Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަޟްހާ އީދު

މިއަހަރު ވެސް މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ

މިއަހަރުގެ އަޟްޙާ އީދު ނަމާދު މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައި. އެގޮތުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ދެ ފޭސް ހިމެނޭހެން ކަނޑައެޅިފައިވާ މައިދާންތަކުގެ އިތުރުން، މާލެ ސަރަހައްދުގެ 26 މިސްކިތެއްގައި ވެސް އީދު ނަމާދު ކުރުން އޮންނާނެ. ހެނދުނު 7:00 ގައި ނަމާދު ފަށާއިރު، ބޮޑު ޖަމާއަތް ބާއްވާ ސަރަހައްދުތައް އެ ވަގުތަށް އުޅަނދުތަކަށް ބަންދުކުރާނެ ކަމަށް މިނިސްޓްރީން ބުނޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 21 މެއި 2026 | ބުރާސްފަތި 05:41
އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމުގެ ތެރެއިން: މި އަހަރުގެ އަޟްޙާ އީދު ނަމާދުވެސް މާލޭގެ ހަތަރު ސަރަހައްދެއްގައި ކުރާގޮތަށް ވަނީ ހަމަޖައްސާފައި.

އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމުގެ ތެރެއިން: މި އަހަރުގެ އަޟްޙާ އީދު ނަމާދުވެސް މާލޭގެ ހަތަރު ސަރަހައްދެއްގައި ކުރާގޮތަށް ވަނީ ހަމަޖައްސާފައި. | އިސްލާމިކް މިނިސްޓްރީ

މިއަހަރު ވެސް މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އަޟްޙާ އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އީދު ނަމާދު ކުރަން ފަށާ ގަޑިއަކީ ހެނދުނު 07:00 އެވެ.

Advertisement - newsAdvertisement

އިސްލާމިކް މިނިސްޓްރީން ބުނީ މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނީ މާފަންނު ސްޓޭޑިއަމްގައި ކަމަށާއި، ވިލިމާލެ ބޮޑުޖަމާއަތުގައި އީދު ނަމާދު ކުރާނީ ވިލިގިލި ބޯޅަދަނޑުގައި ކަމަށެވެ. އަދި ހުޅުމާލެ ފޭސް-1 ގައި ބޮޑުޖަމާއަތުގައި އީދު ނަމާދު ކުރާނީ ސިންތަޓިކް ޓްރެކްގައި ކަމަށްވާއިރު، ހުޅުމާލެ ފޭސް-2 ގައި ބޮޑުޖަމާއަތުގައި އީދު ނަމާދު ކުރާނީ ކުޅިވަރު އެކުވެނި / ސްޕޯޓްސް ކޮމްޕްލެކްސްގައި ކަމަށް މިނިސްޓްރީން ބުނެ އެވެ. 

މީގެއިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ، މާލޭގެ 17 މިސްކިތަކާއި، ވިލިމާލޭގެ 2 މިސްކިތެއްގައި އީދު ނަމާދު ކުރާނެ ކަމަށެވެ. އަދި ހުޅުމާލެ-ފޭސް1 ގެ 5 މިސްކިތަކާއި ހުޅުމާލެ ފޭސް 2 ގެ ދެ މިސްކިތުގައި އީދު ނަމާދު ކުރާނެ ކަމަށެވެ. 

ބޮޑު ޖަމާއަތުގައި އަޟްޙާ އީދު ނަމާދުކުރާ ސަރަހައްދުތައް އެވަގުތަށް އާއްމު އުޅަނދުތަކަށް ބަންދުވާނެ އެވެ. 

މާލޭގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އަޟްޙާ އީދު ނަމާދު ކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވާއިރު، މިކަން އިންތިޒާމް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީން ބުނެ އެވެ.

އީދު ނަމާދު ހުޅުވިފައިވާ ސަރަހައްދެއްގައި ބޮޑު ޖަމާއަތެއްގައި ކުރުމަކީ ސުންނަތެކެވެ. ރާއްޖޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން ފަށާފައިވަނީ 2012 ވަނަ އަހަރު އެވެ.

އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ އަޟްހާ އީދު ދުވަހަކީ 27 މެއި 2026  އެވެ. 

އަޟްހާ އީދުއިސްލާމިކް މިނިސްޓްރީ

އިތުރަށް ކިޔާލަން

20 މެއި 2026

އަޟްޙާ އީދަށް މުޅި ރަށް ދަނީ ތައްޔާރުވަމުން، އީދުގައި ކަމަދޫ ހުރިހާ ރައްޔިތުން ޝާމިލުވާނެ: ޑަބްލިޔުޑީސީގެ ރައީސާ ސުހާ

20 މެއި 2026
އަޟްޙާ އީދަށް މުޅި ރަށް ދަނީ ތައްޔާރުވަމުން، އީދުގައި ކަމަދޫ ހުރިހާ ރައްޔިތުން ޝާމިލުވާނެ: ޑަބްލިޔުޑީސީގެ ރައީސާ ސުހާ
20 މެއި 2026

ސިޔާސީ އެއްވެސް ދެކޮޅުވެރިކަމެއް ނެތް، ތަރައްގީ އާއި އިޖްތިމާއީ ކަންކަމުގައި މުޅި ރަށް އެކުއެކީގައި މަސައްކަތް ކުރާނެ: ބ. ކަމަދޫ އީދު ކޮމެޓީގެ ރައީސް ޝަމީމް

20 މެއި 2026
ސިޔާސީ އެއްވެސް ދެކޮޅުވެރިކަމެއް ނެތް، ތަރައްގީ އާއި އިޖްތިމާއީ ކަންކަމުގައި މުޅި ރަށް އެކުއެކީގައި މަސައްކަތް ކުރާނެ: ބ. ކަމަދޫ އީދު ކޮމެޓީގެ ރައީސް ޝަމީމް
20 މެއި 2026

އީދަށް ވަރަށް ބޮޑަށް ކަމަދޫ ތައްޔާރުވެފައި، 2000 އަށް ވުރެ ގިނަ މީހުން ރަށަށް ޒިޔާރަތް ކުރާނެ: ކައުންސިލްގެ ރައީސް ޒަރީރު

20 މެއި 2026
އީދަށް ވަރަށް ބޮޑަށް ކަމަދޫ ތައްޔާރުވެފައި، 2000 އަށް ވުރެ ގިނަ މީހުން ރަށަށް ޒިޔާރަތް ކުރާނެ: ކައުންސިލްގެ ރައީސް ޒަރީރު
20 މެއި 2026

ޒާރާގެ ޚާއްސަ ފެނިލުމަކާއެކު، ކަމަދޫ އީދު ލަވަ ރިލީސްކޮށްފި

20 މެއި 2026
ޒާރާގެ ޚާއްސަ ފެނިލުމަކާއެކު، ކަމަދޫ އީދު ލަވަ ރިލީސްކޮށްފި
16 މެއި 2026

ޛުލްޙިއްޖާ މަހުގެ ހަނދު ބެލުން އާދިއްތަ ދުވަހު

16 މެއި 2026
ޛުލްޙިއްޖާ މަހުގެ ހަނދު ބެލުން އާދިއްތަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު