Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީކާއިލް އަހުމަދު ނަސީމް

އިންތިޚާބުގެ ނަތީޖާއަކަށް ނުބަލާނަން، ދެމިހުންނާނީ އެމްޑީޕީގައި: މީކާއިލް

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބާ ގުޅިގެން މެންބަރުން ބޭނުންވަނީ ވަކި ފަރާތަކަށް ބުރަނުވާނެ ނިއުޓްރަލް ވެރިއެއްކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ. އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި މީޑިއާއާ ވާހަކަދައްކަވަމުން މީކާއިލް ވަނީ ނޫސްވެރިންނަށް އަދަބުދީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ސަރުކާރުން ފަނޑިޔާރުގެއަށް އަތްބާނަމުންދާކަމަށް ތުހުމަތުކުރައްވާފަ. އަދި ރާއްޖޭގައި ޤާއިމުކޮށްފައިވާ އަސާސީ ޙައްޤުތައް ނިގުޅައިނުގަނެވޭނެކަމަށްވެސް އޭނާ ވިދާޅުވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 12 މެއި 2026 | އަންގާރަ 14:53
ޗެއަރޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ދ. ކުޑަހުވަދޫގައި އެމްޑީޕީގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވަނީ.

ޗެއަރޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ދ. ކުޑަހުވަދޫގައި އެމްޑީޕީގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވަނީ. | ރާއްޖެ އެމްވީ

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގެ ނަތީޖާއާއި އެ ޕާޓީގައި ދެމިހުރުމާ ގުޅުމެއް ނެތްކަމަށާއި، ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ހުންނާނީ އެމްޑީޕީގައި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ. 

ދ. ކުޑަހުވަދޫގައި ހުންނަވައި ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން މީކާއިލް ވިދާޅުވީ، މި ދަތުރުގައި ވަރަށް ގިނަ ރަށްރަށަށް ދެވުނު އިރު، ހުރިހާ މެންބަރުންވެސް ކުރަމުންދާ އެއް ސުވާލަކީ އެމްޑީޕީ މި އިންތިޚާބުގެ ނަތީޖާ ނުކުންނަ ގޮތުން އެމަނިކުފާނު ދެމި ތިބޭނެތޯ ކުރާ ސުވާލުކަމަށެވެ. އެމްޑީޕީގެ ހަޔާތުގައި ވިހި އަހަރު ވެގެންދާއިރު، މި ސުވާލު އެމްޑީޕީގެ އާންމު މެންބަރުން ކުރަންޖެހޭ ކަމެއްވެސް ފުރަތަމަ ކަމަކަށް ވަރަށް ހިތާމަހުރި ކަމެއްކަމަށް މީކާއިލް ވިދާޅުވި އެވެ.

Advertisement - newsAdvertisement

މި ދަތުރުގައި ފާހަގަވި ދެވަނަ ކަމަކީ، އެމްޑީޕީގެ މެންބަރުން ދެހާސް އަށާވީސް އަންނަން ވާއިރަށް، އެމްޑީޕީގެ އެއްބައިވަންތަކަން، ހަމަހަމަކަން، އަދި އިންސާފުވެރިކަން ބާއްވަން ބޭނުންވާ ވަކި ކޮޅަކަށް ބުރަނުވެހުރި ނިއުޓްރަލް ޗެއަރޕާސަނެއް އެމްޑީޕީގެ މެންބަރުން އިންތިޚާބު ކުރަން ބޭނުންވާކަން ފާހަގަވާކަމަށް މީކާއިލް ވިދާޅުވި އެވެ.

އެމް.ޑީ.ޕީގެ މެންބަރުން 2028 އަންނަން ވާއިރަށް، އެމް.ޑީ.ޕީގެ އެއްބައިވަންތަކަން، އެމް.ޑީ.ޕީގެ ހަމަހަމަކަން، އެމް.ޑީ.ޕީގައި ޤާއިމުކުރަން ބޭނުންވާ އިންސާފުވެރިކަން ބާއްވަން ބޭނުންވާ އަދި ވަކި ކޮޅަކަށް ބުރަނުވެހުރި، ނިއުޓްރަލް ޗެއަރޕާސަނެއް އެމް.ޑީ.ޕީގެ މެންބަރުން އިންތިޚާބު ކުރަން ބޭނުންވާކަން. އެހެންވީމާ، މި ދަތުރުން އަދި ޚާއްޞަކޮށް ކުޑަހުވަދޫން އަޅުގަނޑުމެންނަށް މި ލިބުނު ހޫނު މަރުހަބާއަށް ކުޑަހުވަދޫގެ ޢާއްމު އެމް.ޑީ.ޕީގެ މެންބަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި އަޅުގަނޑުމެންނަށް މި އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އޮތް ވާހަކަ އެމް.ޑީ.ޕީގެ ހުރިހާ ޢާއްމު މެންބަރުންނަށް ދަންނަވާލަން. 
މީކާއިލް އަހުމަދު ނަސީމް

މި ދަތުރުން އަދި ޚާއްޞަކޮށް ކުޑަހުވަދޫން ލިބުނު ހޫނު މަރުހަބާއަށް ކުޑަހުވަދޫގެ އާންމު އެމްޑީޕީގެ މެންބަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވަމުން މީކާއިލް ވިދާޅުވީ، މި އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އޮންނަކަމަށެވެ.

އަދި މީކާއިލް ވަނީ ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ވެސް ވާހަކަދައްކަވާފަ އެވެ. އޭނާ ވިދާޅުވީ، މި ދަތުރު ކުރިއަށްދާއިރު، ދިވެހިރާއްޖޭގެ ނޫސްވެރިން އަދަދު ނޫހުގެ 2 ނޫސްވެރިޔަކަށް ކްރިމިނަލް ކޯޓުން ހުކުމްކޮށް، އަދި ޖޫރިމަނާ ކުރުމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގައި ތަޅުއަޅުވަން، ރައީސް މުއިއްޒު ސިލްސިލާ ގޮތެއްގައި ކުރައްވާ ފަނޑިޔާރުގެއެއް އަތްބާނައިގެން ކުރައްވާ ސިލްސިލާ ހަރަކާތެއްކަމަށެވެ.

މި ހަރަކާތް ކުރިއަށް ގެންދެވުނަސް، ދިވެހިރާއްޖޭގައި މި ވަގުތު ހާލަތު އޮތީ، ދިވެހިން ތިބީ ނޫސްވެރިކަމުގެ މިނިވަންކަންވެސް އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަންވެސް ދޫކޮށްލާ ގޮތަކަށް ނޫންކަމަށް މީކާއިލް ވިދާޅުވި އެވެ. ފަނޑިޔާރުގެއަށް އަތްބާނައިގެން، ކްރިމިނަލް ކޯޓުން ވަކި އަމުރެއް ނެރެގެން، ދިވެހިރާއްޖޭގައި ޤާއިމުކޮށްފައިވާ އަސާސީ ހައްޤުތައް، މަދަނީ ހައްޤުތައް، އިންސާނީ ހައްޤުތައް ނިގުޅައިގަނެވޭނެ ކަމަށް ރައީސް މުއިއްޒު ހީފުޅުކުރެއްވުމަކީ މޮޔަ ހީއެއްކަމަށް މީކާއިލް ވިދާޅުވި އެވެ.

މީކާއިލް އަހުމަދު ނަސީމްއެމްޑީޕީކުޑަހުވަދޫޑރ. މުއިއްޒުޕްރެސް ފްރީޑަމް

ކޮމެންޓް

އިތުރަށް ކިޔާލަން

އަމާޒަކަށް ވާންވީ ރައީސް މުއިއްޒު ބަލިކޮށް ވެރިކަމުން ދުރުކުރުން: މީކާއީލް

އަމާޒަކަށް ވާންވީ ރައީސް މުއިއްޒު ބަލިކޮށް ވެރިކަމުން ދުރުކުރުން: މީކާއީލް

12 މެއި 2026
އދ މަޖިލީހުގެ ރައީސުންގެ ބައްދަލުވުމަށް ޝާހިދު ޗައިނާއަށް

އދ މަޖިލީހުގެ ރައީސުންގެ ބައްދަލުވުމަށް ޝާހިދު ޗައިނާއަށް

11 މެއި 2026
ރައީސް މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ނޫސްވެރިންގެ ފޯނު ޗެކްކުރަން އުޅެފި

ރައީސް މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ނޫސްވެރިންގެ ފޯނު ޗެކްކުރަން އުޅެފި

11 މެއި 2026
މީކާއިލްގެ ހޫނު ރައްދުތަކެއް ސަރުކާރަށް: ސޯފާއެއްގެ މައްސަލައެއްގައި ހުށަހެޅިފައިވާ ގަރާރަކަށް ސޯފާގެ ވާހަކަ ނުދައްކާ ކުރިއަކަށް ނުދާނެ

މީކާއިލްގެ ހޫނު ރައްދުތަކެއް ސަރުކާރަށް: ސޯފާއެއްގެ މައްސަލައެއްގައި ހުށަހެޅިފައިވާ ގަރާރަކަށް ސޯފާގެ ވާހަކަ ނުދައްކާ ކުރިއަކަށް ނުދާނެ

11 މެއި 2026
"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް ކޮންޓްރޯލް ކޮމިޝަނުން މީޑިއާތަކަށް އަންގައިފި

"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް ކޮންޓްރޯލް ކޮމިޝަނުން މީޑިއާތަކަށް އަންގައިފި

11 މެއި 2026

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު