Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

މެދު އިރުމަތި އޮތީ ހަނގުރާމަ އާއި ސުލްޙައާ ދެމެދު ނުރައްކާތެރި ފައްތަރެއްގައި: ކަލާސް

28 މެއި 2026 | ބުރާސްފަތި 09:48

އެމެރިކާ އާއި އީރާންއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން މެދު އިރުމަތީގެ މަސްރަހު ގޯސްވެފައިވާ އިރު، އެ ހަމަ ނުޖެހުންތައް އިތުރަށް ފުޅާވެގެން ދިއުމަކީ ބައިނަލްއަގުވާމީ މުޖުތަމު އަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 މެއި 2026 | ބުރާސްފަތި 09:48
ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ކާޖާ ކަލާސް.

ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ކާޖާ ކަލާސް. | ގެޓީ އިމޭޖަސް

މެދު އިރުމަތީގެ މަސްރަހު މިހާރު އޮތީ ހަނގުރާމަ އާއި، ސުލްޙައާ ދެމެދު ނުރައްކާތެރި ފައްތަރެއްގައި ކަމަށް، ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ކާޖާ ކަލާސް ވިދާޅުވެއްޖެ އެވެ.

އެމެރިކާ އާއި އީރާންއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން މެދު އިރުމަތީގެ މަސްރަހު ގޯސްވެފައިވާ އިރު، އެ ހަމަ ނުޖެހުންތައް އިތުރަށް ފުޅާވެގެން ދިއުމަކީ ބައިނަލްއަގުވާމީ މުޖުތަމު އަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

އީރާން އާއި އިޒްރޭލްއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ކަލާސް ވިދާޅުވީ، މި ހަނގުރާމަ ދިގުލައިގެން ދިއުމަކީ އެމެރިކާ އާއި އިޒްރޭލް އަށް އަދި ސަރަހައްދީ އެހެން ގައުމު ތަކަށް ވެސް ފައިދާ ހުރި ކަމެއް ނޫން ކަމަށެވެ. އޭނާ ވަނީ މަސްރަހު ފިނި ކުރުމަށްޓަކައި ހުރިހާ ފަރާތް ތަކަކުން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ގޮވާލައްވައިފަ އެވެ. 

ކަލާސްގެ މި ބަޔާނަކީ މެދު އިރުމަތީގައި ހިނގަމުންދާ ހަމަ ނުޖެހުންތައް ބޮޑު ހަނގުރާމަ އަކަށް ބަދަލު ވެދާނެ ކަމުގެ ބިރު އޮތް ދަނޑިވަޅެއްގައި ދެއްވި އިންޒާރެކެވެ. ޚާއްސަކޮށް އީރާންގެ ނިއުކްލިއާ މަރުކަޒު ތަކަށާއި، ތެޔޮ އުފައްދާ ތަން ތަނަށް އަމާޒުކޮށް ހަމަލާ ދީފާނެ ކަމުގެ ބިރު އޮތުމަކީ ވިލާތުގެ އިއްތިހާދުން ނުހަނު ކަންބޮޑުވާ ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނު ތަކަށް އިހުތިރާމް ކުރުމަށާއި، އިތުރު ލޭ އޮހޮރުވުމަކަށް ފުރުސަތު ނުދިނުމަށް ވިލާތުގެ އިއްތިހާދުން ބާރު އަޅާނެ ކަމަށް ކަލާސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު އޮތް ނުރައްކާތެރި ހާލަތުން އަރައި ގަނެވޭނީ ހުރިހާ ފަރާތް ތަކަކުން ވެސް ކެތްތެރިކަން އިސްކޮށް، ސިޔާސީ ހައްލަކަށް މަސައްކަތް ކޮށްގެންނެވެ.

ކާޖާ ކަލާސް މި މަގާމާ ހަވާލުވެ ވަޑައި ގަތުމަށްފަހު އެންމެ އިސްކަމެއް ދެއްވާ އެއް ކަމަކީ، މެދު އިރުމަތީގެ ހަމަޖެހުން ގާއިމު ކުރުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ވިލާތުގެ އިއްތިހާދުން ދަނީ މި މައްސަލައިގައި އެމެރިކާ އާއި ސަރަހައްދީ އެހެން ބާރުތަކާ އެކު މަޝްވަރާ ކުރަމުންނެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލް-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޔޫރަޕިއަން ޔޫނިއަންކާޔާ ކާލާސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

28 މެއި 2026

ކުވެއިތަށް އަމާޒުވި މިސައިލް, ޑްރޯން ހަމަލާތައް ހުއްޓުވައިފި

28 މެއި 2026
ކުވެއިތަށް އަމާޒުވި މިސައިލް, ޑްރޯން ހަމަލާތައް ހުއްޓުވައިފި
28 މެއި 2026

އީރާން އިން ހޮރްމޫޒް ކަނޑު އޮޅިން ފީ ނެގުމާ ދެކޮޅަށް އެމެރިކާގެ ދަތި ކުރުމުގެ ފިޔަވަޅު ތަކެއް

28 މެއި 2026
އީރާން އިން ހޮރްމޫޒް ކަނޑު އޮޅިން ފީ ނެގުމާ ދެކޮޅަށް އެމެރިކާގެ ދަތި ކުރުމުގެ ފިޔަވަޅު ތަކެއް
28 މެއި 2026

ޓްރަމްޕްގެ އިންޒާރަށް ފަހު، އެމެރިކާ އިން އީރާން އަށް ހަމަލާ ދީފި

28 މެއި 2026
ޓްރަމްޕްގެ އިންޒާރަށް ފަހު، އެމެރިކާ އިން އީރާން އަށް ހަމަލާ ދީފި
28 މެއި 2026

އީރާން އިން އެކުލަވާލަން މަސައްކަތް ކުރާ އެއްބަސްވުމާ މެދު އެމެރިކާ ހިތްހަމައެއް ނުޖެހޭ: ޓްރަމްޕް

28 މެއި 2026
އީރާން އިން އެކުލަވާލަން މަސައްކަތް ކުރާ އެއްބަސްވުމާ މެދު އެމެރިކާ ހިތްހަމައެއް ނުޖެހޭ: ޓްރަމްޕް
27 މެއި 2026

ޑްރާފްޓް ޑީލުގައި ކަނޑުގެ ބްލޮކޭޑް އުވާލުން ވަނީ ހިމަނާފައި: އީރާން

27 މެއި 2026
ޑްރާފްޓް ޑީލުގައި ކަނޑުގެ ބްލޮކޭޑް އުވާލުން ވަނީ ހިމަނާފައި: އީރާން
27 މެއި 2026

އިރާން: އަސްކަރީ ހަނގުރާމައިން ބަލިވި ދުޝްމަނުން "ސޮފްޓް ވޯ" ގެ ޒަރީއާއިން ހަމަޖެހުން ނަގާލަން މަސައްކަތް ކުރަނީ

27 މެއި 2026
އިރާން: އަސްކަރީ ހަނގުރާމައިން ބަލިވި ދުޝްމަނުން "ސޮފްޓް ވޯ" ގެ ޒަރީއާއިން ހަމަޖެހުން ނަގާލަން މަސައްކަތް ކުރަނީ
27 މެއި 2026

ޔޫއޭއީގެ ނިއުކްލިއާ ޕްލާންޓަށް ދިން ޑްރޯން ހަމަލާ އދ އިން ކުށްވެރި ކޮށްފި

27 މެއި 2026
ޔޫއޭއީގެ ނިއުކްލިއާ ޕްލާންޓަށް ދިން ޑްރޯން ހަމަލާ އދ އިން ކުށްވެރި ކޮށްފި
27 މެއި 2026

ފޮރިން ސިޔާސަތާ ޚިލާފު ވެފައިވާ ކަމަށް ވިދާޅުވެ، އެމެރިކާގެ ސެނެޓަރު ވޯނާގެ ފާޑު ކިޔުން ޓްރަމްޕް އަށް

27 މެއި 2026
ފޮރިން ސިޔާސަތާ ޚިލާފު ވެފައިވާ ކަމަށް ވިދާޅުވެ، އެމެރިކާގެ ސެނެޓަރު ވޯނާގެ ފާޑު ކިޔުން ޓްރަމްޕް އަށް
27 މެއި 2026

ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކޭމްޕް ޑޭވިޑުގައި ޓްރަމްޕް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވަނީ

27 މެއި 2026
ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކޭމްޕް ޑޭވިޑުގައި ޓްރަމްޕް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވަނީ
26 މެއި 2026

ގަލްފުގެ ޤައުމުތަކުގައި އެމެރިކާގެ އަސްކަރިއްޔާ އޮތުމަކީ، އެ ޤައުމު ތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވުމެއް ނޫން: ޕެޒެޝްކިއާން

26 މެއި 2026
ގަލްފުގެ ޤައުމުތަކުގައި އެމެރިކާގެ އަސްކަރިއްޔާ އޮތުމަކީ، އެ ޤައުމު ތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވުމެއް ނޫން: ޕެޒެޝްކިއާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް