Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ

އެމްޑީޕީގެ އާންމު މެންބަރުން އެއްވެސް މީހެއްގެ ކިބައިން މައާފަށް އެދޭކަށް ނުޖެހޭ: މީކާއީލް

އެމްޑީޕީގެ އާންމު މެންބަރުން މައާފަށް އެދެންޖެހޭ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވި ވާހަކަފުޅަށް، އެ ޕާޓީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް ވަނީ ރައްދު ދެއްވާފައި. މީކާއީލް ވިދާޅުވީ އާންމު މެންބަރުންނަކީ ޕާޓީއަށްޓަކައި ބޮޑެތި ގުރުބާނީތަކެއް ވެފައިވާ ބައެއް ކަމަށާއި، އެއްވެސް މީހެއްގެ ކިބައިން މައާފަށް އެދެންޖެހޭ ފަދަ ކަމެއް އެ މެންބަރުން ނުކުރާ ކަމަށް. އަދި ސިޔާސީ މަންފާއަށްޓަކައި މެންބަރުން މަގުމަތިކޮށްލި ނަމަވެސް، ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ އާންމު މެންބަރުންގެ ބުރަ މަސައްކަތުން އެ ހިސާބަށް ވަޑައިގެންނެވި ބޭފުޅުންކަން އޭނާ ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 24 މެއި 2026 | އާދީއްތަ 07:51
ހޮނިހިރު ދުވަހު ހއ.ކެލާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވާހަކަ ދައްކަވަނީ

ހޮނިހިރު ދުވަހު ހއ.ކެލާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވާހަކަ ދައްކަވަނީ | އެމްޑީޕީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އާންމު މެންބަރުން އެއްވެސް މީހެއްގެ ކިބައިން މައާފަށް އެދެންޖެހޭ ވަރުގެ ކަމެއް ނުވާ ކަމަށް އެޕާޓީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެ އެވެ.

މީކާއީލް މިހެން މި ވިދާޅުވީ، އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވި މައްސަލައިގައި އެ ޕާޓީގެ މެންބަރުންގެ ކިބައިން ކުރީގެ ރައީސް މުހައްމަދު ނަޝީދު މާއާފަށް އެދިވަޑައިގެން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. ހުކުރު ދުވަހު ރ. ދުވާފަރަށް ވަޑައިގަންނަވައި، އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ނަޝީދު ވަނީ އެމްޑީޕީގެ އާއްމު މެންބަރުން ވެސް މައާފަށް އެދެން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މައާފަށް އެދެންޖެހޭ ސަބަބެއް ވިދާޅެއް ނުވެ އެވެ.

Advertisement - newsAdvertisement

މި ވާހަކަތަކާ ގުޅިގެން، ހޮނިހިރު ދުވަހު ހއ.ކެލާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި  މީހަކު ސުވާލު ކުރުމުން މީކާއީލް ވިދާޅުވީ، ނަޝީދު ކަމުގައި ވިޔަސް ނުވަތަ އެހެން ބޭފުޅަކު ކަމުގައި ވިޔަސް، އެމްޑީޕީގެ އާންމު މެންބަރުން މައާފަށް އެދެން ޖެހޭނެ އެއްވެސް ކަމެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މީގެ އިތުރުން މީކާއީލް ވިދާޅުވީ އެމްޑީޕީގެ އާއްމު މެންބަރުން ބޮޑެތި ގުރުބާނީތަކެއް ވެފައިވާ ކަަމަށާއި، އެކަމުގެ ނަތީޖާ ފެންނަން އެބައޮތް ކަމަށެވެ. އަދި އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނަކީ އެ ބޭފުޅުންގެ އަމިއްލަ މަސައްކަތުން އެ މަގާމަށް ވަޑައިގެންނެވި ބައެއް ނޫން ކަމަށާއި، އެއީ އާންމު މެންބަރުންގެ މަސައްކަތް ކަމަށެވެ.

ނަމަވެސް 2023 ވަނަ އަހަރު މި މަސައްކަތްތަކަށް އެއްވެސް ބެލުމެއް ނެތި ސިޔާސީ މަންފާއެއް ހާސިލުކުރުމަށް އެމްޑީޕީގެ އެތައްހާސް މެންބަރުންނެއް މަގުމަތި ކުރެވިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިސަބަބުތަކާއެކު ވެސް އެމްޑީޕީގެ އާންމު މެންބަރުން އެއްވެސް މީހެއްގެ ކައިރީގައި މައާފަށް އެދެން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. 

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީމުހައްމަދު ނަޝީދުގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް

އިތުރަށް ކިޔާލަން

23 މެއި 2026

އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވި މައްސަލައިގައި ކުރީގެ ނަޝީދު މާއާފަށް އެދިވަޑައިގެންފި

23 މެއި 2026
އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވި މައްސަލައިގައި ކުރީގެ ނަޝީދު މާއާފަށް އެދިވަޑައިގެންފި
22 މެއި 2026

އެމްޑީޕީ މިއަދު ހޭލައިފި، ޕާޓީގެ ވިސްނުން ބަދަލުވާތަން ފެނޭ: މާރިޔާ

22 މެއި 2026
އެމްޑީޕީ މިއަދު ހޭލައިފި، ޕާޓީގެ ވިސްނުން ބަދަލުވާތަން ފެނޭ: މާރިޔާ
21 މެއި 2026

ރައީސް މުއިއްޒު އަކީ ބޭވަފާތެރި އެއް، ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނާނެ ކަމެއް ނޫން: ނަޝީދު

21 މެއި 2026
ރައީސް މުއިއްޒު އަކީ ބޭވަފާތެރި އެއް، ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނާނެ ކަމެއް ނޫން: ނަޝީދު
21 މެއި 2026

މީކާއިލް ޗެއަރޕަރސަންކަމަށް އައުމަކީ ޕާޓީ ރަނގަޅަށް ރުކުރުވާލަން ލިބޭ ފުރުސަތެއް: ނާޒިލް

21 މެއި 2026
މީކާއިލް ޗެއަރޕަރސަންކަމަށް އައުމަކީ ޕާޓީ ރަނގަޅަށް ރުކުރުވާލަން ލިބޭ ފުރުސަތެއް: ނާޒިލް
19 މެއި 2026

ނޫސްވެރިންނާއި މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކުރުމަށް ސަރުކާރަށް ޕްރެޝަރު ކުރަން އެދި ތިން ރައީސުންގެ ސިޓީއެއް ޑިޕްލޮމެޓިކް މިޝަންތަކަށް

19 މެއި 2026
ނޫސްވެރިންނާއި މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކުރުމަށް ސަރުކާރަށް ޕްރެޝަރު ކުރަން އެދި ތިން ރައީސުންގެ ސިޓީއެއް ޑިޕްލޮމެޓިކް މިޝަންތަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު