Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ތިނަދޫ ސިޓީ

ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ތިން ވަނަ ފޭސްގެ މަސައްކަތްތައް ހުއްޓިއްޖެ

ތިނަދޫ ސިޓީގެ މަގުތައް ހެދުމުގެ ތިންވަނަ ފޭސްގެ މަސައްކަތް މި ސަރުކާރުގައި ހުއްޓިފައިވާތީ، އެ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. އާރުޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 341 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 19 ކިލޯމީޓަރުގެ މަގު ހެދުމަށް ހަމަޖެހިފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް މަގެއްގެ މަސައްކަތް ނިމިފައިނުވާކަން އޭނާ ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 29 މެއި 2026 | ހުކުރު 08:09
ތިނަދޫ ސިޓީ، އެސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ފޭސް-1 އަދި 2 ގެ މަސައްކަތްތައް ވަނީ ނިންމާލާފައި.

ތިނަދޫ ސިޓީ، އެސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ފޭސް-1 އަދި 2 ގެ މަސައްކަތްތައް ވަނީ ނިންމާލާފައި. | އާރްޑީސީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ތިން ވަނަ ފޭސްގެ މަސައްކަތްތައް ހުއްޓިއްޖެ އެވެ. 

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމުގައި ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް ވަނީ މިސަރުކާރުގައި އެ ސިޓީގެ ތަރައްގީ ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ. 

Advertisement - newsAdvertisement

ސަނީފް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުން ފެށިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާ ހަމައަށް ތިނަދޫ އަށް ރައްޔިތުން ބޭނުންވި ގޮތަށް ތަރައްގީ ލިބިފައިވާ ކަމަށެވެ. އަދި ރައީސް މުއިއްޒު ވެސް އެސިޓީގެ ތަރައްގީއަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ. 

ތިނަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއަށް އިޝާރާތް ކުރައްވައި ސަނީފް ވިދާޅުވީ މިސަރުކާރާއެކު ތިން ވަނަ ފޭސްގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ފެށި ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް މަގެއް ނިންމާނުލެވޭ ކަމަށާއި، މަޝްރޫއު ހުއްޓިފައިވާ ކަމަށް ސަނީފް ވިދާޅުވި އެވެ. 

ދާދިފަހުން ތިނަދޫ މަގުތަކުގެ 3 ވަނަ ފޭސް އާދެ ތިނަދޫ މަގުތަކަކީ ޒަމާނުއްސުރެ އެކި ވެރިކަންތަކުގެ ތެރެއިން ތިނަދޫގެ މަސައްކަތްތަކަކީ ބޮޑު ރަށެއް ވީމަ ކުރަމުންދާ މަސައްކަތެއް. އޭގެ ތެރޭގައި ޔާމީން ތިނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފުރަތަމަ ފައްޓާ ހަމަ ގިނަ އަދަދެއްގެ މަގުތަކެއް ހަދާފައި ހުރި. އޭގެފަހުން އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހަމަ ވަރަށް އެއްވަރަށް މަގުތަކެއް އަނެއްކާ ވެސް ތާރުއަޅައި ދެ ވަނަ ފޭސްއެއްގެ ގޮތުގައި އެމަސައްކަތް ކުރިއަށް ގެންގޮސްފައި އޮތީ. އެއާ ގުޅިގެން މިފަހަރު 3 ވަނަ ފޭސްއާ ގުޅިގެން އަޅުގަނޑު ހީކުރީ ތިނަދޫގައި ބާކީ ހުރި މަގުކޮޅު ނިންމާލާނެ ކަމަށް. އަނެއްކޮޅުން ހިއްކިފައި އޮތް ސަރަހައްދު ކުރީގައި ހިއްކާފައި އޮތް ސަރަހައްދުގައި މަގުތައް ހެދުމުގެ ޕްލޭން އޮތީމައާއެކު އެކަން ވެސް ވެގެންދާނެ ކަމަށް. އެހެންނަމަވެސް އެކަން ވެސް ހަގީގަތުގައި ބުނަންޏާ އަޅުގަނޑަށް ހީވަނީ ޖަމަލު ފޮޑިއަށްހެން ދަނީ. 
ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް

ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫގެ ފޭސް ތިނެއްގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފައިވަނީ 25 ފެބްރުވަރީ 2026 ގަ އެވެ. 

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ ދަށުން އެ ސިޓީގެ 19 ކިލޯމީޓަރުގެ 50 މަގުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށާއި، ފެން ހިންދާ ނިޒާމު ގާއިމުކޮށް، ރޯޑް މާކިން އަދި ސައިން ބޯޑު ހަރުކުރުމުގެ އިތުރުން ދުވާރުތައް ހަދާނެ ކަމަށެވެ. 

މުޅި މި މަޝްރޫއު ނިންމަން، ތިން އަހަރެއްހާ ދުވަސް ނަގާއިރު، މިމަޝްރޫއަށް 341 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންތިނަދޫ ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް އިންތިޚާބަށް ޖެހި "ކަޑަ" ތަކަށް މިވީ ކީއް؟

ކައުންސިލް އިންތިޚާބަށް ޖެހި "ކަޑަ" ތަކަށް މިވީ ކީއް؟

28 މެއި 2026
ކުރީ ސަރުކާރުގައި ތިނަދޫ ސިޓީގައި ތަރައްގީ ކުރަމުންދިޔަ 200 ރޯ ހައުސް މަޝްރޫއު ހުއްޓިފައި، މިސަރުކާރުން ބިންގާ އެޅި 50 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ކުރިއަށް ނުދޭ!

ކުރީ ސަރުކާރުގައި ތިނަދޫ ސިޓީގައި ތަރައްގީ ކުރަމުންދިޔަ 200 ރޯ ހައުސް މަޝްރޫއު ހުއްޓިފައި، މިސަރުކާރުން ބިންގާ އެޅި 50 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ކުރިއަށް ނުދޭ!

27 މެއި 2026
ތިނަދޫ ސިޓީގެ ތަރައްގީ އެކުއެކީގައި ހުއްޓިފައި، އެއަރޕޯޓުގެ މަޝްރޫއު ވެސް 3 ފަހަރަށް ވަނީ ބަދަލުކޮށްފައި: ކުރީގެ މެންބަރު ސަނީފް

ތިނަދޫ ސިޓީގެ ތަރައްގީ އެކުއެކީގައި ހުއްޓިފައި، އެއަރޕޯޓުގެ މަޝްރޫއު ވެސް 3 ފަހަރަށް ވަނީ ބަދަލުކޮށްފައި: ކުރީގެ މެންބަރު ސަނީފް

27 މެއި 2026
ހަވާލުކުރިތާ 7 މަސް ފަހުން ފެށި އައްޑޫ ލިންކް ރޯޑް މަޝްރޫއު: އިތުރު 6 މަސް ފަހުން މަގުގައި ހުރި ގަސްތައް އެހެން ސަރަހައްދުތަކަށް ބަދަލު ކުރަން އާރްޑީސީ އިން ފަށައިފި

ހަވާލުކުރިތާ 7 މަސް ފަހުން ފެށި އައްޑޫ ލިންކް ރޯޑް މަޝްރޫއު: އިތުރު 6 މަސް ފަހުން މަގުގައި ހުރި ގަސްތައް އެހެން ސަރަހައްދުތަކަށް ބަދަލު ކުރަން އާރްޑީސީ އިން ފަށައިފި

25 މެއި 2026
މިނިސްޓަރު މުއްތަލިބެވެ. މޭޔަރުން ފޭލްވި ނަމަ، ރައްޔިތުން އެ ބޭފުޅުން އަލުން އިންތިޚާބެއް ނުކުރީހެވެ.

މިނިސްޓަރު މުއްތަލިބެވެ. މޭޔަރުން ފޭލްވި ނަމަ، ރައްޔިތުން އެ ބޭފުޅުން އަލުން އިންތިޚާބެއް ނުކުރީހެވެ.

15 އެޕްރީލު 2026

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު