Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިޔާޒާއި ހަސަންގެ މައްޗަށް ދައުވާ އުފުލުން

"އައިޝާ" ޑޮކިއުމެންޓްރީ މައްސަލައިގައި ފިޔާޒާއި ޙަސަންގެ މައްޗަށް ދައުވާ އުފުލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް "އައިޝާ" ގެ ނަމުގައި ޑޮކިއުމެންޓްރީއެއް އާންމުކުރި މައްސަލައިގައި، އަދަދު ނޫހުގެ އިސް ދެ އެޑިޓަރުންގެ މައްޗަށް ޕީޖީ އޮފީހުން މިހާރު ވަނީ ޤަޒުފުގެ ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައި. ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުރި މި ދައުވާ ސާބިތުވެއްޖެނަމަ، އަސާސީ އަދަބުގެ އިތުރުން 80 އެތިފަހަރުން ޖަލްދުކުރުމުގެ އަދަބު ކަނޑައެޅުމުގެ ފުރުސަތު އޮވޭ. މި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ އެ ނޫހުގެ އޮފީސް ރެއިޑުކޮށް ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތަކެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި.

މަޚްތޫމް
މަޚްތޫމް | 10 މެއި 2026 | އާދީއްތަ 16:15
"އައިޝާ" ޑޮކިއުމެންޓްރީ އާ ގުޅިގެން ބުދަ ދުވަހު ޖިނާއީ ތުހުމަތު ތަކެއް ކޮށް ފުލުހަށް ހާޒިރު ކުރި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު. އެއް ފަރާތެއްގަ ގާނޫނީ ވަކީލު އަލީ ހުސެއިން.

"އައިޝާ" ޑޮކިއުމެންޓްރީ އާ ގުޅިގެން ބުދަ ދުވަހު ޖިނާއީ ތުހުމަތު ތަކެއް ކޮށް ފުލުހަށް ހާޒިރު ކުރި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު. އެއް ފަރާތެއްގަ ގާނޫނީ ވަކީލު އަލީ ހުސެއިން. | ރާއްޖެ އެމްވީ

އައިޝާ ޑޮކިއުމެންޓްރީ މައްސަލައާ ގުޅިގެން އަދަދު އޮންލައިން ނޫހުގެ އެޑިޓަރ އިން ޗީފް އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި އެޑިޓަރ ހަސަން މުހައްމަދުގެ މައްޗަށް ޤަޒުފުގެ ކުށުގެ ދައުވާ އުފުލައިފި އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ މި ދެ ބޭފުޅުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ޤަޒުފުގެ ކުށުގެ ދައުވާ ކަމަށެވެ. މި ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާއަކީ ޤަޒުފުގެ ކުށް ކަނޑައަޅާ މާއްދާ އެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ މި ޤާނޫނުގެ 411 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޒިނޭގެ ކުށް މީހަކު ކޮށްފިކަމަށް ނުވަތަ ކުރަމުން ދާކަމަށް ދޮގު ތުހުމަތެއް ކުރުމަކީ ކުށެއް ކަމަށެވެ. މި ކުށަކީ ޖިނާއީ ހަތަރުވަނަ ދަރަޖައިގެ ކުށެކެވެ. މި ޤާނޫނުގެ 90 ވަނަ ބާބުގެ ދަށުން ހުއްދަކޮށްފައިވާ އަދަބުގެ އިތުރަށް 80 އެތިފަހަރުން ޖަލުދުކުރުމުގެ އަދަބު މި ކުށަށް ހުއްދަކުރެވިގެންވެ އެވެ.

ދައުވާގައި ބުނެފައިވަނީ ތިލަދުންމަތީ ވިލުފުށި އަތަމާގެ ހުސައިން ފިޔާޒް މޫސާއާއި ހަސަން މުހައްމަދުގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ޤަޒުފު ކުރުމުގެ ކުށުގެ ދައުވާ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. މި ދައުވާ ކޮށްފައިވާ ސަބަބަކީ ދައުވާ ލިބޭ ފަރާތްތަކުން އަދަދު އޮންލައިންގެ އެޑިޓަރުންގެ ގޮތުގައި ތިބެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއް ރައްދުވާގޮތަށް މިދިޔަ މާރިޗު މަހުގެ 28 ވަނަ ދުވަހު އައިޝާ ނަމުގައި ޑޮކިއުމެންޓްރީއެއް ހަދައި އާންމުކޮށްފައިވާތީ ކަމަށެވެ.

މި މައްސަލަ ފުލުހުން ބަލަން ފެށީ ރައީސް މުއިއްޒު އެންގެވިތާ 12 ގަޑިއިރެއްހާ އިރު ފަހުންނެވެ. އަދަދު ނޫހުގެ މައްސަލަ ތަހުގީގު ކުރަން މުއިއްޒު އެންގެވީ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ރައީސް މުއިއްޒަށް އަމާޒުވެފައިވާ ސީރިއަސް ތުހުމަތުތަކާ ބެހޭ ގޮތުން ސުވާލު ކުރުމުންނެވެ. ފުލުހުން ވަނީ އަދަދުގެ އޮފީހަށް ރެއިޑުކޮށް އިލެކްޓްރޯނިކް 20 ޑިވައިސް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ލެޕްޓޮޕްތަކާއި ހާޑް ޑިސްކު ހިމެނެ އެވެ.

ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާ އުފުލާފައި މިވަނީ ޑޮކިއުމެންޓްރީގެ މައްސަލަ ބަލަން ފެށިތާ 14 ވަނައަށް ވީ ދުވަހު އެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް މުޅި ރާއްޖެއަށް އަމުރެއް ވެސް ނެރެފަ އެވެ.

ހުސައިން ފިޔާޒު މޫސާހަސަން މުހައްމަދުއަދަދު އޮންލައިންޑރ. މުއިއްޒުއައިޝާ ޑޮކިއުމެންޓްރީކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

10 މެއި 2026

"އައިޝާ ޑޮކިއުމެންޓްރީ" ގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް އަމުރެއް ނެރެފި

10 މެއި 2026
"އައިޝާ ޑޮކިއުމެންޓްރީ" ގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް އަމުރެއް ނެރެފި
09 މެއި 2026

ޑްރަގް ކެފޭއެއް ބަންދުކުރަން ފުރަތަމަ ފަހަރަށް ކޯޓުން އަމުރުކޮށްފި

09 މެއި 2026
 ޑްރަގް ކެފޭއެއް ބަންދުކުރަން ފުރަތަމަ ފަހަރަށް ކޯޓުން އަމުރުކޮށްފި
06 މެއި 2026

އައިޝާ ޑޮކިއުމެންޓްރީގެ ތަހުގީގަށް ހުރިހާ ވާހަކައެއް ކިޔައިދީ އެއްބާރުލުންދޭން އީޝާ ހުރީ ތައްޔާރަށް: ޝަމީމް

06 މެއި 2026
އައިޝާ ޑޮކިއުމެންޓްރީގެ ތަހުގީގަށް ހުރިހާ ވާހަކައެއް ކިޔައިދީ އެއްބާރުލުންދޭން އީޝާ ހުރީ ތައްޔާރަށް: ޝަމީމް
04 މެއި 2026

އަދަދު ނޫހުގެ ލެޕްޓޮޕްތަކާއި ހާޑްތަކުގެ ފާސްވަރޑް ފުލުހުންނަށް ދޭން ކޯޓުން އަމުރުކޮށްފި، އަދަދުން ނިންމީ ނުދޭން

04 މެއި 2026
އަދަދު ނޫހުގެ ލެޕްޓޮޕްތަކާއި ހާޑްތަކުގެ ފާސްވަރޑް ފުލުހުންނަށް ދޭން ކޯޓުން އަމުރުކޮށްފި، އަދަދުން ނިންމީ ނުދޭން
04 މެއި 2026

އަބްދުއްރަޙުމާނުގެ މަރު: ދައުވާއަށް ޖަވާބުދާރީވުމުގެ ކުރިން ޑީއެންއޭ ރިޕޯޓު ހޯދަން ދިފާއުން އެދޭ

04 މެއި 2026
އަބްދުއްރަޙުމާނުގެ މަރު: ދައުވާއަށް ޖަވާބުދާރީވުމުގެ ކުރިން ޑީއެންއޭ ރިޕޯޓު ހޯދަން ދިފާއުން އެދޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު