Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ޗެއާޕަރސަން އިންތިޚާބު

އެމްޑީޕީ ޗެއާޕަރސަން އިންތިޚާބު: ވޯޓަރސް ލިސްޓަށް ގެނައި ބަދަލުތަކަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

އެމްޑީޕީގެ ޗެއާޕަސަން އިންތިޚާބުގެ ވޯޓާސް ލިސްޓަށް ގެނައި ބަދަލުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ. މީގެ އިތުރުން، 2026 ޖޫން 12 ގައި ބާއްވާ މި އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށް ކޮމްޕްލަޔަންސް ކޮމިޓީއެއް އެކުލަވާލައި، ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް ވެސް އެ ޕާޓީން ވަނީ އިއުލާންކޮށްފަ. މި އިންތިޚާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 25 މެއި 2026 | ހޯމަ 07:19
ކުރިއަށް އޮތް އިދިކޮޅު އެމްޑީޕީ ގެ ޗެއާޕަސަން އިންތިޚާބު ގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކަށް ޝަކުވާ ހުށަހެޅުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައި

ކުރިއަށް އޮތް އިދިކޮޅު އެމްޑީޕީ ގެ ޗެއާޕަސަން އިންތިޚާބު ގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކަށް ޝަކުވާ ހުށަހެޅުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައި | ސޯޝަލް މީޑިއާ

އިދިކޮޅު އެމްޑީޕީ ގެ ކުރިއަށް އޮތް ޗެއާޕަސަން އިންތިޚާބު ގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

މިކަމަށް ހުޅުވާލައި އެމްޑީޕީ އިން ބުނީ ވޯޓަރސް ލިސްޓަށް ހުށަހެޅުނު ޝަކުވާ އާއި ރީ-ރަޖިސްޓްރޭޝަން އާއި ގުޅިގެން ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

މި މަހުގެ 27 ވާ ބުދަ ދުވަހުގެ 14:00 އާއި ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަން ފާހަގަކޮށް އެ ޕާޓީ އިން ބުނީ ކުރިން ހުށައަޅާފައިނުވާ އާ ޝަކުވާ މި ފުރުސަތުގައި ބަލައިނުގަންނާނެ ކަމަށެވެ. 

މި އިންތިޚާބު ގައި މަސައްކަތް ކުރާނެ އޮފިޝަލުން ހޯދަން ވެސް ވަނީ އިއުލާން ކޮށްފަ އެވެ. އެމްޑީޕީ އިން ބުނީ 12 ޖޫން 2026 ވާ ހުކުރު ދުވަހު ބޭވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ޗެއަރޕާސަން އިންތިޚާބުގެ މާލޭގައި ވޯޓުފޮށިތައް ބަހައްޓާ މަރުކަޒުތަކުގައި އޮފިޝަލުންގެ ގޮތުގައި ވޮލަންޓިއަރކޮށް، އިލެކްޝަން ކޮމިޓީއަށް މި މަސައްކަތް ކޮށްދިނުމަށްއެދޭ ޕަޓީގެ މެންބަރުން ގޫގުލް ފޯމް ލިންކް މެދުވެރިކޮށް 30 މެއި 2026 ގެ 14:00 ގެކުރިން ހުށަހެޅުމަށެވެ.

މި މެންބަރުން ވާންވާނީ ކެންޕޭންގަ އަމަލީގޮތުން ނޫޅޭ މެންބަރުން ކަމަށާއި، މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭ މަރުކަޒުތައް ކަނޑައަޅާނީ އިންތިޚާބާއި ބެހޭ ކޮމިޓީން ކަމަށް ވަނީ ބުނެފަ އެވެ. 

12 ޖޫން 2026 ވާ ހުކުރު ދުވަހު ބޭވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ޗެއަރޕާސަން އިންތިޚާބުގެ ކޮމްޕްލެއިންސް ކޮމިޓީ އިންތިޚާބާއިބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިންތިޚާބާއި ބެހޭ ކޮމިޓީ އިން ވަނީ  އިންތިހާބުގެ ކޮމްޕްލަޔަންސް ކޮމިޓީ އެކުލަވާލައި އިއުލާންވެސް ކޮށްފަ އެވެ. 

މި މަގާމަށް ވާދަކުރައްވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ. 

އެމްޑީޕީމުހައްމަދު ނަޝީދުމީކާއިލް ނަސީމްއެމްޑީޕީ ޗެއަރޕާސަން އިންތިހާބު 2026

އިތުރަށް ކިޔާލަން

25 މެއި 2026

އެމްޑީޕީގެ އެތެރޭގައި މަސްލަޙަތު ގޯސްވެ، ބަދަލު ހިފުމުގެ ރޫހުގައި މަސައްކަތް ކޮށްގެން 2028 ގެ އިންތިޚާބު ކާމިޔާބު ނުވާނެ: މޫސާ

25 މެއި 2026
އެމްޑީޕީގެ އެތެރޭގައި މަސްލަޙަތު ގޯސްވެ، ބަދަލު ހިފުމުގެ ރޫހުގައި މަސައްކަތް ކޮށްގެން 2028 ގެ އިންތިޚާބު ކާމިޔާބު ނުވާނެ: މޫސާ
25 މެއި 2026

ޕީއެންސީގެ ސެނެޓުން މުއިއްޒުގެ ހުށަހެޅުމެއް ބޭރުކޮށްލިކަމަށް ދެކެވޭ ވާހަކަ ފަލާހު ދޮގު ކުރައްވައިފި

25 މެއި 2026
ޕީއެންސީގެ ސެނެޓުން މުއިއްޒުގެ ހުށަހެޅުމެއް ބޭރުކޮށްލިކަމަށް ދެކެވޭ ވާހަކަ ފަލާހު ދޮގު ކުރައްވައިފި
25 މެއި 2026

އެމްޑީޕީގެ ޒުވާނުން ބޭނުން ވަނީ އާ ލީޑަރޝިޕެއް: ދީދީ

25 މެއި 2026
އެމްޑީޕީގެ ޒުވާނުން ބޭނުން ވަނީ އާ ލީޑަރޝިޕެއް: ދީދީ
24 މެއި 2026

އެމްޑީޕީގެ އާންމު މެންބަރުން އެއްވެސް މީހެއްގެ ކިބައިން މައާފަށް އެދޭކަށް ނުޖެހޭ: މީކާއީލް

24 މެއި 2026
އެމްޑީޕީގެ އާންމު މެންބަރުން އެއްވެސް މީހެއްގެ ކިބައިން މައާފަށް އެދޭކަށް ނުޖެހޭ: މީކާއީލް
23 މެއި 2026

އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވި މައްސަލައިގައި ކުރީގެ ނަޝީދު މާއާފަށް އެދިވަޑައިގެންފި

23 މެއި 2026
އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވި މައްސަލައިގައި ކުރީގެ ނަޝީދު މާއާފަށް އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު