Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޔޫއޭއީގެ ނިއުކްލިއާ ޕްލާންޓަށް ދިން ޑްރޯން ހަމަލާ އދ އިން ކުށްވެރި ކޮށްފި

އދ. ގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 މެންބަރު ގައުމުގެ އިއްތިފާގުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑަ އެޅިގެން ޚިލާފަށް ދީފައިވާ ހަމަލާއެއް ކަމަށް. އަދި މި އަމަލަކީ އާންމު ރައްޔިތުންގެ ފުރާނަ އަށާއި، އުމްރާނީ ވަސީލަތް ތަކުގެ އިތުރުން، ތިމާވެއްޓަށް ވެސް އޭގެ ނުރައްކާ އިންތިހާ އަށް އޮތް ކަމެއްގެ ގޮތުގައި ސަލާމަތީ މަޖިލީހުން ވަނީ ސިފަ ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 މެއި 2026 | ބުދަ 05:12
އެކުވެރި ދައުލަތްތައް (އދ) ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން.

އެކުވެރި ދައުލަތްތައް (އދ) ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން. | ގެޓީ އިމޭޖަސް

ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބަރަކާ ނިއުކްލިއާ ޕަވާ ޕްލާންޓް އަށް އަމާޒުކޮށް މެއި މަހުގެ 17 ވަނަ ދުވަހު ދިން ޑްރޯން ހަމަލާ، އެކުވެރި ދައުލަތްތައް (އދ) ގެ ސަލާމަތީ މަޖިލީހުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި އެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 މެންބަރު ގައުމުގެ އިއްތިފާގުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑަ އެޅިގެން ޚިލާފަށް ދީފައިވާ ހަމަލާއެއް ކަމަށެވެ. އަދި މި އަމަލަކީ އާންމު ރައްޔިތުންގެ ފުރާނަ އަށާއި، އުމްރާނީ ވަސީލަތް ތަކުގެ އިތުރުން، ތިމާވެއްޓަށް ވެސް އޭގެ ނުރައްކާ އިންތިހާ އަށް އޮތް ކަމެއްގެ ގޮތުގައި ސަލާމަތީ މަޖިލީހުން ވަނީ ސިފަ ކޮށްފައި އެވެ.

މީގެ އިތުރުން، މަސްރަހު ނުތަނަވަސްވެ، ނުރައްކާތެރި ދަރަޖަ އަކަށް ކަންކަން އިތުރު ވަމުންދާތީ އެކަމާ މެދު ފުންކޮށް ކަންބޮޑުވުން ފާޅުކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ޔޫއޭއީގެ އާންމު ރައްޔިތުންނަށާއި އާންމު ޚިދުމަތްތައް ދޭ ތަންތަނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމަށް ވެސް ސަލާމަތީ މަޖިލީހުން ވަނީ ގޮވާލާފައި އެވެ.

ޔޫއޭއީގެ ކަމާ ބެހޭ އިދާރާ ތަކުން މައުލޫމާތު ދޭ ގޮތުގައި، އަލް ދަފްރާ ސަރަހައްދުގައި ހުންނަ މި ޕްލާންޓުގެ އެތެރޭގެ ސަރަހައްދުން ބޭރުގައި ހުރި ޖަނަރޭޓަރަކަށް ޑްރޯން ހަމަލާ އެރުމާ ގުޅިގެން އަލިފާނުގެ ހާދިސާއެއް ހިނގާފައިވެ އެވެ. ނަމަވެސް، ނަސީބު ރަނގަޅު ކަމުން މި ހާދިސާގެ ސަބަބުން ނިއުކްލިއާ ރޭޑިއޭޝަންގެ ރައްކާތެރި ކަމުގެ މިންގަނޑު ތަކަށް އެއްވެސް ބަދަލެއް ނުވަތަ ނުރައްކަލެއް ކުރިމަތި ވެފައި ނުވެ އެވެ.

މި ހަމަލާއާ ގުޅިގެން ޔޫއޭއީގެ ފޮރިން މިނިސްޓްރީ އިން ވަނީ އިރާގުގެ ސަރުކާރަށް ގޮވާލުމެއް ގޮވާލާފައި އެވެ. އެގޮތުން އިރާގުގެ ފަސްގަނޑު ބޭނުން ކޮށްގެން ޔޫއޭއީއާ ދެކޮޅަށް ހިންގާ މިފަދަ ދުޝްމަނު އަމަލުތައް ހުއްޓުވުމަށް އެ ގައުމުން ވަނީ ބާރު އަޅާފައި އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޔުނައިޓެޑް އަރަބް އެމިރޭޓްސްއދ. ގެ ސެކިއުރިޓީ ކައުންސިލް

އިތުރަށް ކިޔާލަން

27 މެއި 2026

ފޮރިން ސިޔާސަތާ ޚިލާފު ވެފައިވާ ކަމަށް ވިދާޅުވެ، އެމެރިކާގެ ސެނެޓަރު ވޯނާގެ ފާޑު ކިޔުން ޓްރަމްޕް އަށް

27 މެއި 2026
ފޮރިން ސިޔާސަތާ ޚިލާފު ވެފައިވާ ކަމަށް ވިދާޅުވެ، އެމެރިކާގެ ސެނެޓަރު ވޯނާގެ ފާޑު ކިޔުން ޓްރަމްޕް އަށް
27 މެއި 2026

ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކޭމްޕް ޑޭވިޑުގައި ޓްރަމްޕް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވަނީ

27 މެއި 2026
ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކޭމްޕް ޑޭވިޑުގައި ޓްރަމްޕް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވަނީ
26 މެއި 2026

ގަލްފުގެ ޤައުމުތަކުގައި އެމެރިކާގެ އަސްކަރިއްޔާ އޮތުމަކީ، އެ ޤައުމު ތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވުމެއް ނޫން: ޕެޒެޝްކިއާން

26 މެއި 2026
ގަލްފުގެ ޤައުމުތަކުގައި އެމެރިކާގެ އަސްކަރިއްޔާ އޮތުމަކީ، އެ ޤައުމު ތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވުމެއް ނޫން: ޕެޒެޝްކިއާން
26 މެއި 2026

ބައިނަލްއަޤުވާމީ އިންޓަނެޓުގެ ޚިދުމަތް އަލުން ދިނުމަށް އީރާންގެ ރައީސް އަމުރު ކުރައްވައިފި

26 މެއި 2026
ބައިނަލްއަޤުވާމީ އިންޓަނެޓުގެ ޚިދުމަތް އަލުން ދިނުމަށް އީރާންގެ ރައީސް އަމުރު ކުރައްވައިފި
26 މެއި 2026

ސަރަހައްދުގައި އެމެރިކާ އަށް ހިމާޔަތެއް ނޯންނާނެ ކަމަށް ވިދާޅުވެ، އީރާންގެ ރޫހީ ލީޑަރުގެ އިންޒާރެއް

26 މެއި 2026
ސަރަހައްދުގައި އެމެރިކާ އަށް ހިމާޔަތެއް ނޯންނާނެ ކަމަށް ވިދާޅުވެ، އީރާންގެ ރޫހީ ލީޑަރުގެ އިންޒާރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު