Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

ވެރިކަމަށް އައުމަށް ބޭނުންކުރި ހަރުގަނޑު އެއްލާލުމަށްފަހު، މިހާރު އަނެއްކާވެސް އެ ހަރުގަނޑު ގެނެސް ޖެއްސީތަ؟

9 މެއި 2026 | ހޮނިހިރު 11:16

ސިޔާސީ ކުރިއެރުން ހޯދުމަށް އެހީތެރިވި ފަރާތްތަކަށް އިހާނެތިކޮށް ހިތުމަކީ ދާއިމީ ކާމިޔާބީއެއް ލިބޭނެ ކަމެއް ނޫންކަން މި ސަރުކާރުގެ އަމަލުތަކުން ހާމަވޭ. ކުރިން އެކަހެރިކުރި އިސް ބޭފުޅުންނާއި، ފާޑުކިޔުން އަމާޒުކުރި ފަރާތްތަކުގެ އެހީތެރިކަމަށް ސަރުކާރުން މިހާރު އެދެމުންދަނީ ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް ގޮތްހުސްވެގެން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން.

އަމްނާ އިމާދު
އަމްނާ އިމާދު | 9 މެއި 2026 | ހޮނިހިރު 11:16
ވެރިކަމަށް އައުމަށް ބޭނުންކުރި ހަރުގަނޑު އެއްލާލުމަށްފަހު، މިހާރު އަނެއްކާވެސް އެ ހަރުގަނޑު ގެނެސް ޖެއްސި މަންޒަރު، ރައީސް މުއިއްޒުގެ މިސަރުކާރުގެ ތެރެއިން ދަނީ ފެންނަމުން.

ވެރިކަމަށް އައުމަށް ބޭނުންކުރި ހަރުގަނޑު އެއްލާލުމަށްފަހު، މިހާރު އަނެއްކާވެސް އެ ހަރުގަނޑު ގެނެސް ޖެއްސި މަންޒަރު، ރައީސް މުއިއްޒުގެ މިސަރުކާރުގެ ތެރެއިން ދަނީ ފެންނަމުން. | ރާއްޖެއެމްވީ ގްރެފިކްސް

ކޮންމެ އިންސާނަކީ ވެސް ދިރިއުޅުމުގެ މައިދާނުގައި ކުރިއަށްދާން ބޭނުންވާނެ މީހެކެވެ. ކުރިއަށް ދިއުމަށްޓަކައި އެކި މީހުން އެކި އުކުޅުތައް ބޭނުންކުރާއިރު، ބައެއް މީހުން އަމިއްލަ މަސައްކަތުން ކުރިއަށްދެ އެވެ. އަނެއް ބަޔަކު ބޭނުންކުރަނީ 'ގުޅުންތަކުގެ ހަރުގަނޑު' ނުވަތަ އެކުވެރިކަމުގެ ސިޑިއެވެ.

ކާމިޔާބީގެ ހަރުފަތްތައް ގިރާކުރުމުގައި ރަހުމަތްތެރިކަމާއި ގުޅުންތަކުގެ ބޭނުން ހިފުމަކީ އޭގެ އަމިއްލަ ޒާތުގައި މައްސަލައެއް ނޫނެވެ. ނަމަވެސް، ގިނަ ފަހަރަށް ފެންނަނީ މައްޗަށް އެރުމަށްފަހު، އެ އެރުމަށް އެހީތެރިވި ހަރުގަނޑު އެއްލާލާ މަންޒަރެވެ. މިގޮތަށް ކަންތައް ކުރުމުން، އަނބުރާ ތިރިއަށް ފައިބަން ޖެހޭ ވަގުތު ބޭނުންކުރާނެ ވަސީލަތެއް ނޯވެ އެވެ. ނަތީޖާއަކަށް ވަނީ ވަރަށް ބާރަށް ބިމަށް ވެއްޓި، ބޮޑެތި ގެއްލުންތަކާއި އަނިޔާއާ  ކުރިމަތިލާން ޖެހުމެވެ.

ކަންމިހެން އޮތްއިރު، ސިޔާސީ މައިދާނުގައި ފެންނަ އެންމެ ހިތާމަވެރި އެއް މަންޒަރަކީ، ތިމާގެ އަމިއްލަ ކުރިއެރުމަށް އެހެން މީހުންގެ ބޮލަށް ފައިން އަރައިގެން މައްޗަށް ދާން އުޅުމެވެ. އެހެން މީހަކު ހަލާކުކޮށްލައިގެން ނުވަތަ ނިކަމެތިކޮށްލައިގެން ހޯދާ ކާމިޔާބީއަކީ ދެމިގެންދާނެ އެއްޗެއް ނޫނެވެ. މިފަދަ މީހުންނަކީ 'އީޑީސް މަދިރި' ނުވަތަ 'ގުއިވަޅު މެހި' ފަދަ ބައެއްގެ ގޮތުގައި ސިފަކުރެވެ އެވެ. އެއީ އެހެން މީހުންގެ ލޭ ބޮއެގެން ނުވަތަ ނަޖިސް ފަތުރައިގެން އުޅޭ ބައެއްގެ ގޮތުގަ އެވެ. އެފަދަ މީހުންނަކީ ގައުމަށް ވެސް ބޭކާރު ބައެއް ނުންތޯ އެވެ. 

ސިޔާސީ މައިދާނުން މިފަދަ ތަފާތު މަންޒަރުތައް ފެންނަމުންދާއިރު، ރައީސް މުއިއްޒުގެ ސަރުކާރު މިހާރު އޮތީ ގޮތް ހުސްވެފައިވާ ދަރަޖައެއްގައޭ ބުނެވިދާނެ އެވެ. އެއީ ވެރިކަމަށް އައުމަށް ބޭނުންކުރި ހަރުގަނޑު އެއްލާލުމަށް ފަހު، މިހާރު އަނެއްކާ ވެސް އެ ހަރުގަނޑު ގެނެސް ވިއްދާލި މަންޒަރު މިވަނީ ފެނިފަ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، 2024 ވަނަ އަހަރުގެ ފަހުކޮޅު ވަރަށް ބޮޑަށް އެކަހެރި ކުރެއްވި އެވެ. ނަމަވެސް 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަހު ކޮޅުން ފެށިގެން ސަރުކާރުގެ ދިފާއުގައި އަބްދުއްރަހީމް ނުކުމެވަޑައިގެން މިސަރުކާރު ވަރަށް ބޮޑަށް ދިފާއު ކުރައްވާ މަންޒަރު މިދަނީ ފެންނަމުންނެވެ.

މީގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ގެ ބަސްމަގާއި ރާގު ވެސް މިވަނީ މުޅީން ބަދަލުވެފަ އެވެ. 

މިކަމުގެ އެންމެ އަލިގަދަ ހެއްކަކީ އިކޮނޮމިކް މިނިސްޓަރު ސައީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފިނިފެން މަލުން ތައުރީފް ކުރެއްވުމަށް ފަހު، ރައީސް މުއިއްޒުގެ ސަރުކާރާ ދެކޮޅުވި ހިސާބުން އެކި ޕްލެޓްފޯމްތަކުގައި ޔާމީނަށް ފާޑުވިދާޅުވަމުން ގެންދެވި އެވެ. އެ ދުވަހު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ބޭނުންކުރެއްވި ފިޔާތޮށި ކުލައިގެ ހުސް ގޮނޑިކޮޅު މަތީން އެބޭފުޅުން ހަނދާނެއް ނެތް ކަހަލަ އެވެ. އަދި ކުއްލިއަކަށް ރާގު ބަދަލު ކުރެއްވުމަކީ 'އަތް ވެއްޓޭނީ ކަކުލަށް' ކަމުގެ ހެއްކެއްނުންތޯ އެވެ.

އެހެންކަމުން ސަރުކާރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް، ޔާމީން ދެކެ ވަރަށް ލޯބިވާ ކަމަށް ވިދާޅުވެ، ތައުރީފު މައްޗަށް ތައުރީފް ކުރެއްވުމުން އެކަމާމެދު ހައިރާންވާން ނުޖެހެ އެވެ.  ސިޔާސީ މައިދާނުގައި ކުރިއަށް ދިއުމަށް އިޚްލާސްތެރިކަމަކީ ކޮންމެހެން ބޭނުންތެރި ސިފައަކަށްވާއިރު، މައްޗަށް އެރުމަށް ބޭނުންކުރި ހަރުގަނޑު ވައްޓާލައި، އެހީތެރިވި މީހުންނަށް އިހާނެތިކޮށް ހިތުމަކީ ދާއިމީ ކާމިޔާބީއެއް ލިބޭނެ ކަމެއް ނޫންކަން މިވަނީ ފެނިފަ އެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުން މިއަދު ތަޖުރިބާ ކުރަމުން އެދަނީ، އިޚްލާސްތެރިކަމެއް ނެތި ކުރިއަށްދާން އުޅުމުން ކުރިމަތިވާނެ ހިތްދަތި ނަތީޖާއާ ކަމާމެދު ޝައްކަތް ނެތެވެ! 

ރައްޔިތުންގެ މަޖިލިސްއަބްދުއްރަހީމް އަބްދުﷲއިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރުރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

23 ޖުލައި 2026

ފިހާރަތަކުގެ ހަރުގަނޑުތައް ވަނީ ހުސްވެފައި، ރައްޔިތުން އެއްކޮށްފައި ހުރި ވަކި ލާރި ބޭނުންކުރާ ހާލަތައް ގޮސްފި: ސައުދުﷲ

23 ޖުލައި 2026
ފިހާރަތަކުގެ ހަރުގަނޑުތައް ވަނީ ހުސްވެފައި، ރައްޔިތުން އެއްކޮށްފައި ހުރި ވަކި ލާރި ބޭނުންކުރާ ހާލަތައް ގޮސްފި: ސައުދުﷲ
21 ޖުލައި 2026

ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒު ނުކުރާތީ ހޯމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ މަޖިލީހަށް ހާޒިރުކުރަނީ

21 ޖުލައި 2026
ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒު ނުކުރާތީ ހޯމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ މަޖިލީހަށް ހާޒިރުކުރަނީ
20 ޖުލައި 2026

ވާނުވާ އެންގުމެއް ނެތި އަނެއްކާ ވެސް މަޖިލިސް ޖަލްސާ ކެންސަލް: މެންބަރުންނަށް ވެސް ރަސްމީ އެންގުމެއް ނާންގާ!

20 ޖުލައި 2026
ވާނުވާ އެންގުމެއް ނެތި އަނެއްކާ ވެސް މަޖިލިސް ޖަލްސާ ކެންސަލް: މެންބަރުންނަށް ވެސް ރަސްމީ އެންގުމެއް ނާންގާ!
15 ޖުލައި 2026

އައްޑޫގައި ފެނަކައިގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަނީ!

15 ޖުލައި 2026
އައްޑޫގައި ފެނަކައިގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަނީ!
15 ޖުލައި 2026

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަމީޒާ އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

15 ޖުލައި 2026
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަމީޒާ އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
15 ޖުލައި 2026

މި ސަރުކާރުން މަސައްކަތްތެރިން ގެންގުޅެނީ ހިފާ ގެންގުޅޭތަކެތި ގެންގުޅޭ އުސޫލުން: މައުރޫފް

15 ޖުލައި 2026
މި ސަރުކާރުން މަސައްކަތްތެރިން ގެންގުޅެނީ ހިފާ ގެންގުޅޭތަކެތި ގެންގުޅޭ އުސޫލުން: މައުރޫފް
15 ޖުލައި 2026

ބީއެމްއެލް އިން އިތުރު 7 ބްރާންޗެއްގެ ޚިދުމަތްފަށައި، ބޭންކިންގ ވިއުގަ 55 ބްރާންޗަށް

15 ޖުލައި 2026
ބީއެމްއެލް އިން އިތުރު 7 ބްރާންޗެއްގެ ޚިދުމަތްފަށައި، ބޭންކިންގ ވިއުގަ 55 ބްރާންޗަށް
15 ޖުލައި 2026

ބޭރު ފައިސާގެ ބާޒާރަށް އަންނަ ބަދަލުތަކާ ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައިވާތީ އެމްޑީޕީގެ ޕީޖީ އާ ގަވަރުނަރު ބައްދަލު ކުރެއްވުމަށް އެދިއްޖެ

15 ޖުލައި 2026
ބޭރު ފައިސާގެ ބާޒާރަށް އަންނަ ބަދަލުތަކާ ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައިވާތީ އެމްޑީޕީގެ ޕީޖީ އާ ގަވަރުނަރު ބައްދަލު ކުރެއްވުމަށް އެދިއްޖެ
15 ޖުލައި 2026

ލ. ހިތަދޫ އިން ކޮންމެ ބައިގަޑިއަކުން ކަރަންޓު ކެނޑޭތީ އެ މައްސަލަ އެންމެ ފަހުން މަޖިލީހަށް!

15 ޖުލައި 2026
ލ. ހިތަދޫ އިން ކޮންމެ ބައިގަޑިއަކުން ކަރަންޓު ކެނޑޭތީ އެ މައްސަލަ އެންމެ ފަހުން މަޖިލީހަށް!
14 ޖުލައި 2026

ކުނި މެނޭޖް ކުރުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމް ކުރުމަށް ބޭނުންވާ ފައިސާ ވެސް ސަރުކާރުގައި ނެތް: މައުރޫފް

14 ޖުލައި 2026
ކުނި މެނޭޖް ކުރުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމް ކުރުމަށް ބޭނުންވާ ފައިސާ ވެސް ސަރުކާރުގައި ނެތް: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް