Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބ. ކަމަދޫ

އީދަށް ވަރަށް ބޮޑަށް ކަމަދޫ ތައްޔާރުވެފައި، 2000 އަށް ވުރެ ގިނަ މީހުން ރަށަށް ޒިޔާރަތް ކުރާނެ: ކައުންސިލްގެ ރައީސް ޒަރީރު

ކައުންސިލްގެ ރައީސް ޒަރީރު ވިދާޅުވީ މިއަހަރުގެ އަޟްޙާ އީދަށް ކަމަދޫގެ ރައްޔިތުން ގުޅިގެން ފޯރިއާއެކު ތައްޔާރުވަމުންދާ ކަމަށާއި، އީދު ބަންދާ ދިމާކޮށް އެ ރަށަށް 2000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރާނެ ކަމަށް. ރަށަށް އަންނަ މެހެމާނުންނަށް ފުރިހަމަ މަރުހަބާއެއް ކިޔުމަށް ތައްޔާރުވަމުންދާއިރު، ރަށުތެރެ ސާފުތާހިރުކޮށް ބޭއްވުމަށާއި އިޖުތިމާއީ މައްސަލަތައް މަދުކުރުމަށް ކައުންސިލާއި ރައްޔިތުން ގުޅިގެން ޚާއްޞަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައި. ދަ ހޯކްސްގެ އެހީތެރިކަމާއެކު ކުލަގަދަ ހަރަކާތްތަކެއް ރާވާފައިވާ މި އީދަކީ މުޅި ރަށް ޝާމިލުވާނެ އުފާވެރި މުނާސަބަތަކަށް ވާނެ ކަމަށް ޒަރީރު ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 މެއި 2026 | ބުދަ 06:17
ބުދަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ބ.ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވާހަކަ ދައްކަވަނީ.

ބުދަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ބ.ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ބ. ކަމަދޫ އަޟްޙާ އީދަށް 95 އިންސައްތަ އަށް ތައްޔާރުވެފައިވާ ކަމަށާއި، އީދާ ގުޅިގެން 2000 އަށް ވުރެ ގިނަ މީހުން ރަށަށް ޒިޔާރަތް ކުރާނެ ކަމަށް އެރަށުގެ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ބުދަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ޒަރީރު ވިދާޅުވީ ޒަމާނުއްސުރެ ރަށުގެ ރައްޔިތުންނަކީ ވަރަށް ގުޅިގެން މަސައްކަތް ކުރާ ބައެއް ކަމަށާއި، ޚާއްޞަކޮށް އީދު ފަދަ ހަރަކާތްތައް ހިންގުމުގައި ރައްޔިތުންގެ ގުޅުން ވަރަށް ރަނގަޅުވާނެ ކަމަށެވެ.  

Advertisement - newsAdvertisement

މި އަހަރުގެ އަޟްހާ އީދަށް ވަމުންދާ ތައްޔާރީތަކަށް އިޝާރާތް ކުރައްވައި ޒަރީރު ވިދާޅުވީ، ވާންޖެހޭ ތައްޔާރީގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި، މިހާރު ވެސް ވަރަށް ފޯރިއާއި، ޖޯޝުގައި މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި އެކިއެކި ޓީމުތަކަށް ބެހިގެން އެ މަސައްކަތުގައި މުޅި ރަށް އެކުއެކީގައި ޝާމިލްވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ޒަރީރު ވިދާޅުވީ މިދިޔަ އަހަރެކޭ ވެސް އެގޮތަށް މިއަހަރު ވެސް ގިނަ ބަޔަކު އެރަށަށް ޒިޔާރާތް ކުރާނެ ކަމަށް ބެލެވޭ ކަމަށާއި، އީދަށް އެކަނި ވެސް 2000 އަށް ވުރެ ގިނަ މީހުން އެރަށަށް ޒިޔާރަތް ކުރާނެ ކަމަށެވެ.  

އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ގާތްގަނޑަކަށް އިންހައުސް ކަމަދޫގައި ތިބޭނެ ކަމަށް މި ބަލަނީ 2000 އެއްހާ މީހުން މި އީދުގަ. އެއީ މިފަހަރު އިތުރުވި ބެޑް ތަކާ ލައިގެން. ދެން އޭގެ އިތުރުން ރެއާ ދުވާލަށް 500 އެއްހާ މީހުން އިތުރަށް ޒިޔާރަތް ކުރާނެ ޑޭ ވިޒިޓަށް. އެގޮތަށް ޒިޔާރަތް ކުރާނެ ކަމަށް އަޅުގަނޑުމެންނަށް ބެލެވެނީ. އެއީ މިދިޔަ އަހަރުގެ ހިސާބުތަކަށް ބެލިއިރުގައި އެހެންވެފައި ހުރީ.  
ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު

އިޖްތިމާއީ ގޮތުން ދިމާވެދާނެ މައްސަލަތައް މަދު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވެސް ޒަރީރު ވަނީ ވާހަކަ ދައްކަވާފަ އެވެ. 

އެގޮތުން އޭނާ ވިދާޅުވީ އީދުގެ ހަރަކާތްތަކުގެ ތެރެއިން އަބަދުވެސް ކަންކަން ހަނދާން ކޮށްދެމުން ދާނެ ކަމަށާއި، އިލްތިމާސްތައް ކުރާނެ ކަމަށެވެ. އަދި މައްސަލަތައް މަދު ކުރުމަށްޓަކައި ނުވަތަ މައްސަލައެއް ކުރިމަތިނުވާނެ ގޮތަކަށް ކަންކަން ވަރަށް ބޮޑަށް އިންތިޒާމު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ޒަރީރު ވިދާޅުވީ ރަށުތެރެ ސާފުކޮށް ބޭއްވުމަށްޓަކައި ވެސް ހުރިހާ ރައްޔިތުން އެކުއެކީގައި މަސައްކަތް ކުރާ ކަމަށެވެ. އަދި ކައުންސިލްގެ ފަރާތުން ވެސް 7 މުވައްޒަފުންގެ ޓީމަކުން އެމަސައްކަތުގައި ހަރަކާތްތެރިވާ ކަމަށާއި، ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތް ކުރާ ކަމަށެވެ.

ޒަރީރު ވިދާޅުވީ އަޟްޙާ އީދާރަށް ކަމަދޫ ވަރަށް ބޮޑަށް ތައްޔާރުވާނެ ކަމަށާއި، ރަށަށް އަންނަ ހުރިހާ މެހަމާނުންނަށް ވަރަށް ފުރިހަމައަށް މަރުހަބާ ކިޔާނެ ކަމަށެވެ.

ކަމާދޫގައި ކުލަގަދަކޮށް އީދު ފާހަގަކުރާއިރު، މެއިން ސްޕޮންސަރ އަކީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑެވެ. 

ބ. ކަމަދޫއަޟްހާ އީދުޒަރީރު ހަސަން

ކޮމެންޓް

އިތުރަށް ކިޔާލަން

ޒާރާގެ ޚާއްސަ ފެނިލުމަކާއެކު، ކަމަދޫ އީދު ލަވަ ރިލީސްކޮށްފި

ޒާރާގެ ޚާއްސަ ފެނިލުމަކާއެކު، ކަމަދޫ އީދު ލަވަ ރިލީސްކޮށްފި

20 މެއި 2026
ޛުލްޙިއްޖާ މަހުގެ ހަނދު ބެލުން އާދިއްތަ ދުވަހު

ޛުލްޙިއްޖާ މަހުގެ ހަނދު ބެލުން އާދިއްތަ ދުވަހު

16 މެއި 2026
 މެއި މަހުގެ 24 އާއި 25 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސައިފި

މެއި މަހުގެ 24 އާއި 25 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސައިފި

13 މެއި 2026
ކަމަދޫގެ ފޯރި ގަދަ އީދު ކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ!

ކަމަދޫގެ ފޯރި ގަދަ އީދު ކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ!

09 މެއި 2026
މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީން އަޟްހާ އީދު ފާހަގަކުރުމަށް އެގައުމުގައި ދިރިއުޅޭ ދިވެހީންގެ އެހީތެރިކަމަށް އެދިއްޖެ

މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީން އަޟްހާ އީދު ފާހަގަކުރުމަށް އެގައުމުގައި ދިރިއުޅޭ ދިވެހީންގެ އެހީތެރިކަމަށް އެދިއްޖެ

08 މެއި 2026

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު