Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އިން ހޮރްމޫޒް ކަނޑު އޮޅިން ފީ ނެގުމާ ދެކޮޅަށް އެމެރިކާގެ ދަތި ކުރުމުގެ ފިޔަވަޅު ތަކެއް

އީރާން އިން ނަގާ ފީތައް ދައްކާ ކޮންމެ ފަރާތަކަށް ވެސް ދަތި ކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާ އިން ވަނީ ދީފައި. އެއީ އެ ފައިސާ ދައްކާ ފަރާތް ތަކުން އީރާންގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ބެލެވޭތީ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 މެއި 2026 | ބުރާސްފަތި 07:18
އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް.

އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް. | ގެޓީ އިމޭޖަސް

ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރާ އުޅަނދު ފަހަރު ތަކުން ފީ ނެގުމަށް އީރާން އިން އަލަށް އުފެއްދި "ގަލްފް ސްޓްރެއިޓް އޮތޯރިޓީ" އާ ދެކޮޅަށް އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓް އިން ބުދަ ދުވަހު ދަތި ކުރުމުގެ ފިޔަވަޅުތައް އަޅައިފި އެވެ.

މި ފިޔަވަޅުތައް އަމާޒު ކޮށްފައި ވަނީ ބައިނަލްއަގުވާމީ ކަނޑުގެ ވިޔަފާރީގެ މުއާމަލާތް ތަކުން ނާޖާއިޒު ފައިދާ ހޯދުމަށް އީރާން އިން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށެވެ.

އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ބައިނަލްއަގުވާމީ ކަނޑުގެ ވިޔަފާރީގެ މަގު ތަކުން ފައިސާ ހޯދުމަށް އީރާންގެ އަސްކަރިއްޔާ އިން ކުރަމުންދާ މަސައްކަތަކީ، އެމެރިކާގެ އިގްތިސާދީ ފިޔަވަޅު ތަކުގެ ސަބަބުން އެ ގައުމުގެ ސަރުކާރު ފައިސާ އަށް ޖެހިފައިވާ މިންވަރު ހާމަ ކޮށްދޭ ހެއްކެއް ކަމަށެވެ. އަދި އީރާން އިން ނަގާ ފީތައް ދައްކާ ކޮންމެ ފަރާތަކަށް ވެސް ދަތި ކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާ އިން ވަނީ ދީފަ އެވެ. އެއީ އެ ފައިސާ ދައްކާ ފަރާތް ތަކުން އީރާންގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ބެލެވޭތީ އެވެ.

ޓްރެޒަރީ ސެކްރެޓަރީ އިތުރަށް ވިދާޅުވީ، އީރާންގެ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމް ތަކަށާއި، ނިއުކްލިއާ މަސައްކަތް ތަކުގެ އިތުރުން އެ ގައުމުން ވާގިވެރިވާ ޓެރަރިސްޓް ޖަމާއަތް ތަކަށް ލިބޭ އާމްދަނީ ހުއްޓުވުމުގައި އެމެރިކާ އިން ކާމިޔާބީ ހޯދާފައިވާ ކަމަށެވެ. މިގޮތުން އީރާން އަށް ލިބެން އޮތް އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ އަކަށް މިހާތަނަށް ހުރަސް އަޅާފައިވާ ކަމަށް އެމެރިކާ ސަރުކާރުން ބުނެ އެވެ.

މި މައްސަލަ ހޫނު ވެފައި ވަނީ މެއި މަހުގެ 20 ވަނަ ދުވަހު އީރާންގެ ގަލްފް ސްޓްރެއިޓް އޮތޯރިޓީ އިން އެކްސްގައި އާންމު ކުރި ޗާޓަކާ ގުޅިގެންނެވެ. އެ ޗާޓުގައި ކަނޑު އޮޅީގެ ދެ ފަރާތުން ރަތް ރޮނގު ތަކެއް ދަމައި، އެ ސަރަހައްދުން ދަތުރު ކުރާ ނަމަ އީރާންގެ ހުއްދަ ހޯދަންޖެ ހޭނެ ކަމަށް ވަނީ ކަނޑަ އަޅާފައި އެވެ.

ދުނިޔޭގެ ތެލާއި ގޭހުގެ 20 އިންސައްތަ ދަތުރު ކުރާ މި މުހިންމު ކަނޑު އޮޅީގެ ކަންކަން ބަލަހައްޓަމުން ދާނީ އީރާން އިން ކަމަށާއި، ނަގަމުން ދަނީ ދަތުރު ފަތުރުގެ ޚިދުމަތުގެ ފީއެއް ކަމަށް އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަޣާއީ ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާ އާއި އީރާންގެ އަސްކަރީ ބާރު ތަކުން މިދިޔަ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ހަމަލާ ބަދަލު ކުރުން ހުއްޓާލާފައި އޮތް ނަމަވެސް، މަޝްވަރާގެ މޭޒުން ހައްލެއް ހޯދުމަށް ކުރާ މަސައްކަތް ތަކަށް ވަނީ ހުރަސް ތަކެއް ކުރިމަތިވެފަ އެވެ. އީރާން އިން ކަނޑު އޮޅީގެ ކޮންޓްރޯލް ވަރުގަދަ ކުރަމުންދާ އިރު، އެމެރިކާ އިން ދަނީ ފާއިތުވި ދުވަސް ތަކުގައި އީރާންގެ ބައެއް އަމާޒު ތަކަށް ހަމަލާ ދެމުންނެވެ.

މި ހަމަ ނުޖެހުންތައް ފެށިފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ހަމަލާދިނުމާ ގުޅިގެންނެވެ. އޭގެ ރައްދުގައި އީރާން އިން ވަނީ އެ ސަރަހައްދުގެ އެކި ތަން ތަނަށް މިސައިލް އާއި ޑްރޯން ހަމަލާ ތަކެއް ދީފަ އެވެ. އެމެރިކާގެ މި ފަހުގެ ފިޔަވަޅު ތަކަކީ އީރާންގެ އިގްތިސާދީ މަގުތައް ބަންދުކޮށް، އެ ގައުމުގެ ނުފޫޒު ކުޑަ ކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ސިފަ ކުރެ އެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހޮރްމޫޒް ކަނޑުއޮޅިސްކޮޓް ބެސެންޓްއެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓް

އިތުރަށް ކިޔާލަން

28 މެއި 2026

'ހަރުކަށި އިންޒާރެއް': އެމެރިކާގެ އުދުވާނާ ގުޅިގެން އެގައުމުގެ އަސްކަރީ މަރުކަޒަކަށް ބަދަލުހިފުމުގެ ހަމަލާއެއް ދީފިކަން އީރާނުން އިއުލާނުކޮށްފި

28 މެއި 2026
'ހަރުކަށި އިންޒާރެއް': އެމެރިކާގެ އުދުވާނާ ގުޅިގެން އެގައުމުގެ އަސްކަރީ މަރުކަޒަކަށް ބަދަލުހިފުމުގެ ހަމަލާއެއް ދީފިކަން އީރާނުން އިއުލާނުކޮށްފި
28 މެއި 2026

ޓްރަމްޕްގެ އިންޒާރަށް ފަހު، އެމެރިކާ އިން އީރާން އަށް ހަމަލާ ދީފި

28 މެއި 2026
ޓްރަމްޕްގެ އިންޒާރަށް ފަހު، އެމެރިކާ އިން އީރާން އަށް ހަމަލާ ދީފި
28 މެއި 2026

އީރާން އިން އެކުލަވާލަން މަސައްކަތް ކުރާ އެއްބަސްވުމާ މެދު އެމެރިކާ ހިތްހަމައެއް ނުޖެހޭ: ޓްރަމްޕް

28 މެއި 2026
އީރާން އިން އެކުލަވާލަން މަސައްކަތް ކުރާ އެއްބަސްވުމާ މެދު އެމެރިކާ ހިތްހަމައެއް ނުޖެހޭ: ޓްރަމްޕް
27 މެއި 2026

ޑްރާފްޓް ޑީލުގައި ކަނޑުގެ ބްލޮކޭޑް އުވާލުން ވަނީ ހިމަނާފައި: އީރާން

27 މެއި 2026
ޑްރާފްޓް ޑީލުގައި ކަނޑުގެ ބްލޮކޭޑް އުވާލުން ވަނީ ހިމަނާފައި: އީރާން
27 މެއި 2026

އިރާން: އަސްކަރީ ހަނގުރާމައިން ބަލިވި ދުޝްމަނުން "ސޮފްޓް ވޯ" ގެ ޒަރީއާއިން ހަމަޖެހުން ނަގާލަން މަސައްކަތް ކުރަނީ

27 މެއި 2026
އިރާން: އަސްކަރީ ހަނގުރާމައިން ބަލިވި ދުޝްމަނުން "ސޮފްޓް ވޯ" ގެ ޒަރީއާއިން ހަމަޖެހުން ނަގާލަން މަސައްކަތް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު