Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ޗެއަރޕަރސަން

ކުޅުދުއްފުށީގެ ދެ ކައުންސިލަރުންގެ ތާއީދު މީކާއިލް އަށް: "މިއީ ޕާޓީ ތަރުތީބުކުރަން ޒުވާނުން ކުރިއަށް ނެރެންވީ ވަގުތު."

އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބުގައި މީކާއީލް ނަސީމަށް ތާއީދުކުރަން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ދެ މެންބަރަކު ނިންމަވައިފި. މި ނިންމެވުމާ ގުޅޭގޮތުން އެ ބޭފުޅުން ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ ޕާޓީގެ ހިންގުން ހަރުދަނާކޮށް ތަރުތީބުކޮށްގެން ކަމަށް.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 25 މެއި 2026 | ހޯމަ 18:28
ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ "އިތުބާރު" ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން

ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ "އިތުބާރު" ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން | އެމްޑީޕީ

މިއީ ޕާޓީ ތަރުތީބުކުރަން ޒުވާނުން ކުރިއަށް ނެރެންވީ ވަގުތު ކަމަށް ފާހަގަކޮށް ކުޅުދުއްފުށީ ސިޓީގެ ދެ ކައުންސިލަރަކު ކުރިއަށް އޮތް އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް އަށް ތާއީދުކުރެއްވުމަށް ނިންމަވައިފި އެވެ.

މީކާއިލް އަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައި ވަނީ ކައުންސިލަރ މުހައްމަދު ޝައިމަން އާއި އަކްބަރީ މުހައްމަދު އެވެ. އޭގެ ތެރެއިން ޝައިމަން ވިދާޅުވީ މީކާއިލް އަށް ތާއީދު ކުރައްވަން ނިންމެވީ މިއީ އާ ޒުވާން ޖީލަށް ފުރުސަތު ދީ ޕާޓީ ބިނާކުރަންވީ ވަގުތު ކަމަށް ޤަބޫލުކުރައްވާތީ ކަމަށެވެ.

"ޕާޓީގެ އާއްމު މެމްބަރުންނާއި އެކީގަ އިޚުލާސްތެރިކަމާއި އެކު ދެގޮތެއް ނުވެ ދެމި ހުރި މީކާއިލް އަށް ތާއީދު ކުރަން އަޅުގަނޑު ނިންމައިފިން." އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން އަކްބަރީ ވިދާޅުވީ 2028 އެމްޑީޕީ އަށް ކާމިޔާބު ކުރެވޭނީ އެމްޑީޕީ އަކީ ތަރުތީބު ވެގެން ހިންގާ ޕާޓީއަކަށް ވެގެން ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އެހެންކަމަށް ވާ އިރު އެއްވެސް ބަޔަކު ޕާޓީގެ ފަހަތު ސަފަށް ޖެއްސުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ތަރުތީބުވެ ޕާޓީ ހިންގަން މީކާއިލް ޕާޓީގައި ހުންގާނުގައި ހުންނަން ޖެހޭ." އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ ތެރޭގަ އެވެ. އަދި އެ އިންތިޚާބުގެ ކެމްޕެއިން ވަރަށް ވާދަވެރިކަމާއި އެކު ކުރިއަށް ދާކަން ފާހަގަކޮށްލެވެ އެވެ.

އ

ކުޅުދުއްފުށި ސިޓީއެމްޑީޕީމީކާއިލް ނަސީމް

އިތުރަށް ކިޔާލަން

25 މެއި 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ލެވެނީ 4121 މީހުންނަށް

25 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ލެވެނީ 4121 މީހުންނަށް
25 މެއި 2026

އެމްޑީޕީ ޗެއާޕަރސަން އިންތިޚާބު: ވޯޓަރސް ލިސްޓަށް ގެނައި ބަދަލުތަކަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

25 މެއި 2026
އެމްޑީޕީ ޗެއާޕަރސަން އިންތިޚާބު: ވޯޓަރސް ލިސްޓަށް ގެނައި ބަދަލުތަކަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
25 މެއި 2026

އެމްޑީޕީގެ އެތެރޭގައި މަސްލަޙަތު ގޯސްވެ، ބަދަލު ހިފުމުގެ ރޫހުގައި މަސައްކަތް ކޮށްގެން 2028 ގެ އިންތިޚާބު ކާމިޔާބު ނުވާނެ: މޫސާ

25 މެއި 2026
އެމްޑީޕީގެ އެތެރޭގައި މަސްލަޙަތު ގޯސްވެ، ބަދަލު ހިފުމުގެ ރޫހުގައި މަސައްކަތް ކޮށްގެން 2028 ގެ އިންތިޚާބު ކާމިޔާބު ނުވާނެ: މޫސާ
25 މެއި 2026

ޕީއެންސީގެ ސެނެޓުން މުއިއްޒުގެ ހުށަހެޅުމެއް ބޭރުކޮށްލިކަމަށް ދެކެވޭ ވާހަކަ ފަލާހު ދޮގު ކުރައްވައިފި

25 މެއި 2026
ޕީއެންސީގެ ސެނެޓުން މުއިއްޒުގެ ހުށަހެޅުމެއް ބޭރުކޮށްލިކަމަށް ދެކެވޭ ވާހަކަ ފަލާހު ދޮގު ކުރައްވައިފި
25 މެއި 2026

އެމްޑީޕީގެ ޒުވާނުން ބޭނުން ވަނީ އާ ލީޑަރޝިޕެއް: ދީދީ

25 މެއި 2026
އެމްޑީޕީގެ ޒުވާނުން ބޭނުން ވަނީ އާ ލީޑަރޝިޕެއް: ދީދީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު