Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ނޫސްވެރިކަން

ސިޔާސީ ބޭފުޅުން ނޫސްވެރިކަމުގެ އިމާއި، ހުދޫދު ކަނޑައަޅަނީ ދަމާ ރަބަރެއްގެ ގޮތުގައި!

ސިޔާސީ ބޭފުޅުން އިދިކޮޅުގައި ތިއްބަވާއިރު ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތު ކުރެއްވި ނަމަވެސް، ވެރިކަމަށް ވަޑައިގަތުމުން އެ މިންގަނޑުތައް ބަދަލުކޮށް ނޫސްވެރިންނަށް ހުރަސްތައް ކުރިމަތިކުރުވާ. ވަކިން ހާއްސަކޮށް، މި ސަރުކާރުގެ އިސްވެރިން ކުރިން މައުލޫމާތު ހާމަކުރުމަށް ގޮވާލެއްވި ނަމަވެސް، މިހާރު ގައުމީ ސަލާމަތުގެ ނަމުގައި މައުލޫމާތު ހިފަހައްޓައި ނޫސްވެރިންގެ އަގުވައްޓާލުމަށް މަސައްކަތް ކުރާ މަންޒަރު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ސޯޝަލް މީޑިއާގެ މަންސަތަކުން ދަނީ ފެންނަމުން.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 މެއި 2026 | ހޯމަ 04:29
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ނޫސްވެރިންނަށް ދަނީ ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތި ކުރުވަމުން. ނަމަވެސް މިސަރުކާރުގެ ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު ނޫސްވެރިކަމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ވަކާލާތު ކޮށްފައިވޭ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ނޫސްވެރިންނަށް ދަނީ ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތި ކުރުވަމުން. ނަމަވެސް މިސަރުކާރުގެ ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު ނޫސްވެރިކަމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ވަކާލާތު ކޮށްފައިވޭ. | ރާއްޖެއެމްވީ ގްރެފިކްސް

ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރުގެ ގޮތުގައި ބެލެވޭ، މުޖުތަމައުގެ ހޭލުންތެރިކަމާއި ޑިމޮކްރަސީގެ ދިރުމެވެ. ނޫސްވެރިކަމުގެ މިނިވަންކަމާއި އޭގެ އިމަކީ ކޮބައިތޯ ކުރެވޭ ސުވާލަކީ އަބަދުވެސް ބަހުސް ކުރެވޭ ކަމެކެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިސަރުކާރުގައި މިމައުޟޫއަށް ވަރަށް ބޮޑަށް ދަނީ ވާހަކަތައް ދެކެވެމުންނެވެ. ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު، ނޫސްވެރިކަމުގެ އިމާއި ހުދޫދު ކަނޑައެޅެނީ ގިނަ ފަހަރަށް އެމީހަކު ހުރި މަގާމެއްގެ ނިސްބަތުންނެވެ.

ސިޔާސީ ބާރުވެރިކަމާއި ނޫސްވެރިކަމުގެ މިންގަނޑު މިނެކިރަމުންދާއިރު، ސަރުކާރުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ނޫސްވެރިކަމުގެ މިނިވަންކަމަކީ ވަރަށް ހަނި އެއްޗެކެވެ. ނަމަވެސް، ހަމަ އެ ބޭފުޅުން އިދިކޮޅު ސިޔާސީ ޕާޓީތަކުގައި ތިއްބަވާއިރު ނޫސްވެރިކަމުގެ އިމަކީ ވަރަށް ފުޅާ އެއްޗެކެވެ. އިދިކޮޅުގައި ތިބޭއިރު ދައުލަތުގެ ހުރިހާ މައުލޫމާތެއް ހާމަކުރަންޖެހޭނެ ކަމަށް ވަކާލާތު ކުރި ނަމަވެސް، ވެރިކަމުގެ ބާރު ލިބުމާއެކު އެ މިންގަނޑުތައް ބަދަލުވެގެންދެ އެވެ. އިއްޔެ ރަނގަޅުވި ކަންކަން މިއަދު ގޯސްވެ، ނޫސްވެރިންނަށް މައުލޫމާތު ދިނުމުގައި ހުރަސްތައް ކުރިމަތިކުރުވަ އެވެ. އެއީ މިއަދު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތް ހަގީގަތެކެވެ. 

އެގޮތުން މައުލޫމާތު ހާމަކުރުމާއި ގައުމީ ސަލާމަތާއި ގުޅުވައި ފަތުރާ ވާހަކަތައް ވެސް ފާހަގަކުރެވެ އެވެ. 

މިހާރުގެ ސަރުކާރުގެ އިސްވެރިން އިދިކޮޅުގައި ތިއްބެވިއިރު، ދޭދޭ ގައުމުތަކުގެ އެއްބަސްވުންތަކާއި އަސްކަރީ ކަންކަން ރައްޔިތުންނަށް އެނގެންޖެހޭނެ ކަމަށް ބާރަށް ގޮވާލެއްވި އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަނުކުރުމުން ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. ނަމަވެސް، މިއަދު ވެރިކަމުގައި ތިއްބަވައިގެން ވިދާޅުވަނީ ގައުމީ ސަލާމަތަށްޓަކައި ހުރިހާ މައުލޫމާތެއް ހާމަނުކުރެވޭނެ ކަމަށެވެ. މިއީ ސިޔާސީ މަންފާއަށްޓަކައި ނޫސްވެރިކަމުގެ ހުދޫދު ބަދަލުކުރާ ކަމުގެ ހެއްކެއްނުންތޯ އެވެ. 

ކަންމިހެން އޮތްއިރު، ރައީސް މުއިއްޒުގެ މިސަރުކާރުގައި ނޫސްވެރިންނަށް ކުރެވޭ ތުހުމަތުތަކާއި ގޮންޖެހުންތައް ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. 

މިހާރުގެ ހާލަތަށް ބަލާއިރު، ރައީސް މުއިއްޒަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ބަދަލުގައި، ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު)  ގެންދަވަނީ ނޫސްވެރިންނަކީ ފިތުނަ އުފައްދާ ބައެއްގެ ގޮތުގައި ސިފަކުރައްވަމުންނެވެ. އަދި ހުދު ރައީސް މުއިއްޒު ވެސް ވަނީ ނޫސްވެރިންނަކީ ގޮސިޕް ކުރާ ބައެއްގެ ކަމަށް ވިދާޅުވެފަ އެވެ.

ކޮންމެ ކޮންމެ ސުވާލެއް ރައީސް މުއިއްޒާއި ނުކުރެވޭނެ ކަމަށާއި، ކޮންމެ ކޮންމެ ވާހަކައެއް ލިޔެ އާއްމު ނުކުރެވޭނެ ކަމަށް ރައީސް މުއިއްޒާއި، މިސަރުކާރުގެ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. ނަމަވެސް މިބޭފުޅުން އިދިކޮޅުގައި ތިއްބެއިރު މިއަދު ގޯސްވެގެން އުޅޭ ޒާތުގެ ސުވާލާއި ތުހުމަތުތައް އަމާޒުކޮށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އޭރުގެ ރައީސް ސޯލިހާއި، ސަރުކާރެ ބޭފުޅުންނަށް، ނޫސްވެރިން މެދުވެރިކޮށް ސުވާލު އަމާޒު ކޮށްފައިވެ އެވެ. އޭރު އެވީ ހިތްވަރު ގަދަ މޮޅު ނޫސްވެރިންނަށެވެ. ނަމަވެސް މިއަދު ސަރުކާރު ބަދަލުވެ، އެބޭފުޅުން ވެރިކަމުގައި ތިއްބެވުމުން އެފަދަ ސުވާލެއް ކުރުމަކީ ލަދުވެތި ކަމަކަށްވެ، ގޯސް ކަމަށްވެއްޖެކަން މިއަދު ފެންނަން އޮތް ހަގީގަތެވެ. 

މީގެ އިތުރުން ފާޅުކަން ބޮޑު ގޮތެއްގައި ސޯޝަލް މީޑިއާގެ މަންސަތަކުގައި ބައެއް ނޫސް އެޖެންސީތައް ބަންދުކުރުމަށް ގޮވާލައި، ނޫސްވެރިންގެ އަގު ވައްޓާލުމަށް މަސައްކަތް ކުރެ އެވެ. ނޫސްވެރިއާ ލިޔާ ރިޕޯޓު ނުވަތަ ޚަބަރަކާ ގުޅިގެން އެ ނޫސްވެރިއެއްގެ ޒާތީ މައުލޫމާތު ހާމަކޮށް، މާކުރިން ހިނގާފައިވާ ކަމެއް ހޯދައި، ހަގީގަތާ ހިލާފު އެތައް ވާހަކަތަކެއް އާއްމު ކުރެ އެވެ. އެއީ ރައްޔިތުންގެ ކުރިމަތީގައި ނޫސްވެރިންގެ އަގު ވައްޓާލުމުގެ މަގުސަދުގަ އެވެ. ލިޔާ ޚަބަރުތަކާއި ރިޕޯޓުތަކާ މެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެއްދުމުގެ ބޭނުމުގަ އެވެ. ނަމަވެސް ނޫސްވެރިންނަކީ އެމީހުންގެ އަމިއްލަ މަންފާއަށް ކަމެއް ހާސިލް ކުރުމަށް މަސައްކަތް ކުރާ ބައެއް ނޫންކަން ތާރީހުން ވެސް ހެކި ދެ އެވެ. 

ސިޔާސީ ބޭފުޅުން ނޫސްވެރިކަމުގެ އިމަކީ ދަމާ ރަބަރެއްގެ ގޮތުގައި ބޭނުންކުރި ނަމަވެސް، ނޫސްވެރިންގެ އަސްލު ޒިންމާއަކީ ގައުމާއި ރައްޔިތުންނަށް ޚިދުމަތް ކުރުމެވެ. ނޫސްވެރިކަމުގެ ހުދޫދަކީ ވަކި ބައެއްގެ އަމިއްލަ އެދުމަށް ބަދަލުކުރެވޭނެ އެއްޗެއް ވެސް ނޫނެވެ. ދައުލަތުގެ ތިން ބާރު ފާރަވެރިވެ، ކަންކަން ބޮއްސުންލައިގެން ދިޔަނުދީ ހިފެހެއްޓުމަކީ ނޫސްވެރިންގެ މަސައްކަތެވެ. ސިޔާސީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާއެކުވެސް، ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދީ، އިންސާފު ގާއިމްކުރުމަށް ވަކާލާތު ކުރުމުގައި ނޫސްވެރިން ސާބިތުވެ ތިބެ އެވެ. 

މުހައްމަދު ހުސައިން ޝަރީފު (މުންދު)ޕްރެސް ފްރީޑަމްނޫސްވެރިޔާރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

ނޫސްވެރިކަމުގެ މިނިވަންކަމުގެ ހިމާޔަތުގައި ދޫ ނުދިނުމަށް ކުރީގެ ރައީސް ނަޝީދު ގޮވާލައްވައިފި

ނޫސްވެރިކަމުގެ މިނިވަންކަމުގެ ހިމާޔަތުގައި ދޫ ނުދިނުމަށް ކުރީގެ ރައީސް ނަޝީދު ގޮވާލައްވައިފި

03 މެއި 2026
މި ސަރުކާރުން ކުރަމުންދާ ކަމަކީ މީޑިއާތަކަށް ހުރަސްއަޅަން ގާނޫނުތައް ހެދުމާއި ނޫސްވެރިންނަށް ބިރުދެއްކުން: ޝާހިދު

މި ސަރުކާރުން ކުރަމުންދާ ކަމަކީ މީޑިއާތަކަށް ހުރަސްއަޅަން ގާނޫނުތައް ހެދުމާއި ނޫސްވެރިންނަށް ބިރުދެއްކުން: ޝާހިދު

03 މެއި 2026
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މުއިއްޒުއަށް ފޮނުވާ ސިޓީ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މުއިއްޒުއަށް ފޮނުވާ ސިޓީ.

03 މެއި 2026
ނުފޫޒުން ބޭރުން "އައިޝާ" ޑޮކިއުމެންޓްރީ ގެ މައްސަލަ ތަހުގީގު ކުރަން، ހާއްސަ އިންވެސްޓިގޭޓަރ އެއް އައްޔަންކުރަން ޖެހޭ: ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު އަބްދުﷲ ދީދީ

ނުފޫޒުން ބޭރުން "އައިޝާ" ޑޮކިއުމެންޓްރީ ގެ މައްސަލަ ތަހުގީގު ކުރަން، ހާއްސަ އިންވެސްޓިގޭޓަރ އެއް އައްޔަންކުރަން ޖެހޭ: ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު އަބްދުﷲ ދީދީ

30 އެޕްރީލު 2026
ރައީސް ވިދާޅުވީ މައުލޫމާތު ސިއްރު ނުުރާނެ ކަމަށް، ތަރުޖަމާން ވިދާޅުވީ ދައުލަތެއްގެ ހުރިހާ މައުލޫމާތެއް ހާމަ ނުކުރެވޭނެ ކަމަށް

ރައީސް ވިދާޅުވީ މައުލޫމާތު ސިއްރު ނުުރާނެ ކަމަށް، ތަރުޖަމާން ވިދާޅުވީ ދައުލަތެއްގެ ހުރިހާ މައުލޫމާތެއް ހާމަ ނުކުރެވޭނެ ކަމަށް

30 އެޕްރީލު 2026

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު