Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މުސާރަ އެއްހަމަކުރުން

"ރައީސް އޮފީސް، ޕޭ ކޮމިޝަން، މި ހުރިހާ ތަނަކަށް ދެވިއްޖެ، ދެން ނުދެވި އޮތީ އަޅުގަނޑުމެން ގަބުރުތައް މި ގެންދާ ތަން"

އިހުތިޖާޖުގެ ބައިވެރިން ކިޔައިދިން ގޮތުގައި ޕޭ ފްރޭމްވޯކަށް ގެނައި ބަދަލާއެކު އަސާސީ މުސާރަ ބޮޑުކުރި ނަމަވެސް މީގެ ކުރިން ލިބެމުން އައި އެލަވަންސްތައް ވަނީ ކަނޑާލާފައި، އެގޮތުން ކުރިން ލިބެމުން އައި 10 ވަރަކަށް އެލަވަންސް ވަނީ ކަނޑާލާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 18 މާރިޗު 2026 | ބުދަ 09:16
ޖަމާއަތްތެރިންގެ މުސާރަ އެތައް ގުނައެއް ކުޑަވެފައިވާތީ ކުރިއަށް ގެންދިޔަ އިހުތިޖާޖު

ޖަމާއަތްތެރިންގެ މުސާރަ އެތައް ގުނައެއް ކުޑަވެފައިވާތީ ކުރިއަށް ގެންދިޔަ އިހުތިޖާޖު | ރާއްޖެ އެމްވީ

 

"ރައީސް އޮފީސް، ޕޭ ކޮމިޝަން، މި ހުރިހާ ތަނަކަށް ދެވިއްޖެ، ދެން ނުދެވި އޮތީ އަޅުގަނޑުމެން ގަބުރުތައް މި ގެންދާ ތަން"  މިއީ ބުދަ ދުވަހު މާލޭގެ އާ އާސަހަރާ ކުރިމަތީގައި ހިމޭން އިހުތިޖާޖެއް ކުރަން ތިބި ޖަމާއަތްތެރިންގެ ތެރެއިން މީހަކު ރާއްޖެޓީވީއާ ވާހަކަ ދައްކަމުން ބުނި ބަހެކެވެ. ރޯދަ މަހު މެންދުރުގެ ގަދަ އަވީގައި ނުކުމެ އެ ތިބީ ޙައްޤު ހޯދަން ދައުލަތުގެ އެކިއެކި މުއައްސަސާތަކަށް ގޮސްގެން ކުރި މަސައްކަތުން ވެސް އެއްވެސް ނަތީޖާއެއް ނުނިކުންނާތީ ގޮތް ހުސްވެގެންނެވެ. އާދޭހާއެކު އެދެމުން ދިޔައީ ޖަމާއަތްތެރިންގެ ޙައްޤުތައް ހޯދައިދިނުމަށެވެ. އެންމެ ކުޑަމިނުން އެމީހުންނަށް ޙައްޤުވާ މުސާރަ ދިނުމަށެވެ.

ދައުލަތުގެ ޕޭ ފްރޭމްވޯކަށް ގެނައި ބަދަލާއެކު އެކި އިދާރާތަކުގެ މުސާރަ ބޮޑުކޮށްފައިވާއިރު، އެ ބަދަލާއެކު ޖަމާއަތްތެރިންގެ މުސާރަ އެތައް ގުނައެއް ކުޑަވެފައިވާތީ ކުރިއަށް ގެންދިޔަ މި އިހުތިޖާޖާއެކު ހާމަވެގެން ދިޔައީ މުސާރަ ބޮޑުކުރުމުގެ ފަހަތުގައިވާ އޮޅުވާލުންތަކެވެ.  

މި އިހުތިޖާޖު ކުރިއަށް ގެންގޮސްފައިވަނީ ބުދަ ދުވަހު މައްޗަންގޯޅީ އާސަހަރާ ކުރިމަތީގައެވެ. އެގޮތުން އިހުތިޖާޖުގެ ބައިވެރިން ވަނީ ތަފާތު އެކި ޝުއޫރުތައް ލިޔެފައި ހުރި ބޯޑުތައް ހިފައިގެން އިހުތިޖާޖުކޮށްފައެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން އިޖުތިޖާޖުގެ ބައިވެރިން ކިޔާދިން ގޮތުގައި ޕޭ ފްރޭމްވޯކަށް ގެނައި ބަދަލާއެކު އަސާސީ މުސާރަ ބޮޑުކުރިނަމަ ވެސް މީގެ ކުރިން ލިބެމުން އައި އެލަވަންސްތައް ވަނީ ކަނޑާލާފައެވެ. އެގޮތުން އިތުރު ގަޑީގެ އެލަވަންސް، ދީނީ އެލަވަންސް، ރިސްކް އެލަވަންސް ހިމެނޭގޮތަށް ގާތްގަނޑަކަށް ކުރިން ލިބެމުން އައި 10 ވަރަކަށް އެލަވަންސް ވަނީ ކަނޑާލާފައެވެ. މިއީ މުސާރަ ބޮޑުކުރުންކަމަށް ބުނެ ނިންމާލެވޭނަމަ، ކުރިން ލިބެމުން ދައި މުސާރަ އެގޮތުގައި ބޭއްވުން ވެސް މާ ރަނގަޅުކަމަށް އިހުތިޖާޖުގެ ބައިވެރިން ފާހަގަ ކުރެ އެވެ.

ޖަމާއަތްތެރިންގެ މުސާރަ އެތައް ގުނައެއް ކުޑަވެފައިވާތީ ކުރިއަށް ގެންދިޔަ އިހުތިޖާޖު
ޖަމާއަތްތެރިންގެ މުސާރަ އެތައް ގުނައެއް ކުޑަވެފައިވާތީ ކުރިއަށް ގެންދިޔަ އިހުތިޖާޖު

މީގެ އިތުރުން، ބަންދު ދުވަސްތަކުގައިވެސް މަސައްކަތަށް ނުކުންނަންޖެހޭއިރު، އެ ދުވަސްތަކަށްވެސް އެއްވެސް އިތުރު ފައިސާއެއް ނުލިބޭކަން އެ ފަރާތްތަކުން އަސަރާއެކު ކިޔާދިނެވެ.  

ކަންމިހެން ހުރިނަމަވެސް، ސަރުކާރުން ނަގާފައިވާ ކޮންޓްރެކްޓު މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ލިބޭ ކަމަށާއި، އެއް މަސައްކަތެއް ކޮށް، އެއް ގިންތިއެއްގައި އަދާކުރާ ވަޒީފާއެއްގައި އެ ފަރާތްތަކުގެ މުސާރަ އެތައް ގުނަ ބޮޑުކަމަށްވެސް އިހުތިޖާޖުގެ ބައިވެރިން ކިޔާދިނެވެ. އަދި މިއީ ކޮން ކަހަލަ އިންސާފެއްތޯ ސުވާލު ކޮށްފައިވެއެވެ.

ޖަމާއަތްތެރިންގެ މުސާރަ އެތައް ގުނައެއް ކުޑަވެފައިވާތީ އިހުތިޖާޖުކޮށްފި
ޖަމާއަތްތެރިންގެ މުސާރަ އެތައް ގުނައެއް ކުޑަވެފައިވާތީ އިހުތިޖާޖުކޮށްފި

ޖަމާއަތްތެރިން ކިޔައިދިން ގޮތުގައި ރައީސުލްޖުމްހޫރިއްޔާއާ ވެސް އެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވެއެވެ. އަދި ރައީސް އޮފީހާއި، ޕޭކޮމިޝަނުގެ އިތުރުން، ފަސްޓްލޭޑީ ސާޖިދާ މުޙައްމަދާވެސް އެ ކަންބޮޑުވުން ހިއްސާ ކޮށްފައިވާނެކަމަށް ކިޔައިދިނެވެ. މުޅިންވެސް ލިބެމުންދިޔައީ އެކަންކަން "ވަރަށް ގާތުން" ބަލަމުންދާ ކަމަށެވެ.  އެހެންނަމަވެސް މިއަދާ ހަމައަށްވެސް އެކަންކަމަށް ޙައްލު ނުލިބޭތީ އެކަމުގެ ކަންބޮޑުވުން މި އިހުތިޖާޖުގައި ފާޅުކޮށްފައިވެއެވެ.

ހިނަވަން ގެނެވޭ މީހުންގެ ތެރޭގައި ތަފާތު އެކިކަހަލަ ބަލިތައް ތަހައްމަލުކޮށްފައިވާ މީހުންނާއި، ގޮތްނޭނގޭ އެކި ބަލިތަކުގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައްވެސް ހިމެނެއެވެ. މީގެ ކުރިން އެ މަސައްކަތަށް ރިސްކް އެލަވަންސް ދެމުން ގެންދިޔައީވެސް އެ ސަބަބާހުރެއެވެ. ނަމަވެސް ބޮޑުކުރި މުސާރައާއެކު ރިސްކް އެލަވަންސަށްވެސް ވީނުވީއެއް ނޭނގެއެވެ. މިއީ މުސާރަ ބޮޑު ކުރުމުގެ ނަމުގައި އޮޅުވާލުމާއި މަކަރު ހެދުން ނޫން ކޮން ކަމެއްތޯއެވެ؟

 

 

 

ޕޭ ހާމަނައިޒޭޝަންޕޭ ކޮމިޝަންޖަމާއަތްތެރިންމއ.އާސަހަރާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސަރުކާރުން މުސާރަ ބޮޑުކުރި ފަހުން ޖަމާއަތްތެރިންގެ މުސާރައިން އެތައް ގުނައެއް އުނިވެފައިވާތީ ހިމޭން އިހުތިޖާޖެއް!

ސަރުކާރުން މުސާރަ ބޮޑުކުރި ފަހުން ޖަމާއަތްތެރިންގެ މުސާރައިން އެތައް ގުނައެއް އުނިވެފައިވާތީ ހިމޭން އިހުތިޖާޖެއް!

18 މާރިޗު 2026
ބޭސްފަރުވާ އަށް ޕެންޝަން ފައިސާ ބޭނުން ކުރަން ގާނޫނަށް ހުށަހެޅި އިސްލާހަށް ފިނޭންސާ، ޕެންޝަން އޮފީހުގެ އިތުރުން ޕޭ ކޮމިޝަނާ މީރާ ވެސް ތާއީދު

ބޭސްފަރުވާ އަށް ޕެންޝަން ފައިސާ ބޭނުން ކުރަން ގާނޫނަށް ހުށަހެޅި އިސްލާހަށް ފިނޭންސާ، ޕެންޝަން އޮފީހުގެ އިތުރުން ޕޭ ކޮމިޝަނާ މީރާ ވެސް ތާއީދު

16 ފެބުރުއަރީ 2026
ކަރެކްޝަން ގެ މުސާރަ ވަޒީރު އިހުސާން ވިދާޅުވި ގޮތަށް ޖެނުއަރީ މަހު ބޮޑެއް ނުކުރެވުނު! ކުރިން ވަޒީރު ވިދާޅުވީ ޖެނުއަރީގައި މުސާރަ ބޮޑު ނުވާ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް

ކަރެކްޝަން ގެ މުސާރަ ވަޒީރު އިހުސާން ވިދާޅުވި ގޮތަށް ޖެނުއަރީ މަހު ބޮޑެއް ނުކުރެވުނު! ކުރިން ވަޒީރު ވިދާޅުވީ ޖެނުއަރީގައި މުސާރަ ބޮޑު ނުވާ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް

01 ފެބުރުއަރީ 2026
ކައުންސިލްތަކުގެ ލީގަލް އޮފިސަރުން ގެ މުސާރައަށް ގެނެވުނު ބަދަލާ ގުޅޭގޮތުން ހުށަހެޅުއްވި ކަންބޮޑުވުންތަކަށް އަދިވެސް ޖަވާބު ނުލިބޭ: މެންބަރު މުޙައްމަދު އިބްރާހިމް

ކައުންސިލްތަކުގެ ލީގަލް އޮފިސަރުން ގެ މުސާރައަށް ގެނެވުނު ބަދަލާ ގުޅޭގޮތުން ހުށަހެޅުއްވި ކަންބޮޑުވުންތަކަށް އަދިވެސް ޖަވާބު ނުލިބޭ: މެންބަރު މުޙައްމަދު އިބްރާހިމް

25 ޖެނުއަރީ 2026
އައު ޕޭފްރޭމް ވަރކް: މުސާރައިގެ އޮނިގަނޑަށް އަލަށް ގެނައި ބަދަލާއި އެކު މުސާރަ ބޮޑު ކުރި ނަމަވެސް, އެ ކަމުގެ ފައިދާ ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަކަށް ނުލިބޭ

އައު ޕޭފްރޭމް ވަރކް: މުސާރައިގެ އޮނިގަނޑަށް އަލަށް ގެނައި ބަދަލާއި އެކު މުސާރަ ބޮޑު ކުރި ނަމަވެސް, އެ ކަމުގެ ފައިދާ ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަކަށް ނުލިބޭ

10 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު