Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަޟްހާ އީދު

އަޟްޙާ އީދަށް މުޅި ރަށް ދަނީ ތައްޔާރުވަމުން، އީދުގައި ކަމަދޫ ހުރިހާ ރައްޔިތުން ޝާމިލުވާނެ: ޑަބްލިޔުޑީސީގެ ރައީސާ ސުހާ

އަޟްހާ އީދުގެ ހަރަކާތްތަކަށް ތައްޔާރުވުމަށް ކަމަދޫގެ މުޅި ރަށް އެކުއެކީގައި މަސައްކަތް ކުރަމުންދާއިރު، ސަގާފީ ކުޅިވަރުތަކާއި ނެށުންތަކުގެ ފަރިތަކުރުންތައް ކުރިއަށްދާތާ ތިން ހަފްތާ ވެއްޖެއެވެ. އީދަށް ރަށް ޒީނަތްތެރިކޮށް ސާފުކުރުމުގެ މަސައްކަތް ރައްޔިތުން ގުޅިގެން ކުރަމުންދާއިރު، މި ފަހަރުގެ އީދު ވެސް ވަރަށް ފޯރިގަދަވާނެ ކަމަށް އެ ރަށުން ބުނެއެވެ. މި ހަރަކާތްތަކުގައި އަންހެނުންގެ ދައުރު ބޮޑުކަން ފާހަގަކުރަމުން، ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ހިތްގައިމު މާހައުލެއް ފެންނާނެ ކަމުގެ ޔަގީންކަން އެ ރަށުން އަރުވައެވެ.

އަމްނާ އިމާދު
އަމްނާ އިމާދު | 20 މެއި 2026 | ބުދަ 07:29
ބުދަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ބ.ކަމަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ މަރިޔަމް ސުހާ ވާހަކަ ދައްކަވަނީ.

ބުދަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ބ.ކަމަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ މަރިޔަމް ސުހާ ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

އަޟްޙާ އީދަށް މުޅި ރަށް ތައްޔާރުވަމުންދާ ކަމަށާއި، އީދުގައި ހުރިހާ ރައްޔިތުން ޝާމިލުވާނެ ކަމަށް ބ.ކަމަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ މަރިޔަމް ސުހާ ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ސުހާ ވިދާޅުވީ، އީދަށް ތައްޔާރުވުމުގެ މަސައްކަތަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި، މިމަސައްކަތުގައި މުޅި ރަށް އެކުއެކީގައި ޝާމިލްވާ ކަމަށެވެ. އަދި ކުޅިވަރުތަކާއި، ނެށުންތަކަށް ތައްޔާރުވަމުންދާއިރު، ފަރިތަ ކުރުންތައް ކުރިއަށް ގެންދާތާ ގާތްގަނޑަކަށް ތިން ހަފްތާ ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ސުހާ ވިދާޅުވީ އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ޚާއްސަ ކޮމެޓީއެއް ނެގި ނަމަވެސް މުޅި ރަށަކީ އީދު ކޮމެޓީ ކަމަށެވެ. 

މިހާރު ދެން އަޅުގަނޑުމެން އީދު ކޮމެޓީގެ ކުދިން ކޮޅަކާއި، ދެން ޚާއްސަކޮށް އަންހެން ކުދިން ބޮޑަށް މިއުޅެނީ ކުޅިވަރުތަކުގައި އިސްނަގައިގެން. ދެން ބަޑިޔާ ޖެހުމާއި މިކަހަލަ ކަންތައްތަކުގައި ވަރަށް ހިއްސާ އޮންނާނެ. އެންމެންގެ ވެސް. ހަމައެކަނި އަޅުގަނޑެއް ނޫން. އެ ނަގާފައި އޮންނަ ޓީމެއް ހުރިހާ ކުދިން އެއްވެގެން އަޅުގަނޑުމެން ސްޓެޕް ނަގާ މިކަހަލަ ކަންތައްތައް މިކުރަނީ. ދެން އެގޮތަށް މިކަންތައްތައް މިއިންނަނީ އަސްލު. އަޅުގަނޑުމެން ފުރަތަމަ ފެށީ ޕްރޮމޯޝަން ލަވާގެ މަސައްކަތް. އެއީ މިދިޔަ މަހުގައި. ދެން އެވެސް ހަފްތާކައަކަށް ވެފައި އިންދާ އަޅުގަނޑުމެން ސްޓެޕްތައް ނަގައި، މީގެ ތެރެއިން ކުދިންކޮޅެއް ސްޓެޕްތައް ނެގުމާއި، މިކަންތައްތައް ކުރާނެ. ދެން ހަމަ ވީކެއްގެ ތެރޭގައި ދަސްކޮށްލާނެ. ވަރަށް މޮޅު އަސްލު މިއުޅޭ ކުދިން. އެންމެ ކުޑައިރުން ފެށިގެން ވެސް އަޅުގަނޑުމެންގެ ކަށީގައި ހިފާފައި އިންނަ ކަމެއް މިއީ އަސްލު ހަގީގަތުގައި. އެހެންވީމަ އުދަނގޫ ނޫން މީތި ގެންނާކަށް އަޅުގަނޑުމެންނަށް.
ބ.ކަމަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ މަރިޔަމް ސުހާ
ބުދަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ބ.ކަމަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ މަރިޔަމް ސުހާ ވާހަކަ ދައްކަވަނީ.
ބުދަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ބ.ކަމަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ މަރިޔަމް ސުހާ ވާހަކަ ދައްކަވަނީ.

ސުހާ ވިދާޅުވީ މިފަހަރުގެ އަޟްޙާ އީދު ވެސް ވަރަށް ފޯރިގަދަ ވާނެ ކަމަށާއި، ރަށަށް އަންނަ މެހެމާނުންގެ ހިތް ވެސް ކަމަދޫއަށް ލިބޭނެ ކަމަށެވެ. އަދި ދުރާލާ އީދަށް ތައްޔާރުވާން ފަށާފައިވާއިރު، ރަށުގެ ސާފުތާހިރު ކަމަށް ވެސް ރަށުގެ ރައްޔިތުން ޚާއްސަ ސަމާލުކަމެއް ދީ، ދޮންވެލިލައި މަސައްކަތްތައް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އަޟްހާ އީދުބ. ކަމަދޫމަރިޔަމް ސުހާ

އިތުރަށް ކިޔާލަން

20 މެއި 2026

ސިޔާސީ އެއްވެސް ދެކޮޅުވެރިކަމެއް ނެތް، ތަރައްގީ އާއި އިޖްތިމާއީ ކަންކަމުގައި މުޅި ރަށް އެކުއެކީގައި މަސައްކަތް ކުރާނެ: ބ. ކަމަދޫ އީދު ކޮމެޓީގެ ރައީސް ޝަމީމް

20 މެއި 2026
ސިޔާސީ އެއްވެސް ދެކޮޅުވެރިކަމެއް ނެތް، ތަރައްގީ އާއި އިޖްތިމާއީ ކަންކަމުގައި މުޅި ރަށް އެކުއެކީގައި މަސައްކަތް ކުރާނެ: ބ. ކަމަދޫ އީދު ކޮމެޓީގެ ރައީސް ޝަމީމް
20 މެއި 2026

އީދަށް ވަރަށް ބޮޑަށް ކަމަދޫ ތައްޔާރުވެފައި، 2000 އަށް ވުރެ ގިނަ މީހުން ރަށަށް ޒިޔާރަތް ކުރާނެ: ކައުންސިލްގެ ރައީސް ޒަރީރު

20 މެއި 2026
އީދަށް ވަރަށް ބޮޑަށް ކަމަދޫ ތައްޔާރުވެފައި، 2000 އަށް ވުރެ ގިނަ މީހުން ރަށަށް ޒިޔާރަތް ކުރާނެ: ކައުންސިލްގެ ރައީސް ޒަރީރު
20 މެއި 2026

ޒާރާގެ ޚާއްސަ ފެނިލުމަކާއެކު، ކަމަދޫ އީދު ލަވަ ރިލީސްކޮށްފި

20 މެއި 2026
ޒާރާގެ ޚާއްސަ ފެނިލުމަކާއެކު، ކަމަދޫ އީދު ލަވަ ރިލީސްކޮށްފި
16 މެއި 2026

ޛުލްޙިއްޖާ މަހުގެ ހަނދު ބެލުން އާދިއްތަ ދުވަހު

16 މެއި 2026
ޛުލްޙިއްޖާ މަހުގެ ހަނދު ބެލުން އާދިއްތަ ދުވަހު
13 މެއި 2026

މެއި މަހުގެ 24 އާއި 25 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސައިފި

13 މެއި 2026
 މެއި މަހުގެ 24 އާއި 25 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު