Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަންހެން ކޮމިޓީ މުސާރަ

އަންހެނުންގެ ކޮމިޓީ މުސާރަ 48 ގަޑިއިރު ތެރޭ ތިން ފަހަރު ބަދަލުކޮށްފި: މިނިސްޓްރީ އިން ބުނީ މިއީ "ފައިނަލް" ކަމަށް

22 މެއި 2026 | ހުކުރު 13:43

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މުސާރަ ބޮޑުކުރި މައްސަލައިގައި އާންމުންގެ ފާޑުކިއުން އަމާޒުވުމާ ގުޅިގެން، ފިނޭންސް މިނިސްޓްރީން އެ މުސާރަތައް ކުޑަކޮށް ފައިނަލް އޮނިގަނޑު އާންމުކޮށްފި. މި ބަދަލާއެކު ސިޓީތަކުގެ ކޮމިޓީ ރައީސުންގެ މުސާރަ 20،000 ރުފިޔާއަށް އަދި ރަށްރަށުގެ ކޮމިޓީ ރައީސުންގެ މުސާރަ 15،000 ރުފިޔާއަށް ވަނީ ދަށްކޮށްފަ. މުސާރައަށް މި ބަދަލު ގެނައި ނަމަވެސް، މިއީ ކުރީގެ ދައުރުތަކާ އަޅާބަލާއިރު އަދިވެސް ބޮޑު އަދަދެއް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 22 މެއި 2026 | ހުކުރު 13:43
އަލަށް އިންތިޚާބުވި ކައުންސިލަރުން މަޤާމުގެ ހުވާކޮށް، ޑަބްލިއުޑީސީ މެމްބަރުން އިޤުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އަލަށް އިންތިޚާބުވި ކައުންސިލަރުން މަޤާމުގެ ހުވާކޮށް، ޑަބްލިއުޑީސީ މެމްބަރުން އިޤުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން | މާލެ ސިޓީ ކައުންސިލް

ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މުސާރައިގެ އޮނިގަނޑު ދެ ދުވަސް ތެރޭގައި ތިން ފަހަރު މުރާޖައާ ކޮށްފައިވާއިރު، ފިނޭންސް މިނިސްޓްރީން ހުކުރު ދުވަހު ބުނީ މިއީ މި މައްސަލައިގައި ނިންމާފައިވާ "ފައިނަލް" ނިންމުން ކަމަށެވެ.

ޕޭ ކޮމިޝަނުން އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ މުސާރަ މިދިޔަ ބުދަ ދުވަހު ކަނޑައަޅައި ފޮނުވިއިރު، ކައުންސިލުތަކުގެ ރައީސުންނާއި ކައުންސިލަރުންނަށް ލިބޭ މުސާރައަށް ވުރެ ވެސް ބޮޑުވުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ސަރުކާރުގެ ސިޔާސަތުތައް ދެކޮޅު ނުޖެހޭ ކަމަށްބުނެ ފާޑުކިޔާފަ އެވެ. 

Advertisement - newsAdvertisement

ފުރަތަމަ ފޮނުވި ސާކިއުލާގައިވާ ގޮތުން، ސިޓީތަކުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ މުސާރައަކީ 41،500 ރުފިޔާ އަދި ރަށްރަށުގައި ތިބޭ ކޮމިޓީތަކުގެ ރައީސުންގެ މުސާރައަކީ 21،000 ރުފިޔާ އެވެ. ފާޑުކިއުންތަކާ އެކު ސިޓީތަކުގެ ރައީސުންގެ މުސާރަ 33،000 ރުފިޔާ އަށް ކުޑަކުރި ނަމަވެސް، ރަށު ރައީސުންގެ މުސާރައަށް ބަދަލެއް ނުގެނެސްފައިވެ އެވެ. 

އާންމުންގެ ފާޑުކިއުންތަކާ ގުޅިގެން މުސާރަ އަށް އަނެއްކާވެސް ބަދަލު ތަކެއް ގެނެސްފައިވާއިރު، ސިޓީތަކުގެ އަންހެނުންގެ ކޮމިޓީގެ ރައީސުންގެ މުސާރައަކީ މިހާރު 20،000 ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފައިވެ އެވެ. އަދި ރަށްރަށުގެ އަންހެނުންގެ ކޮމިޓީގެ ރައީސުންނަށް ދޭނީ މަހަކު 15،000 ރުފިޔާ ކަމަށް އެ މިނިސްޓްރީ އިން ހާމަކޮށްފައިވެ އެވެ.

އެހެން މެމްބަރުންގެ މުސާރައަށް މިފަހަރު ވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އެހެންވެ، ކުރިއެކޭ ވެސް އެއްގޮތަށް ސިޓީތަކުގެ އަންހެނުންގެ ކޮމިޓީ މެންބަރުންނަށް 6،000 ރުފިޔާ އަދި ނައިބު ރައީސުންނަށް 7،000 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވެ އެވެ. ރަށްރަށުގެ އަންހެނުންގެ ކޮމިޓީ މެންބަރުންނަށް 5،000 ރުފިޔާ އަދި ނައިބު ރައީސުންނަށް 6،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.

ނިމިދިޔަ ކައުންސިލުތަކުގެ ދައުރުގައި ސިޓީތަކުގެ އަންހެނުންގެ ކޮމިޓީ ރައީސުންގެ މުސާރައަކީ 7،000 ރުފިޔާ އަދި ރަށްތަކުގެ އަންހެނުންގެ ކޮމިޓީ ރައީސުންގެ މުސާރައަކީ 6،000 ރުފިޔާ އެވެ. 

ފިނޭންސް މިނިސްޓްރީޕޭ ކޮމިޝަންއަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީމުސާރަ ބޮޑުކުރުން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

21 މެއި 2026

ސިޓީތަކުގެ އަންހެނުންގެ ކޮމެޓީ ރައީސުންނަށް މަހަކު 41،000 ރުފިޔާ އަދި ރަށްރަށުގެ ރައީސުންނަށް މަހަކު 21،000 ރުފިޔާ ދޭން ނިންމައިފި

21 މެއި 2026
 ސިޓީތަކުގެ އަންހެނުންގެ ކޮމެޓީ ރައީސުންނަށް މަހަކު 41،000 ރުފިޔާ އަދި ރަށްރަށުގެ ރައީސުންނަށް މަހަކު 21،000 ރުފިޔާ ދޭން ނިންމައިފި
18 މެއި 2026

އިދާރާތަކަށް ހުށަހަޅާ އާރްޓީއައިއަކަށް ޖަވާބު ނުދީ ބެހެއްޓުމަށްފަހު، ވަގުތު އިތުރުކޮށްދިނުމަށް ދަނީ އެދެމުން: އައިކޮމް

18 މެއި 2026
އިދާރާތަކަށް ހުށަހަޅާ އާރްޓީއައިއަކަށް ޖަވާބު ނުދީ ބެހެއްޓުމަށްފަހު، ވަގުތު އިތުރުކޮށްދިނުމަށް ދަނީ އެދެމުން: އައިކޮމް
18 މެއި 2026

ފިނޭންސަށް ކުރި ސުވާލަކަށް ޖަވާބުނުދީ 10 މަސް ފަހުން އަނެއްކާވެސް އެދުނީ އިތުރު ވަގުތު ދޭން

18 މެއި 2026
ފިނޭންސަށް ކުރި ސުވާލަކަށް ޖަވާބުނުދީ 10 މަސް ފަހުން އަނެއްކާވެސް އެދުނީ އިތުރު ވަގުތު ދޭން
17 މެއި 2026

އަލަށް އިންތިޚާބުވި ކައުންސިލަރުން މަޤާމުގެ ހުވާކޮށް، ޑަބްލިއުޑީސީ މެމްބަރުން އިޤުރާރުގައި ސޮއިކޮށްފި

17 މެއި 2026
އަލަށް އިންތިޚާބުވި ކައުންސިލަރުން މަޤާމުގެ ހުވާކޮށް، ޑަބްލިއުޑީސީ މެމްބަރުން އިޤުރާރުގައި ސޮއިކޮށްފި
03 މެއި 2026

އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ މަދުން ކުރިމަތިލާފައިވާ ދާއިރާތަކުގެ ޑަބްލިއުޑީސީގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައިފި

03 މެއި 2026
އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ މަދުން ކުރިމަތިލާފައިވާ ދާއިރާތަކުގެ ޑަބްލިއުޑީސީގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައިފި
29 އެޕްރީލު 2026

ތެޔޮ ރިޒާވް ގާއިމްކުރަން ނުފެށެނީސް ބޭރު ކުންފުނިތަކަށް ކުއްޔަށްދިނުމުގެ ވިސްނުން ހުރި ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ

29 އެޕްރީލު 2026
ތެޔޮ ރިޒާވް ގާއިމްކުރަން ނުފެށެނީސް ބޭރު ކުންފުނިތަކަށް ކުއްޔަށްދިނުމުގެ ވިސްނުން ހުރި ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ
28 އެޕްރީލު 2026

އަލަށް ހޮވުނު ކައުންސިލަރުން ހުވާކުރުން ބާއްވާނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި

28 އެޕްރީލު 2026
 އަލަށް ހޮވުނު ކައުންސިލަރުން ހުވާކުރުން ބާއްވާނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި
25 އެޕްރީލު 2026

އަހަރުގެ މިހާތަނަށް ސަބްސިޑީގެ ބަޖެޓުން ގާތްގަނޑަކަށް 50 ޕަސެންޓް ޚަރަދުކޮށްފި

25 އެޕްރީލު 2026
އަހަރުގެ މިހާތަނަށް ސަބްސިޑީގެ ބަޖެޓުން ގާތްގަނޑަކަށް 50 ޕަސެންޓް ޚަރަދުކޮށްފި
19 އެޕްރީލު 2026

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 42،000 މުވައްޒަފުން އެބަތިބި: ޒަމީރު

19 އެޕްރީލު 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 42،000 މުވައްޒަފުން އެބަތިބި: ޒަމީރު
18 އެޕްރީލު 2026

ކައުންސިލް އިންތިޚާބުގައި ބަލިވި ޕީއެންސީ އިން ގޮނޑި ކާމިޔާބު ކޮށްފައިވާ އަދަދު ކިޔަނީ ވާދަނުކޮށް "ދިން" ގޮނޑިތައް ވެސް ހިމަނައިގެން

18 އެޕްރީލު 2026
ކައުންސިލް އިންތިޚާބުގައި ބަލިވި ޕީއެންސީ އިން ގޮނޑި ކާމިޔާބު ކޮށްފައިވާ އަދަދު ކިޔަނީ ވާދަނުކޮށް "ދިން" ގޮނޑިތައް ވެސް ހިމަނައިގެން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް