Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް

މި ސަރުކާރުގައި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގެ ފެންވަރު ދަނީ ދަށަށް، މިހާތަނަށް އައު އެއްވެސް ޚިދުމަތެއް ތައާރަފެއް ނުކުރޭ: ކުރީގެ މެންބަރު ސަނީފް

30 މެއި 2026 | ހޮނިހިރު 05:43

ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް ކުރީ ސަރުކާރުން ފެށި މަސައްކަތްތައް ހުއްޓި، ޚިދުމަތުގެ ފެންވަރު ދަށަށްދާކަމަށް ބުނެ ކުރީގެ މެންބަރު ސަނީފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. މި ސަރުކާރުން އަލަށް ފެށި ޚިދުމަތެއްގެ ގޮތުގައި ސީޓީ ސްކޭންގެ ވާހަކަ ދެއްކި ނަމަވެސް، އެއީ ކުރީ ސަރުކާރުގައި ތައާރަފްކޮށްފައިވާ ޚިދުމަތެއްކަން އޭނާ ފާހަގަކުރެއްވި. ސަނީފް ވިދާޅުވި ގޮތުގައި ހޮސްޕިޓަލުގެ ހާލަތު ރަނގަޅުކުރުމަށް މި ސަރުކާރުން ދައްކާ ވާހަކަތަކުގައި އިޚުލާސްތެރިކަމެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ދަނީ ނިކަމެތިކަން ލިބެމުން.

އަމްނާ އިމާދު
އަމްނާ އިމާދު | 30 މެއި 2026 | ހޮނިހިރު 05:43
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތް. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މި ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވޭ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތް. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މި ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވޭ. | އެމްޓީސީސީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ތިނަދޫ ސިޓީގެ، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގެ ފެންވަރު ދަނީ ދަށަށް ކަމަށާއި، މިހާތަނަށް އައު އެއްވެސް ޚިދުމަތެއް ތައާރަފް ނުކުރެވޭ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމުގައި ސަނީފް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ތިނަދޫ ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އައު ޚިދުމަތްތައް ތައާރަފް ކުރި ކަމަށެވެ. އަދި ހޮސްޕިޓަލް ގެ ޖާގަ އިތުރުކޮށް، ޓާޝަރީ ފެންވަރަށް ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ނަމަވެސް ސަރުކާރު ބަދަލުވެގެން ދިއުމާއެކު ހޮސްޕިޓަލް ގެ މަސައްކަތްތައް އޮތީ ހުއްޓިފައި ކަމަށާއި، އައު ޚިދުމަތެއް ވެސް ތައާރަފް ނުކުރެވޭ ކަމަށް ސަނީފް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގެ ފެންވަރު ދަނީ ދުވަހަކަށްވުރެ ދުވަހެއް ދަށަށް ކަމަށެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގައި މިސަރުކާރުން ފެށި ކަމަށް ބުނާ ސީޓީ ސްކޭންގެ ޚިދުމަތަށް އިޝާރާތް ކުރައްވައި ސަނީފް ވިދާޅުވީ މި ޚިދުމަތް ކުރީ ސަރުކާރުގައި ފެށި ކަމަށާއި، މިއީ އައު ޚިދުމަތެއް ނޫން ކަމަށެވެ. ނަމަވެސް ދިމާވި މައްސަލައަކާ ގުޅިގެން ޚިދުމަތް ދުވަސްކޮޅަކަށް މެދުކެނޑުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީ ސަރުކާރުގަ ތިނަދޫގައި ހޮސްޕިޓަލްއާ ގުޅިގެން ދެ އިމާރާތް ދެ ފަރާތުގައި ހެދި ޒާމާނީ ވަސީލަތްތައް އެތަންތަނަށް ހަމަކޮށްދެވުނު. ދެން ބާ ހޮސްޕިޓްގެ މަސައްކަތް ކުރަން ޖެހިފައި އޮއްވާ އެސަރުކާރު ނިމިގެން ދިޔައީ. އެއާއެކު މިސަރުކާރު އައީ. މި ސަރުކާރު އައިސްފައި ހޮސްޕިޓަލް ގެ ހާލަތު ދުވަހުން ދުވަހަށް ދިޔައީ ދަށަށް. އެހެންނަމަވެސް އެބޭފުޅުން މިދިޔަ އަހަރުގެ ތެރޭގައިހެން އަޅުގަނޑަށް ހީވަނީ މިއަހަރުގެ ކުރީކޮޅުހެން އަޅުގަނޑަށް ހީވަނީ ސީޓީ ސްކޭން ތައާރަފް ކުރި ވާހަކަ އެބޭފުޅުން ފާހަގަކުރި. ރިކޯޑަށްޓަކައި އަޅުގަނޑު ދަންނަވާލަން. އެފޮޓޯތައް ތިނަދޫގައި ސީޓީ ސްކޭން ހަދަން ފުރަތަމަ އެސީޓީ ސްކޭން މެޝިނެއް ގެންގޮސްގެން އެ އިފްތިތާހު ކުރިއިރުގައި މިދިޔަ ސަރުކާރުގައި އަޅުގަނޑަކީ އެކަމުގައި ބައިވެރިވި މީހެއް. 
 ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް

ސަނީފް ވިދާޅުވީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގެ ފެންވަރު ރަނގަޅު ކުރާ ކަމަށް ބުނެ ސަރުކާރުން ދައްކަމުންދާ ވާހަކަތަކުގައި އެއްވެސް ކަހަލަ އިހުލާސްތެރި ކަމެއް ނެތް ކަމަށެވެ. މިސަރުކާރަށް ދެ އަހަރަށްވުރެ ގިނަ ދުވަސްގެން ވެގެންދާއިރު، ރަނގަޅު ސިއްހީ ޚިދުމަތް ނުލިބި ރައްޔިތުންނަށް ލިބެމުން ދަނީ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްއަބްދުﷲ ސަނީފްތިނަދޫ ސިޓީރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

29 މެއި 2026

ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ތިން ވަނަ ފޭސްގެ މަސައްކަތްތައް ހުއްޓިއްޖެ

29 މެއި 2026
ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ތިން ވަނަ ފޭސްގެ މަސައްކަތްތައް ހުއްޓިއްޖެ
28 މެއި 2026

ކައުންސިލް އިންތިޚާބަށް ޖެހި "ކަޑަ" ތަކަށް މިވީ ކީއް؟

28 މެއި 2026
ކައުންސިލް އިންތިޚާބަށް ޖެހި "ކަޑަ" ތަކަށް މިވީ ކީއް؟
27 މެއި 2026

ކުރީ ސަރުކާރުގައި ތިނަދޫ ސިޓީގައި ތަރައްގީ ކުރަމުންދިޔަ 200 ރޯ ހައުސް މަޝްރޫއު ހުއްޓިފައި، މިސަރުކާރުން ބިންގާ އެޅި 50 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ކުރިއަށް ނުދޭ!

27 މެއި 2026
ކުރީ ސަރުކާރުގައި ތިނަދޫ ސިޓީގައި ތަރައްގީ ކުރަމުންދިޔަ 200 ރޯ ހައުސް މަޝްރޫއު ހުއްޓިފައި، މިސަރުކާރުން ބިންގާ އެޅި 50 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ކުރިއަށް ނުދޭ!
27 މެއި 2026

ތިނަދޫ ސިޓީގެ ތަރައްގީ އެކުއެކީގައި ހުއްޓިފައި، އެއަރޕޯޓުގެ މަޝްރޫއު ވެސް 3 ފަހަރަށް ވަނީ ބަދަލުކޮށްފައި: ކުރީގެ މެންބަރު ސަނީފް

27 މެއި 2026
ތިނަދޫ ސިޓީގެ ތަރައްގީ އެކުއެކީގައި ހުއްޓިފައި، އެއަރޕޯޓުގެ މަޝްރޫއު ވެސް 3 ފަހަރަށް ވަނީ ބަދަލުކޮށްފައި: ކުރީގެ މެންބަރު ސަނީފް
24 މެއި 2026

މި ސަރުކާރުގައި މުޒާހަރާ ކޮށްގެން ހައްޔަރު ކޮށްފައި ތިބި މީހުންނަކީ ސިޔާސީ ހައްޔަރީނެއް ނޫން: މުންދު

24 މެއި 2026
މި ސަރުކާރުގައި މުޒާހަރާ ކޮށްގެން ހައްޔަރު ކޮށްފައި ތިބި މީހުންނަކީ ސިޔާސީ ހައްޔަރީނެއް ނޫން: މުންދު
23 މެއި 2026

ސިޔާސީ ގޮތުން މީހުން ޖަލަށް ލުމަށްފަހު ވެސް އެ ވިދާޅުވަނީ ސިޔާސީ ހައްޔަރީން ނެތް ކަމަށް!

23 މެއި 2026
ސިޔާސީ ގޮތުން މީހުން ޖަލަށް ލުމަށްފަހު ވެސް އެ ވިދާޅުވަނީ ސިޔާސީ ހައްޔަރީން ނެތް ކަމަށް!
15 މެއި 2026

އެމްޑީޕީގެ ސިޔާސަތަކީ އެންމެން އަބަދު ހަމައިގެ ނުތިބެ، ބޮވެންވާނެ ސިޔާސަތު: ރައީސް މުއިއްޒު

15 މެއި 2026
އެމްޑީޕީގެ ސިޔާސަތަކީ އެންމެން އަބަދު ހަމައިގެ ނުތިބެ، ބޮވެންވާނެ ސިޔާސަތު: ރައީސް މުއިއްޒު
11 މެއި 2026

މި ސަރުކާރުން ގާނޫނަށް ގެނެސްފައިވާ ބަދަލުތައް ބާތިލްކޮށް، އުފައްދާފައިވާ ބޭކާރު ކުންފުނިތައް އުވާލަން ޖެހޭ: ފައިސަލް

11 މެއި 2026
މި ސަރުކާރުން ގާނޫނަށް ގެނެސްފައިވާ ބަދަލުތައް ބާތިލްކޮށް، އުފައްދާފައިވާ ބޭކާރު ކުންފުނިތައް އުވާލަން ޖެހޭ: ފައިސަލް
09 މެއި 2026

ވެރިކަމަށް އައުމަށް ބޭނުންކުރި ހަރުގަނޑު އެއްލާލުމަށްފަހު، މިހާރު އަނެއްކާވެސް އެ ހަރުގަނޑު ގެނެސް ޖެއްސީތަ؟

09 މެއި 2026
ވެރިކަމަށް އައުމަށް ބޭނުންކުރި ހަރުގަނޑު އެއްލާލުމަށްފަހު، މިހާރު އަނެއްކާވެސް އެ ހަރުގަނޑު ގެނެސް ޖެއްސީތަ؟
04 މެއި 2026

ރާއްޖޭގައި މިހާރު މިއޮތީ ދެއިރު ދެދަޅައަށް އުސޫލުތަކާއި، ގަވާއިދުތައް ބަދަލުކުރާ ސަރުކާރެއް، އެއް އަމާޒަކަށް ކުރިއަށް ގެންދާ ސިޔާސަތެއް ނެތް: ޑރ.ޑީޑީ

04 މެއި 2026
ރާއްޖޭގައި މިހާރު މިއޮތީ ދެއިރު ދެދަޅައަށް އުސޫލުތަކާއި، ގަވާއިދުތައް ބަދަލުކުރާ ސަރުކާރެއް، އެއް އަމާޒަކަށް ކުރިއަށް ގެންދާ ސިޔާސަތެއް ނެތް: ޑރ.ޑީޑީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް