Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަމަދޫ

ކަމަދޫން ކަރަންޓު ކެނޑުނުތާ 5 ގަޑިއިރު ފަހުން އަލުން ދީފި

އީދު ފާހަގަކުރުމަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކޮށްފައިވާ ބ. ކަމަދޫގެ ކަރަންޓަށް ބާރުބޮޑުވެ، އިންޖީނުގޭގެ ޕެނަލް ބޯޑުގައި އަލިފާން ރޯވުމުގެ ސަބަބުން މުޅި ރަށުން ކަރަންޓު ކެނޑި ބޮޑެތި ދަތިތަކަކާ ކުރިމަތިވި. ފެނަކަ ކޯޕަރޭޝަނުން ކުރި މަސައްކަތުން މިހާރު ވަނީ އެ މައްސަލަ ހައްލުކޮށް، ފަސް ގަޑިއިރަށް ފަހު އަލުން ހިދުމަތް ދޭން ފަށާފަ. ގެސްޓްހައުސްތައް ފުރިފައިވާ މި ރަށުގައި އީދުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 27 މެއި 2026 | ބުދަ 16:57
ބ. ކަމަދޫ

ބ. ކަމަދޫ | ރާއްޖެ އެމްވީ

މުޅި ރާއްޖޭގައި ވެސް މިއަހަރުގެ އަޟްޙާ އީދު އެންމެ ކުލަގަދަކޮށް ފާހަގަކުރަމުންދާ އެއް ރަށް ކަމަށްވާ ބ. ކަމަދޫ އިން ކަރަންޓު ކެނޑުނުތާ ފަސް ގަޑިއިރު ފަހުން އެ ރަށަށް އަލުން ކަރަންޓުގެ ހިދުމަތް ދީފިއެވެ.

ކަމަދޫ އިން މުޅިން ކަރަންޓު ކެނޑިފައިވަނީ ބުދަ ދުވަހުގެ ހަވީރު 4:30 ހާއިރު އެވެ.

  ލޯޑު ބޮޑުވެގެން މުޅި ކަމަދޫ އިން ކަރަންޓު ގޮސްފި
Raajje.mv

ލޯޑު ބޮޑުވެގެން މުޅި ކަމަދޫ އިން ކަރަންޓު ގޮސްފި

ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މުޅި ރަށުން ކަރަންޓު ކެނޑެން ދިމާވީ އެ ރަށު އިންޖީނުގޭގެ ޕެނަލް ބޯޑުގެ ފީޑަރެއްގެ ނަރެއްގައި އަލިފާން ރޯވުމާ ގުޅިގެން ކަމަށެވެ. ޒަރީރު ވިދާޅުވި ގޮތުގައި ކުއްލި ގޮތަކަށް ޕެނަލް ބޯޑުގައި އަލިފާން ރޯވާން ދިމާވީ ރަށުގެ ކަރަންޓަށް ބާރުބޮޑުވެ، ލޯޑު މަތިވުމުގެ ސަބަބުންނެވެ.

ޕެނަލް ބޯޑަށް ދިމާވި މައްސަލައަކީ ވަރަށް ބޮޑު މައްސަލައަކަށް ވުމުން، އެ މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދެވޭނެ ވަގުތެއް ކުރިން އަންދާޒާ ކުރަން ދަތިވި ނަމަވެސް، ފެނަކަ ކޯޕަރޭޝަނުން ކުރި މަސައްކަތުން މިހާރު ވަނީ މައްސަލަ ހައްލުކޮށް އަލުން ހިދުމަތް ދޭން ފަށާފައެވެ.

މިއަހަރުގެ އަޟްޙާ އީދާ ދިމާކޮށް ކަމަދޫގެ ހުރިހާ ގެސްޓްހައުސްތަކެއް ފުލްވެފައިވާކަން ފާހަގަކުރައްވައި ޒަރީރު ވިދާޅުވީ، އީދު ޗުއްޓީއަށް ރާއްޖޭގެ އެކި ރަށްރަށުން 2000 އަށް ވުރެ ގިނަ މީހުން އެ ރަށަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. މިހާ ގިނަ އަދަދެއްގެ މީހުން ރަށުގައި ތިބި ވަގުތެއްގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުމުން އާންމުންނަށާއި ޒިޔާރަތްކުރި ފަރާތްތަކަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވިއެވެ.

ކަމަދޫއަކީ އަބަދުވެސް އީދު ފާހަގަކުރުމުގައި ތަފާތު ރީތި ނަމޫނާތަކެއް ދައްކަމުން އަންނަ ރަށެކެވެ. މިއަހަރުގެ އީދުގައި ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް އެ ރަށުން ވަނީ ރާވާފައެވެ. ކަމަދޫގައި ކުރިއަށްދާ އީދު ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތާއި މަންޒަރުތައް ރާއްޖެޓީވީން ދަނީ މެދުކެނޑުމެއްނެތި އާންމުންނާ ހަމައަށް ފޯރުކޮށްދެމުންނެވެ.

ބ. ކަމަދޫއަޟްހާ އީދުފެނަކަ ކޯޕަރޭޝަން

އިތުރަށް ކިޔާލަން

27 މެއި 2026

ލޯޑު ބޮޑުވެގެން މުޅި ކަމަދޫ އިން ކަރަންޓު ގޮސްފި

27 މެއި 2026
  ލޯޑު ބޮޑުވެގެން މުޅި ކަމަދޫ އިން ކަރަންޓު ގޮސްފި
27 މެއި 2026

ސަރުކާރުން މި އީދަށް ނެރުނު "ދޮގު" މާލިތައް

27 މެއި 2026
ސަރުކާރުން މި އީދަށް ނެރުނު "ދޮގު" މާލިތައް
27 މެއި 2026

ކަމަދޫ އީދު އުފާ: ރާއްޖެޓީވީ ފޭސްބުކް އަދި ޓިކްޓޮކްއިން ލައިވްކޮށް!

27 މެއި 2026
ކަމަދޫ އީދު އުފާ: ރާއްޖެޓީވީ ފޭސްބުކް އަދި ޓިކްޓޮކްއިން ލައިވްކޮށް!
27 މެއި 2026

އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން، ކުޅިވަރުތައް ކުޅުމުގައި ވެސް އިސްލާމީ އުސޫލުތައް ހިފަހައްޓަން ޖެހޭ: ރައީސް

27 މެއި 2026
އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން، ކުޅިވަރުތައް ކުޅުމުގައި ވެސް އިސްލާމީ އުސޫލުތައް ހިފަހައްޓަން ޖެހޭ: ރައީސް
27 މެއި 2026

އީދު ފާހަގަކުރާއިރު، ކުރީގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަ ކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

27 މެއި 2026
އީދު ފާހަގަކުރާއިރު، ކުރީގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަ ކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު