Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބ. ކަމަދޫ

ސިޔާސީ އެއްވެސް ދެކޮޅުވެރިކަމެއް ނެތް، ތަރައްގީ އާއި އިޖްތިމާއީ ކަންކަމުގައި މުޅި ރަށް އެކުއެކީގައި މަސައްކަތް ކުރާނެ: ބ. ކަމަދޫ އީދު ކޮމެޓީގެ ރައީސް ޝަމީމް

20 މެއި 2026 | ބުދަ 06:33

ބ. ކަމަދޫގެ އީދު ކޮމެޓީގެ ރައީސް ޝަމީމް ވިދާޅުވީ ރަށުގެ ތަރައްގީ އާއި އިޖްތިމާއީ ކަންކަމުގައި ސިޔާސީ ފިކުރު އެއްކިބާކޮށް، މުޅި ރަށް އެކުއެކީގައި މަސައްކަތް ކުރާނެ ކަމަށް. މިއަހަރުގެ އަޟްޙާ އީދަށް "ހިތުން ހިތަށް" ޝިއާރުގެ ދަށުން ތައްޔާރުވަމުންދާއިރު، މިއީ ރަށުގެ އެއްބައިވަންތަކަން ދައްކުވައިދޭ އަދި އިގްތިސާދީ ގޮތުން ވެސް ރަށަށް ބޮޑު ކުރިއެރުމެއް ލިބޭނެ ހަރަކާތެއް. އީދާ ގުޅިގެން އައު ހަ ލަވައެއް ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، މި ހަރަކާތްތަކުގެ ސަބަބުން ރަށަށް ބޮޑު ސަމާލުކަމެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 20 މެއި 2026 | ބުދަ 06:33
ބުދަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ބ.ކަމަދޫ އީދު ކޮމެޓީގެ ރައީސް މުހައްމަދު ޝަމީމް ވާހަކަ ދައްކަވަނީ.

ބުދަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ބ.ކަމަދޫ އީދު ކޮމެޓީގެ ރައީސް މުހައްމަދު ޝަމީމް ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ސިޔާސީ ގޮތުން ދެ ފަޅިއެއްގައި މަސައްކަތް ކުރި ނަމަވެސް ރަށުގެ ތަރައްގީ އާއި އިޖްތިމާއީ ކަންކަމުގައި މުޅި ރަށް އެކުއެކީގައި މަސައްކަތް ކުރާނެ ކަމަށް ބ. ކަމަދޫގެ އީދު ކޮމެޓީގެ ރައީސް މުހައްމަދު ޝަމީމް ވިދާޅުވެއްޖެ އެވެ. 

ކަމަދޫގެ އީދު ހަރަކާތްތަކާ ގުޅޭގޮތުން ބުދަ ދުވަހު ފަށާއިރު ޕްރޮގްރާމްގައި ޝަމީމް ވިދާޅުވީ، ސިޔާސީ ގޮތުން ދެ ފަޅިއެއްގައި މަސައްކަތް ކުރި ނަމަވެސް އެ އިންތިޚާބެއް ނުވަތަ ސިޔާސީ ގޮތުން އެއަންނަ ކަމެއް ނިމުމާއެކު އެކަން ދާނެ ކަމަށާއި، އޭގެފަހުން ދެކޮޅުވެރި ކަމެއް ނުވަތަ ރުޅި ވެރިކަމެއް ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ އެއީ ޒަމާނުއްސުރެ އެރަށުގައި އޮންނަ އުސޫލު ކަމަށެވެ. 

Advertisement - newsAdvertisement

ޝަމީމް ވިދާޅުވީ ރަށުގެ ތަރައްގީއާއި، އިޖްތިމާއީ އެންމެހައި ކަންކަމުގައި މުޅި ރަށް އެކުއެކީގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޚާއްސަކޮށް އީދު ހަރަކާތްތަކުގައި އެންމެން ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކަމަދޫގެ އީދަކީ ސަގާފީ، އިޖްތިމާއީ، އިގްތިސާދީ ވަރަށް ބޮޑު ހަރަކާތެއް ކަމަށާއި، އެއްވެސް ހިޔާލު ތަފާތުވުމެއް ނެތް ކަމަށެވެ. 

އެއީ އަޅުގަނޑުމެން މިރަށާ ދޭތެރޭގައި އޮތް ރަނގަޅު ވިސްނުން އެނގޭތޯ. ރަށުގެ ތަރައްގީއާއި އިޖްތިމާއީ ކަންކަމާއި، މިހެން ހުރި ކަންކަމުގައި ރަނގަޅު ވިސްނުން އެއީ ރައްޔިތުންގެ. އެހެންވީމަ އެއީ ކުރުކޮށް ބުނަންޏާ ބުނެވޭނެ ގޮތަކީ. 
ބ.ކަމަދޫ އީދު ކޮމެޓީގެ ރައީސް މުހައްމަދު ޝަމީމް

އީދުގެ ހަރަކާތްތަކަށް އިޝާރާތް ކުރައްވައި ޝަމީމް ވިދާޅުވީ މިއަހަރުގެ އަޟްހާ އީދަށް ތައްޔާރުވުމުގެ އަމަލީ މަސައްކަތް ދޮޅު މަސް ކުރިން ފަށާފައިވާ ކަމަށާއި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ފޮނި ނަތީޖާ މިހާރު ވެސް ފެންނަމުންދާ ކަމަށެވެ.

ޝަމީމް ވިދާޅުވީ މިދިޔަ އަހަރު އީދާ ގުޅިގެން ''ހިނިތުންވުން'' ޝިއާރެއް ބޭނުންކުރި ކަމަށާއި، އެގޮތަށް މިއަހަރު ވެސް ޝިއާރެއްގެ ގޮތުގައި ''ހިތުން ހިތަށް'' ބޭނުންކުރާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ގިނަ ބައެއްގެ ލޮއެއްބާއި، ސަމާލުކަން ލިބި ރަށް ވެސް ވަރަށް ބޮޑަށް ޕްރޮމޯޓްވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޝަމީމް ވިދާޅުވީ ހުރިހާ ރައްޔިތުން އެ އަޒުމެއްގައި މަސައްކަތް ކުރަމުންދާ ކަމަށާއި، އީދާ ގުޅިގެން އައު 6 ލަވަ ރިލީޒް ކުރާނެ ކަމަށެވެ. 

މުހައްމަދު ޝަމީމުއަޟްހާ އީދުބ. ކަމަދޫ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

05 ޖޫން 2026

އިގްތިސާދީ ގޮންޖެހުންތަކުގެ ތެރޭގައި ވެސް ސަރުކާރުން އިސްކަން ދިނީ "އީދު ޕްލޭނަށް"

05 ޖޫން 2026
އިގްތިސާދީ ގޮންޖެހުންތަކުގެ ތެރޭގައި ވެސް ސަރުކާރުން އިސްކަން ދިނީ "އީދު ޕްލޭނަށް"
04 ޖޫން 2026

ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްޞަ ޕްލޭނެއް އެކުލަވާލަނީ

04 ޖޫން 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްޞަ ޕްލޭނެއް އެކުލަވާލަނީ
30 މެއި 2026

ޢީދު ފާހަގަކުރުމަށް މިރޭ ވިލިމާލެއާ ދިމާ ބޭރުން ހަވާއަރުވަނީ

30 މެއި 2026
ޢީދު ފާހަގަކުރުމަށް މިރޭ ވިލިމާލެއާ ދިމާ ބޭރުން ހަވާއަރުވަނީ
29 މެއި 2026

ސަރުކާރަށް ހަޖަމްނުވި "މާލި ޕެރޭޑް". ދިފާއަށް ދީނީ ކާޑު

29 މެއި 2026
ސަރުކާރަށް ހަޖަމްނުވި "މާލި ޕެރޭޑް". ދިފާއަށް ދީނީ ކާޑު
28 މެއި 2026

އަޟްޙާ ޢީދުގެ އުފަލުގައި ބާއްވާ "ޢީދު ހަވީރު 1447" މި މަހުގެ 30 ގެ ނިޔަލަށް ކުރިއަށްދާނެ

28 މެއި 2026
އަޟްޙާ ޢީދުގެ އުފަލުގައި ބާއްވާ "ޢީދު ހަވީރު 1447" މި މަހުގެ 30 ގެ ނިޔަލަށް ކުރިއަށްދާނެ
27 މެއި 2026

ކަމަދޫން ކަރަންޓު ކެނޑުނުތާ 5 ގަޑިއިރު ފަހުން އަލުން ދީފި

27 މެއި 2026
ކަމަދޫން ކަރަންޓު ކެނޑުނުތާ 5 ގަޑިއިރު ފަހުން އަލުން ދީފި
27 މެއި 2026

ލޯޑު ބޮޑުވެގެން މުޅި ކަމަދޫ އިން ކަރަންޓު ގޮސްފި

27 މެއި 2026
  ލޯޑު ބޮޑުވެގެން މުޅި ކަމަދޫ އިން ކަރަންޓު ގޮސްފި
27 މެއި 2026

ސަރުކާރުން މި އީދަށް ނެރުނު "ދޮގު" މާލިތައް

27 މެއި 2026
ސަރުކާރުން މި އީދަށް ނެރުނު "ދޮގު" މާލިތައް
27 މެއި 2026

ކަމަދޫ އީދު އުފާ: ރާއްޖެޓީވީ ފޭސްބުކް އަދި ޓިކްޓޮކްއިން ލައިވްކޮށް!

27 މެއި 2026
ކަމަދޫ އީދު އުފާ: ރާއްޖެޓީވީ ފޭސްބުކް އަދި ޓިކްޓޮކްއިން ލައިވްކޮށް!
27 މެއި 2026

އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން، ކުޅިވަރުތައް ކުޅުމުގައި ވެސް އިސްލާމީ އުސޫލުތައް ހިފަހައްޓަން ޖެހޭ: ރައީސް

27 މެއި 2026
އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން، ކުޅިވަރުތައް ކުޅުމުގައި ވެސް އިސްލާމީ އުސޫލުތައް ހިފަހައްޓަން ޖެހޭ: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް