Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
އަޟްހާ އީދު

އީދު ފާހަގަކުރުމުގެ ނަމުގައި ދެޖިންސު މަސްހުނިވެގެން ކުޅިވަރު ކުޅުންފަދަ ހަރަކާތްތަކުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

އަޟުހާ އީދުގެ މަތިވެރިކަމާ ގުޅޭގޮތުން އިއްވި ޚުތުބާގައި، އީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ އުސޫލުތަކާއި މިންގަނޑުތަކުގެ ތެރޭގައި ހިފެހެއްޓުމަށް ވަނީ ނަސޭހަތްތެރިވެފައި. ވަކިން ޚާއްސަކޮށް ދީނާ ހިލާފު ކަންކަމާއި މަސްހުނިވުން ފަދަ އަމަލުތަކުން ދުރުހެލިވުމަށް ގޮވާލައި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުސްލިމުން ވެސް އީދުގެ އުފަލުގައި ބައިވެރިކުރުމަށް ބާރުއަޅާފައިވޭ. މީގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންގެ މަތިން ހަނދާންކޮށް، އެ ފަރާތްތަކަށް ހެޔޮ ދުއާކުރުމަށް ވެސް ޚުތުބާގައި ވަނީ އިލްތިމާސްކޮށްފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 މެއި 2026 | ބުދަ 03:41
އީދު ނަމާދު ކޮށްގެން ބެލެނިވެރިއަކު އޭނާގެ ދަރިފުޅު ގޮވައިގެން ދަނީ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ވަނީ ކޮށްފައި.

އީދު ނަމާދު ކޮށްގެން ބެލެނިވެރިއަކު އޭނާގެ ދަރިފުޅު ގޮވައިގެން ދަނީ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ވަނީ ކޮށްފައި. | ރާއްޖެއެމްވީ

އަޟްހާ އީދު ފާހަގަކުރުމުގެ ނަމުގައި ފުރައްސާރަ ކުރުމާއި، ދެޖިންސު މަސްހުނިވެގެން ކުޅިވަރު ކުޅުންފަދަ ހަރަކާތްތަކުން ދުރުހެލިވުމަށް އީދު ޚުތުބާގައި ގޮވާލައިފި އެވެ. 

''އީދުގެ އަދަބުތައް'' މިމައުޟޫއަށް މުޅި ރާއްޖެއަށް އިއްވި ޚުތުބާ ވަނީ މާތް ﷲ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވެ ހައްޖުމަސް ފެށުމާއެކު އެމަހުގެ 13 ވަނަދުވަހުގެ ނިޔަލަށް ގޭގޭގައްޔާއި މަގުތަކާއި ބާޒާރުތަކުގައި އަޑުހަރުކޮށް ތަކުބީރުކިޔުން ސުންނަތްވެގެންވާ ކަން ފާހަގަކޮށް ތަކުބީރު ގިނަގިނައިން ކިޔުމަށް ނަސޭހަތްތެރިވެފަ އެވެ. 

އަޟުހާ އީދުގައި ކަތިލެވޭ އުޟްޙިޔާއިން މާތް ﷲގެ ޚަލީލު އިބްރާހީމު އަލައިހިއްސަލާމާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލު ޢަލައިހިއްސަލާމު ވެވަޑައިގަތް ގުރުބާނީގެ މަތީން ހަނދާންއާ ކޮށްފައިވެ އެވެ. 

މީގެ އިތުރުން ޚުތުބާ ގައި ބުނީ އީދު ދުވަހަކީ މުޅި އަހަރުގައި ވެސް އަންނާނެ އެންމެ މާތް ދުވަސް ކަމަށް ބައެއް އިލްމުވެރީން ދެކެވަޑައިގަންނަވާ ކަމަށެވެ. 

ނަމަވެސް އީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަ ކުރުމާއި މަލާމާތްކުރުމާއި އަންހެނުން ފިރިހެން ހެދުން އެޅުމާއި ފިރިހެނުން އަންހެން ހެނދުން އެޅުމާއި ދެޖިންސު މަސްހުނިވެގެން ކުޅިވަރު ކުޅުންފަދަ ހަރަކާތްތައް ފެންނާތީ، މިކަންކަމުން ދުރުހެލިވުމަށް ޚުތުބާގައި ވަނީ ގޮވާލާފަ އެވެ. އަދި އީދުގެ އެންމެހައި ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މާތް ﷲއަށް ބިރުވެތިވެ، އިސްލާމްދީނާ ފުށުއަރާ ކަންތައްތަކާއި އެހެން ދީންތަކުގެ ޝިއާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއްކަން ހަނދާން ކޮށްދީފައިވެ އެވެ.

ޚުތުބާގައި ބުނީ، އީދުގެ އުފާ ފައުޅުކުރާ އިރު، އިސްލާމީ ޘަޤާފަތާ ޚިލާފު، އިސްލާމީ ޝަރުއީ މިންގަނޑަށް ނުފެތޭ އެންމެހައި ކަންކަމުން ދުރުހެލިވާން ޖެހޭ ކަމަށެވެ. 

މާތް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެ އެވެ. (إِنَّ أَعْظَمَ الْأَيَّامِ عِنْدَ اللهِ -تَبَارَكَ وَتَعَالَى- يَوْمُ النَّحْرِ، ثُـمَّ يَوْمُ الْقَرِّ) މާނައީ: "ހަމަކަށަވަރުން މާތް ﷲގެ ހަޟުރަތުގައި އެންމެ މަތިވެރިވެގެންވާ ދުވަހަކީ ޢީދު ދުވަހެވެ. ދެން އެޔާ ޖެހުނު ދުވަހެވެ." މި ދުވަހުގެ މާތްކަމާއި މަތިވެރިކަމާ އެކު ވެސް ޢީދުގެ ދުވަސްތަކަކީ، މުސްލިމުން ކައިބޮއި އުފާފާޅުކޮށް ކުޅިވަރު ކުޅޭން އޮތް ދުވަސްތަކެކެވެ.
އީދު ޚުތުބާ 

މީގެ އިތުރުން ޚުތުބާގައި ވަނީ އީދަކީ މުޅި އިސްލާމީ އުންމަތް އެ ކަމުގެ އުފަލުގައި ބައިވެރިވެ އުފާ ފާޅުކުރާންޖެހޭ ދުވަސްތަކެއްކަން ފާހަގަކޮށްފަ އެވެ. ރާއްޖޭގެ އެކިއެކި ސިނާއަތްތަކުގައި މަސައްކަތްކުރަމުންދާ ބިދޭސީ މުސްލިމު އަޚުންނާއި އުޚުތުންނަށް އީދުގެ ތަހުނިޔާކިޔައި، އީދުގެ އުފަލުގައި އެ އަޚުންނާއި އުޚުތުން ވެސް ބައިވެރިކުރުމަށް ޚުތުބާގައި ގޮވާލާފައިވެ އެވެ. އަދި އަމާން ވެއްޓެއްގައި މި ދުވަސް ފާހަގަކުރާ އިރު، އިސްލާމީ އުންމަތުގެ ބަޔަކު ނުހަނު ނިކަމެތިހާލުގައި ތިބިކަން ވެސް ހަނދާން ކުރަން ޖެހޭ ކަމަށާއި، ނަސްލު ނައްތައިލުމުގެ ބިރުވެރި ގަތުލުއާންމުތަކާއި ހައިހޫނުކަމާއި ހިޔާވަހިކަމެއް ނެތި އެތައް ހާސް މުސްލިމުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބިކަން ހަނދާންކޮށް، މި މާތް މަތިވެރި ދުވަހުގެ އުފާ ފާޅުކުރާ އިރު އެ އަޚުންނާއި އުޚުތުންނަށް ހެޔޮ ދުއާކޮށް ނަސްރާއި ކާމިޔާބުދެއްވާތޯ ދުއާކުރުމަށް ގޮވާލާފައިވެ އެވެ. 

އަޟްހާ އީދުޚުތުބާ

ކޮމެންޓް

އިތުރަށް ކިޔާލަން

ކަމަދޫ އީދު އުފާ ލައިވް ކަވަރޭޖަށް ރާއްޖެޓީވީ ގެ ޓީމު އެ ރަށަށް: އެ ރަށުން ހޫނު މަރުހަބާއެއް ކިޔައިފި

ކަމަދޫ އީދު އުފާ ލައިވް ކަވަރޭޖަށް ރާއްޖެޓީވީ ގެ ޓީމު އެ ރަށަށް: އެ ރަށުން ހޫނު މަރުހަބާއެއް ކިޔައިފި

26 މެއި 2026
އަޟްހާ އީދު ބަންދާ ދިމާކޮށް ރައީސް މުއިއްޒު ސިންގަޕޫރަށް، މިއީ އެމަނިކުފާނު އެގައުމަށް ކުރައްވާ 8 ވަނަ ދަތުރުފުޅު

އަޟްހާ އީދު ބަންދާ ދިމާކޮށް ރައީސް މުއިއްޒު ސިންގަޕޫރަށް، މިއީ އެމަނިކުފާނު އެގައުމަށް ކުރައްވާ 8 ވަނަ ދަތުރުފުޅު

25 މެއި 2026
އަޟްހާ އީދު ދުވަހު ވެސް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ، ސަމާލުވޭ

އަޟްހާ އީދު ދުވަހު ވެސް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ، ސަމާލުވޭ

24 މެއި 2026
ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

22 މެއި 2026
މިއަހަރު ވެސް މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ

މިއަހަރު ވެސް މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ

21 މެއި 2026

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު