Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފްލެޓަށް ކުރިމަތިލުން

ބިމާއި ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ޖޫން 15 ގެ ނިޔަލަށް އިތުރުކޮށްދީފި

ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމުގައި އާންމުންނަށް ދަތިތަކެއް ކުރިމަތިވަމުންދާތީ، އެ ފުރުސަތު އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހައުސިން މިނިސްޓްރީން އިތުރުކޮށްފި. މި މުއްދަތު އިތުރުކުރީ ކުރިއަށް އޮތް ބޮޑު އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދުވުމާއި، ގިނަ ބަޔަކު ޗުއްޓީއަށް ރަށުން ބޭރަށްދާ ދުވަސްވަރަކަށް ވާތީ. މީގެ ތެރޭގައި ބިންވެރިޔާ ސްކީމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކެޓަގަރީ ހިމެނޭހެން މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް ހުޅުވާލާފައިވާ ސްކީމްތަކެއް ހިމެނޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 23 މެއި 2026 | ހޮނިހިރު 17:38
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިނާ ކޮށްފައިވާ ޓަވަރުތަކެއް.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިނާ ކޮށްފައިވާ ޓަވަރުތަކެއް. | ރާއްޖެ އެމްވީ

ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހައުސިން މިނިސްޓްރީން އިތުރުކޮށްފި އެވެ.

މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން ކުރިއަށް އޮތް އަޟްޙާ އީދުގެ ބޮޑު ބަންދާ ގުޅިގެން ޖޫން މަހުގެ 15 ވަނަ ދުވަހުގެ ރޭ 23:59 އާ ހަމައަށް މި ފުރުސަތު ވަނީ އިތުރުކޮށްދެވިފައެވެ. ކުރިން ހަމަޖައްސާފައިވާ ގޮތުން ނަމަ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް އެންމެ ފަހުން ދިން މުއްދަތު ހަމަވާނީ މި މޭ މަހުގެ ނިޔަލަށެވެ.

Advertisement - newsAdvertisement

މުއްދަތު އިތުރުކުރަން ނިންމީ ބޮޑު އީދަކީ ގިނަ ބަޔަކު އާއިލާއާ އެކު ޗުއްޓީ އަށް ރަށުން ބޭރަށް ދާ ދުވަސްވަރަކަށް ވުމާއި އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދު ކޮށްފައި ވުމާ އެކު، ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިޔުންތައް ހަމަކުރުމާއި ކަނޑައަޅައިފައިވާ މުއްދަތުގައި ފޯމު ހުށަހެޅުމަށް ދަތިވަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ހުށަހަޅަމުންދާތީ ކަމަށް މިނިސްޓްރީން ބުންޏެވެ.

މުއްދަތު އިތުރުކޮށްފައިވާ ސްކީމްތަކުގެ ތެރޭގައި ވެށިފަހި މާލެ ނުވަތަ ހިޔާ މަޝްރޫން ފުލެޓު ލިބޭނެ ކަމުގެ ލިޔުން ލިބި ފުލެޓު ހާވާލުކޮށްފައި ނުވާ ފަރާތްތަކުން ފުލެޓަށް އެދި ހުށަހަޅާ ހާއްސަ ކެޓަގަރީ ހިމެނެ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުލެޓަށް އެދި ހުށަހަޅާ ހާއްސަ ކެޓަގަރީ ވެސް ހިމެނެ އެވެ.

މީގެ އިތުރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ދޫކުރާ ބިން އަދި ބިންވެރިޔާ ހާއްސަ ސްކީމް ކެޓަގަރީ ތަކަށް ވެސް މުއްދަތު އިތުރުކޮށްފައިވެ އެވެ. ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތަކަށް ވަކިން ގޯއްޗަށް އެދި ހުށަހެޅުމުގެ ކެޓަގަރީ އާއި ބިންވެރިޔާ ސްކީމަށް ފުލެޓެއް އޮތުމުގެ ސަބަބުން ޝަރުތު ހަމަނުވި ފަރާތްތަކުން ފުލެޓް ދޫކޮށް ގޯއްޗަށް އެދި ހުށަހެޅުމުގެ ކެޓަގަރީ ހިމެނެ އެވެ.

ގޯތިގެދޮރު ޕްރޮގުރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ވެސް މި މުއްދަތު އިތުރުކުރުމުގައި ހިމެނެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ މާލެ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދި މިނިސްޓްރީން ހުޅުވާލާފައިވާ ހުރިހާ ސްކީމުތަކަށް އެދި ހުށަހެޅުމުގެ މުއްދަތު 15 ޖޫން 2026 ވާ ހޯމަ ދުވަހުގެ 23:59 ވަންދެން އިތުރުކޮށްފައިވާ ކަމަށެވެ.

 

 

ހައުސިންގް މިނިސްޓްރީމާލެއަޟްހާ އީދުވެށިފަހި މާލެހިޔާ މަޝްރޫއުބިންވެރިޔާ ސްކީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު މާލޭގައި 3 ދުވަހު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

22 މެއި 2026
ފަޅައިގެންގޮސް ދިޔަވި ލޯންޗުން ދަތުރުކުރި ހުރިހާ ދަރިވަރުން ސަލާމަތްތެރި ކަމާއެކު މާލެ ގެނެސްފި

ފަޅައިގެންގޮސް ދިޔަވި ލޯންޗުން ދަތުރުކުރި ހުރިހާ ދަރިވަރުން ސަލާމަތްތެރި ކަމާއެކު މާލެ ގެނެސްފި

18 މެއި 2026
ވަތަނީ ހިދުމަތުގެ ކުދިންތަކެއް ދަތުރުކުރަމުންދިޔަ ލޯންޗެއް ފަޅައިގެންގޮސްގެން ފުލުހުން ހަރަކާތްތެރިވަނީ

ވަތަނީ ހިދުމަތުގެ ކުދިންތަކެއް ދަތުރުކުރަމުންދިޔަ ލޯންޗެއް ފަޅައިގެންގޮސްގެން ފުލުހުން ހަރަކާތްތެރިވަނީ

18 މެއި 2026
 ޖަލަށް ލާއިފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީ އިން ކުރި އިހުތިޖާޖަށް ފުލުހުން ހުރަސް އަޅައިފި

ޖަލަށް ލާއިފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީ އިން ކުރި އިހުތިޖާޖަށް ފުލުހުން ހުރަސް އަޅައިފި

17 މެއި 2026
މާލޭ ސިޓީ ކައުންސިލުން ނިންމާ ނިންމުންތަކުގެ އަސަރު މުޅި ރާއްޖޭގެ އިންތަކަށް ފޯރާނެ: އާޒިމް

މާލޭ ސިޓީ ކައުންސިލުން ނިންމާ ނިންމުންތަކުގެ އަސަރު މުޅި ރާއްޖޭގެ އިންތަކަށް ފޯރާނެ: އާޒިމް

17 މެއި 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު