Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ޗެއަރޕަރސަން އިންތިޚާބު

އެމްޑީޕީގެ ޒުވާނުން ބޭނުން ވަނީ އާ ލީޑަރޝިޕެއް: ދީދީ

އެމްޑީޕީގެ ޒުވާން މެންބަރުންގެ ވިސްނުން ހުރީ ޕާޓީގެ އިސް ސަފަށް އާ މޫނުތަކެއް ގެނައުމަށް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ފާހަގަކުރެއްވި. ޕާޓީގެ ކުރިމަގު ބައްޓަންކުރުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒަމާނީ ބަދަލުތަކަކަށް އެ ފަރާތްތަކުން އެދޭކަމަށް އޭނާ ވިދާޅުވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 25 މެއި 2026 | ހޯމަ 02:35
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ދީދީ ރާއްޖެޓީވީ އަށް ދެއްވި އިންޓަރވިއުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ދީދީ ރާއްޖެޓީވީ އަށް ދެއްވި އިންޓަރވިއުގެ ތެރެއިން | ރާއްޖެ އެމްވީ

އެމްޑީޕީގެ ޒުވާނުން ބޭނުން ވަނީ އާ ލީޑަރޝިޕެއް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބުގައި ވާދަކުރައްވާ މަޖިލީހުގެ މެމްބަރު މީކާއިލް ނަސީމް އަށް ތާއީދު ހޯދުމަށް އަތޮޅު ތެރެއަށް ކުރަމުންދާ ދަތުރުގެ ތެރެއިން ރާއްޖެ އެމްވީ އަށް ދެއްވި ބަސްތީގަތުމެއްގަ އެވެ. އޭނާ ވިދާޅުވީ އަތޮޅު ތެރެއަށް ކުރާ ދަތުރުތަކުން އާއްމު މެމްބަރުންގެ ތާއީދު އޮތީ މީކާއިލް އަށްކަން ވަރަށް ސާފުކޮށް ފެންނަ ކަމަށެވެ. ނަމަވެސް އެ ނޫން މަންޒަރެއް އާއްމުންނަށް ދެއްކުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ދީދީ ވަނީ ވިދާޅުވެފަ އެވެ.  ޕާޓީގެ ކުރިމަގު ބައްޓަންކުރުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒަމާނީ ބަދަލުތަކަކަށް އެ ފަރާތްތަކުން އެދޭކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

"ރ. އަތޮޅުން ފެށިގެން މި ދަތުރުކުރަނީ. މީކާއިލް އަށް ތާއީދު ވަރަށް ބޮޑު. ފެންނަމުންދާ މަންޒަރާއި ހިލާފަށް ބަޔަކު ދައްކާ ވައިބާއި ޚިލާފަށް ޒުވާން މެމްބަރުން ބޭނުމީ ލީޑަރޝިޕަށް ބޮޑު ބަދަލެއް އައުން." ދީދީ ވިދާޅުވި އެވެ.

ދީދީ އިތުރަށް ވިދާޅުވީ މިހާރު ކުރިއަށްދާ ޗެއަރޕަރސަންގެ އިންތިޚާބަކީ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގެ ކެމްޕެއިން އެއް ގޮތަށް ބަޔަކު ދައްކަމުންދާ ކަމަށެވެ. އެ ވާހަކަ ވެސް އާއްމުން ދައްކަމުންދާ ކަމަށް ދީދީ ވިދާޅުވި އެވެ. ހަގީގަތުގައި ޕާޓީގައި ޗެއަރޕަރސަން އަށް ހޮވަން އުޅޭ އިރު އެ ކަމާއި މެދު ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ މީކާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ދެމެދުގަ އެވެ. މި އިންތިޚާބު އޮންނާނީ އަންނަ ޖޫން މަހު އެވެ.

އެމްޑީޕީއަޙްމަދު ދީދީނ. މަނަދޫމީކާއިލް ނަސީމްމުހައްމަދު ނަޝީދުރާއްޖެ އެމްވީ

އިތުރަށް ކިޔާލަން

24 މެއި 2026

އެމްޑީޕީގެ އާންމު މެންބަރުން އެއްވެސް މީހެއްގެ ކިބައިން މައާފަށް އެދޭކަށް ނުޖެހޭ: މީކާއީލް

24 މެއި 2026
އެމްޑީޕީގެ އާންމު މެންބަރުން އެއްވެސް މީހެއްގެ ކިބައިން މައާފަށް އެދޭކަށް ނުޖެހޭ: މީކާއީލް
23 މެއި 2026

އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވި މައްސަލައިގައި ކުރީގެ ނަޝީދު މާއާފަށް އެދިވަޑައިގެންފި

23 މެއި 2026
އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވި މައްސަލައިގައި ކުރީގެ ނަޝީދު މާއާފަށް އެދިވަޑައިގެންފި
22 މެއި 2026

އެމްޑީޕީ މިއަދު ހޭލައިފި، ޕާޓީގެ ވިސްނުން ބަދަލުވާތަން ފެނޭ: މާރިޔާ

22 މެއި 2026
އެމްޑީޕީ މިއަދު ހޭލައިފި، ޕާޓީގެ ވިސްނުން ބަދަލުވާތަން ފެނޭ: މާރިޔާ
21 މެއި 2026

ރައީސް މުއިއްޒު އަކީ ބޭވަފާތެރި އެއް، ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނާނެ ކަމެއް ނޫން: ނަޝީދު

21 މެއި 2026
ރައީސް މުއިއްޒު އަކީ ބޭވަފާތެރި އެއް، ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނާނެ ކަމެއް ނޫން: ނަޝީދު
21 މެއި 2026

މިއަދު މިއޮތީ 20-30 އަހަރު ކުރިން ކުރި މަސައްކަތް އަލުން ކުރަން ޖެހޭ ހިސާބަށް ހައްގުތައް ގެއްލިފައި: ފައްޔާޒް

21 މެއި 2026
މިއަދު މިއޮތީ 20-30 އަހަރު ކުރިން ކުރި މަސައްކަތް އަލުން ކުރަން ޖެހޭ ހިސާބަށް ހައްގުތައް ގެއްލިފައި: ފައްޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު