Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކުވެއިތު

ކުވެއިތަށް އަމާޒުވި މިސައިލް, ޑްރޯން ހަމަލާތައް ހުއްޓުވައިފި

އެމެރިކާއާއި އީރާނާ ދެމެދު އަސްކަރީ ކުރިމަތިލުންތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައި، ކުވެއިތަށް އަމާޒުވި ނުރައްކާތެރި މިސައިލާއި ޑްރޯން ހަމަލާތަކެއް އެ ގައުމުގެ ދިފާއީ ނިޒާމުން ވަނީ ހުއްޓުވާފައި. މި ހަމަލާތައް ދިން ފަރާތެއް ކުވެއިތުން ހާމަނުކުރި ނަމަވެސް، މިއީ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތަކެއް ކަމަށް ބެލެވެއެވެ. ސަރަހައްދީ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް ކުވެއިތުގެ އަސްކަރިއްޔާއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައި.

ރާއްޖެ އެމްވީ | 28 މެއި 2026 | ބުރާސްފަތި 08:18
2026 ވަނަ އަހަރުގެ މާރިޗު މަހުގެ 2 ވަނަ ދުވަހު، ކުވެއިތު ސިޓީއަށް ވަދެ ނިކުމެ ހެދުމަށް ބޭނުންކުރާ ހައިވޭއެއްގައި އުޅަނދުފަހަރު ދަތުރުކުރަނީ.

2026 ވަނަ އަހަރުގެ މާރިޗު މަހުގެ 2 ވަނަ ދުވަހު، ކުވެއިތު ސިޓީއަށް ވަދެ ނިކުމެ ހެދުމަށް ބޭނުންކުރާ ހައިވޭއެއްގައި އުޅަނދުފަހަރު ދަތުރުކުރަނީ. | އޭއެފްޕީ

ކުވެއިތުގެ ވައިގެ ދިފާއީ ނިޒާމުން، އެ ގައުމަށް އަމާޒުވި ނުރައްކާތެރި މިސައިލްތަކާއި ޑްރޯން ހަމަލާތަކެއް ހުއްޓުވާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުރާސްފަތި ދުވަހު ބުނެފިއެވެ. ނަމަވެސް މި ހަމަލާތައް އައީ ކޮން ދިމާލަކުން ކަމެއް އަސްކަރިއްޔާއިން ހާމަކޮށްފައެއް ނުވެއެވެ.

އަސްކަރިއްޔާއިން ބުނި ގޮތުގައި، ގައުމުގެ އެކި ސަރަހައްދުތަކަށް ގޮވުމުގެ އަޑު އިވިފައިވަނީ ވައިގެ ދިފާއީ ނިޒާމުން އެ ހަމަލާތައް ހުއްޓުވުމުގެ ތެރޭގައެވެ. އަދި ކަމާބެހޭ އިދާރާތަކުން ނެރޭ ސަލާމަތީ އިރުޝާދުތަކަށް އަމަލުކުރުމަށް އާންމު ރައްޔިތުންނަށް އަސްކަރިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކުވެއިތުން މި ބަޔާން ނެރެފައިވަނީ، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އެމެރިކާގެ އަސްކަރީ ފައުޖުތަކަށާއި ވިޔަފާރި އުޅަނދުތަކަށް ނުރައްކާ ކުރަމުންދިޔަ އީރާނުގެ ޑްރޯން އޮޕަރޭޝަނަކަށް އަމާޒުކޮށް، ބުރާސްފަތި ދުވަހުގެ ކުރީކޮޅު އެމެރިކާއިން ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާއިން ހަމަލާދިންކަން އީރާނުން ކަށަވަރުކޮށްދީފައިވާއިރު، އީރާނުން ބުނީ ބަންދަރު އައްބާސް އެއާޕޯޓް ކައިރިއަށް އެމެރިކާއިން ދިން ހަމަލާއަކާ ގުޅިގެން، ފަތިހު 4:50 (ޖީއެމްޓީން 01:20) ހާއިރު އެމެރިކާގެ އެއާ ބޭހަކަށް ހަމަލާދީފައިވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގައި އޮތް ބޭހެއް ކަމެއް އީރާނުން ހާމައެއް ނުކުރެއެވެ.

އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށްފައިވާ ކުވެއިތުން ބުނެފައިވަނީ، އެ ގައުމަށް ކުރިމަތިވި ނުރައްކާތަކަކީ އީރާނުން ދިން ހަމަލާތަކެއް ކަމަށް ސީދާ ބުނެފައެއް ނުވެއެވެ.

އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ތެރޭގައި، ކުވެއިތު ހިމެނޭހެން ގަލްފުގެ ގައުމުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ކުރިމަތިވެފައިވެއެވެ. މިދިޔަ އޭޕްރީލް މަހު ސުލްހައިގެ އެއްބަސްވުމަކަށް އައުމާއެކު ހަމަނުޖެހުންތައް ކުޑަވެފައިވީ ނަމަވެސް، އޭގެ ފަހުންވެސް އިރާގު މަގުން ސައުދީ އަރަބިއްޔާއާއި ކުވެއިތު ފަދަ ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ޑްރޯން ހަމަލާތައް ފޮނުވާފައިވެއެވެ.

މަސްދަރު: ރޮއިޓާސް

ކުވައިތުއީރާންހޮރްމޫޒް ކަނޑުއޮޅިއިޒްރޭލްއީރާން-އެމެރިކާ

އިތުރަށް ކިޔާލަން

28 މެއި 2026

އީރާން އިން ހޮރްމޫޒް ކަނޑު އޮޅިން ފީ ނެގުމާ ދެކޮޅަށް އެމެރިކާގެ ދަތި ކުރުމުގެ ފިޔަވަޅު ތަކެއް

28 މެއި 2026
އީރާން އިން ހޮރްމޫޒް ކަނޑު އޮޅިން ފީ ނެގުމާ ދެކޮޅަށް އެމެރިކާގެ ދަތި ކުރުމުގެ ފިޔަވަޅު ތަކެއް
28 މެއި 2026

'ހަރުކަށި އިންޒާރެއް': އެމެރިކާގެ އުދުވާނާ ގުޅިގެން އެގައުމުގެ އަސްކަރީ މަރުކަޒަކަށް ބަދަލުހިފުމުގެ ހަމަލާއެއް ދީފިކަން އީރާނުން އިއުލާނުކޮށްފި

28 މެއި 2026
'ހަރުކަށި އިންޒާރެއް': އެމެރިކާގެ އުދުވާނާ ގުޅިގެން އެގައުމުގެ އަސްކަރީ މަރުކަޒަކަށް ބަދަލުހިފުމުގެ ހަމަލާއެއް ދީފިކަން އީރާނުން އިއުލާނުކޮށްފި
28 މެއި 2026

ޓްރަމްޕްގެ އިންޒާރަށް ފަހު، އެމެރިކާ އިން އީރާން އަށް ހަމަލާ ދީފި

28 މެއި 2026
ޓްރަމްޕްގެ އިންޒާރަށް ފަހު، އެމެރިކާ އިން އީރާން އަށް ހަމަލާ ދީފި
28 މެއި 2026

އީރާން އިން އެކުލަވާލަން މަސައްކަތް ކުރާ އެއްބަސްވުމާ މެދު އެމެރިކާ ހިތްހަމައެއް ނުޖެހޭ: ޓްރަމްޕް

28 މެއި 2026
އީރާން އިން އެކުލަވާލަން މަސައްކަތް ކުރާ އެއްބަސްވުމާ މެދު އެމެރިކާ ހިތްހަމައެއް ނުޖެހޭ: ޓްރަމްޕް
27 މެއި 2026

ޑްރާފްޓް ޑީލުގައި ކަނޑުގެ ބްލޮކޭޑް އުވާލުން ވަނީ ހިމަނާފައި: އީރާން

27 މެއި 2026
ޑްރާފްޓް ޑީލުގައި ކަނޑުގެ ބްލޮކޭޑް އުވާލުން ވަނީ ހިމަނާފައި: އީރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު