Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 42،000 މުވައްޒަފުން އެބަތިބި: ޒަމީރު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައި. މި ނިންމުމާ ގުޅިގެން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، މުވައްޒަފުން މަދުކުރާނީ ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް ކުންފުނިތަކުގެ އޮޕަރޭޝަންތަކަށް ބަލައިގެން ކަމަށް. އަދި ބައެއް ކުންފުނިތަކުން އެ މިންވަރަށް މުވައްޒަފުން މަދުކޮށްފިނަމަ ހިންގުމަށް ދަތިވާނެތީ، އެކަމުގައި ކުންފުނިތަކުގެ ހާލަތަށް ރިއާޔަތްކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 19 އެޕްރީލު 2026 | އާދީއްތަ 15:41
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު. | ރައީސް އޮފީސް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 42،000 މުވައްޒަފުން އެބަތިބި ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ. 

މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ރައީސް އުފެއްދެވި ކްރައިސިސް ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ އެސްއޯއީތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެސްއޯއީތަކުގައި އަބަދު ވެސް މުވައްޒަފުން ނެގުމާއި ވަކިކުރުން އޮންނާނެ ކަމަށާއި، ކުންފުނިތަކުގައި ގާތްގަނޑަކަށް 42،000 މުވައްޒަފުން ތިބޭނެ ކަމަށެވެ. އަދި ރައިޓްސައިޒް ކުރަން ބައެއް ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން ނުކެނޑިދާނެ ކަމަށާއި، އައީއޭސް އިން އެހާވަރަށް މުވައްޒަފުން މަދުކުރަން ނުޖެހޭނެ ކަމަށާއި، 33 އިންސައްތަ މުވައްޒަފުން މަދުކޮށްފިނަމަ ކުންފުނި ނުހިންގޭނެ ކަމަށެވެ. 

Advertisement - newsAdvertisement

ޒަމީރު ވިދާޅުވީ 33 އިންސައްތަ މަދު ނު ކުރެވޭނެ ކުންފުނިތައް ވެސް ހިމެނޭ ކަމަށެވެ. އަދި މިހާރު ހުރި އޮޕަރޭޝަންސް އަށް ބަލާފައި ރައިޓްސައިޒް ކުރުން އެއީ ކުރާނެ ކަމެއް ކަމަށާއި، އެކަން ކުރަން ނިންމާފައި ވަނީ މާދަމާ ހެނދުނު އިރު އަރާއިރު އެވަރަށް މީހުން ކެނޑުމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މުވައްޒަފުން މަދުކުރަން އަންގާފައި ވާނީ އެމްޕްލޯއިމަންޓް ގާނޫނާ އެއްގޮތަށް އެކަން ކުރުމަށް ކަމަށާއި، މިކަމުގެ ސަބަބުން މީހުންނަށް ވާނެ އުނދަގޫތަކަށް ބަލައިގެން އެކަން ކުރާނެ ކަމަށެވެ. 

އަޅުގަނޑުމެންގެ އެސްޓިމޭޓަކީ 42،000 ތިބޭނެޔޭ ހުރިހާ އެސްއޯއީތަކުގައި ވަޒީފާގައި. ޕީސީބީން އެކަމަކު އެ ޑޭޓާ ބަލަހައްޓާނީ، މި ދެންނެވީ އިންޑިވިޖުއަލް ކުންފުނިތަކުން ބަލަހައްޓާނީ. އެކަމަކު އަޅުގަނޑުމެންގެ މިހާރު އެސްޓިމޭޓަކީ 42،000 ތިބޭނެޔޭ
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު %33 މަދުކުރުމަށާއި ތައުލީމާއި ހުނަރާއި ގާބިލުކަމަށް ބަލައިގެން ވަޒީފާތަކަށް މީހުން ނެގުމަށް ފިނޭންސް މިނިސްޓްރީން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް  ބުރާސްފަތި ދުވަހު ވަނީ އަންގާފަ އެވެ. 

މިނިސްޓްރީން ބުނި ގޮތުގައި، އެކަން އެގޮތަށް ކުރަން އަންގާފައިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ނަތީޖާ ނެރުން އިތުރުކުރުމަށެވެ. 

މޫސާ ޒަމީރުޕީސީބީފިނޭންސް މިނިސްޓްރީކްރައިސިސް ކޮމިޓީ

އިތުރަށް ކިޔާލަން

16 އެޕްރީލު 2026

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސް މުއިއްޒު އުފެއްދެވި ކޮމެޓީއަށް ބަދަލުތަކެއް

16 އެޕްރީލު 2026
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސް މުއިއްޒު އުފެއްދެވި ކޮމެޓީއަށް ބަދަލުތަކެއް
12 އެޕްރީލު 2026

ތެލުގެ އަގު ބޮޑުވަނީ ރަމަޟާން މަހު ބައެއް ތަކެތީގެ އަގު ބޮޑުވާ ގޮތަށް: މިނިސްޓަރު ޒަމީރު

12 އެޕްރީލު 2026
ތެލުގެ އަގު ބޮޑުވަނީ ރަމަޟާން މަހު ބައެއް ތަކެތީގެ އަގު ބޮޑުވާ ގޮތަށް: މިނިސްޓަރު ޒަމީރު
06 އެޕްރީލު 2026

އިންތިޚާބުގެ ދެ ދުވަސް ފަހުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި

06 އެޕްރީލު 2026
އިންތިޚާބުގެ ދެ ދުވަސް ފަހުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި
03 އެޕްރީލު 2026

2018 ވަނަ އަހަރު ދޫނިދޫގައި ޕްރީ ފެބްރިކޭޓެޑް ސްޓީލް އެވިޑެންސް ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މާލިއްޔަތު ގަވާއިދާ ހިލާފަށް: އޮޑިޓް

03 އެޕްރީލު 2026
2018 ވަނަ އަހަރު ދޫނިދޫގައި ޕްރީ ފެބްރިކޭޓެޑް ސްޓީލް އެވިޑެންސް ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މާލިއްޔަތު ގަވާއިދާ ހިލާފަށް: އޮޑިޓް
29 މާރިޗު 2026

ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ޚަރަދު އިތުރަށް ދަށަށް ގޮސްފައިވާކަން ފިނޭންސްގެ ހިސާބުތަކުން ދައްކައިފި

29 މާރިޗު 2026
ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ޚަރަދު އިތުރަށް ދަށަށް ގޮސްފައިވާކަން ފިނޭންސްގެ ހިސާބުތަކުން ދައްކައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު