Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރްޓީއައި ޤާނޫނު

ފިނޭންސަށް ކުރި ސުވާލަކަށް ޖަވާބުނުދީ 10 މަސް ފަހުން އަނެއްކާވެސް އެދުނީ އިތުރު ވަގުތު ދޭން

ރާއްޖެޓީވީން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅި އާރްޓީއައިއަކަށް 321 ދުވަސް ފަހުން ޖަވާބު ދިން ނަމަވެސް، އެއީ އެދިފައިވާ މަޢުލޫމާތު ނޫންކަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ފާހަގަކޮށްފި. މިނިސްޓްރީން ޖަވާބު ދިނުން ލަސްވީ އިދާރީ ދަތިތަކަކާ ހުރެ ކަމަށް ބުނި ނަމަވެސް، އެއީ ޤަވާއިދާ ޚިލާފު ކަމެއް ކަމަށް ކޮމިޝަނަރު ވިދާޅުވި. އެހެންކަމުން، އީދު ބަންދަށްފަހު އަންނަ ހަފްތާގައި ރާއްޖެޓީވީން އެދުނު ސީދާ މަޢުލޫމާތު ފޯރުކޮށްދިނުމަށް މިނިސްޓްރީގެ މައްޗަށް ވަނީ އަމުރުކޮށްފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 18 މެއި 2026 | ހޯމަ 08:13
ފިނޭންސް މިނިސްޓްރީއަށް ހުށަހެޅި އާރްޓީއައިއަކަށް ޖަވާބު ނުދީގެން ރާއްޖެޓީވީން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމްއަށް) ޝަކުވާ ހުށަހެޅުމުން ބޭއްވި އަޑުއެހުން

ފިނޭންސް މިނިސްޓްރީއަށް ހުށަހެޅި އާރްޓީއައިއަކަށް ޖަވާބު ނުދީގެން ރާއްޖެޓީވީން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމްއަށް) ޝަކުވާ ހުށަހެޅުމުން ބޭއްވި އަޑުއެހުން | ރާއްޖެ އެމްވީ

ފިނޭންސް މިނިސްޓްރީއަށް ހުށަހެޅި އާރްޓީއައިއަކަށް ޖަވާބު ނުދީގެން ރާއްޖެޓީވީން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމްއަށް) ޝަކުވާ ހުށަހެޅުމުން ބޭއްވި އަޑުއެހުން ހޯމަ ދުވަހު އައިކޮމްގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި ރާއްޖެޓީވީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ރާއްޖެޓީވީގެ ޑެޕިއުޓީ ސީއީއޯ ނާޒްމީ ސައީދު އަދި ޕްރޮގްރާމް ހެޑު އާމިރު ސަލީމެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހުގެ އަޑުއެހުން ފައްޓަވަމުން އައިކޮމްގެ ރައީސް އާހިދު ރަޝީދު ވިދާޅުވީ، އާރްޓީއައިއަށް ޖަވާބު ނުދީގެން ރާއްޖެޓީވީން ޝަކުވާ ހުށަހެޅި ފަހުން 11 މެއި 2026 ގައި މިނިސްޓްރީން ޖަވާބު ފޮނުވާފައިވާ ކަމަށެވެ. އަދި އެއީ ހުށަހެޅުން ހުށަހެޅިތާ 321 ދުވަސް (10 މަހާއި 17 ދުވަސް ފަހުން) ކަމަށްވެސް އާހިދު ވިދާޅުވިއެވެ.

ޖަވާބު ދިނުން ލަސްވި ސަބަބެއްކަމަށް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު (އައިއޯ) ވިދާޅުވީ، އާރްޓީއައި ހުށަހެޅި ދުވަސްވަރު މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ބަދަލުވެގެން އިދާރީ ދަތިތަކެއްގެ ސަބަބުން ލަސްވީ ކަމަށެވެ.

މިނިސްޓްރީގެ އައިއޯ ވިދާޅުވީ، އާރްޓީއައިއަށް ޖަވާބު ދިނުމުގައި ލަސްވެފައިވާކަން ޤަބޫލު ކުރާ ކަމަށާއި، އެކަމަށް މާފަށް އެދޭ ކަމަށެވެ. އަދި މިކަން ސަމާލުކަމަށް އައީވެސް މައްސަލަ ރަޖިސްޓަރ ކޮށް، އަޑުއެހުމާ ހިސާބަށް އައުމުންކަމަށް އޭނާ ވިދާޅުވިއެވެ. އޭނާއަކީ ވަރަށް ފަހުން އައްޔަނުވި އިންފޮމޭޝަން އޮފިސަރެއްކަންވެސް ފާހަގަކުރިއެވެ.

އެކަމާ ގުޅިގެން އާހިދު ވިދާޅުވީ، އައިއޯ ބަދަލުވެއްޖެނަމަ ނުވަތަ އޮފިސަރު ނެތް ޙާލަތުގައިވެސް އަމަލު ކުރަންޖެހޭ ގޮތް ޤަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށާއި، އެކަން އައިކޮމްއަށް އަންގައި، 5 ދުވަހުގެ ތެރޭގައި އައު އައިއޯ އައްޔަނު ކުރަންވެސް ޤަވާއިދުން ލާޒިމުކުރާ ކަމަށެވެ. އަދި ޤަވާއިދުގެ އެ މާއްދާއާ މިނިސްޓްރީން ޚިލާފުވެފައިވާކަންވެސް އާހިދު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، މިނިސްޓްރީން ދީފައިވަނީވެސް ރާއްޖެޓީވީން ކުރި ސުވާލުގެ ޖަވާބެއް ނޫންކަން އާހިދުވެސް އަދި ރާއްޖެޓީވީންވެސް ފާހަގަކުރިއެވެ. އެގޮތުން މިނިސްޓްރީން ހިއްސާކޮށްފައިވަނީ މި ހިނގަމުންދާ 2026 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް އަމިއްލަ ވިޔަފާރިތަކަށް ދައްކާފައިވާ ޖުމުލަ ފައިސާގެ އަދަދެވެ.

އެ މުއްދަތުގައި 2.3 ބިލިއަން ދިވެހި ރުފިޔާ ދައްކާފައިވާކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެ ބިލުތަކުގެ ތެރެއިން އޮޑިޓް ކްލިއަރެންސް ނުލިބުމުގެ ސަބަބުން ފައިސާ ނުދެއްކި ލަސްވާ ބިލުތަކަށް އޮޑިޓަރ ޖެނެރަލްއާ މަޝްވަރާކޮށްގެން ގޮތްތަކެއް ހޯދަމުންދާކަމަށާއި، އެއީ މިހާރު ކުރިއަށްދާ މަސައްކަތަކަށްވާތީ އެކަމުގެ އިތުރު ތަފްސީލީ މައުލޫމާތު ދެވެން ނެތްކަމަށްވެސް ޖަވާބުގައި ބުނެފައިވެއެވެ.

ނަމަވެސް ރާއްޖެޓީވީން ކުރި ސުވާލަކީ އަމިއްލަ ވިޔަފާރިތަކަށް  ދައްކަންޖެހޭ 1 އަހަރަށްވުރެ ގިނަ ދުވަސްވެފައި ހުރި ފައިސާ އެބަހުރިތޯއާއި، އަދި އެއީ ކިހާވަރެއްތޯއެވެ. އެއީ 26 ޖޫން 2025 ގައި ހުށަހެޅި އާރްޓީއައިއެކެވެ.

އެކަން ފާހަގަކުރުމުން މިނިސްޓްރީން ވަނީ އެ މައުލޫމާތު ސާފުކުރުމަށް ވަގުތު ބޭނުންވާކަމަށް ބުނެފައެވެ. އަދި ސުވާލުގައި ސީދާ ވަކި ތާރީޚެއް ނެތުމުން ރާއްޖެޓީވީން މައުލޫމާތު ހޯދަން އެދުނު މުއްދަތު ސާފުނުވީކަމަށް، 10 މަސް ފަހުން މިނިސްޓްރީން އައިކޮމްއަށް އައިސް ދިން ޖަވާބުގައި ވަނީ ބުނެފައެވެ. ނަމަވެސް އެއީ ބަލައިގަނެވޭ ސަބަބެއް ނޫންކަން އާހިދު ފާހަގަކުރިއެވެ.

ރާއްޖެޓީވީންވެސް ވަނީ ސުވާލު ފޮނުވާތާ އެތައް މަހެއް ފަހުން ޖަވާބު ދިނުމުން އެކަމުގެ މުއާލާތް ކެނޑި، މައުލޫމާތު ހޯދުމުގެ ޙައްޤަށް އުނިކަން އަންނަކަން ފާހަގަކޮށްފައެވެ. އެގޮތުން މީޑިއާއަށް ޚަބަރާއި މައުލޫމާތު ފެތުރުމަށް ލިބޭ ޙައްޤަށްވެސް އެކަމުގެ ސަބަބުން ހުރަސްތައް ކުރިމަތިވާކަމަށް ރާއްޖެޓީވީން މި އަޑުއެހުމުގައި ވަނީ ބުނެފައެވެ.  

ދެފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތަކޮށް އާހިދު ވަނީ އީދު ބަންދު ނިންމާފައި ދެން ހުޅުވޭ ހަފްތާގައި އެ މައުލޫމާތު ފޯރުކޮށްދިނުމަށް އަންގާފައެވެ.

 

ފިނޭންސް މިނިސްޓްރީރާއްޖެ ޓީވީއިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސްއާހިދު ރަޝީދުނާޒްމީ ސައީދުއާމިރު ސަލީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ބިރުދެއްކުމުގެ އަމަލުތަކުން ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ، ތި ކުރެވެނީ ބޭކާރު ކަމެއް: ޝަފީޤް

ބިރުދެއްކުމުގެ އަމަލުތަކުން ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ، ތި ކުރެވެނީ ބޭކާރު ކަމެއް: ޝަފީޤް

16 މެއި 2026
މަޖިލީހުން ގާނޫނެއް ފާސްކޮށްގެން ނޫނީ އަނގަބަންދުކުރުމުގެ އަމުރުތައް ނުނެރެވޭ، މިހާރު އޮތް އަމުރު ގާނޫނުއަސާސީއާ ހިލާފު: އަލީ ހުސައިން

މަޖިލީހުން ގާނޫނެއް ފާސްކޮށްގެން ނޫނީ އަނގަބަންދުކުރުމުގެ އަމުރުތައް ނުނެރެވޭ، މިހާރު އޮތް އަމުރު ގާނޫނުއަސާސީއާ ހިލާފު: އަލީ ހުސައިން

15 މެއި 2026
ސަރުކާރުން މަސައްކަތް ކުރީ މިއީ ނޫސްވެރިންނާ ގާތް ސަރުކާރެއް ކަމަށް ދައްކަން، އެކަމަކު ހެދި ނޫސްވެރިންގެ ފެންޑާ ވެސް މިހާރު ނެތް: ތަޒްމީލް

ސަރުކާރުން މަސައްކަތް ކުރީ މިއީ ނޫސްވެރިންނާ ގާތް ސަރުކާރެއް ކަމަށް ދައްކަން، އެކަމަކު ހެދި ނޫސްވެރިންގެ ފެންޑާ ވެސް މިހާރު ނެތް: ތަޒްމީލް

10 މެއި 2026
ކަމަދޫގެ ފޯރި ގަދަ އީދު ކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ!

ކަމަދޫގެ ފޯރި ގަދަ އީދު ކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ!

09 މެއި 2026
އާރުޓީއައި ގާނޫނު ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ހެއްކެއް ނެތް: އިންފޮމޭޝަން ކޮމިޝަނަރު

އާރުޓީއައި ގާނޫނު ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ހެއްކެއް ނެތް: އިންފޮމޭޝަން ކޮމިޝަނަރު

06 މެއި 2026

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު