Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލުން ނިންމާ ނިންމުންތަކުގެ އަސަރު މުޅި ރާއްޖޭގެ އިންތަކަށް ފޯރާނެ: އާޒިމް

މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވި މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތުގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލެއަކީ ރާއްޖޭގެ އިދާރީ މަރުކަޒު ކަމަށްވުމުން ކައުންސިލުން ނިންމާ ނިންމުންތަކުގެ އަސަރު މުޅި ޤައުމަށް ފޯރާނެ ކަމަށް. އެހެންކަމުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މާލީ ޒިންމާދާރުކަމާއި ދެފުށް ފެންނަ ސިޔާސަތުތަކެއް ގެންގުޅުމަށާއި، ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ހަރުދަނާކުރުމަށް މޭޔަރު އިލްތިމާސްކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 17 މެއި 2026 | އާދީއްތަ 06:06
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް

މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް | ރާއްޖެ އެމްވީ

މާލޭ ސިޓީ ކައުންސިލުން ނިންމާ ނިންމުންތަކުގެ އަސަރު މުޅި ރާއްޖޭގެ އިންތަކަށް ފޯރާނެކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް އެފަދައިން ވިދާޅުވީ މާލެސިޓީ ކައުންސިލުގެ ކައުންސިލަރުން ހުވާކުރުމާއި، ޑަބްލިއުޑީސީ މެމްބަރުން އިޤްރާރުވުމުގެ ދަރުބާރުގައި ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ، މިއަދަކީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ވަރަށް މުހިންމު ދުވަހެއް ކަމަށާއި، އަލަށް އިންތިޚާބުވި ކައުންސިލަރުންނާ މުޚާތަބުކޮށް ވާހަކަދެއްކުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

މީގެ އިތުރުން، މާލެއަކީ އެހެން ރަށްތަކާ ތަފާތު، އާބާދީ އެންމެ ތޮއްޖެހިފައިވާ ސިޓީކަން ފާހަގަ ކުރައްވައި އާޒިމް ވިދާޅުވީ، މާލެ ސިޓީގެ ރައްޔިތުންނަށް އެކަށީގެންވާ ފެންވަރެއްގައި ޚިދުމަތް ފޯރުކޮށްދިނުމަކީ ކައުންސިލްތަކުގެ މައްޗަށް އޮތް ޤާނޫނީ ޒިންމާއެއް ކަމަށެވެ. އަދި އެއީ އިޚްތިޔާރީ ކަމެއް ނޫންކަންވެސް އާޒިމް ފާހަގަ ކުރެއްވިއެވެ.

 މާލެއަކީ ތަފާތު ސިޓީއެއް، މިއީ ރާއްޖޭގެ ވެރިކަން ކުރާ ރަށް، އެންމެ އާބާދީ ބޮޑު ސަރަޙައްދު، އަދި ރާއްޖޭގެ އިދާރީ މަރުކަޒު، ކައުންސިލުން ނިންމާ ނިންމުންތަކުގެ އަސަރު މުޅި ރާއްޖޭގެ އިންތަކަށް ފޯރާނެ.
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް

ކައުންސިލަރުންގެ އައު ދައުރު ފަށްޓަވާއިރު، އެބޭފުޅުން ފުރުއްވާ މަޤާމުތަކުގެ މުހިންމުކަމަށް ވެސް އާޒިމް ވަނީ އަލިއަޅުވާލައްވާފައެވެ.

އާޒިމް ވިދާޅުވީ، ނިންމުންތައް ނިންމުމުގައި އިޙްތިރާމާއެކު ޒިންމާދާރުކަން އިސްކުރެއްވުމަށް އެދޭ ކަމަށެވެ. އެގޮތުން އައު ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެމްބަރުންގެ ތަޞައްވުރަކަށް ވާންވާނީ ޚިދުމަތްތައް ހަރުދަނާކުރުމާއި، މާލީ ޒިންމާދާރުކަމާއި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރިއަށް ގެންދިއުންކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން، އެތެރޭގެ އޮޑިޓް ރިޕޯޓުތަކަކީ މުހިންމު އެއްޗެއްކަމުގައި ދެކިވަޑައިގަންނަވައި، އެއީ ފާޑުކިޔުމެއް ކަމުގައި ނުބެލުމަށް ވެސް އާޒިމް އެދިލެއްވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) ގެ މެންބަރުންނަށް ވެސް ސިޔާސަތު ކަނޑައެޅުމުގެ މަރުޙަލާގައި ބައިވެރިވުމުގެ ފުރުޞަތު ދޭންޖެހެއެވެ.

މީގެ އިތުރުން، ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ވެސް އިސްކަންދޭންވާނެކަމަށް އާޒިމް ވިދާޅުވިއެވެ.

ހަމައެއާއެކު، ކައުންސިލްގެ އިދާރީ އޮނިގަނޑަށް އިޙްތިރާމްކުރަންވާނެކަން ފާހަގަ ކުރައްވައި އާޒިމް ވިދާޅުވީ، އަލަށް އިންތިޚާބުވި ކައުންސިލަރުންނަށް ކާމިޔާބީއާ ހަމައަށް ވާޞިލްވެވޭނީ މި ދެންނެވި ކަންކަމަށް ރިޢާޔަތްކޮށްގެން ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްއާދަމް އާޒިމްމާލެލާމަރުކަޒީ ނިޒާމުޑަބްލިއުޑީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަލަށް ލާފައިވާ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލާ، ގިނަ އަދަދެއްގެ ނޫސްވެރިން މާލޭގައި އިހްތިޖާޖު ކޮށްފި

ޖަލަށް ލާފައިވާ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލާ، ގިނަ އަދަދެއްގެ ނޫސްވެރިން މާލޭގައި އިހްތިޖާޖު ކޮށްފި

15 މެއި 2026
ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދެވޭނެ ކަމަށް ފުލުހުން އަންގައިފި

ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދެވޭނެ ކަމަށް ފުލުހުން އަންގައިފި

14 މެއި 2026
ނޫސްވެރިން ދޫކޮށްލަން ގޮވާލާ ކުރި މުޒާހަރާ އިން ހައްޔަރުކުރި 10 މީހުންގެ ތެރެއިން 3 މީހަކަށް ބަންދު މުއްދަތު ޖަހައިފި

ނޫސްވެރިން ދޫކޮށްލަން ގޮވާލާ ކުރި މުޒާހަރާ އިން ހައްޔަރުކުރި 10 މީހުންގެ ތެރެއިން 3 މީހަކަށް ބަންދު މުއްދަތު ޖަހައިފި

14 މެއި 2026
ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި ކުރި މުޒާހަރާއިން 10 މީހަކު ހައްޔަރުކުރި!

ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި ކުރި މުޒާހަރާއިން 10 މީހަކު ހައްޔަރުކުރި!

14 މެއި 2026
ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި މުޒާހަރާކޮށްފި

ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި މުޒާހަރާކޮށްފި

13 މެއި 2026

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު