Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅަނގު މޫސުން

އަޟްހާ އީދު ދުވަހު ވެސް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ، ސަމާލުވޭ

މިއަހަރުގެ އަޟްހާ އީދު ބަންދާ ދިމާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައި. ކުރިއަށް އޮތް ހުކުރު ދުވަހާ ހަމައަށް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ، އީދު ބަންދަށް ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވޭ. މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި އުތުރާއި މެދުރާއްޖެތެރެއަށް ވިއްސާރަކުރި ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް މޫސުން ކުޑަކޮށް ރީތިވާނެ ކަމަށް އެ އިދާރާއިން ބުނޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 24 މެއި 2026 | އާދީއްތަ 08:26
ކަނޑު ގަދަ ދުވަހެއްގައި ބޯޓެއް ދަތުރު ކުރަނީ. ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައިވޭ.

ކަނޑު ގަދަ ދުވަހެއްގައި ބޯޓެއް ދަތުރު ކުރަނީ. ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައިވޭ. | ރާއްޖެއެމްވީ

އަޟްހާ އީދު ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށާއި، ކަނޑުތައް ގަދަވާނެ ކަަމަށް މުސޫމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. 

އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ އަޟްހާ އީދު ދުވަހަކީ 27 މެއި 2026 ވާ ބުދަ ދުވަހެވެ. އަދި އީދާ ގުޅިގެން މިހަފްތާ އެއްކޮށް ސަރުކާރު ވަނީ ބަންދު ކޮށްފަ އެވެ. އެއާއެކު ގިނަ ބަޔަކު ދަނީ އެކި ރަށްތަކަށް ދަތުރު ކުރަމުންނެވެ.

މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، މިއަންނަ ބުދަ ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެގޮތުން މެދުރާއްޖެ ތެރެއާއި އުތުރަށް ވާރޭ ވެހުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި ދެކުނަށް ކުޑަކޮށް މޫސުން ރީތިވާނެ ކަމަށެވެ.

މީގެ އިތުރުން ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ހޯމަ ދުވަހުން ފެށިގެން އިތުރަށް ވައިބާރުވެ، ހުކުރު ދުވަހާ ހަމައަށް  ކަނޑުތައް ގަދަވާނެ ކަމަށް އެއިދާރާއިން ވަނީ ލަފާ ކޮށްފަ އެވެ.

އާދިއްތަ ދުވަހުގެ ހެނދުނު 10:00ން ހޯމަ ދުވަހުގެ ހެނދުނު 10:00ށް މޫސުން ލަފާކުރާ ގޮތާ ގުޅޭގޮތުން އެ އިދާރާއިން ބުނީ، މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށާއި، ގުގުރުން އެކަށީގެން ވާ ކަމަށެވެ. ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެން ވާ ކަމަށް އެ އިދާރާއިން ބުންޏެވެ. 

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 6 ނުވަތަ 3 ފޫޓު ހުންނާނެ ކަމަށެވެ. 

ހުޅަނގު މޫސުމުގެ ވިއްސާރައާއެކު އަބަދުވެސް މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ތަފާތު އެކިވަރުގެ ގެއްލުންތައް ލިބެ އެވެ. އަދި ފާއިތުވި 24 ގަޑިއިރު ރ.އަލިފުއްޓަށް 38.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. އަދި އއ.ހިމަންދޫއަށް 12.5 މިލިމީޓަރުގެ ވާރޭ، މާލެ އަށް 6.7 މިލިމީޓަރުގެ ވާރޭ،  ށ.ފުނަދޫ އަށް 6.2 މިލިމީޓަރުގެ ވާރޭ، ނ.މާފަރަށް 5.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށު ތެރޭގައި ފެންބޮޑުވުމާއި، ގޭބިސީތަކަށް ފެންވަދެ، މުދަލަށް ގެއްލުން ލިބުމާއި، ގަދަ ވަޔާއެކު ގަސްތައް ވެއްޓުމާއި، ފުރާޅު އެއްލުން ފަދަ ނުރައްކާތެރި ހާދިސާތައް ހިނގަ އެވެ. އަދި ކަނޑުމަތީގެ ވެސް ހާދިސާތައް ހިނގާ މިންވަރު އިތުރުވެ އެވެ.

އެެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުތަކަށް ދިނުމަށް ކަމާގުޅުންހުރި ހުރިހާ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަޟްހާ އީދުމޫސުމާބެހޭ ގައުމީ އިދާރާހުޅަނގު މޫސުން

އިތުރަށް ކިޔާލަން

22 މެއި 2026

ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

22 މެއި 2026
ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ
21 މެއި 2026

މިއަހަރު ވެސް މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ

21 މެއި 2026
މިއަހަރު ވެސް މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ
20 މެއި 2026

އަޟްޙާ އީދަށް މުޅި ރަށް ދަނީ ތައްޔާރުވަމުން، އީދުގައި ކަމަދޫ ހުރިހާ ރައްޔިތުން ޝާމިލުވާނެ: ޑަބްލިޔުޑީސީގެ ރައީސާ ސުހާ

20 މެއި 2026
އަޟްޙާ އީދަށް މުޅި ރަށް ދަނީ ތައްޔާރުވަމުން، އީދުގައި ކަމަދޫ ހުރިހާ ރައްޔިތުން ޝާމިލުވާނެ: ޑަބްލިޔުޑީސީގެ ރައީސާ ސުހާ
20 މެއި 2026

ސިޔާސީ އެއްވެސް ދެކޮޅުވެރިކަމެއް ނެތް، ތަރައްގީ އާއި އިޖްތިމާއީ ކަންކަމުގައި މުޅި ރަށް އެކުއެކީގައި މަސައްކަތް ކުރާނެ: ބ. ކަމަދޫ އީދު ކޮމެޓީގެ ރައީސް ޝަމީމް

20 މެއި 2026
ސިޔާސީ އެއްވެސް ދެކޮޅުވެރިކަމެއް ނެތް، ތަރައްގީ އާއި އިޖްތިމާއީ ކަންކަމުގައި މުޅި ރަށް އެކުއެކީގައި މަސައްކަތް ކުރާނެ: ބ. ކަމަދޫ އީދު ކޮމެޓީގެ ރައީސް ޝަމީމް
20 މެއި 2026

އީދަށް ވަރަށް ބޮޑަށް ކަމަދޫ ތައްޔާރުވެފައި، 2000 އަށް ވުރެ ގިނަ މީހުން ރަށަށް ޒިޔާރަތް ކުރާނެ: ކައުންސިލްގެ ރައީސް ޒަރީރު

20 މެއި 2026
އީދަށް ވަރަށް ބޮޑަށް ކަމަދޫ ތައްޔާރުވެފައި، 2000 އަށް ވުރެ ގިނަ މީހުން ރަށަށް ޒިޔާރަތް ކުރާނެ: ކައުންސިލްގެ ރައީސް ޒަރީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު