Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ޓްރަމްޕްގެ އިންޒާރަށް ފަހު، އެމެރިކާ އިން އީރާން އަށް ހަމަލާ ދީފި

އީރާންގެ މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ބުރާސްފަތި ދުވަހުގެ ވަރަށް ހެނދުނު ބަނދަރު ޢައްބާސް ސަރަހައްދުގައި ބާރު ގަދަ ތިން ގޮވުމެއްގެ އަޑު ވަނީ އިވިފައި. މިއީ ހަފުތާގެ ކުރީކޮޅު އެމެރިކާ އިން ދިން ހަމަލާ ތަކަށް ފަހު ދިން ހަމަލާ ތަކެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 މެއި 2026 | ބުރާސްފަތި 06:23
އީރާން އަށް އަމާޒުކޮށް އެމެރިކާ އިން ދީފައިވާ ހަމަލާއެއްގެ ތެރެއިން.

އީރާން އަށް އަމާޒުކޮށް އެމެރިކާ އިން ދީފައިވާ ހަމަލާއެއްގެ ތެރެއިން. | ރޮއިޓާސް

އީރާންއާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތް ނިންމާލާނެ ކަމަށް ވިދާޅުވެ އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވާފައި ވަނިކޮށް، އެމެރިކާ އިން އީރާން އަށް ހަމަލާ ތަކެއް ދީފި އެވެ. 

އީރާންގެ މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ބުރާސްފަތި ދުވަހުގެ ވަރަށް ހެނދުނު ބަނދަރު ޢައްބާސް ސަރަހައްދުގައި ބާރު ގަދަ ތިން ގޮވުމެއްގެ އަޑު ވަނީ އިވިފަ އެވެ. މިއީ ހަފުތާގެ ކުރީކޮޅު އެމެރިކާ އިން ދިން ހަމަލާ ތަކަށް ފަހު ދިން ހަމަލާ ތަކެކެވެ. މި ހަމަލާ ތަކުން ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ކުރަމުން އަންނަ ޑިޕްލޮމެޓިކް މަސައްކަތް ތަކުގެ ނާޒުކު ހާލަތު ފާހަގަވެ އެވެ.

އެމެރިކާގެ އިސް އޮފިޝަލަކި އޭއެފްޕީ އަށް މައުލޫމާތު ދެމުން ބުނީ،  އެމެރިކާގެ މެދުތެރޭ ކޮމާންޑް ފޯސްތަކުން ބުރާސްފަތި ދުވަހު ހޮރްމޫޒް ކަނޑު އޮޅީގެ ވަށައިގެން ނުރައްކާ ކުރި އީރާންގެ ޑްރޯން ތަކެއް ވައްޓާލާފައިވަ ކަމަށެވެ. އޭނާ އިތުރަށް ބުނެފައި ވަނީ، އެމެރިކާގެ ބާރު ތަކުން ބަނދަރު އައްބާސްގައި ހުރި އީރާންގެ ކޮންޓްރޯލް ސްޓޭޝަން އަކަށް ވެސް ހަމަލާ ދީފައިވާ ކަމަށެވެ. އޭރު އެ ސްޓޭޝަން އިން ފަސް ވަނަ ޑްރޯންއެއް ފޮނުވާލަން ތައްޔާރު ވަމުން ދިޔަ ކަމަށް ބުނެފައިވެ އެވެ. 

އަންގާރަ ދުވަހުގެ ރޭ ދިން ހަމަލާ ތަކަށް ފަހު ވެސް، ބުދަ ދުވަހު އީރާން އިން ބުނެފައި ވަނީ އަލުން ހަނގުރާމަ އަށް ދިޔުމުގެ ފުރުސަތު ކުޑަ ކަމަށެވެ. ނަމަވެސް، އީރާންގެ ސިފައިން އޮތީ ފުރިހަމަ އަށް ތައްޔާރަށް ކަމަށް ބުނެފައިވެ އެވެ. 

ބުދަ ދުވަހު ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާން އިން ބޭނުން ވަނީ ވީ އެންމެ އަވަހަށް އެއްބަސްވުމެއް ޤާއިމު ކުރަން ކަމަށެވެ. އެއްބަސްވުން ޤާއިމު ކުރުމަށް އީރާން އިން ހުށަހަޅާ އެއްބަސްވުމާ މެދު އެމެރިކާ ހިތްހަމަ ނުޖެހޭ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެމެރިކާ އިން ބޭނުންވާ ކަންކަން ހާސިލު ނުވާ ނަމަ "މަސައްކަތް ނިންމާލާނެ" ކަމަށެވެ. 

އެއްބަސްވުމުގެ މުހިންމު ބައެއްގެ ގޮތުގައި ހޮރްމޫޒް ކަނޑު އޮޅިން މުޅިން ހުޅުވާލުން ހިމެނޭއިރު، އީރާން އިން ބުނަމުން ދަނީ އެ ކަނޑޮ އޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ އެ ޤައުމުގެ އަތް މަތީގައި ކަމަށެވެ. އީރާން އިން ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރުމަށް ދަތި ކޮށްފައިވާތީ، ދުނިޔޭގެ ތެލުގެ ބާޒާރަށް ވަނީ އެކަމުގެ އަސަރު ކޮށްފަ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން އިން އެކުލަވާލަން މަސައްކަތް ކުރާ އެއްބަސްވުމާ މެދު އެމެރިކާ ހިތްހަމައެއް ނުޖެހޭ: ޓްރަމްޕް

އީރާން އިން އެކުލަވާލަން މަސައްކަތް ކުރާ އެއްބަސްވުމާ މެދު އެމެރިކާ ހިތްހަމައެއް ނުޖެހޭ: ޓްރަމްޕް

28 މެއި 2026
ޑްރާފްޓް ޑީލުގައި ކަނޑުގެ ބްލޮކޭޑް އުވާލުން ވަނީ ހިމަނާފައި: އީރާން

ޑްރާފްޓް ޑީލުގައި ކަނޑުގެ ބްލޮކޭޑް އުވާލުން ވަނީ ހިމަނާފައި: އީރާން

27 މެއި 2026
އިރާން: އަސްކަރީ ހަނގުރާމައިން ބަލިވި ދުޝްމަނުން "ސޮފްޓް ވޯ" ގެ ޒަރީއާއިން ހަމަޖެހުން ނަގާލަން މަސައްކަތް ކުރަނީ

އިރާން: އަސްކަރީ ހަނގުރާމައިން ބަލިވި ދުޝްމަނުން "ސޮފްޓް ވޯ" ގެ ޒަރީއާއިން ހަމަޖެހުން ނަގާލަން މަސައްކަތް ކުރަނީ

27 މެއި 2026
އަހަރެންގެ ޞިއްޙީ ޗެކަޕް ވަރަށް "ފުރިހަމަ": ޓްރަމްޕް

އަހަރެންގެ ޞިއްޙީ ޗެކަޕް ވަރަށް "ފުރިހަމަ": ޓްރަމްޕް

27 މެއި 2026
ޓްރަމްޕްގެ އޭއައި ކޮމިޓީ އަށް ކުރީގެ އެޓާނީ ޖެނެރަލް ބޮންޑީ އައްޔަން ކުރައްވައިފި

ޓްރަމްޕްގެ އޭއައި ކޮމިޓީ އަށް ކުރީގެ އެޓާނީ ޖެނެރަލް ބޮންޑީ އައްޔަން ކުރައްވައިފި

27 މެއި 2026

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު