Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްޛުލްޙިއްޖާ ހަނދު ބެލުން

ޛުލްޙިއްޖާ މަހުގެ ހަނދު ބެލުން އާދިއްތަ ދުވަހު

2026 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު ބެލުމަށް ސައުދީ އަރަބިއްޔާގެ ސުޕްރީމް ކޯޓުން އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފި. ހަނދު ފެނިއްޖެނަމަ ކޯޓުތަކަށް ހެކިބަސް ދިނުމަށް އެދިފައިވާއިރު، މިކަމަކީ ޙައްޖުގެ އަޅުކަމާއި އަޟްޙާ އީދު ދުވަސް ކަނޑައެޅުމަށްޓަކައި މުޅި އިސްލާމީ އުންމަތަށް މުހިންމު ކަމެއްކަން އެ ކޯޓުން ފާހަގަކުރޭ. އެހެންކަމުން، ހަނދު ބެލުމުގެ ގާބިލުކަން ހުރި ފަރާތްތަކުން އެކި ސަރަހައްދުތަކުގައި އުފައްދާފައިވާ ކޮމިޓީތަކުގައި ބައިވެރިވުމަށް ވެސް ވަނީ ބާރުއަޅާފައި.

ރާއްޖެ އެމްވީ | 16 މެއި 2026 | ހޮނިހިރު 08:25
މަނާމާގެ ދެކުނުން އޮންނަ ކަރްޒައްކާން އަވަށުގައި، މުސްލިމުންގެ ބަރަކާތްތެރި ރަމަޟާން މަސް ފެށޭކަން އަންގައިދޭ ހަނދު ފެނޭތޯ ބަހްރޭނުގެ ފިރިހެނަކު އުޑުމައްޗަށް ބަލަނީ. މި ފޮޓޯ ނަގާފައިވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު.

މަނާމާގެ ދެކުނުން އޮންނަ ކަރްޒައްކާން އަވަށުގައި، މުސްލިމުންގެ ބަރަކާތްތެރި ރަމަޟާން މަސް ފެށޭކަން އަންގައިދޭ ހަނދު ފެނޭތޯ ބަހްރޭނުގެ ފިރިހެނަކު އުޑުމައްޗަށް ބަލަނީ. މި ފޮޓޯ ނަގާފައިވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު. | ގެޓީ އިމޭޖަސް

2026 ވަނަ އަހަރުގެ މޭ މަހުގެ 17 ވާ އާދިއްތަ ދުވަހުގެ އިރުއޮއްސޭ ވަގުތު، މިއަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު ބެލުމަށް ސައުދީ އަރަބިއްޔާގެ ސުޕްރީމް ކޯޓުން އެ ގައުމުގެ އެންމެހާ މުސްލިމުންނަށް ގޮވާލައިފިއެވެ.

ހުކުރު ދުވަހު އެ ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަމަ ލޮލުން ނުވަތަ ދުރުމީ ބޭނުންކޮށްގެން ވިޔަސް ހަނދު ފެނިއްޖެ މީހަކު، އެންމެ ކައިރީގައި ހުރި ކޯޓަކަށް ގޮސް ހެކިބަސް ދިނުމަށެވެ. 

މި އެންގުން ނެރެފައިވަނީ 29 ޝައްވާލް 1447 (18 އޭޕްރީލް 2026) އަކީ ޝައްވާލް މަހުގެ ފަހު ދުވަސް ކަމަށާއި، 19 އޭޕްރީލް 2026 ވާ އާދިއްތަ ދުވަހަކީ ޛުލްޤަޢިދާ މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅައި އެ ގައުމުގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނެރުނު ގަރާރަށް ރިއާޔަތްކޮށެވެ.

އެ ގަރާރަށް ބަލާއިރު، ސުޕްރީމް ކޯޓުގެ ކަލަންޑަރުގައިވާ ގޮތުން ޛުލްޤަޢިދާ މަހުގެ 29 ވަނަ ދުވަހަކީ އަދި އުއްމުލް ގުރާ ކަލަންޑަރުގެ ހިސާބުތަކުން 30 ވަނަ ދުވަހަކީ 17 މޭ ވާ އާދިއްތަ ދުވަސް ކަމަށްވާތީ، ޛުލްޙިއްޖާ މަހުގެ ހަނދު ބެލުމުގެ ރަސްމީ ތާރީޚަކީ އެއީ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން، ހަނދު ބެލުމުގެ ގާބިލުކަން ހުރި ފަރާތްތަކުން އެކި ސަރަހައްދުތަކުގައި އުފައްދާފައިވާ ހަނދު ބެލުމުގެ ކޮމިޓީތަކުގައި ބައިވެރިވުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ހިތްވަރު ދީފައެވެ. އަދި މިއީ މުޅި އިސްލާމީ އުންމަތަށް ފައިދާކުރާނެ ކަމެއްކަން ފާހަގަކޮށް، މިކަމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާކަން އެ ކޯޓުން ފާހަގަކުރިއެވެ.

ޛުލްޙިއްޖާ މަސް ފެށޭ ތާރީޚަށް ބިނާކޮށް، ކޮންމެ އަހަރަކު ބާއްވާ ޙައްޖުގެ އަޅުކަމުގެ ދުވަސްތަކާއި، މުޅި އިސްލާމީ ދުނިޔޭގައި ފާހަގަކުރާ އަޟްޙާ އީދު ނުވަތަ ބޮޑު އީދު ދުވަސް ކަނޑައެޅޭނެއެވެ.

ޛުލްޙިއްޖާމަސްހައްޖުއަޟްހާ އީދު

އިތުރަށް ކިޔާލަން

13 މެއި 2026

މެއި މަހުގެ 24 އާއި 25 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސައިފި

13 މެއި 2026
 މެއި މަހުގެ 24 އާއި 25 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސައިފި
09 މެއި 2026

ކަމަދޫގެ ފޯރި ގަދަ އީދު ކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ!

09 މެއި 2026
ކަމަދޫގެ ފޯރި ގަދަ އީދު ކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ!
08 މެއި 2026

މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީން އަޟްހާ އީދު ފާހަގަކުރުމަށް އެގައުމުގައި ދިރިއުޅޭ ދިވެހީންގެ އެހީތެރިކަމަށް އެދިއްޖެ

08 މެއި 2026
މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީން އަޟްހާ އީދު ފާހަގަކުރުމަށް އެގައުމުގައި ދިރިއުޅޭ ދިވެހީންގެ އެހީތެރިކަމަށް އެދިއްޖެ
08 މެއި 2026

ދިވެހި ހައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެ ކަމަށް ދިވެހި ހައްޖުވެރިންގެ ސައުދީގެ މުޠައްވިފް، ރަވާފް މިނާއިން ވިދާޅުވެއްޖެ

08 މެއި 2026
ދިވެހި ހައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެ ކަމަށް ދިވެހި ހައްޖުވެރިންގެ ސައުދީގެ މުޠައްވިފް، ރަވާފް މިނާއިން ވިދާޅުވެއްޖެ
08 މެއި 2026

ހެޔޮ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ހަލާލު ފައިސާ ބޭނުން ކުރުމަށާއި، ދެއްކުންތެރިކަމުން ދުރުވުމަށް ޚުތުބާގައި ގޮވާލައިފި

08 މެއި 2026
ހެޔޮ ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ހަލާލު ފައިސާ ބޭނުން ކުރުމަށާއި، ދެއްކުންތެރިކަމުން ދުރުވުމަށް ޚުތުބާގައި ގޮވާލައިފި
03 މެއި 2026

ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު، ތިން ރަށެއްގައި ގައުމީ ފެންވަރުގައި އީދު ފާހަގަކުރަނީ

03 މެއި 2026
ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާ ކަމަށް ސަރުކާރުން ބުނުމަށް ފަހު، ތިން ރަށެއްގައި ގައުމީ ފެންވަރުގައި އީދު ފާހަގަކުރަނީ
02 މެއި 2026

ހުއްދަ ނެތި ހައްޖުވުމަށް ވަގަށް ބަޔަކު މައްކާއަށް ވައްދަން އުޅުނު ބަޔަކާއި، އޮޅުވާލައިގެން ފޭކު ހައްޖު ހުއްދަ ވިއްކި މީހަކު ސައުދީ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފި

02 މެއި 2026
ހުއްދަ ނެތި ހައްޖުވުމަށް ވަގަށް ބަޔަކު މައްކާއަށް ވައްދަން އުޅުނު ބަޔަކާއި، އޮޅުވާލައިގެން ފޭކު ހައްޖު ހުއްދަ ވިއްކި މީހަކު ސައުދީ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފި
05 އެޕްރީލު 2026

ރައީސްގެ ދެކަނބަލުން އުމްރާގެ އަޅުކަމަށް ހޯމަ ދުވަހު ސައުދީ އަށް

05 އެޕްރީލު 2026
ރައީސްގެ ދެކަނބަލުން އުމްރާގެ އަޅުކަމަށް ހޯމަ ދުވަހު ސައުދީ އަށް
09 ޖެނުއަރީ 2026

ކުރިއަށް އޮތް ހައްޖު މޫސުމަށް "ޑައިރެކްޓް ހައްޖު ޕްރޮގްރާމް" ގެ ދަށުން ހައްޖަށް ދާން އެދޭ ފަރާތްތަކަށް، ބޭނުންވާ ޕެކޭޖުތައް އިޚްތިޔާރުކުރުމުގެ ފުރުސަތު ސައުދީން ހުޅުވާލައިފި

09 ޖެނުއަރީ 2026
ކުރިއަށް އޮތް ހައްޖު މޫސުމަށް "ޑައިރެކްޓް ހައްޖު ޕްރޮގްރާމް" ގެ ދަށުން ހައްޖަށް ދާން އެދޭ ފަރާތްތަކަށް، ބޭނުންވާ ޕެކޭޖުތައް އިޚްތިޔާރުކުރުމުގެ ފުރުސަތު ސައުދީން ހުޅުވާލައިފި
17 ޑިސެމްބަރު 2025

މިއަހަރުގެ ހައްޖު ގައި މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ ގައި ފޮޓޯ ނެގުން މަނާ ކުރީތަ؟

17 ޑިސެމްބަރު 2025
މިއަހަރުގެ ހައްޖު ގައި މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ ގައި ފޮޓޯ ނެގުން މަނާ ކުރީތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް