Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫސްވެރިން ޖަލަށްލުން

ޝަހުޒާނާއި ލީވާން އެއްވެސް ޝަރުތަކާ ނުލައި ވަގުތުން މިނިވަންކުރުމަށް އެމްޑީޕީއިން ގޮވާލައިފި

އަދަދު އެމްވީގެ ދެ ނޫސްވެރިން ޖަލަށްލި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، އެއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ދިން ހަމަލާއެއްގެ ގޮތުގައި އެމްޑީޕީން ވަނީ ސިފަކޮށްފަ. ގާނޫނީ ވަކީލެއްގެ އެހީތެރިކަމާ ނުލައި ހިންގި މި އިޖުރާއަތްތަކަކީ ނޫސްވެރިންގެ އަޑު ކަނޑުވާލުމަށް ހިންގި އަމަލެއް ކަމަށް ބުނެ، އެ ދެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް އެ ޕާޓީން ގޮވާލި. މީގެއިތުރުން، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީތެރިކަމަށް ވެސް އެމްޑީޕީން ވަނީ އެދިފަ.

މަޚްތޫމް
މަޚްތޫމް | 12 މެއި 2026 | އަންގާރަ 18:38
އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އަދި ލީވާން

އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އަދި ލީވާން | ރާއްޖެ އެމްވީ

އަދަދު އެމްވީގެ ނޫސްވެރިން ކަމަށްވާ މުޙައްމަދު ޝަހުޒާން އާއި ލީވާން އަލީ ނާޞިރު ޖަލަށްލީ މައްސަލަ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެ ދެ ނޫސްވެރިން އެއްވެސް ޝަރުތަކާ ނުލައި ވަގުތުން މިނިވަންކުރުމަށް ގޮވާލައިފި އެވެ.

މީގެ ތެރެއިން އެއް ނޫސްވެރިއަކު ޖަލަށްލާފައިވަނީ ކޯޓު އަމުރަކާ ގުޅޭގޮތުން ރިޕޯޓު ކުރުމުންނެވެ. އަދި އަނެއް ނޫސްވެރިޔާ ޖަލަށްލާފައިވަނީ ސުވާލެއް ކުރުމާ ގުޅިގެންނެވެ. މިއީ އެއްވެސް ހާލެއްގައި ޖިނާއީ ކުށްތަކެއް ނޫން ކަމަށް އެމްޑީޕީއިން ބުނެ އެވެ. އަދި މިއީ މިނިވަން ނޫސްވެރިކަމުގެ އަސާސީ ޒިންމާތަކެއް ކަމަށްވާއިރު، އެ ނޫސްވެރިންގެ މައްޗަށް ދައުވާކުރުމަކީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ގަސްދުގައި ދެމުންދާ ސީދާ ހަމަލާއެއް ކަމަށް އެމްޑީޕީ އިން ބުނެ އެވެ. 

މި ދެ ނޫސްވެރިންނަށް ވެސް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ނުދީ، ދިފާއުވުމަށް އެކަށީގެންވާ ވަގުތު ދީފައިނުވާތީ އެމްޑީޕީން ވަނީ އެކަމާ މެދު ނުހަނު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިއީ އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގަށް އަރައިގަނެ، ގާނޫނީ އިޖުރާއަތްތަކަށް ކުޑައިމީސްކުރުމުގެ އަމަލެކެވެ. މި ހައްޔަރުކުރުންތަކަކީ ރައީސް މުއިއްޒުގެ އަމަލުފުޅުތަކާ މެދު ކުރެވޭ ސުވާލުތައް ހުއްޓުވައި، ނޫސްވެރިންގެ އަޑު ކަނޑުވާލުމަށް ދައުލަތުގެ ބާރުގެ ބޭނުންކޮށްގެން ހިންގާ ސިލްސިލާ އަމަލުތަކުގެ ބައެއް ކަމަށްވެސް އެ ޕާޓީން ފާހަގަކުރެ އެވެ.

ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހީނަރުވަމުންދާ މައްސަލައިގައި ދިވެހި ސަރުކާރާ އެކު ކުއްލި ގޮތަކަށް މަޝްވަރާކޮށް، ސަރުކާރަށް ސާފު މެސެޖެއް ދިނުމަށް ބައިނަލްއަގުވާމީ ބައިވެރިންނަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ. އަދި މުޙައްމަދު ޝަހުޒާން އާއި ލީވާން އަލީ ނާޞިރު ވަގުތުން މިނިވަންކުރުމަށާއި، މިނިވަން ނޫސްވެރިކަން ހިމާޔަތްކުރުމަށް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ނެގެހެއްޓުމަށް ކަމާބެހޭ ފަރާތްތަކަށް އެ ޕާޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މުހައްމަދު ޝަހުޒާންލީވާން އަލީ ނާސިރުއެމްޑީޕީޑރ. މުއިއްޒުޕްރެސް ފްރީޑަމްއަދަދު އެމްވީ

އިތުރަށް ކިޔާލަން

12 މެއި 2026

އަދަދުގެ ނޫސްވެރިން ޖަލަށްލުމަކީ ސަރުކާރާ ދެކޮޅަށް އުފުލޭ އަޑުތައް ކަނޑުވާލުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރުވި ލަދުވެތި ބާބެއް: ސޯލިހު

12 މެއި 2026
އަދަދުގެ ނޫސްވެރިން ޖަލަށްލުމަކީ ސަރުކާރާ ދެކޮޅަށް އުފުލޭ އަޑުތައް ކަނޑުވާލުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރުވި ލަދުވެތި ބާބެއް: ސޯލިހު
12 މެއި 2026

ނޫސްވެރިންނަށް ކުރި ޖަލު ހުކުމަކީ ބިރުވެރި އިންޒާރެއް: ޝާހިދު

12 މެއި 2026
ނޫސްވެރިންނަށް ކުރި ޖަލު ހުކުމަކީ ބިރުވެރި އިންޒާރެއް: ޝާހިދު
12 މެއި 2026

އިންތިޚާބުގެ ނަތީޖާއަކަށް ނުބަލާނަން، ދެމިހުންނާނީ އެމްޑީޕީގައި: މީކާއިލް

12 މެއި 2026
އިންތިޚާބުގެ ނަތީޖާއަކަށް ނުބަލާނަން، ދެމިހުންނާނީ އެމްޑީޕީގައި: މީކާއިލް
12 މެއި 2026

އަދަދެއް ނުހުއްޓުވޭނެ، ސަރުކާރު ޖަވާބުދާރީކުރާނަން، ޖަލުން ނުކުންނަނީ ގަލަން ހިފައިގެން: ފިޔާޒު

12 މެއި 2026
އަދަދެއް ނުހުއްޓުވޭނެ، ސަރުކާރު ޖަވާބުދާރީކުރާނަން، ޖަލުން ނުކުންނަނީ ގަލަން ހިފައިގެން: ފިޔާޒު
12 މެއި 2026

ހަބަރެއް ލިޔެގެންނާއި ސުވާލު ކޮށްގެން، ލީވާން 10 ދުވަހަށް، ޝަހުޒާން 15 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި

12 މެއި 2026
ހަބަރެއް ލިޔެގެންނާއި ސުވާލު ކޮށްގެން، ލީވާން 10 ދުވަހަށް، ޝަހުޒާން 15 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު