި 2026
މެދު އިރުމަތި އޮތީ ހަނގުރާމަ އާއި ސުލްޙައާ ދެމެދު ނުރައްކާތެރި ފައްތަރެއްގައި: ކަލާސް
28 މެއި 2026

ކުވެއިތަށް އަމާޒުވި މިސައިލް, ޑްރޯން ހަމަލާތައް ހުއްޓުވައިފި

28 މެއި 2026
ކުވެއިތަށް އަމާޒުވި މިސައިލް, ޑްރޯން ހަމަލާތައް ހުއްޓުވައިފި
28 މެއި 2026

އީރާން އިން ހޮރްމޫޒް ކަނޑު އޮޅިން ފީ ނެގުމާ ދެކޮޅަށް އެމެރިކާގެ ދަތި ކުރުމުގެ ފިޔަވަޅު ތަކެއް

28 މެއި 2026
އީރާން އިން ހޮރްމޫޒް ކަނޑު އޮޅިން ފީ ނެގުމާ ދެކޮޅަށް އެމެރިކާގެ ދަތި ކުރުމުގެ ފިޔަވަޅު ތަކެއް
28 މެއި 2026

ޓްރަމްޕްގެ އިންޒާރަށް ފަހު، އެމެރިކާ އިން އީރާން އަށް ހަމަލާ ދީފި

28 މެއި 2026
ޓްރަމްޕްގެ އިންޒާރަށް ފަހު، އެމެރިކާ އިން އީރާން އަށް ހަމަލާ ދީފި
28 މެއި 2026

އީރާން އިން އެކުލަވާލަން މަސައްކަތް ކުރާ އެއްބަސްވުމާ މެދު އެމެރިކާ ހިތްހަމައެއް ނުޖެހޭ: ޓްރަމްޕް

28 މެއި 2026
އީރާން އިން އެކުލަވާލަން މަސައްކަތް ކުރާ އެއްބަސްވުމާ މެދު އެމެރިކާ ހިތްހަމައެއް ނުޖެހޭ: ޓްރަމްޕް
27 މެއި 2026

ޑްރާފްޓް ޑީލުގައި ކަނޑުގެ ބްލޮކޭޑް އުވާލުން ވަނީ ހިމަނާފައި: އީރާން

27 މެއި 2026
ޑްރާފްޓް ޑީލުގައި ކަނޑުގެ ބްލޮކޭޑް އުވާލުން ވަނީ ހިމަނާފައި: އީރާން
27 މެއި 2026

އިރާން: އަސްކަރީ ހަނގުރާމައިން ބަލިވި ދުޝްމަނުން "ސޮފްޓް ވޯ" ގެ ޒަރީއާއިން ހަމަޖެހުން ނަގާލަން މަސައްކަތް ކުރަނީ

27 މެއި 2026
އިރާން: އަސްކަރީ ހަނގުރާމައިން ބަލިވި ދުޝްމަނުން "ސޮފްޓް ވޯ" ގެ ޒަރީއާއިން ހަމަޖެހުން ނަގާލަން މަސައްކަތް ކުރަނީ
27 މެއި 2026

އަހަރެންގެ ޞިއްޙީ ޗެކަޕް ވަރަށް "ފުރިހަމަ": ޓްރަމްޕް

27 މެއި 2026
އަހަރެންގެ ޞިއްޙީ ޗެކަޕް ވަރަށް "ފުރިހަމަ": ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް