Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާ އިން އުސޫލު ތަކުގައި ނުހިފާއްޓާ ކަމަށް ބުނެ، އީރާންގެ ފާޑު ކިޔުން

30 މެއި 2026 | ހޮނިހިރު 03:40

އަލް ޖަޒީރާ އަށް މައުލޫމާތު ދެއްވަމުން އީރާންގެ ސަރުކާރުގެ އިސް މަސްދަރަކުން ވިދާޅުވީ، އެމެރިކާގެ މަޝްވަރާ ކުރާ ޓީމަކީ އެއްވެސް ސާބިތު ކަމެއް ނެތް، އަމިއްލަ އެދުމާއިގެން އުޅޭ ބައެއް ކަމަށް. އަދި އެމެރިކާގެ މަންދޫބުން ކަންކަމުގައި ނިންމުންތައް ނިންމަނީ ވަކި ހަމައެއް ލަމައެއް ނެތި، ހިތަށް އެރި ގޮތަކަށް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 މެއި 2026 | ހޮނިހިރު 03:40
އެމެރިކާ އާއި އީރާންގެ ދިދަ ފެންނަ މަންޒަރެއް.

އެމެރިކާ އާއި އީރާންގެ ދިދަ ފެންނަ މަންޒަރެއް. | ރޮއިޓާސް

އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަސައްކަތް ތަކުގައި ބައިވެރިވާ އެމެރިކާގެ މަންދޫބުންނަކީ އަޚުލާގީ މިންގަނޑެއް ނެތް، އަދި އުސޫލު ތަކެއްގައި ހިފަހައްޓާ ބައެއް ނޫން ކަމަށް ބުނެ އީރާންގެ އިސް އޮފިޝަލަކު އެމެރިކާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

އަލް ޖަޒީރާ އަށް މައުލޫމާތު ދެއްވަމުން އީރާންގެ ސަރުކާރުގެ އިސް މަސްދަރަކުން ވިދާޅުވީ، އެމެރިކާގެ މަޝްވަރާ ކުރާ ޓީމަކީ އެއްވެސް ސާބިތު ކަމެއް ނެތް، އަމިއްލަ އެދުމާއިގެން އުޅޭ ބައެއް ކަމަށެވެ. އަދި އެމެރިކާގެ މަންދޫބުން ކަންކަމުގައި ނިންމުންތައް ނިންމަނީ ވަކި ހަމައެއް ލަމައެއް ނެތި، ހިތަށް އެރި ގޮތަކަށް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

އީރާންގެ އޮފިޝަލު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި، ސުލްހައިގެ ވާހަކަ ތަކުގައި އެމެރިކާ އިން ހުށަހަޅާ ކަންކަން ވަރަށް އަވަސް އަވަހަށް ބަދަލު ކުރެ އެވެ. މިގޮތަށް ކަންތައް ކުރާ ބަޔަކާ އެކު ކުރިއަށްދާ މަޝްވަރާ ތަކެއްގައި، އެއްވެސް ކަމެއް ނިމުމަކަށް އައިސްފައިވާ ކަމަށް، ނުވަތަ "ފައިނަލް" ވެފައިވާ ކަމަށް ބުނެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އެމެރިކާގެ މަންދޫބުންގެ ފަރާތުން ފެންނަނީ އިތުބާރު ހިފޭ ފަދަ ސިޔާސީ ނުވަތަ އަޚުލާގީ އުސޫލު ތަކެއް ނޫން ކަމަށެވެ. އަދި މަޝްވަރާގެ މޭޒު މަތީގައި އެމެރިކާ އިން ގެންގުޅޭ އުސޫލު ތަކުގެ ސަބަބުން، ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަސައްކަތް ތަކަށް ހުރަސް އެޅެމުންދާ ކަމުގެ އިޝާރާތެއް އޭނާ ވަނީ ކުރައްވާފައި އެވެ.

މި މައުލޫމާތުތައް އާންމުވެފައި މިވަނީ އީރާންގެ ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ބާރު އަޅަމުންދާ ދަނޑިވަޅެއް ގައެވެ. ނަމަވެސް މަޝްވަރާ ތަކުގައި ބައިވެރިވާ މުހިންމު ފަރާތް ތަކުގެ މެދުގައި އުފެދިފައިވާ މިފަދަ ޚިޔާލު ތަފާތުވުން ތަކުގެ ސަބަބުން، ދާއިމީ ސުލްހަ އަކަށް ދިއުމަށް ކުރާ އުންމީދު ތަކަށް ވަނީ ހިޔަނި އެޅިފައި އެވެ.

އީރާންގެ ފަރާތުން މިފަދަ ބަހުގެ ހަމަ ލާތަކެއް އެމެރިކާ އަށް އަމާޒު ކޮށްފައިވާ އިރު، މީގެ ކުރިން ވެސް އެމެރިކާ އިން އިޒްރޭލް އަށް ތާއީދުކޮށް މަޝްވަރާ ތަކުގެ މިސްރާބު ބަދަލު ކުރާ ކަމުގެ ޝަކުވާ އެކި ފަރާތް ތަކުން ވަނީ އުފުލާފައި އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

28 މެއި 2026

މެދު އިރުމަތި އޮތީ ހަނގުރާމަ އާއި ސުލްޙައާ ދެމެދު ނުރައްކާތެރި ފައްތަރެއްގައި: ކަލާސް

28 މެއި 2026
މެދު އިރުމަތި އޮތީ ހަނގުރާމަ އާއި ސުލްޙައާ ދެމެދު ނުރައްކާތެރި ފައްތަރެއްގައި: ކަލާސް
28 މެއި 2026

ކުވެއިތަށް އަމާޒުވި މިސައިލް, ޑްރޯން ހަމަލާތައް ހުއްޓުވައިފި

28 މެއި 2026
ކުވެއިތަށް އަމާޒުވި މިސައިލް, ޑްރޯން ހަމަލާތައް ހުއްޓުވައިފި
28 މެއި 2026

އީރާން އިން ހޮރްމޫޒް ކަނޑު އޮޅިން ފީ ނެގުމާ ދެކޮޅަށް އެމެރިކާގެ ދަތި ކުރުމުގެ ފިޔަވަޅު ތަކެއް

28 މެއި 2026
އީރާން އިން ހޮރްމޫޒް ކަނޑު އޮޅިން ފީ ނެގުމާ ދެކޮޅަށް އެމެރިކާގެ ދަތި ކުރުމުގެ ފިޔަވަޅު ތަކެއް
28 މެއި 2026

ޓްރަމްޕްގެ އިންޒާރަށް ފަހު، އެމެރިކާ އިން އީރާން އަށް ހަމަލާ ދީފި

28 މެއި 2026
ޓްރަމްޕްގެ އިންޒާރަށް ފަހު، އެމެރިކާ އިން އީރާން އަށް ހަމަލާ ދީފި
28 މެއި 2026

އީރާން އިން އެކުލަވާލަން މަސައްކަތް ކުރާ އެއްބަސްވުމާ މެދު އެމެރިކާ ހިތްހަމައެއް ނުޖެހޭ: ޓްރަމްޕް

28 މެއި 2026
އީރާން އިން އެކުލަވާލަން މަސައްކަތް ކުރާ އެއްބަސްވުމާ މެދު އެމެރިކާ ހިތްހަމައެއް ނުޖެހޭ: ޓްރަމްޕް
27 މެއި 2026

ޑްރާފްޓް ޑީލުގައި ކަނޑުގެ ބްލޮކޭޑް އުވާލުން ވަނީ ހިމަނާފައި: އީރާން

27 މެއި 2026
ޑްރާފްޓް ޑީލުގައި ކަނޑުގެ ބްލޮކޭޑް އުވާލުން ވަނީ ހިމަނާފައި: އީރާން
27 މެއި 2026

އިރާން: އަސްކަރީ ހަނގުރާމައިން ބަލިވި ދުޝްމަނުން "ސޮފްޓް ވޯ" ގެ ޒަރީއާއިން ހަމަޖެހުން ނަގާލަން މަސައްކަތް ކުރަނީ

27 މެއި 2026
އިރާން: އަސްކަރީ ހަނގުރާމައިން ބަލިވި ދުޝްމަނުން "ސޮފްޓް ވޯ" ގެ ޒަރީއާއިން ހަމަޖެހުން ނަގާލަން މަސައްކަތް ކުރަނީ
27 މެއި 2026

ޔޫއޭއީގެ ނިއުކްލިއާ ޕްލާންޓަށް ދިން ޑްރޯން ހަމަލާ އދ އިން ކުށްވެރި ކޮށްފި

27 މެއި 2026
ޔޫއޭއީގެ ނިއުކްލިއާ ޕްލާންޓަށް ދިން ޑްރޯން ހަމަލާ އދ އިން ކުށްވެރި ކޮށްފި
27 މެއި 2026

ފޮރިން ސިޔާސަތާ ޚިލާފު ވެފައިވާ ކަމަށް ވިދާޅުވެ، އެމެރިކާގެ ސެނެޓަރު ވޯނާގެ ފާޑު ކިޔުން ޓްރަމްޕް އަށް

27 މެއި 2026
ފޮރިން ސިޔާސަތާ ޚިލާފު ވެފައިވާ ކަމަށް ވިދާޅުވެ، އެމެރިކާގެ ސެނެޓަރު ވޯނާގެ ފާޑު ކިޔުން ޓްރަމްޕް އަށް
27 މެއި 2026

ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކޭމްޕް ޑޭވިޑުގައި ޓްރަމްޕް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވަނީ

27 މެއި 2026
ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކޭމްޕް ޑޭވިޑުގައި ޓްރަމްޕް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް