Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިއްދޫގެ މުސާރަ ލަސްވުން

އދ. ދިއްދޫ ކަައުންސިލް އިދާރާގެ މުވައްޒަފުންނަށް ނިމިދިޔަ މަހުގެ މުސާރަ ޖަމާވީ މިއަދު

އދ. ދިއްދޫގެ ކައުންސިލްގެ މުސާރަ ތައްޔާރުކުރާ މުވައްޒަފު ޗުއްޓީގައި ހުރުމާއި، އިދާރީ ބައެއް ބަދަލުތަކާ ގުޅިގެން، އެ އިދާރާގެ މުވައްޒަފުންނަށް މާރިޗު މަހުގެ މުސާރަ ލިބުން އަށް ދުވަހަށް ލަސްވެއްޖެ. މިކަމާ ގުޅިގެން މުވައްޒަފުންގެ ޝަކުވާ ބޮޑުވެފައިވާއިރު، ކައުންސިލުން ބުނަނީ މުސާރަ ލަސްވީ ސެކްރެޓަރީ ޖެނެރަލް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުން ދިމާވި އިދާރީ މައްސަލަތަކެއްގެ ސަބަބުން ކަމަށް. ނަމަވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މުސާރަ ދިނުމުގެ އިންތިޒާމުތައް ހަމަނުޖެހުނީ ކައުންސިލްގެ އިސްވެރިން ސަރުކާރު ކެނޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތަކުގައި އަވަދިނެތި އުޅުއްވުމުގެ ސަބަބުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 8 އެޕްރީލު 2026 | ބުދަ 14:14
ރައީސުލްޖުމްހޫރިއްޔާ، އދ. ދިއްދޫ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ، އދ. ދިއްދޫ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން | ރައީސް އޮފީސް

އދ. ދިއްދޫގެ ރަށު ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ނިމިދިޔަ މާރިޗު މަހުގެ މުސާރަ ލިބިފައި ވަނީ، މަސް ނިމި އަށް ދުވަސް ފަހުން މިއަދު ކަމަށް އެނގިއްޖެ އެވެ.

މިކަމާ ގުޅޭގޮތުން ނަން ނުޖެހުމަށް ޝަރުތުކޮށް ރާއްޖެ އެމްވީ އަށް މައުލޫމާތު ދިން އެ ރަށުގެ މީހަކު ބުނީ، ކައުންސިލް މުވައްޒަފުންގެ މުސާރަ ދިނުން ލަސްވީ އެ މަސައްކަތް އާންމުކޮށް ކުރާ މުވައްޒަފު މިވަގުތު ޗުއްޓީގައި ހުރުމުން ކަމަށެވެ. އަދި މުސާރަ ޝީޓް ތައްޔާރުކުރުމުގެ މަސައްކަތް އެނގޭ އިތުރު މުވައްޒަފަކު ކައުންސިލް އިދާރާގައި ނެތުމަކީ މުސާރަ ލަސްވާން މެދުވެރިވި ސަބަބެއް ކަމަށް އޭނާ ފާހަގަކުރި އެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މުސާރައިގެ މަސައްކަތްކުރާ މުވައްޒަފު ޗުއްޓީ އަށް ދިއުމުގެ އެތައް މަހެއް ކުރިން އެކަން ކައުންސިލަށް ވަނީ އަންގާފަ އެވެ. ނަމަވެސް، މަސް ނިމުމުގެ ކުރިން މުވައްޒަފުންނަށް މުސާރަ ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ބަދަލުގައި، ކައުންސިލްގެ ޒިންމާދާރު ބައެއް މެންބަރުން އުޅުއްވީ ސަރުކާރުގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގައި ވަރަށް އަވަދިނެތި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެެވެ. 

މި މައްސަލައާ ގުޅިގެން ދިއްދޫ ކައުންސިލްގެ އިންތިޚާބީ ރައީސް އަނީސް މުހައްމަދު ވިދާޅުވީ، މުސާރަ ދިނުން ލަސްވީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެން އިދާރީ ބައެއް ކަންކަމަށް ބަދަލު ގެންނަން ޖެހުމުން ކަމަށެވެ. އަދި މުވައްޒަފުންގެ މުސާރަ މަސް ނިމިގެން އަށް ދުވަސް ފަހުން ޖަމާވުމާއި، ސަރުކާރު ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މުސާރައިގެ މަސައްކަތް ކުރާ މުވައްޒަފު މައްކާގައި ހުރުމުން ދަތިތަކެއް ކުރިމަތިވި ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވައި އަނީސް ވިދާޅުވީ، މުސާރަ ދިނުމުގެ ބައެއް ކަންކަމަކީ އަބަދުވެސް އެ މުވައްޒަފުގެ ފޯނު މެދުވެރިކޮށް ކުރާ ކަންކަން ކަމަށެވެ. އަދި މިފަހަރު އުމްރާގެ އަޅުކަމަށް ގޮސް ހުރެގެން ވެސް އެ މުވައްޒަފު އެ މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މުސާރަ ދިނުން އެހާ ބޮޑަށް ލަސްވި ސަބަބެއްގެ ގޮތުގައި ކައުންސިލުގެ ވަސީލަތްތައް މަދުވުމާއި، މުވައްޒަފުން މަދުވުމުންކަން އަނީސް ވަނީ ފާހަގަކުރައްވާފަ އެވެ.

އެސްޖީ އިސްތިއުފާ ދެއްވިފަހުން މިހާރު އެތަކެއް ދުވަހެއް ވެފަވާއިރު، އެސްޖީ އިސްތިއުފާ ދިނުމާ މުސާރަދިނުން މިހާ ބޮޑަށް ލަސްވުމާ ނުގުޅުވޭނެކަމަށް އެ ރަށު ބައެއް ފަރާތަކުން ވަނީ ބުނެފަ އެވެ. 

އދ.ދިއްދޫ އދ. ދިއްދޫ ކައުންސިލް އިދާރާމުސާރަ ލަސްވުން

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2023

އދ. ދިއްދޫއިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް ޚިޔާލުހުށަހެޅުމަށް ހުޅުވާލައިފި

13 އޮކްޓޯބަރު 2023
އދ. ދިއްދޫއިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް ޚިޔާލުހުށަހެޅުމަށް ހުޅުވާލައިފި
14 މާރިޗު 2017

ދިއްދޫ އަބުރު ފަންޑަަށް 23،105 ލިބިއްޖެ

14 މާރިޗު 2017
ދިއްދޫ އަބުރު ފަންޑަަށް 23،105 ލިބިއްޖެ
13 މާރިޗު 2017

ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި

13 މާރިޗު 2017
ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި
07 މާރިޗު 2017

ފ. އަތޮޅު ވިއްކާލުމާ ބެހޭ ބެނާއެއް ދަމައިފި ނަމަ ދިއްދޫ ޖަލްސާ ހުއްޓުވާނެކަމުގެ އިންޒާރު ފުލުހުން ދީފި

07 މާރިޗު 2017
ފ. އަތޮޅު ވިއްކާލުމާ ބެހޭ ބެނާއެއް ދަމައިފި ނަމަ ދިއްދޫ ޖަލްސާ ހުއްޓުވާނެކަމުގެ އިންޒާރު ފުލުހުން ދީފި
20 ފެބުރުއަރީ 2017

ހީވާގި ކަނބަލުން ގެ ރޯޅި ސިވިލް ސާވިސް މުވައްޒަފުންނަށް ޖެހިއްޖެ

20 ފެބުރުއަރީ 2017
ހީވާގި ކަނބަލުން ގެ ރޯޅި ސިވިލް ސާވިސް މުވައްޒަފުންނަށް ޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު