Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ

އެމްޑީޕީގެ ސިޔާސަތަކީ އެންމެން އަބަދު ހަމައިގެ ނުތިބެ، ބޮވެންވާނެ ސިޔާސަތު: ރައީސް މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމަށް މި ސަރުކާރުން ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކުރަމުންދާ ކަމަށާއި، މި މައްސަލަ ހައްލުކުރުމަށް ގާނޫނަށް ބަދަލުތައް ގެނެސް ތަންފީޒީ އިދާރާތަކަށް ބާރުދީފައިވާ ކަމަށް. އެމްޑީޕީގެ ސަރުކާރުތަކުން އިސްލާމްދީނާ ޚިލާފު ސިޔާސަތުތަކެއް ގެންގުޅެފައިވާ ކަމަށް ތުހުމަތުކުރައްވައި، ދީނަށް ފުރައްސާރަކުރި މީހުންނަށް އެ ސަރުކާރުން ބޮޑެތި މަގާމުތައް ދީފައިވާ ކަމަށް ރައީސް މުއިއްޒު ފާހަގަކުރެއްވި. އެމަނިކުފާނު ވިދާޅުވީ ދިވެހި ރައްޔިތުން ދެން އެފަދަ ބަޔަކު ވެރިކަމަށް ގެންނަން ބޭނުންނުވާނެ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 މެއި 2026 | ހުކުރު 09:03
ބުރާސްފަތި ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.

ބުރާސްފަތި ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. | ޕީއެންސީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސިޔާސަތަކީ އެންމެން އަބަދު ހަމައިގެ ނުތިބެ، ބޮވެންވާނެ ސިޔާސަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ރައީސް މުއިއްޒު ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި މިސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވި އެވެ. އަދި ވިދާޅުވީ މަސްތުވާތަކެތިން ގައުމު ސަލާމަތް ކުރުމަށް މިހާތަނަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ތަންފީޒީ އިދާރާތަކަށް އިތުރު ބާރު ދީފައިވާ ކަމަށެވެ.

މީގެ އިތުރުން މަސްތުވާތަކެތީގައި ޖެހިފައި ތިބި ޒުވާނުން އޭގެން ސަލާމަތް ކޮށްދީ އަނބުރާ މުޖުތަމައުއަށް ނެރުމުގެ މަސައްކަތް ކުރާ ކަމަށާއި، މަސްތުވާތަކެތި ވިއްކާ އަދި ވިޔަފާރި ކުރާ ފަރާތްތައް މަރުގެ އަދަބު ދިނުމަށް ގާނޫނޫގައި ހިމެނިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެމްޑީޕީއަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ ސިޔާސަތަކީ ބޮވެންވާނެ ސިޔާސަތު ކަމަށާއި، އެންމެން އަބަދު ހަމައިގައި ތިބެގެން ނުވާނެ ކަމަށެވެ.

އެމްޑީޕީ ސަރުކާރުގެ ސިޔާސަތަކީ ބޮވެންވާނެ ނުބައެ ނުވާނެ އެންމެން އަބަދަކު ހަމާގައި ތިބޭކަށް ނުޖެހޭނެ. އެއީ އެމްޑީޕީގެ ސިޔާސަތު. އެކަމަކު އަޅުގަނޑުމެން އަޅުގަނޑުމެން ގަބޫލު ކުރާ ހަމައަކީ ކުޑަ މިންވަރެއްގެ ވެސް މަސްތުވާ އެއްޗެއް ވާނީ ހަމަ ހަރާމް އެއްޗަކަށްށޭ. އެހެންވީމަ މިގައުމުގައި އެއްވެސް ޒާތަކަށް މަސްތުވާތަކެތި އަށަގަނެގެންދާ ދިއުމަކަށް މަގު ފަހިވާނެ ގޮތް ވުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން. އެކަން ހުއްޓުވުމަށްޓަކައި ކުރަން ޖެހުނު ހުރިހާ މަސައްކަތެއް ދިވެހިންގެ ވިންދާ އިހުސާސްއާ އެއްގޮތަށް ބާރު މިނުގައި ވަރަށް ވަށާޖެހޭ ސިޔާސަތެއް އަޅުގަނޑުމެން ތަންފީޒު ކުރަމުން ގެންދަނީ. 
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު 

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯޓް (އެމްޑީއެން) އިން އިސްލާމްދީނަށް ތައުހީނުކޮށް 2015 ވަނަ އަހަރު ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އޮފް މޯލްޑިވްސް" ރިޕޯޓު ނެރުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން އަލުން ވެރިކަމަށް ގެެންނަން ދިވެހީ ބޭނުން ނުވާނެ ކަމަށެވެ. 

އެމްޑީޕީގެ ދެ ސަރުކާރަކީ ވެސް ދީނާ ހިލާފް ސިޔާސަތުތައް ތަންފީޒު ކުރި ދެ ސަރުކާރުކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ،  މުސްލިމުންގެ އަގީދާގެ އެންމެ އަސާސީ ކަންކަމަށް ހަޖޫޖަހައި ކުޑައިމީސްކޮށް ބަދުބަސްބުނި މީހުން އެމްޑީޕީގެ ސަރުކާރުގައި ގެންގުޅުނީ ބޮޑި މަގާމުތައް ދީގެން ރައްޔިތުންގެ ފައިސާއިން ހަރަދު ކޮށްގެން ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި 2011 ވަނަ އަހަރުގެ ތެރޭގައި އިސްލާމްދީނުގެ ދިފާއުގައި ރައްޔިތުން މަގުމައްޗަށް ނުކުންނަންޖެހުނީ ދީނާ ހިލާފް ސިޔާސަތުތަކެއް އެ ސަރުކާރުން ގެންގުޅުމުގެ ސަބަބުން ކަމަށެވެ. އަދި ސާކް ސަމިޓާ ދިމާކޮށް އެ އަހަރު އައްޑޫގައި ބުދު ބެހެއްޓީވެސް އެމްޑީޕީ ސަރުކާރުން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީޕީއެންސީމޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯޓްމަސްތުވާތަކެތިރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރުރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒުގެ ކައިވެނި ރޫޅާލެވޭތޯ ވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން އުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ

ރައީސް މުއިއްޒުގެ ކައިވެނި ރޫޅާލެވޭތޯ ވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން އުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ

15 މެއި 2026
އެމްޑީޕީ އިން ބުރާސްފަތި ދުވަހުގެ ރޭ ކުރި މުޒާހަރާގެ ބައިވެރިން ގަޔަށް، ފުލުހުން އިންޒާރު ދިނުމެއް ނެތި ޕެޕަރ ސްޕްރޭ ޖަހާ އެކަކު ހައްޔަރު

އެމްޑީޕީ އިން ބުރާސްފަތި ދުވަހުގެ ރޭ ކުރި މުޒާހަރާގެ ބައިވެރިން ގަޔަށް، ފުލުހުން އިންޒާރު ދިނުމެއް ނެތި ޕެޕަރ ސްޕްރޭ ޖަހާ އެކަކު ހައްޔަރު

14 މެއި 2026
ބަހުގެ އިތުބާރު ހިފަހައްޓާނޭ ކެންޑިޑޭޓަކީ އަޅުގަނޑު: މީކާއިލް

ބަހުގެ އިތުބާރު ހިފަހައްޓާނޭ ކެންޑިޑޭޓަކީ އަޅުގަނޑު: މީކާއިލް

14 މެއި 2026
ނޫސްވެރިން ދޫކޮށްލަން ގޮވާލާ ކުރި މުޒާހަރާ އިން ހައްޔަރުކުރި 10 މީހުންގެ ތެރެއިން 3 މީހަކަށް ބަންދު މުއްދަތު ޖަހައިފި

ނޫސްވެރިން ދޫކޮށްލަން ގޮވާލާ ކުރި މުޒާހަރާ އިން ހައްޔަރުކުރި 10 މީހުންގެ ތެރެއިން 3 މީހަކަށް ބަންދު މުއްދަތު ޖަހައިފި

14 މެއި 2026
ބޭރުގެ ނޫސް ޗެނަލްތަކުން ގެގް އޯޑަރާ ޚިލާފު ކޮންޓެންޓު ދެއްކިޔަސް، އެ ކޮންޓެންޓު މަނާކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ފިޔަވަޅު އަޅަނީ ރާއްޖޭގެ ނޫސްވެރިންނަށް!

ބޭރުގެ ނޫސް ޗެނަލްތަކުން ގެގް އޯޑަރާ ޚިލާފު ކޮންޓެންޓު ދެއްކިޔަސް، އެ ކޮންޓެންޓު މަނާކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ފިޔަވަޅު އަޅަނީ ރާއްޖޭގެ ނޫސްވެރިންނަށް!

14 މެއި 2026

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު