Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މުހައްމަދު ނަޝީދު

އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވި މައްސަލައިގައި ކުރީގެ ނަޝީދު މާއާފަށް އެދިވަޑައިގެންފި

ރ. ދުވާފަރުގައި ބޭއްވި ބައްދަލުވުމެއްގައި އާންމު މެންބަރަކު ކުރި ސުވާލަކާ ގުޅިގެން، އެމްޑީޕީ ދޫކޮށްލެއްވުމަކީ ލިބުނު ހިތާމައެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ނަޝީދު އެ ޕާޓީގެ މެންބަރުންގެ ކިބައިން ވަނީ މައާފަށް އެދިވަޑައިގެންފައި. ޕާޓީ ދޫކޮށްލަން ޖެހުނު ސަބަބުތަކުގެ ތެރޭގައި ކުރީގެ ރައީސް ސޯލިހުއާ އޮތް ގުޅުން ހީނަރުވުމާއި، އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާގެ މައްސަލައިގެ އިތުރުން ގާތް މެންބަރުންނަށް ފިޔަވަޅު އެޅުން ނަޝީދު ފާހަގަކުރެއްވި. މި ބައްދަލުވުމުގައި ނަޝީދު ވަނީ އެމަނިކުފާނުގެ ކިބައިން މައާފަށް އެދުމަށް އެމްޑީޕީގެ މެންބަރުންގެ ކިބައިން ވެސް އެދިވަޑައިގެންފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 މެއި 2026 | ހޮނިހިރު 06:32
ރ.ދުވާފަރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައި.

ރ.ދުވާފަރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައި. | ސޯޝަލް މީޑިއާ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދޫކުރައްވައި ވަޑައިގެންނެވި މައްސަލައިގައި އެ ޕާޓީގެ މެންބަރުންގެ ކިބައިން ކުރީގެ ރައީސް މުހައްމަދު ނަޝީދު މާއާފަށް އެދިވަޑައިގެންފި އެވެ. 

އެމަނިކުފާނު މައާފަށް އެދިވަޑައިގަތީ، ބޮޑު ބަދަލު ކެންޕޭނަށް ހުކުރު ދުވަހު ރ. ދުވާފަށް ވަޑައިގަންނަވައި، އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ. 

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި އާއްމުންގެ މީހަކު ވަނީ ނަޝީދު ޕާޓީ ދޫކުރައްވައި ވަޑައިގެންނެވުން އެއީ ކުށެއް ކަމަށާއި، އެކަމާ ގުޅިގެން އާއްމު މެންބަރުންގެ އިތުރުން ޕާޓީއަށް ވަރަށް ބޮޑު ދެރައެއް ލިބުނު ކަމަށް ބުނެފަ އެވެ. އަދި އެކަމާ ގުޅިގެން މައާފަށް އެދެން ޖެހިވަޑައިގަންނަވާނެ ކަމަށް ބުނެފައިވެ އެވެ.

އެ މިހާގެ މިވާހަކަތަކާ ގުޅިގެން ނަޝީދު ވިދާޅުވީ އެ ވާހަކަތައް އާއްމުކޮށް ދައްކަން ބޭނުންނުވާ ކަމަށާއި، ކޮނުނު ވަރަކަށް ވާނީ ފަސްގިނަ ކަމަށެވެ. އެމްޑީޕީ ދޫކޮށްލުމަކީ އެމަނިކުފާނަށް ވެސް ވަރަށް ބޮޑު ހިތާމައެއް ލިބުނު ކަމެއްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ،  އެމަނިކުފާނުގެ މުޅި ހަޔާތަކީ އެމްޑީޕީ ކަމަށެވެ. ނަމަވެސް އެމަނިކުފާނަށް ވުރެ ބޮޑަށް އެ ޕާޓީގައި އަނިޔާ ލިބުނު އަދި ގިނަ ދުވަހު މަސައްކަތް ކުރި މީހަކު ނުހުންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

މީގެ އިތުރުން ނަޝީދު ވަނީ  2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދީމާކޮށް އެމްޑީޕީ ދޫކުރައްވައި ވަޑައިގަންނަން ޖެހުނު ސަބަބުތައް ވެސް އޮޅުން ފިލުއްވައި ދެއްވާފަ އެވެ.

އެގޮތުން 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބަށް ފަހު އޭރުގެ ރައީސް  އިބްރާހިމް މުހައްމަދު ސޯލިހު، އެ މަނިކުފާނާ ވާހަކަ ދެއްކުން ހުއްޓާލެއްވުމާއި، އެ މަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ކަންކަން ހިނގައި ދިޔަ ގޮތުންނާއި، އަދި އެމަނިކުފާނާ އެންމެ ގާތްކޮށް މަސައްކަތް ކުރެއްވި މެންބަރުން ކަމަށްވާ، އޭރުގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މަޖިލިސް މެންބަރުން ކަމަށްވާ ހަސަން ލަތީފް އާއި، އަލީ އާޒިމް އާއި މުހައްމަދު ވަހީދު އަދި އިމްތިޔާޒު ފަހުމީ އަށް ޕާޓީގެ ތެރެއިން ފިޔަވަޅު އަޅަން ފެށި މައްސަލަ ނަޝީދު ފާހަގަކުރެއްވި އެވެ. 

ގޯސްތަކެއް ހެދިފައިހުރިކަން ގަބޫލުކުރައްވައި ނަޝީދު ވިދާޅުވީ އެކަމަށްޓަކައި މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް، އެމްޑީޕީގެ މެންބަރުން ވެސް އެމަނިކުފާނުގެ ކިބައިން މައާފަށް އެދުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ. އަދި އެމްޑީޕީގެ މެންބަރުން ވެސް އެމަނިކުފާނުގެ ކިބައިން މައާފަށް އެދުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުން މައާފަށް އެދެން ޖެހޭ ސަބަބުތަކަކީ ކޮބައިކަން ފާހަގަ ނުކުރައްވަ އެވެ.

މުހައްމަދު ނަޝީދުއެމްޑީޕީރ. ދުވާފަރުއިބްރާހިމް މުހައްމަދު ސޯލިހުބޮޑު ބަދަލު

ކޮމެންޓް

އިތުރަށް ކިޔާލަން

2023 ވަނަ އަހަރު ހިއްކަން ފެށި ރަސްމާލެއިން މިހާތަނަށް ހިއްކުނީ 60 އިންސައްތަ: ރައީސް މުއިއްޒު

2023 ވަނަ އަހަރު ހިއްކަން ފެށި ރަސްމާލެއިން މިހާތަނަށް ހިއްކުނީ 60 އިންސައްތަ: ރައީސް މުއިއްޒު

22 މެއި 2026
އެމްޑީޕީ މިއަދު ހޭލައިފި، ޕާޓީގެ ވިސްނުން ބަދަލުވާތަން ފެނޭ: މާރިޔާ

އެމްޑީޕީ މިއަދު ހޭލައިފި، ޕާޓީގެ ވިސްނުން ބަދަލުވާތަން ފެނޭ: މާރިޔާ

22 މެއި 2026
ރައީސް މުއިއްޒު އަކީ ބޭވަފާތެރި އެއް، ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނާނެ ކަމެއް ނޫން: ނަޝީދު

ރައީސް މުއިއްޒު އަކީ ބޭވަފާތެރި އެއް، ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނާނެ ކަމެއް ނޫން: ނަޝީދު

21 މެއި 2026
މިއަދު މިއޮތީ 20-30 އަހަރު ކުރިން ކުރި މަސައްކަތް އަލުން ކުރަން ޖެހޭ ހިސާބަށް ހައްގުތައް ގެއްލިފައި: ފައްޔާޒް

މިއަދު މިއޮތީ 20-30 އަހަރު ކުރިން ކުރި މަސައްކަތް އަލުން ކުރަން ޖެހޭ ހިސާބަށް ހައްގުތައް ގެއްލިފައި: ފައްޔާޒް

21 މެއި 2026
އެމްޑީޕީގެ ލީޑަރޝިޕް އިތުރު ޖީލަކަށް ނުދެވޭ ނަމަ އަނެއްކާ ވެސް ގެއްލެނީ އިތުރު އެއް ޖީލަށް ޕާޓީގެ ލީޑަރޝިޕަށް އައުމުގެ ފުރުސަތު: ރައީސް ސޯލިހު

އެމްޑީޕީގެ ލީޑަރޝިޕް އިތުރު ޖީލަކަށް ނުދެވޭ ނަމަ އަނެއްކާ ވެސް ގެއްލެނީ އިތުރު އެއް ޖީލަށް ޕާޓީގެ ލީޑަރޝިޕަށް އައުމުގެ ފުރުސަތު: ރައީސް ސޯލިހު

21 މެއި 2026

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު